27 ނޮވެމްބަރ

November 27, 2019 5
ޖަމިއްޔާތައް އުވާލުމަކީ ރަނގަޅު ހައްލެއް ބާ؟

ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ގާނޫނާއި ގަވައިދާ ޚިލާފުވާ ޖަމުޢިއްޔާތައް އުވާލުމުން އެ މައްސަލައެއް އެ ހިސާބުން ހައްލު ވެދާނެ ބާވަ އެވެ؟ އާދޭހެވެ. ހައްލުވީ އެވެ. އެ ޖަމިއްޔާއެއް އުވާލަން ގޮވާލާ ބަޔަކަށެވެ. އެ ބަޔަކު އެދޭ ގޮތަށް އެ ކަމެއް ވުމުން، އެ ހިސާބުން، އެ މީހުންނަށް އެކަންތައް ހައްލުވީ އެވެ. މާލޭގެ ޓުރެފިކް ކަންޓުރޯލް ކުރާ...

21 ނޮވެމްބަރ

November 21, 2019 6
ފަތުރުވެރިކަމުގެ ހިންގުން ހަމަަޔަކަށް އަޅުވަންވީ

ފަތުރުވެރިކަމުގެ ދާއިރާގައި ހަމައަކަށް އަޅުވަންވީ ބައިވަރު ކަންތައްތައް އެބަ ހުއްޓެވެ. ހިންގުމުގަ އެވެ. އެންމެ ބޮޑު ފައިދާއެއް ނެރުމުގަ އެވެ. ފަތުރުވެރިންނަށް ރައްކާތެރި މާޙައުލެއް ދިނުމުގަ އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އެމީހުންގެ ޙައްޤުތައް ލިބިދިނުމުގަ އެވެ.

05 ނޮވެމްބަރ

November 05, 2019 11
އޮޅުން ބޮޅުން: އެންމެ ކުޑަ އުޖޫރައިގެ ގޮންޖެހުންތައް

އެންމެ ކުޑަމިނުން ދ3 މުސާރައިގެ ވާހަކައިގެ އަޑު އިވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ކައުންސިލްތަކުގެ އިންތިޚާބު ކައިރި ވުމުން އެ އަޑު މާ ގަދަވާން ފަށައިފި ހެން ހީވެ އެވެ. މިހާރު އިވޭ އަޑަކީ އެންމެ ކުޑަ މިނުން ދެވޭ މުސާރަ އަކީ 12،000ރ އަށް ވުރެ މަދު އަދަދަކަށް ވެގެން ނުވާނެ ކަމަށެވެ. މަހެއްގެ މައްޗަށް 12،000 ރުފިޔާ ނުލިބޭ ކަމުގައި ވަނީ ނަމަ...

31 އޮކްޓޯބަރ

October 31, 2019 5
އޮޅުން ބޮޅުން: ބާނާ މަހަށް، ނުލިބޭ ފައިސާ އިން އަގު

ފެލިވަރަކީ ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމްކުރި ދަޅުގައި ކަނޑު މަސް ބަންދު ކުރާ ކާރުޚާނާ އެވެ. ކާރުޚާނަ ވުޖޫދަށް އައީއްސުރެ ބައެއް މޫސުމުގައި ކާރުޚާނާ އަށް ބޭނުންވާ ވަރަށް މަސް ނުލިބޭ ވާހަކައިގެ ޝަކުވާގެ އަޑު އިވުނެވެ. ކާރުޚާނާއަށް ބައެއް ފަަހަރު ލިބޭ މަސް ކުޑަކަމުން މަސް ނުގަންނަ ކަމުގެ ޝަކުވާގެ އަޑު އިވުނެވެ. ކާރުޚާނާ އަށް...

23 އޮކްޓޯބަރ

October 23, 2019 7
ބިދޭސީ މަސައްކަތްތެރިން އިމުގެ ތެރެއަށް ގެނައުން

ރާއްޖޭގައި ގަވައިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިން ގާނޫނުގެ އިމުގެ އެތެރެއަށް ވެއްދުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ރަނގަޅު މަސައްކަތެކެވެ. އެއް ނަޒަރަކުން ބަލާ އިރު މަސައްކަތްތެރިންގެ ހާލާއި އެ މީހުންނަށް ނޭނގި ތިބެ ޖެހުނު ދަންތުރައިން ސަލާމަތްކޮށް ދިނުމަށް ސަރުކާރުން އެޅި ރަހުމާއި ހަމްދަރުދީގެ...

16 އޮކްޓޯބަރ

October 16, 2019 3
އޮޅުން ބޮޅުން: އަނެއްކާވެސް މި ޖެހުނީ އެ ކަމާ

އެންމެ ފަހުން ރާއްޖޭގައި އޮތް ވެރިކަމުގައި ކަންތައް ހިނގާ ދިޔަ ގޮތް ހަނދާން ނެތޭނެހާ ގިނަ ދުވަހެއް ނުވެ އެވެ. އެ ވެރިކަމުގައި އެންމެ އޮޅުންއަރާ ގޮތަށް ވާހަކަ ދެކެވުނީ ތިން ބާރު ވަކިކޮށްފައި އޮތް ގޮތާ މެދުގަ އެވެ. އަދުލުއިންސާފް ގާއިމްކުރުމުގެ ބާރުން އެއިރު ދުށް ގޮތުގައި ހުރިހާ ކަމެއްގައި ވެސް ފަހު ބަސް ބުނުމުގެ ބާރު އޮތީ އެތަނުގަ...

13 އޮކްޓޯބަރ

October 13, 2019 8
ދެން އޮތީ އިންކަމް ޓެކްސް! އެކަމަކު އެސުވާލެއް ނާހަން

އިންކަމް ޓެކްސް ތައާރުފް ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. މިއީ ނޭނގި ހުއްޓާ، ހުޅަނގުގެ ގަދައިގައި އިރު ދަށުން ނެގި ވިލާގަނޑެއް ނޫނެވެ. މިއީ ބަލަން ތިއްބާ، ހެދެމުން ދިޔަ ވިލާތަކެކެވެ. ވިލާގަނޑު ހިފަހައްޓައިފައި ހުރީ ދިޔަވަރު ހިކި ވަގުތު ކަމުންނެވެ. ދިޔަވަރު ފޫދޭން ޖެހުމުން، ވިއްސާރައަށް މިހާރު މިވަނީ ތައްޔާރު ވެފަ އެވެ. ކެރީގެ...

12 ސެޕްޓެމްބަރ

September 12, 2019 8
ޤާނޫނު ހެދުމުގެ ދާއިރާ އިން ހިންގުމުގެ ދާއިރާ އަށް!

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ތަފާތު މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތާ މެދު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ހިތްހަމަޖެހުން އޮންނަކަން އިވޭ އަޑުތަކުން އެނގެ އެވެ. މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި ހިނގާ މަސައްކަތްތައް ރައްޔިތުންނަށް އެންގުމަށްޓަކައި ލައިވްކޮށް ފޮނުވަން...

05 ސެޕްޓެމްބަރ

September 05, 2019 4
އޮޅުން ބޮޅުން: ބޭނުންވަނީ ޒިންމާދާރު ނޫސްވެރިކަމެއް

ނޫސްވެރިންނަށް އެ މީހުންގެ ގައުމީ މަސައްކަތައިގެން ކުރިއަށް ދިއުމުގެ މިނިވަންކަން މިހާރު ވަނީ ލިބިފަ އެވެ. ކަންކަމާ މެދު ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ވަނީ ލިބިފަ އެވެ. ކަންކަމުގައި ދެކޮޅު އޮންނަ ގޮތް ދެއްކުމުގެ ފުރުސަތު ވަނީ ކުރިއަށް ވުރެ ބޮޑަށް ތަނަވަސް ވެފަ އެވެ. މިނިވަންކަމަކީ ވެސް ވަކި ހުދޫދެއްގެ ތެރޭގައި އޮންނަ...

28 އޯގަސްޓް

August 28, 2019 20
އޮޅުން ބޮޅުން: ވެރިކަން އޮތީ ކޮން ބައެއްގެ އަތުގައި؟

މިހާރު ވެރިކަމުގައި އޮތް ސަރުކާރަކީ ކޮބައިކަން އޮޅުންއަރާ ގޮތަށް ބައެއް ފަރާތްތަކުން ޚިޔާލު ފާޅުކުރާތަން މަދުން ނަމަވެސް ފެނެ އެވެ. އެ ގޮތަށް ބައެއް ފަރާތްތަކަށް ޚިޔާލު ފާޅުކުރެވެނީ ކުރީގައި އޮތް ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރެވިފައި އޮތް ގޮތުންނެވެ. ކުރިން ވެރިކަމުގައި އޮތް ޚުދުމުޚްތާރު، އަމިއްލަ އެދުމާއި ޚިޔާނާތާއި...

19 އޯގަސްޓް

August 19, 2019 10
އޮޅުން ބޮޅުން: ހަރަކާތްތެރި ރައްޔިތުންގެ މަޖިލިސް

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހަކީ މިއަދާ ހަމައަށް ރާއްޖޭގެ ތާރީޚުގައި ވެސް ފެނުނު އެންމެ ހަރަކާތްތެރި މަޖިލީހެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ ބޭފުޅުންގެ ޤާނޫނީ، ގައުމީ އަދި ފަރުދީ ޒިންމާ އަދާކުރެއްވޭތޯ މަސައްކަތް ކުރައްވާތަން ފެންނަ މަޖިލީހެކެވެ. މަޖިލީހުގައި ކުރާ ބަހުސްތަކުގައި މެމްބަރުން...

09 ޖުލައި

July 09, 2019 4
އޮޅުން ބޮޅުން: ހިންގުމުގެ ދޯދިޔާކަން

ސަރުކާރުގެ ތަފާތު މުއައްސަސާތަކުގެ ހިންގުމުގެ ދޯދިޔާކަން މިހާރު ވަރަށް ގިނައިން އަޅުގަނޑުމެންނަށް ފެންނަމުން އެބަ ދެ އެވެ. ނަމަވެސް މި ޒަމާނުގައި ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރަނީ ކުރިއާ ޚިލާފަށް މި ޒަމާނުގެ ތަޢުލީމުގެ ތަފާތު ކޯސްތައް ހަދާފައި ތިބި މީހުންނެވެ. އެންމެ ކުޑަމިނުން ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށްފައި ތިބި...

03 ޖުލައި

July 03, 2019 45
ހަރުކަށި ވިސްނުން ހުއްޓުވުން، ކުރަން ޖެހޭ ކަމެއް

ރާއްޖެ މިހާރު ދަތުރުކުރަނީ ހަރުކަށި ވިސްނުމާ ދިމާއަށް ކަން އަޅުގަނޑުމެންނަށް އެނގެ އެވެ. މިކަން ގިނަ މީހުން ގަބޫލުކުރެ އެވެ. ވަރަށް ފަހަކާ ޖެހެންދެން ސަރުކާރުން މި ކަމަށް އެއްބަހެއް...

July 03, 2019 10
ދައުލަތް އަދި ކުންފުނި، ދެ ލަފުޒު އެކުވުމުގެ ނަތީޖާ

ދައުލަތުގެ ވިޔަފާރި ކުންފުނިތައް އިސްލާހު ކުރުމުގައި ހިނގަން އޮތް މަގާއި، ކުރަން ފެންނަ ކަންތައްތައް ބަޔާން ކުރުމަށް އެކުލަވާލެވޭ މިލިޔުންތައް ބައިކޮށްފައި ވާނީ މައި ހަތަރު...

18 ޖޫން

June 18, 2019 15
އޮޅުންބޮޅުން: ޝަރުއީ ނިޒާމަށް އަވަސް ފަރުވާއެއް ބޭނުން

ރާއްޖޭގެ ޝަރުއީ ނިޒާމަށް އަވަސް ފަރުވާ ބޭނުމެވެ. މިހެން މި ދަންނަވަނީ އެކަން ކުރަން ޖެހޭނެ ކަމަށް މީހަކު ބުނެގެނެއް ނޫނެވެ. ފެންނަން އޮތް ހަގީގަތަށް ބަލައިފަ އެވެ. ޝަރުޢީ ދާއިރާގައި މަޑުމަޑުން ނިއުޅެމުންދާ މަންޒަރުތަކަށް ބަލައިފަ އެވެ. ހަމައެކަނި ކުޅި ބަލަން މިހާރު ނުތިބެވޭނެ އެވެ. އަޅުގަނޑުމެންނަށް މަންޒަރު ފެންނަ ގޮތް ވެސް...

11 ޖޫން

June 11, 2019 36
ކޮންމެ މީހަކު ދިނަސް ދަރަނި ވާނީ ދަރަންޏަށް

ކޮންމެ މީހަކު ދިން ކަމުގައި ވިޔަސް، ނުވަތަ ކޮންމެ ގައުމަކުން ދިން ކަމުގައި ވިޔަސް، ދަރަންޏަށް، ބަޔަކު އެއްޗެއް ދީފި ނަމަ، އެ ވާނީ ދަރަންޏަކަށެވެ. އެ ދަރަންޏަކީ ޗައިނާ ސަރުކާރުން ދިން ދަރަންޏެއް ކަމުގައި ވިޔަސް ނުވަތަ އެމެރިކާގެ ނުފޫޒުގެ ކުޑައިގެ ދަށުން ހިންގާ އޭޖެންސތަކުގެ ތެރެއިން އޭޖެންސީއަކުން ދޫކުރި ދަރަންޏަކަށް ވިޔަސް...

04 ޖޫން

June 04, 2019 18
އޮޅުން ބޮޅުން: ދިވެހި ބަހުގެ އާ ލަފުޒުތައް

ދިވެހި ބަސް މުއްސަނދި ކުރުވުމަށް، ދިވެހި ބަހާ ބެހޭ ކަންތައްތައް ބެލެހެއްޓުމަށް ސަރުކާރުން ހަވާލުކޮށްފައި އޮންނަ ފަރާތުން ކުރާ، އަޅުގަނޑަށް އެންމެ މުހިއްމު، އެއް މަސައްކަތަކީ އާ ބަސް ހެދުމެވެ. ދިވެހި އަދަބިއްޔާތާ ބެހޭ ތަފާތު އިހުގެ ލިއުންތައް ޗާޕްކުރުމާއި، އަލަށް ފޮތް ލިއާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ވަކި އުޞޫލެއްގެ...

28 މެއި

May 28, 2019 26
އޮޅުންބޮޅުން- ބިދޭސީންގެ މައްސަލަ ހައްލުކުރެވިދާނެ

ވިސާ ނެތި ބިދޭސިން ރާއްޖޭގައި އުޅުމަކީ އާދައިގެ ކަމެކެވެ. ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތި ބިދޭސިން މަސައްކަތް ކުރުމަކީ ޢާއްމު ކަމެކެވެ. މިކަން އިމިގްރޭޝަނަށް ވެސް އެނގެ އެވެ. ފުލުހުންނަށް ވެސް އެނގެ އެވެ. ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމަށް ހުއްދަ ދޫކުރާ ފަރާތްތަކަށް ވެސް އެނގެ އެވެ. މިގޮތަށް އުޅޭ ބިދޭސީން އެކި...

22 މެއި

May 22, 2019 27
އޮޅުންބޮޅުން: ބަސް ޑްރައިވަރުންނަށް ކޮފީ ދެމާ!

މާލޭ ގައި ބަސް ދަތުރުތައް ހަމަޖައްސައިދޭ ކުންފުނިން، މާލޭގެ މަގުތައް ބޭނުން ކުރާ މީހުންގެ ރައްކަލަކަށްޓަކައި، ފިޔަވަޅުތަކެއް އަޅައިފި ކަން ޢާއްމުކޮށްފި އެވެ. މާލޭގެ މަގުތަކުގައި ބަސް ދުއްވުމުގެ ނިޒާމް ހަރުދަނާ ކުރުމަށެވެ. މި ފިޔަވަޅު މި އެޅީ މަގުމަތީގައި ހިނގާބިނގާ މީހުން އުޅޭ ސަރަހައްދުން ކަސްރަތަށް ނުކުމެ އުޅުނު މީހަކު ބަސް...

14 މެއި

May 14, 2019 41
މަޖިލިހުގެ ރައީސް ކަމަށް ރަނގަޅު ވާނީ ކޮން ބޭފުޅެއް؟

ވެރިކަން ކުރާ ޕާޓީން، ރައްޔިތުންގެ މަޖިލިހުގެ ގިނަ ގޮނޑިތަކެއް ތާރީޚީ އަދަދަކަށް ކާމިޔާބު ކުރުމަށް ފަހު، އާ މަޖިލީހުގެ ފުރަތަމަ ޖަލްސާ މި މަހުގެ ފަހުކޮޅު ބޭއްވުމަށް ތައްޔާރު ވަނީ އެވެ. އެ ޕާޓީގެ ތެރެއިން ވަރަށް ގިނަ މެމްބަރުން މަޖިލިހުގެ ރައީސްކަން ކުރެއްވުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާކަން ފާޅުކުރައްވާފައި ވެ އެވެ....

07 މެއި

May 07, 2019 7
އޮޅުންބޮޅުން: އާ މަޖިލިހުން އެކަންކަން ބަލަން ޖެހޭނެ!

އަކުރުން އަކުރަށް ހުރިހާ ކަމަކާ ބެހޭ ގޮތުން ހުރިހާ ގަވައިދެއް ލިޔެފައި ބެހެއްޓުމަކީ އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެންމެ ތަހުޒީބު ކަމަށް ދައުވާކުރާ ގައުމުތަކުގައި ވެސް މިކަން އޮންނަނީ މި ދެންނެވި ގޮތަށެވެ. މިހެން ވުމުގެ ސަބަބުން ޑިމޮކްރަސީގެ އުޞޫލުތަކާ އެއްގޮތަށް ހިނގާ ގައުމުތަކުގައި ވެސް ވަކި ކަމެއް ކުރުމަށް ވަކި...