23 ޖޫން

June 23, 2020 48
ބައެއް ވުޒާރާތަކާއި މުއައްސަސާތައް އަތޮޅުތަކަށް!

ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ލޮކްޑައުންގައި ގައުމު ހިންގީ އޮންލައިންކޮށެވެ. ރައީސުލް ޖުމްހޫރިއްޔާ ކޮވިޑް-19ގެ ޓާސްކްފޯސްގެ މަސައްކަތްތައް ބެލެހެއްޓެވީ އޮންލައިންކޮށް މަސައްކަތް ކުރައްވައިގެންނެވެ. ކެބިނެޓް ބައްދަލުވުންތައް ބާއްވަވައި، ގައުމީ ނިންމުންތައް ނިންމެވީ އޮންލައިންކޮށެވެ.

08 ޖެނުއަރީ

January 08, 2020 34
އިންކަމް ޓެކުހާ އެކު ކުލި ބޮޑުކުރާކަށް ނުޖެހޭ

ޖަނުވަރީ 1، 2020 އިން ފެށިގެން އާމްދަނީން ޓެކްސް ނަގަން ފަށާފައިވާއިރު، މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކަ އަކީ އިންކަމް ޓެކްސްއާ އެކު، ގޯތިގެދޮރުގެ ކުލި ބޮޑުކުރަން ފެށި ވާހަކަ އެވެ. ނޫސްތަކުންނާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ރައްޔިތުންގެ ގިނަ ބަޔަކު މި ވާހަކަ ދަނީ ދައްކަމުންނެވެ. ދައްކާ ވާހަކަތަކުގައި ހަގީގަތެއް...

19 ޑިސެމްބަރ

December 19, 2019 13
ޑިވިޑެންޑުގެ ޓެކްސް: އެންމެ ފަހުން މިވީ ކިހިނެއް؟

އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ ބަހުސްގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި އާންމުންގެ މެދުގައި އެއް މައުލޫއެއްގައި އެންމެ ހޫނު ބަހުސެއް ދިޔައީ ކުންފުނިތަކުގެ ހިއްސާދާރުންނަށް ބަހާ ޑިވިޑެންޑުން ޓެކްސް ނެގުމާ މެދުގަ އެވެ. އެއް ބަޔަކު، ޑިވިޑެންޑުން ޓެކްސް ނެގުމަކީ އެއް އާމްދަނީއަކުން ދެ ފަހަރު ޓެކްސް ނެގުން ކަމަށް ބުނެ އެވެ....

16 އޮކްޓޯބަރ

October 16, 2019 3
އޮޅުން ބޮޅުން: އަނެއްކާވެސް މި ޖެހުނީ އެ ކަމާ

އެންމެ ފަހުން ރާއްޖޭގައި އޮތް ވެރިކަމުގައި ކަންތައް ހިނގާ ދިޔަ ގޮތް ހަނދާން ނެތޭނެހާ ގިނަ ދުވަހެއް ނުވެ އެވެ. އެ ވެރިކަމުގައި އެންމެ އޮޅުންއަރާ ގޮތަށް ވާހަކަ ދެކެވުނީ ތިން ބާރު ވަކިކޮށްފައި އޮތް ގޮތާ މެދުގަ އެވެ. އަދުލުއިންސާފް ގާއިމްކުރުމުގެ ބާރުން އެއިރު ދުށް ގޮތުގައި ހުރިހާ ކަމެއްގައި ވެސް ފަހު ބަސް ބުނުމުގެ ބާރު އޮތީ އެތަނުގަ...

12 ސެޕްޓެމްބަރ

September 12, 2019 8
ޤާނޫނު ހެދުމުގެ ދާއިރާ އިން ހިންގުމުގެ ދާއިރާ އަށް!

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ތަފާތު މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތާ މެދު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ހިތްހަމަޖެހުން އޮންނަކަން އިވޭ އަޑުތަކުން އެނގެ އެވެ. މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި ހިނގާ މަސައްކަތްތައް ރައްޔިތުންނަށް އެންގުމަށްޓަކައި ލައިވްކޮށް ފޮނުވަން...

19 އޯގަސްޓް

August 19, 2019 10
އޮޅުން ބޮޅުން: ހަރަކާތްތެރި ރައްޔިތުންގެ މަޖިލިސް

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހަކީ މިއަދާ ހަމައަށް ރާއްޖޭގެ ތާރީޚުގައި ވެސް ފެނުނު އެންމެ ހަރަކާތްތެރި މަޖިލީހެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ ބޭފުޅުންގެ ޤާނޫނީ، ގައުމީ އަދި ފަރުދީ ޒިންމާ އަދާކުރެއްވޭތޯ މަސައްކަތް ކުރައްވާތަން ފެންނަ މަޖިލީހެކެވެ. މަޖިލީހުގައި ކުރާ ބަހުސްތަކުގައި މެމްބަރުން...

09 ޖުލައި

July 09, 2019 4
އޮޅުން ބޮޅުން: ހިންގުމުގެ ދޯދިޔާކަން

ސަރުކާރުގެ ތަފާތު މުއައްސަސާތަކުގެ ހިންގުމުގެ ދޯދިޔާކަން މިހާރު ވަރަށް ގިނައިން އަޅުގަނޑުމެންނަށް ފެންނަމުން އެބަ ދެ އެވެ. ނަމަވެސް މި ޒަމާނުގައި ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރަނީ ކުރިއާ ޚިލާފަށް މި ޒަމާނުގެ ތަޢުލީމުގެ ތަފާތު ކޯސްތައް ހަދާފައި ތިބި މީހުންނެވެ. އެންމެ ކުޑަމިނުން ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށްފައި ތިބި...

04 ޖުލައި

July 04, 2019 5
ބ އަތޮޅުން ސިޓީއެއް: ޕްލާސްޓިކް މަނާކުރަންވީ ކީއްވެ؟

ހެނދުނު ހެނދުނާ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ އަތިރި މަތީގައި ހިނގާލަން ދިއުމުން ފެންނާނީ ހަމަ އެއް މަންޒަރެކެވެ. ވަޔާ އެކުވެދާ ރުއްތަކާއި، ހިމުން ހުދު ދޮންވެއްޔާއި، ސާފު މޫދު އަދި ޕްލާސްޓިކް ކުންޏެވެ.

16 ޖޫން

June 16, 2019 15
އުސޫލުގެ ތެރެއިން ނުވަންޏާ ވެސް އުސޫލެއް އޮންނާނެ!

ނިކަން ކުރުކޮށް ބުނަން ހިނގާށެވެ. ރައްޔިތުން ކަމެއް ބޭނުންވީމާ އެ ކަމެއް ނުކުރެވޭ ނަމަ ދެން ހަދާނެ ގޮތެއް ވެސް އޮންނަން ވާނެ އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތައް ހަދައި އޭގެ މައްޗަށް ދައުލަތެއް ހިންގަން ރައްޔިތުން ހަވާލުކުރުމުން އޭގައިވާ އުސޫލުތަކާއި ހަމަތަކުގެ މަތިން ކަންކަން އިސްލާހުކުރެވޭ ގޮތް ނުވާ ނަމަ ދެން ހަދާނީ ކިހިނެއް...

11 ޖޫން

June 11, 2019 6
ރައްޔިތުންގެ މަޖިލީހުގެ ތާރީޚަށް ބަލައިލުމެއް

ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބްރައީސް އިންތިޚާބްކޮށް މަޖިލީހުގެ ޖަލްސާތައް މި ވަނީ ފަށައިފަ އެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތާރީޚަށް ބަލާއިރު މިފަހަކަށް އައިސް އަމަލުކުރާ އުސޫލުތަކާއި ކުރީގައި އަމަލުކުރި އުސޫލުތަކާ ހާސްބައި ތަފާތެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ...

03 ޖޫން

June 03, 2019 6
ކުށުގެ ގާނޫނުތައް ގާނޫނުލްއުގޫބާތުގެ ތެރެއަށް ފެއްތުން

ޕީނަލް ކޯޑު، ނުވަތަ ޤާނޫނުލްޢުޤޫބާތަކީ، ކުށާއި އަދަބު ބަޔާންކުރާ ގާނޫނެވެ. ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަ ޕީނަލް ކޯޑު، ނުވަތަ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަކީ، މިހާތަނަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެންމެ ބޮޑު ގާނޫނެވެ. މި ގާނޫނު ޑްރާފްޓު ކުރުމުގެ މަސައްކަތުން ފެށިގެން،...

26 މެއި

May 26, 2019 91
އަމިއްލަ ޕާޓީގެ މީހާ "ހަވަރަށް"!

ޑިމޮކްރެސީއެއްގައި ބޭނުން ހިޔާލެއް ފާޅުކުރުމުގެ މާނަ އަކީ ވާދަވެރިޔާ "ހަވަރަށް" ދިނުން ހެއްޔެވެ؟ އެ މީހާގެ ފަތިފުށް މި ޒަމާނުގައި ނަމަ ސޯޝަލް މީޑިއާގައި ހާމަކޮށް، "އޮރިޔާން" ކުރުން ހެއްޔެވެ؟ ސިޔާސީ ހަރަކާތެއްގެ ތެރެއިން ތިމާގެ ވާދަވެރިޔާއާ މެދު ޚާއްސަކޮށް މާދަމާ ވެސް އަމިއްލަ ޕާޓީގައި ހުރެ، އެ ޕާޓީގެ އަސާސްތައް ދިފާއު ކުރުމަށް...

14 މެއި

May 14, 2019 41
މަޖިލިހުގެ ރައީސް ކަމަށް ރަނގަޅު ވާނީ ކޮން ބޭފުޅެއް؟

ވެރިކަން ކުރާ ޕާޓީން، ރައްޔިތުންގެ މަޖިލިހުގެ ގިނަ ގޮނޑިތަކެއް ތާރީޚީ އަދަދަކަށް ކާމިޔާބު ކުރުމަށް ފަހު، އާ މަޖިލީހުގެ ފުރަތަމަ ޖަލްސާ މި މަހުގެ ފަހުކޮޅު ބޭއްވުމަށް ތައްޔާރު ވަނީ އެވެ. އެ ޕާޓީގެ ތެރެއިން ވަރަށް ގިނަ މެމްބަރުން މަޖިލިހުގެ ރައީސްކަން ކުރެއްވުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާކަން ފާޅުކުރައްވާފައި ވެ އެވެ....

07 މެއި

May 07, 2019 7
އޮޅުންބޮޅުން: އާ މަޖިލިހުން އެކަންކަން ބަލަން ޖެހޭނެ!

އަކުރުން އަކުރަށް ހުރިހާ ކަމަކާ ބެހޭ ގޮތުން ހުރިހާ ގަވައިދެއް ލިޔެފައި ބެހެއްޓުމަކީ އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެންމެ ތަހުޒީބު ކަމަށް ދައުވާކުރާ ގައުމުތަކުގައި ވެސް މިކަން އޮންނަނީ މި ދެންނެވި ގޮތަށެވެ. މިހެން ވުމުގެ ސަބަބުން ޑިމޮކްރަސީގެ އުޞޫލުތަކާ އެއްގޮތަށް ހިނގާ ގައުމުތަކުގައި ވެސް ވަކި ކަމެއް ކުރުމަށް ވަކި...

30 އެޕްރީލް

April 30, 2019 23
ލަދެއް ނެތް، އަގެއް ނެތް މަޖިލިސް މާޒީއަށް

އެއް މެމްބަރަކު، ގާނޫނުއަސާސީ ވެސް އަތަށް ލައްވައިގެން، މަޖިލިހުގެ މާލަން ތެރޭގައި ހުންނަވައި ނެންގެވި ފޮޓޯ ސޯޝަލް މީޑިއާގައި އިއްޔެ އާންމުކުރެއްވި އެވެ: މަޖިލިހުގައި އޭނާގެ ފަހު ދުވަސްކަން އަންގާލެއްވީ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ޒިންމާ އާއި މަސްއޫލިއްޔަތު ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ...

11 އެޕްރީލް

April 11, 2019 10
އޮޅުންބޮޅުން: ރައްޔިތުންގެ ނިންމުން

އަމާންކަމާއި އޮމާންކަމާ އެކު އާއްމު އިންތިޚާބެއް ނިމިގެން ހިނގައްޖެ އެވެ. ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރާއްޖޭގައި މައިގަނޑު ސިޔާސަތުތައް ކުރިއަށް ގެންދާނެ ގޮތުގެ ފެހި ސިގްނަލް ދިވެހި ރައްޔިތުން ދީފި އެވެ. ވޯޓުގެ ޒަރީޢާ އިންނެވެ. ކުރި އަށް އޮތް ފަސް އަހަރު ދުވަހު ވެރިކަން ކުރުމަށް ކާމިޔާބު ހޯދި ޕާޓީ އަށެވެ. މި އިންތިޚާބުން...

31 މާޗް

March 31, 2019 45
ބަރުލަމާނީ ބިރަކަށް ވަނީ ކީއްވެ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަނީ އެމަނިކުފާނު އަލުން ވެރިކަމަށް ވަޑައިގަތުމަށް ކުރު މަގެއް ކޮއްޓެވުމަށް ހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާނެ ކަމުގެ ޔަގީންކަން ނަޝީދަށް ބޮޑެވެ. އެހެންވެ، މިހާރު މި އޮތް ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމަކަށް...

26 މާޗް

March 26, 2019 25
އޮޅުންބޮޅުން: މެމްބަރަކަށް ވާން ބޭނުންވަނީ ކީއްކުރަން؟

މި އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަވެރިންގެ ބަހުސްގައި، ބައެއް ބައިވެރިން އަޅުގަނޑުމެން އިތުރަށް ވިސްނާލަން ޖެހޭ ކަހަލަ މައްސަލަތަކެއް ނަންގަވާފައި ވެއެވެ. ބައެއް ކެންޑިޑޭޓުން ވިދާޅުވެފައި ވަނީ، އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އާދައިގެ މަސައްކަތެއް ކުރާ މީހަކު ރައްޔިތުންގެ މަޖިލީހުގެ...

23 މާޗް

March 23, 2019 10
ވާންވީ ނުވިކޭނެ ކަމުގެ ވައުދު!

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންތަކުން އިވެނީ ވަރަށް ހައިރާންވާ ކަހަލަ ވާހަކަތަކެވެ.

04 މާޗް

March 04, 2019 117
ފައިސާ ނެތް އަންހެން ކެންޑިޑޭޓެއްގެ ވާހަކައެއް!

ރައްޔިތުންގެ މަޖިލީހަށް ނުކުންނަން ނިންމައި، އެ ވާހަކަ ދެއްކުމުން އާއިލާގެ އެއް މެމްބަރަކު އޭނާއާ ދިމާއަށް ބުންޏެވެ: "ކިޔަވައިގެން ކުރަން ތި ނޫން ކަމެއް ނޭނގުނީ ހެއްޔެވެ؟ ތިކަމެއް ކަލެއަކަށް ނުވާނެ އެވެ!"