27 ޑިސެމްބަރ

December 27, 2018 21
ހިލޭ ޖެހޭ ކެއުމެއް، ޚިދްމަތެއް ނުހުރެ އެވެ.

"ނޯ ފްރީ ލަންޗް" މިއީ މަޝްހޫރު އިނގިރޭސި މުހާވިރާ ބަހެކެވެ. ހިލޭ ޖެހޭ ކެއުމެއް ނުހުންނަ ވާހަކަ އެވެ. ތިމާގެ ޖީބުން ޚަރަދު ނުކުރި ނަމަވެސް، ކޮންމެވެސް މީހެއްގެ ޖީބުން ކެއުމަށް ޚަރަދު ހިނގާނެ ވާހަކަ އެވެ. ކޮންމެ މީހަކު އަގު ދެއްކި ނަމަވެސް، ކެއްކުމަށް ބޭނުންކުރި ހަނޑުލާއި، މަހާއި، ހަވާދާއި، ތެޔޮ އަދި ފިޔާ މިރުސް ގަތުމަށް ޚަރަދު...

19 ނޮވެމްބަރ

November 19, 2018 15
ބަޖެޓް ސައްލާ: އިންކަމްޓެކްސަށް ތައްޔާރު ވަމާތޯ؟

މަޖިލިހަށް މިހާރު ހުށަހަޅާފައިވާ 2019 ވަނަ އަހަރުގެ ބަޖެޓަކީ ޒިންމާ ނަގާނޭ ފަރާތެއް ނެތް، އެކަނިވެރި، ޔަތީމު ބަޖެޓަކަށް ވެއްޖެ އެވެ. ނިމިދިޔަ ސަރުކާރުގެ ފައިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވަނީ ބަޖެޓު ހުށަހެޅުއްވީ އެއްވެސް އަކުރަކަށް، ފިއްޔަކަށް ބަދަލެއް ނައިސް، ސަރުކާރާ ހަވާލުވާން ތައްޔާރުވި ޓީމުން ފޮނުވި ގޮތަށް...

21 އޮކްޓޯބަރ

October 21, 2018 19
ދައުލަތުގެ ކުންފުނިތައް ހިންގުމުގެ އާ އޯޑަރު

ނިމިދިޔަ އިންތިޚާބު ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން އިދިކޮޅު ފަރާތްތަށް ކާމިޔާބުކުރި ނަމަވެސް އެއީ އިންސާފުވެރި އިންތިޚާބެކޭ ދެންނެވޭކަށް ނެތެވެ. އިންތިޚާބު ކުރިމަތިވެގެން އައިއިރު ސަރުކާރު ހިންގާ ޕާޓީން ވަރަށް ފާޅުގައި ބުނެފައިވަނީ އިންތިޚާބުގައި ކެމްޕޭން ކުރާނީ ދައުލަތުގެ ވަސީލަތް ބޭނުންކޮށްގެން ކަމަށެވެ. ކަން ވެގެން...

08 އޮކްޓޯބަރ

October 08, 2018 13
ނުކުރަންވީ ކަންކަން: ކުންފުނިތައް ސިޔާސީ ކުރުން

ދައުލަތުގެ ވިޔަފާރި ކުންފުނިތަކަކީ ސިޔާސީ މީހުން ސިޔާސީ ގޯލު ޖަހަން ބޭނުންކުރާ ކުޅިވަރު ދަނޑަކަށް މިފަހަރު ނުހަދަމާތޯ އެވެ؟ ކުންފުނިތަކުގެ މެނޭޖްމަންޓާއި މުވައްޒަފުން ސިޔާސީ މައިދާނަށް އަރުވާ އެބައި މީހުން ލައްވާ މިފަހަރު ސިޔާސީ ކުޅިވަރު ނުކުޅުވަމާތޯ އެވެ؟

25 ޖުލައި

July 25, 2018 4
އިންތިޚާބު އަޔަސް އިގްތިސާދީ އަސާސްތައް ބަދަލެއް ނުވޭ

އިންތިޚާބީ ވިލާގަނޑެއް ބޯމަތިވެ، ވިލާގަނޑުގެ ކުރިޔަށް ކެރި އައިސް، ވައި ގަދަވެގެން ދާ މި ދުވަސްވަރުގައި، ރައްޔިތުންގެ ކުރިމައްޗަށް އަރައި ކުރަމުންދާ ވަޢުދުތައް މި ދަނީ ގިނަވަމުން، ގުނަވަމުންނެވެ. ރައްޔިތުންގެ ހިތް ރުއްސުމަށްޓަކައި ބަސަރާ އިން ކަދުރު ގެނެސް، ސާމަރާ ދޫނި ފަތުގެ ތަބަކެއްގައި، މާމުޔާއި ގުލްކަނދާ ޖަހައިގެން ބޭނުން...

13 ޑިސެމްބަރ

December 13, 2017 15
އޮޅުންބޮޅުން: ރާއްޖޭގެ އިގުތިސާދީ ކުރިއެރުން

ރާއްޖޭގައި އިޤްތިޞާދީ ކުރިއެރުމެއް ނެތް ކަމަށް ބުނަނީ ކާކުތޯ އެވެ؟ ދިވެއްސަކު އެހެން ބުނާ ނަމަ އެ މީހަކީ އިޤްތިޞާދީ ކަންކަން ދެނެގަތުމުގައި ދުރާއި ކައިރި ނުފެންނަ މީހެކެވެ. އިޤްތިޞާދީ ގޮތުން ކުރިނުއަރާ ނަމަ އަޅުގަނޑުމެން މި ކުރާ ބޮޑެތި ޚަރަދުތައް ކުރަން ފައިސާ ހޯދާނީ ކޮން ތާކުންތޯ އެވެ؟ ރާއްޖޭގެ ގައުމީ ނައުގެ ހުންގާނުގައި...

02 ޖެނުއަރީ

January 02, 2017 6
އޮޅުންބޮޅުން: ލިބޭ އާމްދަނީގެ ފަރަގު ކުޑަކުރުން

ސަރުކާރުގެ މާލީ ސިޔާސަތު އެކަށައަޅުއްވާ ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި ދިވެހިންގެ މެދުގައި އޮތް އާމްދަނީގެ ފަރަގު ކުޑަކުރެވޭނީ ލިބޭ އާމްދަނީން ޓެކްސް ނަގައިގެންނެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ އިންކަމް ޓެކްސް ނަގައިގެންނެވެ. ކޮންމެވެސް ދުވަހަކުން ރާއްޖޭގައި ވެސް އިންކަމް ޓެކްސް ނަގަން ޖެހޭނެ ކަމާ މެދު އެއްވެސް...

14 ނޮވެމްބަރ

November 14, 2016 13
އިނާޒުގެ ހިޔާލު: ބަޖެޓްގައި ގައުމީ ސިޔާސަތުތަކެއް ނެތް

އަންނަ އަހަރުގެ ބަޖެޓް ސަރުކާރުން މިވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. ބަޖެޓް ހުށަހެޅިއިރު އަޅުގަނޑު ކަންބޮޑުވި ކަންކަން ފާހަގަކޮށްލާނަމެވެ. އޭގެ ކުރިން ދައުލަތެއްގެ ބަޖެޓަކީ ކޮބައިތޯ ހަނދާންކޮށްލުން މުހިއްމެވެ. ދައުލަތެއްގެ ބަޖެޓަކީ ހިސާބުގެ އަކުރުތަކެއް ނޫނެވެ. އަދި އެހެންމެ ކުރިއަށް ރޭވިދާ ބަނދަރުތަކާއި، ބިން ހިއްކުމުގެ...

07 އޮކްޓޯބަރ

October 07, 2016 35
ކާޑުގެ އަގާ ގުޅޭނީ ރޮއްޓާއި ރިހަޔާއި ސަޔަކާ ނޫން

ދިވެހިންގެ އަސާސީ ކާނާގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށް އަގު ހެޔޮކޮށް ވިއްކަން ސަރުކާރުން ދެމުން އައި ސަބްސިޑީ ކަނޑާލުމާ އެކު އެ ބާވަތްތަކުގެ އަގުތައް ވަނީ ދެ ގުނަ ބޮޑުވެފަ އެވެ. އެކަމަކު އެ ބޮޑުވި މިންވަރަކީ ދިވެހިންގެ މިހާރުގެ ހާލަތަށް ބަލާއިރު ނުފޯރާ ވަރެއް ހެއްޔެވެ؟