22 ޖުލައި

July 22, 2019 8
ފަރުވާ- ތަޝައްފީގެ ޒީޝާ...

"... އައިމިނަތު އީޝާ ... ލައްބަ މިސް. ފާތިމަތު ލުބުނާ .... ލައްބަ މިސް. މަރިޔަމް ޒީޝާ .... މަރިޔަމް ޒީޝާ..."

19 މެއި

May 19, 2019 22
މިހާރު ވެސް "މަގުމަތީ ސިނގިރެޓް ބުއިން މަނާ"

ދުންފަތުގެ ދުމުގެ ތެރެއަށް ނޭވާ ނުލައި މިހާރު މަގަކުން ނުދެވޭނެ އެވެ. ދޮރާށި ބުޑުން، ކަންކަންމަތިން އަދި ހިނގާފައި ދަމުން ދުން އަރުވާ މީހުން ހީވާނީ މާ މޮޅު ކަމެއް ކުރެވޭތީ އެހެން މީހުންނަށް ދައްކަން އުޅޭހެންނެވެ. ކުޑަކުއްޖެއް، ބަލި މީހެއް ބެލުމެއް ނެތި އެންމެންގެ މޫނަށް ދުން ބުރުވަން ތިބެނީ ފަހުރުވެރިކަމާ އެކުގަ އެވެ. އެހެންވެ،...

10 އެޕްރީލް

April 10, 2018 9
އޮޅުންބޮޅުން- ބަލާނެ މީހަކު ނެތް ބަލި މީހުން

ބަލިވެގެން ހޮސްޕިޓަލްގައި ބާއްވާ ބައެއް ބަލި މީހުން ބަލާނެ މީހަކު ނެތިގެން ނުވަތަ އަޅާލާނެ މީހަކު ނެތިގެން ހޮސްޕިޓަލުން ދޫނުކުރެވިގެން އުޅޭ ވާހަކަ އަކީ ދޭތެރެދޭތެރެ އިން އިވޭ އަޑެކެވެ. ސަރުކާރުގެ ހޮސްޕިޓަލް ތަކުގަ އެވެ. އެ ފަދަ މީހުން ބަލިވެގެން ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ބަލި ރަނގަޅު ވުމުން ވެސް އެފަދަ މީހުންގެ...

16 ޖެނުއަރީ

January 16, 2018 9
އޮޅުންބޮޅުން- ވަޒީފާގެ މާރުކޭޓު

ދިވެހިންނަށް ވަޒީފާ އިތުރުވަމުންދާ ވާހަކައިގެ އަޑު ދޭތެރެދޭތެރެއިން އިވެ އެވެ. މި އަޑުފައްގަނޑު ގަދަވެގެން ދަނީ އިންތިޚާބެއް ކައިރިވަމުން ދިޔަ ވަރަކަށެވެ. ޚާއްޞަކޮށް ޢާއްމު އިންތިޚާބެކެވެ. ރިޔާސީ އިންތިޚާބެކެވެ. ކައުންސިލްގެ އިންތިޚާބެކެވެ. ވަޢުދުނާމާއެއްގެ ވާހަކަ ދައްކާ ނަމަ، ވަޢުދާ އެއްގޮތަށް ވަރަށް ގިނަ ވަޒީފާތައް...

12 އޮކްޓޯބަރ

October 12, 2017 10
ކޮންމެ ހަ ސިކުންތަކުން މީހަކު މަރާލައެވެ.

އެއީ ނުރައްކާތެރި ގާތިލެކެވެ. ކޮންމެ ހަ ސިކުންތަކުން އެކަކު މަރާލަ އެވެ. ކެމިކަލް ހަތިޔާރު ބޭނުން ކޮށްގެންނެވެ. އެ ބޮޑު މުޖުރިމުގެ ފުލީޓުގައި 4،000 އަށް ވުރެ ގިނަ ކެމިކަލް ހަތިޔާރު ހިމެނެ އެވެ. އޭގެ ތެރޭގައި އަސަރާއި ވޭނުގައި އޮވެ މަޑުމަޑުން މީހާ ފަނާކޮށްލާ އެތައް ހަތިޔާރެއް ވެސް ހިމެނެ އެވެ. ނާޒިމްގެ މެ އަށް އަމާޒުވީ މި ދެންނެވި...

20 ޖުލައި

July 20, 2017 8
ތުއްތު ދަރިފުޅު ރީނދޫ ވަނީ ކީއްވެ؟

"...މިހާރު އުފަންވާ ކޮންމެ ކުއްޖަކު މިވަނީ ރީނދޫ. ޑޮކްޓަރެއް ނެތި އަހަރެމެން ވިހޭއިރު ވެސް މިފަދަ ކަމަކާ ކުރިމައްޗެއް ނުވޭ. އޭރު ވެސް އަޒުމާ ގާތުގައި މަންމަ ބުނީމެންނު އެ ބޭސްތައް ނުކާށޭ. ރީނދޫ ނުވިއްޔާ ދެރައެއް ނު. ތިޔަކާ ދެބުރި ދެކުލައިގެ ބޭސްގުޅަވޭ ބޮޑު ހަސަނު ހޮޓަލުން ހަދާ ކަވާބެއް ވަރު" މާމަ ދަރިފުޅު ރީނދޫ ވުމުން މަރިޔަމްފުޅު...

29 ޖޫން

June 29, 2017 17
ޕްރިންސަސް ފާތިމަތު ބުލްބުލް އާއި ނެގަޓިވް އާރުއެޗް

ފޭސްބުކް ހުޅުވަލި އެވެ. "ޕްރިންސަސް ފާތިމަތު ބުލްބުލް އިޒް ފީލިންގް ހެޕީ ވިތް ހަސަން އޮޒިލް."

01 ޖޫން

June 01, 2017 31
ރޯދަވެރިޔާ އާއި އެތީސްޓް

ދީން ގަބޫލް ނުކުރާ މީހަކު ބުންނެވެ. "ނުކައި ނުބޮއެ ތިޔަ ހިފާ ރޯދައިން ކަލޭމެންނަށް ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ ކަރު ހިއްކުމާއި ބަނޑުހައި ހޫނުކަން ފިޔަވައި ލިބެނީ ކޮންއެއްޗެއް ހެއްޔެވެ؟ އަމިއްލަ ހަށިގަނޑު އޭގެ އުފާތަކުން މަހުރޫމްކޮށްގެން ކަލޭމެންނަށް ލިބެނީ ކޮން މޮޅެއް ހެއްޔެވެ؟ ތިޔަ ވިސްނުން ބަދަލުކުރާނީ ކޮން ދުވަހަކުން...

25 މެއި

May 25, 2017 30
ދަރިން ނުލިބެނީ ކީއްވެ؟

އެ ދެމީހުން ކައިވެނިކޮށްގެން އުޅޭތާ އެތަކެއް އަހަރެއްވެއްޖެ އެވެ. އަދިވެސް ދަރިއަކު ނުލިބެ އެވެ. ފިރިހެން މީހާގެ އާއިލާ އިން ތުހުމަތުގެ އިނގިލި ދިއްކުރަނީ އަންހެން މީހާ އަށެވެ. މާފަލަކޮށް ހުންނާތީ އެވެ. ގަވާއިދުން މައްސަރުކަންތައް ނުޖެހޭތީ އެވެ. އަނެއްކޮޅުން އަންހެން މީހާގެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި ހުރިހާ ވެސް މައްސަލަ...

11 މެއި

May 11, 2017 2
ބަދިގެ އަށް ވަނުމުގެ ކުރިން މިކަންކަން އެނގުން މުހިންމު

"... އަހަރެން ބުނީމެންނު ދޯ، މަށަކަށް ކައްކާކަށް ނޭނގެއޭ. ހަނޑޫ ހޮވާ، ބަތް ކައްކައި ރިހަ ކެއްކުމަކީ، އަހަރެން އެއް އިރެއްގައި ވެސް ކުރި ކަންތައްތަކެއް ނޫން. އެކަމަކު ކިހިނެއް، މިހެން އަބަދު ކެފޭތަކާއި ރެސްޓޯރަންޓްތަކުން ކައިގެން އުޅޭނީ! މީރުކޮށް މޮޅަށް ކައްކަން ދަސްކުރަން އަހަރެންވެސް ބޭނުން. ހޮޓެލްސް ސްކޫލަށް ދިޔައިއްޔާ ކިހިނެއް...

07 މެއި

May 07, 2017 60
އާސަންދަަ ކަނޑާލުން ބަދަލު ހިފުމަކަށް ނުވޭތަ؟

ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދަގެ ޚިދުމަތް ކުއްލި ގޮތަކަށް ރޭ ކަނޑާލުމަކީ ކޮންމެ ގޮތަކަށް ބެލި ކަމުގައި ވިޔަސް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ޚާއްސަކޮށް ކުއްލި ގޮތަކަށް އަވަސް އަރުވާލައިގެން މިފަދަ ބޮޑު ނިންމުމެއް ނިންމައި ރޭގަނޑު 11:30 ވާން އުޅެނިކޮށް ސާކިއުލާއެއް އަމިއްލަ ތަންތަނަށް އީމެއިލް ކުރުމުން އެނގުނީ...

06 އެޕްރީލް

April 06, 2017 6
ފަރުވާ: ހެޕަޓައިޓިސް އަކީ ކޮބާ؟

އޭނާ އަކީ 25 އަހަރުގެ ޒުވާން ފިރިހެނެކެވެ. އިމާޖެންސީ ޑިޕާޓުމަންޓަށް ގެނެވުނީ އެތައް ދުވަހެއް ވަންދެން މޭ ނުބައިކޮށް ހޮނޑުލައި، ހުން އަންނާތީ އެވެ. ބަނޑުގައި ރިއްސާތީ އެވެ. ބަރުދަން ލުއިވެ، ވަރުދެރަވެ، ދެ ލޯ ރީނދޫވެފައިވާތީ އެވެ. ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަވެފައި، ބޮޑުކަމުދާ ތަކެތީގެ ކުލަ ފަނޑުކޮށް ހުންނާތީ އޭނާ ޝަކުވާކުރި އެވެ....

30 މާޗް

March 30, 2017 3
ފަރުވާ: ދުވަހަކު ވެސް ދަރިޔަކު ނުލިބިދާނެ!

ރޮއެލައިފި އެވެ. އަނެއްކާވެސް ރޮއެލައިފި އެވެ. އެއަޑު އެ އަންނަނީ ގިފިލީ ތެރޭންނެވެ. ފަޅޯގަހާ ދިމާލުންނެވެ. އެއީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑުކަން ޔަގީނެވެ. ނަމަވެސް އެގޭގައި ތުއްތު ކުއްޖަކު ނޫޅޭކަން ކަށަވަރެވެ. މިއިން ދުވަހަކު ވެސް ގާތް އަވައްޓެރި ގެޔަކުން ނަމަވެސް، އާމަނަކަ ފަތެއް ވެސް ހޯދަން ނޫޅެ އެވެ. އަދި މީން ޒަމާނަކުވެސް،...

15 މާޗް

March 15, 2017 16
އިންފުލުއެންޒާ ވައިރަހާއި އޭގެ ހަގީގަތް

އިންފުލުއެންޒާ އަކީ ތިން މެންބަރެއްގެ މައްޗަށް ބިނާވެގެންވާ އާއިލާއެކެވެ. އެއީ އިންފުލުއެންޒާ ވައިރަސް އޭ ވައިރަސް ބީ އަދި ވައިރަސް ސީ އެވެ. މިދެންނެވި ތިން މެންބަރުން ގިންތިކޮށްފައި ވަނީ އިންފުލުއެންޒާ ވައިރަހުގެ އެތެރޭގައިވާ ޕޮރޮޓީންސްތަކަށް ބިނާކޮށެވެ. ވައިރަހުގެ މަތީ ފަށަލައިގައިވާ ހިމަގުލުޓިނިން ނުވަތަ އެޗް ނަމަކަށް ކިޔާ...

14 މާޗް

March 14, 2017 35
އަހަރެމެން ހުން އަންނަނީ ބިރުން ގޮސް!

މިއީ، މީގެ 20-25 އަހަރު ކުރިއެއް ނޫނެވެ؛ އާންމު ރައްޔިތުން މިހާރު މާ ހުޝިޔާރެވެ. ކޮންމެ މީހެއްގެ އަތުގައި މިހާރު މީޑިއާއެއް އެބައޮތެވެ. ކޮންމެ މީހަކު ޓްވިޓާގައި އުޅެ އެވެ. ކޮންމެ މީހެއްގެ އަތުގައި ފޭސްބުކް ޕޭޖެއް އޮވެ އެވެ. އެކަކު އަނެކަކާ މުއާމަލާތު ކުރެވޭ އެތަކެއް ބައިވަރު އެޕްލިކޭޝަން އެބަހުއްޓެވެ. އެސްއެމްއެސް ކުރެވެ އެވެ. ވައިބަ...

05 މާޗް

March 05, 2017 9
ފަރުވާ: ދުނިޔެ ރަންވުމުގެ ކުރިން ހައްގު ހޯދާށެވެ!

"...ދެން ފަހެ މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި މައްސަލަ ބެލި މަޖިލީހުގައި ދެއްކި ވާހަކަތަކުގެ މައްޗަށް ރިޔާއަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި އައިމިނަތު ފަރީދާ (އަސްލު ނަމެއް ނޫން) ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށް މައްސަލަ ބެލި މަޖިލީހުގެ...

16 ފެބުރުއަރީ

February 16, 2017 7
ފަރުވާ: "ކަކުނި ހަނގުރާމަ" އަޑުއެހިންތަ؟

އެއީ އެއްވައްތަރު ދެ ސެލް އެވެ. ވަޒީފާ އަދާކުރަނީ އެއް އޮފީހުގަ އެވެ. ކުރަނީ އެއް މަސައްކަތެކެވެ. ދެނީ އެއް ޚިދުމަތެކެވެ. އުފެދުނީއްސުރެ ގެންދަވަންދެނެވެ. ނަމަވެސް ވަކި ހިސާބަކުން އެއް ސެލް ކޮންޓްރޯލުން ނެއްޓިދާނެ އެވެ. އެހިސާބުން ހުދޫދުން ބޭރުވި ސެލް "ކަކުންޏަކަށް" ބަދަލުވީ އެވެ. އަދި ދެ ސެލް ދެ ދުޝްމަނުންނަށް ވީ އެވެ. ބިރުވެރި،...

02 ފެބުރުއަރީ

February 02, 2017 9
ފަރުވާ: ތަންމައްޗަށް ހީސްލުން، ހައްލަކީ ކޮބާ؟

އުމުރުން ހަތަރު އަހަރުގެ ނާއިލާއި (އަސްލު ނަމެއް ނޫން) ފަސް އަހަރުގެ ނާއިޝް (އަސްލު ނަމެއް ނޫން) ނިންދެވުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ކޮންމެވެސް ވާހަކައެއް އަބަދުވެސް އޮންނަނީ ކިޔައިދޭން ޖެހިފައެވެ.

05 ޖެނުއަރީ

January 05, 2017 7
ފަރުވާ: ޕާޓީ ފޯރިޔާއި ގޮނޯރިއާ

ޕާޓީގައި ދެ ޖިންސުގެ ޒުވާނުން ވާނުވާގައެވެ. ބޯމީހުން ބުއިމުގައެވެ. ނަށާމީހުން ނެށުމަގައެވެ. ނީލަން ކިޔާމީހުން ނީލަމުގައެވެ. ލަދުގެ ކަންފުޅެއް ވެސް ނެތީއެވެ. މިއީ އަދުގެ ހާލަތެވެ.

28 ޑިސެމްބަރ

December 28, 2016 8
ފަރުވާ: ޖީ.ސިކްސް.ޕީ.ޑީ. ޑެފިސިއަންސީއަކީ ކޮބާ؟

އެއީ ފޭބި އަހަރުގެ ބޮޑު ބަންދެވެ. ފާތުން (އަސްލު ނަމެއް ނޫން) އޭނާގެ އުފަން ރަށަށް ދިޔައީ ކުޑަކުޑަ ޔައިޝް (އަސްލު ނަމެއް ނޫން) ގޮވައިގެން ހިތާނުކުރާށެވެ. މަންމަ ގޯތީގައި ހުރި ހީނާފަތް ގަހުން ފަތް ބިނދެ، ހިތާނު ކުރުމުގެ ކުރިން ޔައިޝްގެ ހަތަރެސްފައިގައި ހީނާ އަޅައި ރަތްކޮށްލާށެވެ. ފާޑުފާޑުގެ ނިވިދިއްލޭ ކުލަ ބޮކިތަކާއި ރަންވަރަން...