23 ޖޫން

June 23, 2019 65
ނަމަނަމަ އިސްތިއުފާ ނުދެއްވާތި!

ރާއްޖޭގައި ފަނޑިޔާރަކު އިސްތިއުފާ ދެއްވަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވާނެ ސަބަބެއް ދުވަހަކު ވެސް މެދުވެރިވެދާނެ ކަމަކަށް ނުދެކެމެވެ. މިހެން ބުނީމާ މި ދައްކަނީ ކޮން ވާހަކައެއްކަން އެނގޭ ދޯ އެވެ. ފެށުނު ހިސާބުން ލަދު ހުތުރު މަންޒަރެއް ސިފަކޮށްދެވުނީތީ މާފަށް އެދެމެވެ.

18 ޖޫން

June 18, 2019 15
އޮޅުންބޮޅުން: ޝަރުއީ ނިޒާމަށް އަވަސް ފަރުވާއެއް ބޭނުން

ރާއްޖޭގެ ޝަރުއީ ނިޒާމަށް އަވަސް ފަރުވާ ބޭނުމެވެ. މިހެން މި ދަންނަވަނީ އެކަން ކުރަން ޖެހޭނެ ކަމަށް މީހަކު ބުނެގެނެއް ނޫނެވެ. ފެންނަން އޮތް ހަގީގަތަށް ބަލައިފަ އެވެ. ޝަރުޢީ ދާއިރާގައި މަޑުމަޑުން ނިއުޅެމުންދާ މަންޒަރުތަކަށް ބަލައިފަ އެވެ. ހަމައެކަނި ކުޅި ބަލަން މިހާރު ނުތިބެވޭނެ އެވެ. އަޅުގަނޑުމެންނަށް މަންޒަރު ފެންނަ ގޮތް ވެސް...

16 ޖޫން

June 16, 2019 15
އުސޫލުގެ ތެރެއިން ނުވަންޏާ ވެސް އުސޫލެއް އޮންނާނެ!

ނިކަން ކުރުކޮށް ބުނަން ހިނގާށެވެ. ރައްޔިތުން ކަމެއް ބޭނުންވީމާ އެ ކަމެއް ނުކުރެވޭ ނަމަ ދެން ހަދާނެ ގޮތެއް ވެސް އޮންނަން ވާނެ އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތައް ހަދައި އޭގެ މައްޗަށް ދައުލަތެއް ހިންގަން ރައްޔިތުން ހަވާލުކުރުމުން އޭގައިވާ އުސޫލުތަކާއި ހަމަތަކުގެ މަތިން ކަންކަން އިސްލާހުކުރެވޭ ގޮތް ނުވާ ނަމަ ދެން ހަދާނީ ކިހިނެއް...

03 ޖޫން

June 03, 2019 6
ކުށުގެ ގާނޫނުތައް ގާނޫނުލްއުގޫބާތުގެ ތެރެއަށް ފެއްތުން

ޕީނަލް ކޯޑު، ނުވަތަ ޤާނޫނުލްޢުޤޫބާތަކީ، ކުށާއި އަދަބު ބަޔާންކުރާ ގާނޫނެވެ. ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަ ޕީނަލް ކޯޑު، ނުވަތަ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަކީ، މިހާތަނަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެންމެ ބޮޑު ގާނޫނެވެ. މި ގާނޫނު ޑްރާފްޓު ކުރުމުގެ މަސައްކަތުން ފެށިގެން،...

05 އެޕްރީލް

April 05, 2019 5
ފަނޑިޔާރުގެއަށް ޖޭއެސްސީގެ ހިޔަނި

ރާއްޖޭގެ ޝަރުޢީ ދާއިރާގެ ތާރީޚުން ތަންކޮޅެކެވެ. މުޙައްމަދު އަމީން، ދާޚިލީ ވަޒީރުކަމުގައި ހުންނެވި ދުވަސްވަރެވެ. މަޙްކަމަތުއްޝަރުޢިއްޔާގައި ފަނޑިޔާރުންނާއި ނައިބުންނާ އެކު ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ މުހައްމަދު އަމީން ދީދީ އެވެ.

08 ޖެނުއަރީ

January 08, 2019 13
ކޮރަޕްޝަން ހުއްޓުވުން: ވެދާނެ ކަމެއްތަ؟

ފާއިތުވި އަހަރު ކަރަޕްޝަން ހުއްޓުވުމަށް ރާއްޖޭގައި ކަމާ ބެހޭ ފަރާތްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. ވަރަށް ގިނަ ތަންތަނުން ނަޒާހަތްތެރިކަމުގެ ސޮއި ހޯދި އެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުންނަ ދޮރުތައް ބަންދުކުރާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ގެންދިޔަ އެވެ. އަދި ކޮބައިތޯ އެވެ. ތިމާ ކުރާ...

15 އޯގަސްޓް

August 15, 2018 1
އޮޅުންބޮޅުން- އިންތިޚާބީ އަޑުތައް

މި، އިންތިޚާބީ މޫސުމުގައި އެންމެ ބާރަށް އިވޭ އަޑަކީ މާލޭ ސަރަޙައްދުގައި ބިން ހިއްކައިގެން ގެދޮރު އިމާރާތް ކުރުމުގެ ވާހަކަ ދައްކާ އަޑެވެ. ދެން އިވޭ އަޑަކީ ފާލަމުން ރަށްރަށް ގުޅުވައިލަދޭނެ ވާހަކައިގެ އަޑެވެ. މި ޚަރަދުތައް ކުރުމަށް ފައިސާ ހޯދާނެ ގޮތުގެ ވާހަކައެއް ނުދައްކަ އެވެ. ކޮންމެވެސް ބޭންކަކުން ލޯނެއް ނަގައިގެން ޚަރަދު...

28 މާޗް

March 28, 2018 10
އޮޅުންބޮޅުން: ކުށްވެރިންގެ އަދަބު

ޤާނޫނުގައި ކަނޑައަޅާފައި އޮންނަ އަދަބެއް ކުށް ކުރާ މީހުންނަށް ދޭންވާނެ އެވެ. ކުށް ކުރާ މީހަކީ ކިތަންމެ މަތީ މަގާމެއްގައި ހުރި މީހަކު ކަމުގައި ވިޔަސް މެ އެވެ. ކިތަންމެ ޤަދަރުވެރި މަގާމެއް އަދާކޮށްފައި ހުރި މީހަކު ކަމުގައި ވިޔަސް އެވެ. ކުށަކަށް ތުހުމަތު ކުރެވިގެން ބަންދުކުރެވޭ މީހަކާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެގެން...

08 ފެބުރުއަރީ

February 08, 2018 7
އޮޅުންބޮޅުން: ވިދާޅުވަނީ ކީކޭތޯ؟

ގައުމުގެ އެންމެ އިސް ވެރިއަކަށް ރަސްކަލަކު ހުންނަވާ ގައުމުތަކުގައި ވެސް ރަސްގެފާނަށް ލިބިވަޑައިގަންނަވާފައި އޮންނަ ބާރުތައް ކަނޑައެޅިފައި އޮވެ އެވެ. ތަފާތު ގައުމުތަކުގައި ތަފާތު ކޮށެވެ. މި ޒަމާނުގައި ގިނަ ގައުމުތަކުގައި ރަސްގެފާނަކީ ރަމްޒީ ގޮތުން ގައުމުގެ އެންމެ އިސް ވެރިއަކަށް ހުންނަވާ ބޭފުޅެކެވެ. ބައެއް ގައުމުތަކުގައި...

26 ޑިސެމްބަރ

December 26, 2016 6
އޮޅުންބޮޅުން: އުމުރުން 84 އަހަރު

ރާއްޖޭގެ ޤާނޫނީ ޙަޔާތަށް މިހާރު 84 އަހަރު ފުރިއްޖެ އެވެ. ރާއްޖެއަކީ މި ސަރަހައްދުގައި ލިޔެފައި އޮތް ޤާނޫނުއަސާސީއަކަށް އެންމެ ފުރަތަމަ އަމަލުކުރަން ފެށި ގައުމެވެ. އެއީ ޑިސެމްބަރު 22، 1932 އެވެ. އޭރު ރާއްޖޭގެ އެންމެ އިސް ވެރިޔަކީ ރަސްގެފާނެވެ. ސަރުކާރު ހިންގުމުގެ އެންމެ އިސް ވެރިޔަކީ ބޮޑުވަޒީރެވެ.

28 ނޮވެމްބަރ

November 28, 2016 6
އޮޅުންބޮޅުން: އުސޫލީ މައްސަލަތަކުގައި ކޯޓަށް ދިއުން

އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް އެކިއެކި ކަންކަމާ މެދު ދެބަސްވުން އައުމުން ނުވަތަ އެއްބަސްވުންތަކާ ޚިލާފްވުމުން ކޯޓަށް ދިއުމުގެ ސަގާފަތު އަންނަނީ މަޑުމަޑުން އަށަގަންނަމުންނެވެ. އަދި ބައެއް ފަހަރު ވަރަށް ކުދި ކަންތައްތަކާ ވެސް ކޯޓަށް ދިއުން ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. ހުށައެޅޭ މައްސަލައަކީ ޢާއްމު ނަޒަރަކުން...

21 ނޮވެމްބަރ

20 ނޮވެމްބަރ

November 20, 2016 6

31 އޮކްޓޯބަރ

October 31, 2016 15
ކޮލަމް އޮޅުންބޮޅުން: ދިވެހި ޑެމޮކްރަސީ

ވާހަކަ ފެށުނީ މި ހިސާބުންނެވެ. ރާއްޖޭގެ މިހާރުގެ ޑެމޮކްރަސީގެ ވާހަކަ އެވެ.

14 އޮކްޓޯބަރ

October 14, 2016 74
މޫސަގެ ކޮލަމް: ރެކިގަތުމުގެ އުޒުރަކަށް ކޮމަންވެލްތު

ރާއްޖޭގައި މި އޮތީ ޑިމޮކްރަސީއެއް ހެއްޔެވެ؟

01 އޯގަސްޓް

August 01, 2016 11
ފަސް މިނެޓް: މަތީ މަގާމުތަކަކީ ބޮޑު ބާރުތަކެއް ނޫން

އާއިލާތަކާއި މުޖްތަމައުތަކާއި ގައުމުތައް އުފެދިފައި އޮންނަ އިރު، އެކި ފެންވަރުގައި ވެރިން ތިބެ އެވެ. އާއިލާއެއްގައި ވެސް ވެރިއަކު ހުރެ އެވެ. ކޮންމެ މުޖްތަމައެއްގައި ވެރިން ތިބެ އެވެ. އިހުގައި އެމީހުންނަށް ކިޔައި އުޅެނީ ކަމުވޮށިގެންވާ މީހުންނެވެ. ގައުމާއި ދައުލަތުގައި ވެސް ވެރިން ތިބެ އެވެ. އިންސާނީ އާންމު އުސޫލަކީ ވެސް...

22 ޖުލައި

July 22, 2016 82
ކޮލަމް: އެސްކޮބާ ހެދިގެން އަބަދަކު ނޫޅެވޭނެ

ކޮލަމްބިއާގެ ޑްރަގް ވިޔަފާރީގައި އިންތިހާ ދަރަޖައިގެ މުއްސަނދިކަން ހޯދި ޕަބްލޯ އެސްކޮބާ މުޅި ގައުމަށް ނުފޫޒު ފޯރުވި އެވެ. ގައުމުގެ ހުރިހާ ނުބައިކަމެއްގެ ފަހަތުގައި ހުރީ އެސްކޮބާކަން އެނގޭއިރު ވެސް އޭނާ ސިޔާސީ މައިދާނަށް ނިކުމެ މަގާމުތަކާ ހިސާބަށް ދިޔައީ ކޯޓަކުން ކުށެއް ސާބިތު ނުވާތީ އެވެ. ސަލާމަތީ ބާރުތަކުގެ ހާއްސަ...

17 ޖުލައި

July 17, 2016 29
ފަސް މިނެޓް: ދިވެހި ގައުމު 4 އަބްދުﷲގެ އަތްމަތީގައި

ދިވެހި ދައުލަތުގެ ތިން ބާރަކީ ތަންފީޒީ ބާރާއި ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރެވެ. އެއީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ކޯޓުތަކެވެ. މި ތިން ބާރުގެ އެންމެ އިސް ވެރިންނަކީ ގައުމުގެ އެންމެ އިސް ވެރިންނެވެ. އޭގެ ތެރެއިން ސަރުކާރުގެ އެންމެ މަތީ ވެރިންނަކީ ރައީސާއި ނާއިބު ރައީސެވެ. ރައްޔިތުންގެ...

04 ޖުލައި

July 04, 2016 37
ބޮޑީ ތިން މީހުންގެ ހައްގުތަ؟ 70 މީހުންގެ ހައްގުތަ؟

ސިވިލް ކޯޓުގެ އަނިޔާވެރި އަމުރަކުން، ހަވީރު ނޫސް ހުއްޓުވި އިރު، އެ ނޫހުގައި އެެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރި އެއްވެސް މީހަކަށް އިއްޔެ އިން ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައި، މީޑިއާގެ އެއްވެސް ވަސީލަތެއްގައި މަސައްކަތް ކުރުން މަނާ ކޮށް ކޯޓުން ކުރި ހުކުމަކީ، އަނިޔާވެރިކަން އޭގެ އިންތިހާގައިވާ ހުކުމެކެވެ. އިސްލާމީ...