01 އޯގަސްޓް

August 01, 2019 5
ފުލުހުން ހަމަލާދިން މައްސަލަ އެބަ ބެލޭތަ؟

ޖުލައި 5، 2019 ދުވަހުގެ ރޭ، މ. އުޖާލާގޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ފުލުހުންގެ ބައެއް ކަމަށް ބެލެވޭ ބަޔަކު، ކުށެއްގެ ތުހުމަތުކުރެވޭ ދެ މީހެއްގެ ގައިގައި ތަޅާ އަނިޔާކުރިކަމަށް މީޑިޔާތަކުގައި ރިޕޯޓުކުރި އެވެ. ފުލުހުންނަކީ، ޤާނޫނު ތަންފީޒުކުރާ އިދާރާއެކެވެ. ޤާނޫނުން ވަކި ރައްކާތެރިކަމެއް ލިބި، އެމީހުންގެ ވަޒީފާ...

03 ޖޫން

June 03, 2019 6
ކުށުގެ ގާނޫނުތައް ގާނޫނުލްއުގޫބާތުގެ ތެރެއަށް ފެއްތުން

ޕީނަލް ކޯޑު، ނުވަތަ ޤާނޫނުލްޢުޤޫބާތަކީ، ކުށާއި އަދަބު ބަޔާންކުރާ ގާނޫނެވެ. ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަ ޕީނަލް ކޯޑު، ނުވަތަ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަކީ، މިހާތަނަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެންމެ ބޮޑު ގާނޫނެވެ. މި ގާނޫނު ޑްރާފްޓު ކުރުމުގެ މަސައްކަތުން ފެށިގެން،...

03 މާޗް

March 03, 2019 38
ރިޔާސީ ކޮމިޝަން ވެސް "ވަގަށް ނަގައި މަރާލާނެ"

މީހުން މެރުމާއި ވަގަށް ނެގުމާއި ހިޔާނާތުގެ ތެރެއިން ހަގީގަތް ހޯދިފައި ނުވާ ކަންކަން ތަހުގީގު ކުރުމުގެ ވައުދު ފުއްދުން އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެކަނި ޒިންމާއެއް ނޫނެވެ. އެމަނިކުފާނު ވެރިކަމަށް ގެންނަން މަސައްކަތްކުރި ކޯލިޝަނުން ވެސް އެކަމުގެ ޒިންމާ ނަގަން ޖެހޭނެ އެވެ. އެކަމަކު މި ވައުދު ފުއްދަވަން ރައީސް...

28 މާޗް

March 28, 2018 10
އޮޅުންބޮޅުން: ކުށްވެރިންގެ އަދަބު

ޤާނޫނުގައި ކަނޑައަޅާފައި އޮންނަ އަދަބެއް ކުށް ކުރާ މީހުންނަށް ދޭންވާނެ އެވެ. ކުށް ކުރާ މީހަކީ ކިތަންމެ މަތީ މަގާމެއްގައި ހުރި މީހަކު ކަމުގައި ވިޔަސް މެ އެވެ. ކިތަންމެ ޤަދަރުވެރި މަގާމެއް އަދާކޮށްފައި ހުރި މީހަކު ކަމުގައި ވިޔަސް އެވެ. ކުށަކަށް ތުހުމަތު ކުރެވިގެން ބަންދުކުރެވޭ މީހަކާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެގެން...

03 މެއި

May 03, 2017 47
ޔާމީންގެ މަރު، ކުރިންނާއި ފަހުން ވެސް އިހުމާލު!

އަނިޔާވެރި ހަމަލާތަކެއްގައި މަރައިލި ޔާމީން ރަޝީދުގެ މަރުގެ ހާދިސާ އަށް ދެ ހަފުތާ ވެގެންދާ އިރު، އެކަމާ ގުޅުވައިގެން ދެކެވޭ ވާހަކަތައް ވަރަށް ތަފާތެވެ. ހަގީގީ ގާތިލުން ހޯދިފައި ނުވާއިރު، އެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުމަށް ނުވަތަ އެ މަރުގެ ހަގީގަތް އޮޅުވައިލުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އެބަދެ އެވެ.

22 ޖުލައި

July 22, 2016 82
ކޮލަމް: އެސްކޮބާ ހެދިގެން އަބަދަކު ނޫޅެވޭނެ

ކޮލަމްބިއާގެ ޑްރަގް ވިޔަފާރީގައި އިންތިހާ ދަރަޖައިގެ މުއްސަނދިކަން ހޯދި ޕަބްލޯ އެސްކޮބާ މުޅި ގައުމަށް ނުފޫޒު ފޯރުވި އެވެ. ގައުމުގެ ހުރިހާ ނުބައިކަމެއްގެ ފަހަތުގައި ހުރީ އެސްކޮބާކަން އެނގޭއިރު ވެސް އޭނާ ސިޔާސީ މައިދާނަށް ނިކުމެ މަގާމުތަކާ ހިސާބަށް ދިޔައީ ކޯޓަކުން ކުށެއް ސާބިތު ނުވާތީ އެވެ. ސަލާމަތީ ބާރުތަކުގެ ހާއްސަ...

21 ޖޫން

June 21, 2016 29
ފަސް މިނެޓް: މޮނިކޮން ޓެގް އުމަރުގެ ކަރަށް

މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ (މޮނިކޮން) ނިޒާމަކީ، ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ މީހުންގެ ހަރަކާތްތައް ހުންނަ ގޮތް، ވަކި ކަހަލަ އާލާތެއް (ޓެގް) ބޭނުންކޮށްގެން ބަލައި ދެނެގަތުމުގެ ނިޒާމެކެވެ. އެއީ އެ މީހުން، ތަހުގީގަށް ހައްޔަރުކުރެވޭ ވަރަށް ހެކި ނެތުމުން ނުވަތަ ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބައިތިއްބަން ނުފެންނަ...

18 ޖޫން

June 18, 2016 33
ކޭމްޕަކަށް ގެންގޮސް ލީމާ ވަޅި ހެރުން ހުއްޓޭނެތަ؟

މާރާމާރީގެ "މޫސުމެއް" އަންނަ ކޮންމެ ފަހަރަކު ކޮންމެވެސް ކަހަލަ ކުއްލި ފިޔަވަޅެއް އާދެ އެވެ. "ހާއްސަ އޮޕަރޭޝަންތަކު"ގައި ފުލުހުން ނުކުމެ އެއްފަހަރާ އެތައް ބަޔަކު ހައްޔަރުކޮށް ތަންތަން ފާސްކޮށް ގޭންގުތަކުގެ "ޖަގަހަތައް" ރޫޅާލަ އެވެ. ސިފައިން މަގުމައްޗަށް ނެރެ އެވެ. އެއް ދުވަހެއްގައި 14 އަހަރުގެ ދެ ކުއްޖަކު މަރާލީމާ މިހާރު މި އުޅެނީ...

08 ޖޫން

June 08, 2016 6
މާރާމާރީ އާއި މަރު: ޖީލެއް ހަލާކުވިޔަ ނުދީ!

އަނެއްކާވެސް މާރާމާރީ އާއި މަރުގެ މޫސުމެކެވެ. ހަމަނުޖެހުން މަދުވެފައި އޮންނަތާ ދުވަސްތަކަކަށް ފަހު އެއް ފަހަރާ ދެ މަރެވެ. ޅަ ދެ ކުދިންގެ ފުރާނަ ހިނދުކޮޅެއްގެ ތެރޭގައި ދުއްވާލީ އެންމެ އަނިޔާވެރި ގޮތަށެވެ. ހަޔާތުގެ ބޮޑު ބައި ކުރިމަތީގައި އޮތް ދެ ކުދިންގެ ނިމުން އައީ އެ ކުދިން އިސްލާހު ވޭތޯ ވެސް ބަލާލާނެ ފުރުސަތު ވެސް ނުލިބެނީހެވެ.

05 ޖޫން

June 05, 2016 14
ގައުމީ ރޫޙަކީ އަޅެ ކޮބާ؟ އެ ރޫޙު އެބަ އޮތްތަ؟

ޕީޕީއެމާއި އެމްޑީޕީ އަށް ތާއީދުކުރުމަކީ ގައުމު ދެކެ ލޯބިވުން ހެއްޔެވެ؟ ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދުގެ ފަހަތްޕުޅުން އުޅުމަކީ ގައުމަށް ތެދުވެރިވުން ހެއްޔެވެ؟ މިހާރުގެ ރައީސް އަބްދުﷲ ޔާމީނަކީ އެންމެ މޮޅު ވިސްނުންފުޅު ގެންގުޅުއްވާ ރައީސް ކަމަށް ގަބޫލުކުރުމަކީ ގައުމީ ޒިންމާ އަދާކުރުން...