28 ޖޫން

June 28, 2017 4
އީގަލްސް އާއި ވިކްޓަރީ އެއްވަރުވެއްޖެ

އެސްޓީއޯ މާލޭ ލީގުގައި މިއަދު އުނދަގޫ ހާލަތެއްގައި އޮތް ވިކްޓަރީ އާއި އީގަލްސް ކުޅުނު މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.

June 28, 2017 4
އީގަލްސް ފޯމުގައި، ވިކްޓަރީ އަށް އުނދަގޫ ހާލަތެއް

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު މުހިއްމު މެޗަކަށް ނުކުންނައިރު އީގަލްސް ރަނގަޅު ފޯމެއްގައި އޮތްއިރު، އެ ޓީމާ ދެކޮޅަށް ނުކުންނަ ވިކްޓަރީ އޮތީ އުނދަގޫ ހާލަތެއްގައި ކަމަށް އެ...

26 ޖޫން

June 26, 2017 3
މިއީ ގައުމީ ޓީމަށް ވެސް ރިޒޭ ދިން މެސެޖެއް: ސާންތީ

އެސްޓީއޯ މާލޭ ލީގުގައި ބުރާސްފަތި ދުވަހުގެރޭ މާޒިޔާ އަތުން 4-0 އިން އީގަލްސް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ދެއްކި މޮޅު ކުޅުމަކީ ގައުމީ ޓީމަށް ވެސް އޭނާ ދިން މެސެޖެއް ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެ.

23 ޖޫން

June 23, 2017 8
ގަދަގަދަ މާޒިޔާ އަތުން އީގަލްސް ބޮޑު މޮޅެއް ހޯދައިފި!

ޒުވާން ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ގެ ހެޓްރިކާ އެކު އެސްޓީއޯ މާލޭ ލީގުގައި މިރޭ ގަދަގަދަ މާޒިޔާ އަތުން 4-0 އިން މޮޅުވެ ކްލަބް އީގަލްސް އިން ދިވެހި ފުޓްބޯޅައިގައި ފަހުގެ ތާރީހެއްގައި ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ ނެރެފި އެވެ.

22 ޖޫން

June 22, 2017
އީގަލްސްގެ ވިސްނުން އުމެއިރާއި އަސަދުﷲ ހިފަހައްޓަން

މާޒިޔާ އަކީ މި ސީޒަނުގެ އެންމެ ވަރުގަދަ ޓީމު ކަމަށާއި އެކަމަކު އީގަލްސް އިން އެ ޓީމުގެ މުހިއްމު ކުޅުންތެރިންނަށް ސަމާލުވެގެން، ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ކުޅެފި ނަމަ އެ...

June 22, 2017 5
ފުޓްސަލަށް ދިޔަ ތިން ކުޅުންތެރިއަކަށް ފިޔަވަޅު އަޅައިފި

ކްލަބަށް ވުރެ ފުޓްސަލް މުބާރާތްތަކަށް އިސްކަންދިން އީގަލްސްގެ ޒުވާން ތިން ކުޅުންތެރިން ކަމަށްވާ އިބްރާހިމް މުބީން (މުއްކި) އާއި ރިހާމް އަބްދުލްގަނީ (ބޮބީ) އަދި ހަސަން ރާއިފް (ހަންނަ)...

21 ޖޫން

June 21, 2017 1
ބޮޑު މެދުކެނޑުމުގެ ފައިދާ ނެގޭކަށް ނެތް

ގައުމީ ފުޓްބޯޅަ ޓީމަށް ވަގުތުދޭން އެސްޓީއޯ މާލޭ ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު މާދަމާރޭ މެޗުތައް ފަށާއިރު މި ލިބުނު ބޮޑު ބްރޭކްގެ ބޭނުން އެންމެ ފުރިހަމަ އަށް މި ދަނޑިވަޅުގައި ނެގެންނެތް ކަމަށް ފުރަތަމަ ޑިވިޝަންގެ ބައެއް ކޯޗުން ބުނެފި އެވެ.

16 ޖޫން

June 16, 2017
ސެމީގެ ފަހު ޖާގަ ސިފައިންނަށް

ކްލަބް އީގަލްސް އަތުން 5-0 އިން ހޯދި ބޮޑު މޮޅާ އެކު ދިވެހި ސިފައިންގެ ކްލަބް ވެޓެރަންސް ކަޕްގެ ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

14 ޖޫން

June 14, 2017
ބޮޑު މޮޅަކާ އެކު މާޒިޔާ ސެމީ އަށް

ވެޓެރަންސް ކަޕްގައި އިއްޔެ ކްލަބް އީގަލްސް އަތުން 7-0 އިން ހޯދި ބޮޑު މޮޅާ އެކު މާޒިޔާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

09 ޖޫން

June 09, 2017 1
ވެލެންސިއާ ދެ ވަނަ ބުރަށް، ނިއު ޕްލޭ އޮފަށް

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ 5-0 އިން ކްލަބް އީގަލްސްގެ މައްޗަށް ހޯދި ފަސޭހަ މޮޅާ އެކު ވެލެންސިއާ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދިއިރު، ނިއު ރޭޑިއަންޓް ޕްލޭއޮފްގައި ކުޅެން ޖެހިއްޖެ އެވެ.

23 މެއި

May 23, 2017
ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އީގަލްސް ހަތަރަކަށް

އެސްޓީއޯ މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 1-0 އިން ހޯދި މޮޅާ އެކު ކްލަބް އީގަލްސް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

21 މެއި

May 21, 2017 1
"ޓީމު އޮތީ ފޯމުގައި، މި ބުރު ވަރަށް އުނދަގޫވާނެ"

އެސްޓީއޯ މާލޭ ލީގުގައި އެންމެ ފަހުން ނިއު ރޭޑިއަންޓް އަތުން ލިބުނު މޮޅާ އެކު ކްލަބް އީގަލްސް އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި އެހެން ނަަމަވެސް ލީގުގެ ދެ ވަނަ ބުރު އުނދަގޫވާނެ ކަމަށް އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

18 މެއި

May 18, 2017 8
ނިއު އަށް ދިން އަދަބު ދަމަހައްޓަން ނިންމައިފި

އެސްޓީއޯ މާލޭ ލީގުގައި މި މަހުގެ 7 ވަނަ ދުވަހު އީގަލްސް އަތުން ނިއު ރޭޑިއަންޓް 1-0 އިން ބަލިވި މެޗަށް ފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ނިއުގެ ކުޅުންތެރިންނަށް ދިން އަދަބު އެ ކްލަބުން އެޕީލްކުރި ނަމަވެސް، އަދަބު ލުއިނުކުރަން އެފްއޭއެމްގެ އެޕީލް ކޮމިޓީން ނިންމައިފި އެވެ.

17 މެއި

May 17, 2017 27
އިމްރާން، ގަލާޑޯ، ޖަމީލް އަދި މުއްކި ސަސްޕެންޑްކޮށްފި

އެސްޓީއޯ މާލޭ ލީގުގައި މި މަހު ހަތް ވަނަ ދުވަހު ނިއު ރޭޑިއަންޓް އަތުން އީގަލްސް 1-0 އިން މޮޅުވި މެޗަަށް ފަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެފްއޭއެމުން އެ މައްސަލަތައް ބެލުމަށް ފަހު އެ ދެ ކްލަބަށް އަދަބުދީފި އެވެ.

08 މެއި

May 08, 2017 15
ނިއު ބަލިކޮށް އީގަލްސް މުހިއްމު ތިން ޕޮއިންޓް ހޯދައިފި

ޖެހިޖެހިގެން ދެ މެޗުން ބަލިވެ ފޯމުން ކަޓާފައިވާ ކްލަބް އީގަލްސް އިން އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް 1-0 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގައި މިރޭ މުހިއްމު މޮޅެއް ހޯދައިފި އެވެ.

07 މެއި

May 07, 2017 1
އީގަލްސްގެ ފޯމް ރަނގަޅު ކުރަން ނިއުއާ ދެކޮޅަށް

އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފައިވާތީ އެސްޓީއޯ މާލޭ ލީގުގައި މިރޭ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗު ކްލަބް އީގަލްސް ފޯމަކަށް އެޅެން ބޭނުން ހިފިދާނެ ކަަމަށް އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

28 އެޕްރީލް

April 28, 2017
އީގަލްސް އަތުން ޓީސީ އަށް މުހިއްމު މޮޅެއް

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ވާދަވެރި ކްލަބް އީގަލްސް އަތުން ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން މުހިއްމު މޮޅެއް ހޯދައިފި އެވެ.

27 އެޕްރީލް

April 27, 2017
ފުޓްސަލް ކުޅެން ސާންތީ ހަތަރު ކުޅުންތެރިން ދޫކޮށްފި

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މުހިއްމު މެޗެއް އޮތް ނަމަވެސް ހޮނިހިރު ދުވަހު އޮފީސް ޓީމަށް ފުޓްސަލް ކުޅެން އީގަލްސްގެ ހަތަރު ކުޅުންތެރިއަކު...

April 27, 2017
ޓީސީއާ ދެކޮޅަށް ކުޅޭއިރު އީގަލްސް ތަފާތު ވާނެ: ނިޒާމް

ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭއިރު ކްލަބް އީގަލްސް ތަފާތު ވާނެ ކަމަށާއި އެހެންކަމުން އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު އެ ޓީމާ ދެކޮޅަށް އޮތީ ފަސޭހަ މެޗެއް ނޫން ކަމަށް ޓީސީގެ...

23 އެޕްރީލް

April 23, 2017 1
ގްރީން ސްޓްރީޓްސް އަށް މޮޅެއް ހައްގު: ސާންތީ

އެސްޓީއޯ މާލޭ ލީގުގައި މިއަދު އީގަލްސް އަތުން 2-0 އިން ގްރީން ސްޓްރީޓްސް އަށް ލިބުނީ ހައްގު މޮޅެއް ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

April 23, 2017 2
އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓްސް އެއް ވަނަ އަށް

ދެ ވަަނަ ހާފްގެ ލަނޑުތަކާ އެކު 2-0 ކްލަބް އީގަލްސް ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ އެއް ވަނަ އަށް ގްރީން ސްޓްރީޓްސް އިން ޖެހިލައިފި އެވެ.

April 23, 2017 2
ކުރީގެ ދަރިވަރު މިހާރު ވާދަވެރި ކޯޗަކަށް

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސް ވާދަވެރި މެޗަކަށް ނުކުންނައިރު މި މެޗަކީ ދެ ޓީމުގެ ކޯޗުންނަށް ހާއްސަ ވެގެންދާނެ މެޗެކެވެ.

22 އެޕްރީލް

April 22, 2017 5
ފަސޭހަކޮށްލެވެން ނެތް، ދެ ޓީމު ވެސް ފޯމުގައި

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސް ނުކުންނައިރު ދެ ޓީމު ވެސް މި ވަގުތު އޮތީ ރަނގަޅު ފޯމެއްގައި ކަމަށް ވުމުން ދެ ޓީމުގެ ކޯޗުން ވެސް ބުނީ މެޗު ފަސޭހަކޮށްލެވެން ނެތް ކަމަށެވެ.

11 އެޕްރީލް

April 11, 2017 1
ވެލެންސިއާއާ ދެކޮޅަށް ކުޅެން ފަސޭހަ: ސާންތީ

ވެލެންސިއާ އަކީ ރީތި ފުޓްބޯޅައެއް ކުޅެން މަސައްކަތްކުރާ ޓީމަކަށްވާތީ އެ ޓީމާ ދެކޮޅަށް ކުޅެން ވަރަށް ފަސޭހަ ކަމަށް އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ވެލެންސިއާއާ ދެކޮޅަށް ނުކުންނަ ކްލަބް އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެ.

31 މާޗް

March 31, 2017
ލީގު އަލުން ފަށާއިރު ނައްޓޭ އާއި ރިޒޭ ފެންނާނެ

އެސްޓީއޯ މާލޭ ލީގުގައި ކްލަބް އީގަލްސް މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް ފެނިފައިނުވާ އަހުމަދު ނާޝިދު (ނައްޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) ލީގު އަލުން ފަށާއިރު ކުޅޭނެ ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.