23 މާޗް

March 23, 2019 10
ވާންވީ ނުވިކޭނެ ކަމުގެ ވައުދު!

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންތަކުން އިވެނީ ވަރަށް ހައިރާންވާ ކަހަލަ ވާހަކަތަކެވެ.

17 ފެބުރުއަރީ

February 17, 2019 8
ކޮންމެ ކެންޑިޑޭޓަކީ ސޭޓެއްތޯ؟

މިދިޔަ ހަފުތާ ނިމުނީ ރާއްޖޭގެ ކަނޑުފަޅާއި ބިންތައް ވިއްކައިގެން ލިބުނު ބިލިއަން ރުފިޔާ އަމިއްލަ ބަޔަކު ކައި ހުސްކުރި ގޮތުގެ ކަޅާއި ހުދުގެ މަންޒަރަކުންނެވެ. އެ މަންޒަރު ކުލަކޮށްލެވޭ ވަރުގެ ތަހުގީގެއް ކޮށްފައި ނެތީ އެވެ. އެކަމަކު އެއާ އެކު އެއްބަޔަކު ނަޒާހަތްތެރިކަމުގެ މެޑަލް ޖަހައިގެން ދެން ތިބި ބަޔަކަށް ވަގަށް ގޮވުމުގެ ފޯރި ވެސް...

14 ފެބުރުއަރީ

February 14, 2019 24
އޭސީސީގެ ރިޕޯޓުން ހިޔާނާތުގެ ކަޅު ފަރާތެއް ނުފެނޭ!

އެންމެން ބޭނުންވި އެމްއެމްޕީއާރުސީގެ ތަހުގީގީ ރިޕޯޓް އެންމެ ފަހުން، އޭސީސީން ނެރެފި އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބައެއް ވެރިން ހިންގެވި ބޮޑު ހިޔާނާތާއި އެ ހިިޔާނާތުގެ ފައިސާގައި ޖެހުނު ސިޔާސީ އެހެން ވެރިންގެ ކަޅު ފަރާތެއް އެ ރިޕޯޓަކުން ނޭނގޭނެ އެވެ. އެއިން ހާމަވީ އެމްއެމްޕީއާރުސީގެ ފައިސާ...

03 ފެބުރުއަރީ

February 03, 2019 54
ގޮނޑިތައް ބަހާނީ ރައްޔިތުން، ލީޑަރުންނެއް ނޫން

މިހާރު ވެރިކަމުގައި މި އޮތް ކޯލިޝަނަކީ ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރެވޭނެ ބައެއް ނޫނޭ ކިޔައި އުޅުނު ހަނދާން އެބަހުރި ދޯ އެވެ. އެންމެން އުޅެނީ ވެރިކަމާ ހެދިޔޭ، އެއީ "ކޯޅޭޝަނެކޭ" ކިޔަނިކޮށް، އެ ކޯލިޝަނުގެ ސަޕޯޓަރުންގެ ތެރެއިން ވެސް އެތައް ބަޔަކަށް ކަމުދިޔަ ކެންޑިޑޭޓަކު ނެރެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ގަދަވެގަތީ...

08 ޖެނުއަރީ

January 08, 2019 13
ކޮރަޕްޝަން ހުއްޓުވުން: ވެދާނެ ކަމެއްތަ؟

ފާއިތުވި އަހަރު ކަރަޕްޝަން ހުއްޓުވުމަށް ރާއްޖޭގައި ކަމާ ބެހޭ ފަރާތްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. ވަރަށް ގިނަ ތަންތަނުން ނަޒާހަތްތެރިކަމުގެ ސޮއި ހޯދި އެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުންނަ ދޮރުތައް ބަންދުކުރާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ގެންދިޔަ އެވެ. އަދި ކޮބައިތޯ އެވެ. ތިމާ ކުރާ...

24 އެޕްރީލް

April 24, 2018 3
އޮޅުންބޮޅުން: ކަރަޕްޝަން ހުއްޓުވުން

ސަރުކާރުގެ އިސް މަގާމުގައި ތިއްބެވި ބައެއް އިސް ބޭފުޅުން، ކަރަޕްޝަން ހުއްޓުވަން ގޮވާލެއްވުމާ މެދު އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހެ އެވެ. ރާއްޖޭގައި ކަރަޕްޝަން އޮންނަ ކަމަށް ޤަބޫލު ކުރައްވާތީވެ އެވެ. ކަރަޕްޝަނަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީވެ އެވެ. ކަރަޕްޝަން ފެތުރިގެން ދާނެ ގޮތް ކުޑަކުރުމަށްޓަކައި...

15 މާޗް

March 15, 2018 7
އެންޓިޑިފެކްޝަން ގާނޫނުން އެކަނި ކޮރަޕްޝަން ނުހުއްޓުވޭނެ

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް އިއްޔެ މިވަނީ ގާނޫނަކަށް ވެފަ އެވެ. ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވިދާޅުވާ ގޮތުން އެ ބިލްގެ މައިގަނޑު މަގްސަދަކީ ގައުމަށް ދިމާވެފައިވާ ސިޔާސީ ހަލަބޮލި ކަމަށް ހައްލެއް ގެނައުމުގައި ރައްޔިތުންގެ މަޖިލީހަކީ ކޮރަޕްޝަނާއި ފަސާދަ އާއި ރިޝްވަތުން...

14 ފެބުރުއަރީ

February 14, 2017 41
ނަޒާހަތްތެރިކަމުން ފަލީހަތްވަމުން ދާ ކޮރަޕްޝަން

މީގެ އަހަރުތަކެއް ކުރިން ކުންފުންޏަކުން އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެގެން އިއުލާނެއް ކުރި އެވެ. އިމާރާތް ހުންނަންވީ، މާލޭގެ ކޮން ސަރަހައްދެއްގައި، ކޮން މަގެއްގައި ކަން ވެސް އިއުލާންގައި އޮތެވެ. އިމާރާތުގެ އުސްމިނުގައި ހުންނަންވީ މިތައް ބުރި އެވެ. އަދި އިމާރާތުގެ ތަޅުމުގެ ބޮޑުމިނުގައި މިތައް އަކަފޫޓެވެ.

17 ޖެނުއަރީ

January 17, 2017 79
ފަސް މިނެޓް: ތިޔަ ހީފުޅު ކުރެއްވުނީ ރަނގަޅަކަށް ނޫން

ހިޔާ ބޮޑު ގަހެއްގެ ދަށަށް ވަދެވުމުން ކޮންމެ މީހަކަށް ވެސް ހީވަނީ ތިމަންނާ އަށް މި ހުރީ ނިކަން ބޮޑު ހިމާޔަތެއް ލިބިފައި ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. ބޮޑެތި ނުފޫޒުތަކާ އެކު މަތީ މަގާމުތަކުގައި މަތިހަށި ނަގާފައި އުޅުނު ކިތަންމެ މީހަކު، ހިނދު ކޮޅެއްގެ ތެރޭގައި ބޮކި ޖަހާފައި އަޑި އަށް ދިޔަތަން ވެއަތުވެ ދިޔަ ދެ...

19 ޑިސެމްބަރ

December 19, 2016 5
އޮޅުންބޮޅުން: ކޮރަޕްޝަންގެ އަމަލްތައް ހުއްޓުވުން

ކަރަޕްޝަން ހުއްޓުވުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތުން ވަރަށް މަސައްކަތްކުރައްވަ އެވެ. ލަފާކުރެވޭ ގޮތުގައި ނަޒާޙަތްތެރިކަމާ ބެހޭ އެއްބަސްވުމުގައި ވެސް ވަރަށް ގިނަ އޮފީސްތަކާއި އެހެން ފަރާތްތަކުން ވެސް ސޮއިކޮށްފައިވާނެ އެވެ. މީޑިއާ ގެންގޮސްގެން ކުލަގަދަ ރަސްމިއްޔާތުތަކުގެ ތެރޭގަ އެވެ. ދާދި ފަހުން ކަރަޕްޝަން ހުއްޓުވުމާ ބެހޭ...

19 ނޮވެމްބަރ

November 19, 2016 72
އޭސީސީން އަންގާނެ، އަޅާލާނެ ކަމެއް ނެތް!

ރާއްޖެ އަށް ކީއްކުރާ އެންޓި ކޮރަޕްޝަން ކޮމިޝަނެއް ހެއްޔެވެ؟

30 ޖުލައި

July 30, 2016 48
ވަގަށް ގޮވުން ހުއްޓުވާލަނީ!

ޑިމޮކްރެޓިކް ނިޒާމްގެ ދެވަނަ މަޖިލީހުގެ ދައުރު މިހާތަނަށް އައި އިރު ކަންކަން މި އޮތީ ހައްދުން ނެއްޓިފަ އެވެ. ސަރުކާރަށް ލިބިފައިވާ ވަރުގަދަ އަޣުލަބިއްޔަތުން ގާނޫނުއަސާސީ އަށާއި ގާނޫނުތަކަށް ގެނައި އެތަކެއް ބަދަލުތަކަކީ، ދިފާއުގައި ކިތަންމެ ހުއްޖަތްތަކެއް ދެއްކިޔަސް، އެކަންކަން ކުރި ހާލަތްތަކަށް ބަލާއިރު، ސުލޫކީ ބޮޑެތި...

22 ޖުލައި

July 22, 2016 82
ކޮލަމް: އެސްކޮބާ ހެދިގެން އަބަދަކު ނޫޅެވޭނެ

ކޮލަމްބިއާގެ ޑްރަގް ވިޔަފާރީގައި އިންތިހާ ދަރަޖައިގެ މުއްސަނދިކަން ހޯދި ޕަބްލޯ އެސްކޮބާ މުޅި ގައުމަށް ނުފޫޒު ފޯރުވި އެވެ. ގައުމުގެ ހުރިހާ ނުބައިކަމެއްގެ ފަހަތުގައި ހުރީ އެސްކޮބާކަން އެނގޭއިރު ވެސް އޭނާ ސިޔާސީ މައިދާނަށް ނިކުމެ މަގާމުތަކާ ހިސާބަށް ދިޔައީ ކޯޓަކުން ކުށެއް ސާބިތު ނުވާތީ އެވެ. ސަލާމަތީ ބާރުތަކުގެ ހާއްސަ...

30 ޖޫން

June 30, 2016 3
ކޮލަމް ކުލަބަރި: ގައުމުގެ ރީތިކަން ވިއްކާ ހުސްނުކުރޭ!

އަހުމަދު އަދީބު ވިދާޅުވި ވާހަކައެއް އޮވެ އެވެ؛ "ފައިސާ ބޮނޑި" ހިފައިގެން އެތައް ބަޔަކު އާދެ އެެވެ. ރާއްޖެ އާއި ބޭރުގެ ވިޔަފާރިވެރިންނެވެ. ރިސޯޓު ހަދަން ރަށްރަށް ހޯދާށެވެ. ސަރުކާރުގެ ތެރެއިން ކުރެވޭނެ ކަންކަމަށް ފަސޭހަ ކުރާށެވެ. އެކަމަކު، ސަރުކާރާއި ހުދު އޭނާގެ ވެސް އިހުލާސްތެރިކަމުން އެއިން އެއްވެސް "ބޮނޑިވަރެއްގައި" އެއްގޮތަކަށް...

13 ޖޫން

June 13, 2016 97
ފަސް މިނެޓް: މި ފަހަރު ވެސް އަދީބުތޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތަކީ ރާއްޖޭގައި މިހާތަނަށް ހިންގި ކޮރަޕްޝަންގެ އެންމެ ބޮޑު ވައްކަން ކަމުގައި ބުނެވެ އެވެ. ދައުލަތުގެ ބަޖެޓަށް ވަންނަން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް، ބައެއްގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްގެން ބޭނުންކުރި މައްސަލައިގައި މިހާރު ވަނީ...