25 ފެބުރުއަރީ

February 25, 2018 12
ސުޒޭން މި ފަހަރު މަސް ބާނާނީ ކަނިފަށްލީ ބުޅިއަކުން!

ކަނޑުމަސް އުކާލާހެން އުކާލަން ނިއު ރޭޑިއަންޓަށް ފުރުސަތު އޮތަސް އެހެން ޓީމުތަކަށް މަސް ބޭނެން އޮތީ އެއަށް ވުރެ ބޮޑަށް ވިސްނައިގެން ފަރުވާތެރިވެގެން ކަމަށް ކްލަބް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

03 ޖެނުއަރީ

January 03, 2018 3
ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ސުޒޭން ހަމަޖައްސައިފި

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކޯޗު އަލީ ސުޒޭން އަންނަ ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ކޯޗުކޮށްދޭން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

21 ނޮވެމްބަރ

November 21, 2017 16
ފުޓްބޯޅަ ހަލާކުކުރަންޏާ ސަޕޯޓަރުން ނާންނާނެ: ސުޒޭން

މެޗު ލަސްކޮށްގެން ވަކި ކަމެއް ހާސިލްކުރަން ވެގެން ފުޓްބޯޅަ ހަލާކުކުރަންޏާ ސަޕޯޓަރުން ދަނޑަށް އަންނަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގދ. ތިނަދޫގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

03 ނޮވެމްބަރ

November 03, 2017 7
ނިއު އިން މިހާރު ތަފާތު އެބަފެނޭ: ސުޒޭން

ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮންގެ ކޯޗުކަމުގައި ނިއު ރޭޑިއަންޓް ފެންނަނީ ކުރިއަށް ވުރެން ތަފާތުކޮށް ކަމަށް ގދ. ތިނަދޫގެ ކޯޗު އަދި ނިއުގެ އެންމެ ވާދަވެރި ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

30 އޮކްޓޯބަރ

October 30, 2017 5
"ނިއު އާއި މާޒިޔާ އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް"

ނިއު ރޭޑިއަންޓާއި މާޒިޔާ ފަދަ ޓީމުތަކުގެ އަތުން ލިބޭ ކޮންމެ ޕޮއިންޓަކީ ބޯނަހެއް ކަމަށާއި އެހެންވެ އެ ޓީމުތަކާ ދެކޮޅަށް ނުކުންނައިރު އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ގދ. ތިނަދޫ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

25 އޮކްޓޯބަރ

October 25, 2017 6
މާޒިޔާ ދަސްވެފައިވުމުގެ ފައިދާ ސުޒޭނަށް ނެގިދާނެތަ؟

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާއާ ދެކޮޅަށް ނުކުންނައިރު އެ ޓީމު އެނގުމަކީ އެޑްވާންޓޭޖެއް ކަމަށާއި އެކަމަކު އެއީ އެ ޓީމު ބަލިކުރެވޭނެ ސަބަބެއް ނޫން ކަމަށް ތިނަދޫގެ ކޯޗު އަދި ކުރިން މާޒިޔާ އަށް އިރުޝާދުދީފައިވާ އަލީ ސުޒޭން ބުނެފި އެވެ.

21 އޮކްޓޯބަރ

October 21, 2017 12
މޯހަން އަށް އެޅުނީ ޅަ އެއްޗެއް: ސުޒޭން

މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދ. ކުޑަހުވަދޫ ޓީމުން ދިވެހި ޕްރިމިއާ ލީގަށް ކުޅުންތެރިން އިތުރުކުރި ނަމަ އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރުނީސް ކަމަށް ލީގުގައި މިއަދު ހަވީރު އެ ޓީމާ ވާދަކުރާ ގދ. ތިނަދޫގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

03 އޮކްޓޯބަރ

October 03, 2017 2
"ތިނަދޫގެ ސައިޒު ކުޑައެއް ނޫން، މިއީ ޗެލެންޖެއް"

ފުޓްބޯޅައިގެ ތާރީހަށް ބަލާއިރު ވެސް އަދި މިހާރުގެ ސްކޮޑަށް ބަލާއިރު ވެސް ތިނަދޫ އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމާ ހަވާލުވުމަކީ ޗެލެންޖެއްގެ ގޮތުގައި ދެކޭ ކަމަށް އެ ޓީމާ އިއްޔެ ހަވާލުވި ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

02 އޮކްޓޯބަރ

October 02, 2017 8
ތިނަދޫ ކޯޗުކަމާ ސުޒޭން ހަވާލުވެއްޖެ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގދ. ތިނަދޫ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ކުރިން ވިކްޓަރީ އާއި މާޒިޔާ އަށް ކޯޗުކޮށްދިން އަލީ ސުޒޭން ހަމަޖައްސައިފި އެވެ.

19 ޖުލައި

July 19, 2017
މަގާމުގައި ދެމި ހުރުމާ މެދު ގޮތެއް ނިންމާނަން: ސުޒޭން

ވިކްޓަރީ ސްޕޯޓްސް ކްލަބަށް ދިމާވެފައިވާ މައްސަލަތައް ހައްލުނުވަންޏާ އެ ޓީމުގައި ހުރެގެން މާބޮޑު ކަންތައްތަކެއް ކުރެވިދާނެ ކަމަށް ވިސްނުމުގެ ބޭނުމެއް ނެތް ކަމަށައި މަގާމުގައި ހުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

18 ޖުލައި

July 18, 2017 1
"ޓީސީ އަށް ވުރެ ވިކްޓަރީ އަށް އެޑްވާންޓޭޖް ބޮޑު"

ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ހޯދުމަށް މިރޭ ވިކްޓަރީ އާއި ޓީސީ މުހިއްމު މެޗަކަށް ނުކުންނައިރު އެޑްވާންޓޭޖް ބޮޑީ ވިކްޓަރީ އަށް ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

14 ޖުލައި

July 14, 2017 2
ނެގި ވިލާގަނޑުން ފެންފޮދެއް ނުލިބުނު: ސުޒޭން

ވިކްޓަރީ ސްޕޯޓްސް ކްލަބަށް ދިމާވެފައިވާ މައްސަލަތަކެއް ހައްލެއް ނުލިބޭ ކަމަށާއި އެހެންވެ އެ ވާހަކަތައް ދެން އިތުރަށް ނުދައްކައި ބޭނުންވަނީ އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗަށް ހުރިހާ ސަމާލުކަމެއްދޭން ކަމަށް ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

08 ޖުލައި

July 08, 2017 14
ނިއު އަކީ ހަތުރެއް ނޫން، ގާތް ވާދަވެރިއެއް: ސުޒޭން

ނިއު ރޭޑިއަންޓަކީ ހަތުރެއް ނޫން ކަމަށާއި އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ 46 އަހަރުވީ ތާރީހުގައި އެ ކްލަބާ އެންމެ ގާތް ވާދަވެރިޔާ ކަމަށާއި އެ ކްލަބް އަތުން މޮޅުވުމަކީ އަބަދުވެސް ލިބޭ ޝަރަފެއް ކަމަށް ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

29 ޖޫން

June 29, 2017 14
ވިކްޓަރީގެ ހާލަތު ގޯހުން ގޯހަށް

އެސްޓީއޯ މާލޭ ލީގުގައި އިއްޔެ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ފިކުރަކީ ޓީމު ހަމަވެދާނެތޯ ކުރެވޭ ފިކުރު ކަމަށެވެ. އިއްޔެގެ މެޗުން ވިކްޓަރީ ލަނޑެއް ނުޖެހި އެއްވަރުވިއިރު، މެޗަށް ފަހު ސުޒޭން ބުނީ ވިކްޓަރީ އޮތް ހާލަތަށް ބަލާއިރު މި މެޗުގައި ކުޅުންތެރިން...

22 މެއި

May 22, 2017 6
ރެފްރީންނަށް އިހުތިރާމްކުރަން ސުޒޭން ގޮވާލައިފި

އަލަށް ނުކުންނަށް ރެފްރީންނަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި އެކަމަށްޓަކައި ފުރަތަމަ ޑިވިޝަނުގެ ކޯޗުން ރެފްރީންނަށް އިހުތިރާމްކުރަން ޖެހޭ ކަމަށް ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

06 މެއި

May 06, 2017 2
ދެބެންގެ ކުރިމަތިލުން ދެ ކްލަބުގެ ކުރިިމަގާ ގުޅިފައި

މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އަލީ ސުޒޭންގެ ކޯޗުކަމުގައި ކުޅުނު މާޒިޔާ އިން ވަނީ އޭނާގެ ކޮއްކޮ މުހައްމަދު ނަޒީހުގެ އިރުޝާދުގެ ދަށުން ކުޅުނު ވިކްޓަރީގެ މައްޗަށް ކުރިހޯދައިފަ އެވެ. އެ މެޗަށް ފަހު ދެބެން ވެސް ވަނީ އެއީ ވަރަށް ޖަޒުބާތީ ކަންތައްތަކެއް ހިނގައިދިޔަ މެޗެއްކަން ފާހަގަކޮށްފަ އެވެ. އެސްޓީއޯ މާލޭ ލީގުގައި...

29 އެޕްރީލް

April 29, 2017 1
ވެލެންސިއާ އަތުން މޮޅުވުން މަޖުބޫރު: ސުޒޭން

އެސްޓީއޯ މާލޭ ލީގުގައި ވިކްޓަރީ މިހާރު އޮތް ހާލަތުން އަރައިގަންނަން މިރޭ ކްލަބް ވެލެންސިއާ އަތުން މޮޅުވުން މަޖުބޫރު ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

25 އެޕްރީލް

April 25, 2017 3
ސުޒޭން ކުރީގެ ޓީމާ ދެކޮޅަށް، މާޒިޔާ އޮތީ ފޯމުގައި

ފާއިތުވި ތިން އަހަރު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން މާޒިޔާ ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. މިދިޔަ ސީޒަނަށް ފަހު މާޒިޔާ ދޫކޮށް ސުޒޭން މިހާރު ހުރީ އޭނާގެ ރަސްމީ ކްލަބް ވިކްޓަރީގަ އެވެ. ވިކްޓަރީ އަށް އެނބުރި އައުމަށް ފަހު ސުޒޭނަށް އަދި މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައިނުވެ އެވެ. މިއަދު ހަވީރު އޭނާ ކުރީގެ ކްލަބް މާޒިޔާއާ...

11 އެޕްރީލް

April 11, 2017 7
ހާލަތު ބަދަލުވެއްޖެ، މިއީ އުއްމީދީ މެޗެއް: ސުޒޭން

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ކަމަށާއި އަޑިގަނޑުން އަރައިގަންނަން ބޭނުންވާ ތިން ޕޮއިންޓް މާދަމާރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން ލިބޭނެ ކަމަށް ވަރަށް ބޮޑު އުއްމީދުކުރާ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

10 މާޗް

March 10, 2017 5
އީގަލްސްއާ ދެކޮޅަށް ވިކްޓަރީ ޕްރެޝަރު ބޮޑު މެޗަކަށް

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަަވީރު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ވިކްޓަރީ އަށް ޕްރެޝަރު ބޮޑު މެޗެއް ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.