29 އޯގަސްޓް

August 29, 2019 19
ރައީސާއި އެމްޑީޕީއަށް، ހަނދާން ނައްތާނުލާތި!

ރާއްޖޭގެ މިނިވަން މުއައްސަސާތަކަކީ، އޭރަކު ހުންނަވާ ރައީސަކު ވިދާޅުވާހާ ކަމެއް، ވިދާޅުވާ ގޮތަކަށް ކުރާ އިދާރާތަކެއް ނޫން ކަމަށް ހެއްދެވުމުގެ މަސްއޫލިއްޔަތު މިހާރު އެޅިފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގަ އެވެ. އެކަމަކު ރައީސްގެ ބާރުގެ ދަށުގައި އޮތް އެ ޒިންމާ އަދާކުރައްވަނީ އެންމެ ރަނގަޅަށްތޯ ސުވާލު...

28 އޯގަސްޓް

August 28, 2019 20
އޮޅުން ބޮޅުން: ވެރިކަން އޮތީ ކޮން ބައެއްގެ އަތުގައި؟

މިހާރު ވެރިކަމުގައި އޮތް ސަރުކާރަކީ ކޮބައިކަން އޮޅުންއަރާ ގޮތަށް ބައެއް ފަރާތްތަކުން ޚިޔާލު ފާޅުކުރާތަން މަދުން ނަމަވެސް ފެނެ އެވެ. އެ ގޮތަށް ބައެއް ފަރާތްތަކަށް ޚިޔާލު ފާޅުކުރެވެނީ ކުރީގައި އޮތް ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރެވިފައި އޮތް ގޮތުންނެވެ. ކުރިން ވެރިކަމުގައި އޮތް ޚުދުމުޚްތާރު، އަމިއްލަ އެދުމާއި ޚިޔާނާތާއި...

30 އެޕްރީލް

April 30, 2019 23
ލަދެއް ނެތް، އަގެއް ނެތް މަޖިލިސް މާޒީއަށް

އެއް މެމްބަރަކު، ގާނޫނުއަސާސީ ވެސް އަތަށް ލައްވައިގެން، މަޖިލިހުގެ މާލަން ތެރޭގައި ހުންނަވައި ނެންގެވި ފޮޓޯ ސޯޝަލް މީޑިއާގައި އިއްޔެ އާންމުކުރެއްވި އެވެ: މަޖިލިހުގައި އޭނާގެ ފަހު ދުވަސްކަން އަންގާލެއްވީ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ޒިންމާ އާއި މަސްއޫލިއްޔަތު ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ...

07 އެޕްރީލް

April 07, 2019 32
އިދިކޮޅުން ދައްކާނެ ބަހަނާއެއް ނެތް!

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހިސާބަށް އައި އިރު، ރިޔާސީ އިންތިހާބުގެ "ބަދަހި ކޯލިޝަން" އޮތީ ވިއްސި ވިހާލިވެފަ އެވެ. މަޖިލީހުގެ ދާއިރާތަކަށް ވާދަކުރުމުގައި އެމްޑީޕީން އެއްބަސްވުމާ ހިލާފުވި ކަމުގެ ޝަކުވާއާ އެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވީ "ނާށިގަނޑު ހިފައިގެން" ނުކުންނެވުމަށެވެ. އެންމެ...

05 އެޕްރީލް

April 05, 2019 5
ފަނޑިޔާރުގެއަށް ޖޭއެސްސީގެ ހިޔަނި

ރާއްޖޭގެ ޝަރުޢީ ދާއިރާގެ ތާރީޚުން ތަންކޮޅެކެވެ. މުޙައްމަދު އަމީން، ދާޚިލީ ވަޒީރުކަމުގައި ހުންނެވި ދުވަސްވަރެވެ. މަޙްކަމަތުއްޝަރުޢިއްޔާގައި ފަނޑިޔާރުންނާއި ނައިބުންނާ އެކު ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ މުހައްމަދު އަމީން ދީދީ އެވެ.

24 ފެބުރުއަރީ

February 24, 2019 32
ވެރިކަމަށް ރަނގަޅީ ގާސިމް! މުޒާހަރާކުރަން ހޮސްޕިޓަލް!

މީގެ ތިން މަސް ކުރިން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމާއި ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކަވައި އެ ކަންކަމުން ރެކެން ވެރިކަމާ ހެދި އުޅުއްވި ބޭފުޅެކެވެ.

14 ފެބުރުއަރީ

February 14, 2019 24
އޭސީސީގެ ރިޕޯޓުން ހިޔާނާތުގެ ކަޅު ފަރާތެއް ނުފެނޭ!

އެންމެން ބޭނުންވި އެމްއެމްޕީއާރުސީގެ ތަހުގީގީ ރިޕޯޓް އެންމެ ފަހުން، އޭސީސީން ނެރެފި އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބައެއް ވެރިން ހިންގެވި ބޮޑު ހިޔާނާތާއި އެ ހިިޔާނާތުގެ ފައިސާގައި ޖެހުނު ސިޔާސީ އެހެން ވެރިންގެ ކަޅު ފަރާތެއް އެ ރިޕޯޓަކުން ނޭނގޭނެ އެވެ. އެއިން ހާމަވީ އެމްއެމްޕީއާރުސީގެ ފައިސާ...

08 ޖެނުއަރީ

January 08, 2019 13
ކޮރަޕްޝަން ހުއްޓުވުން: ވެދާނެ ކަމެއްތަ؟

ފާއިތުވި އަހަރު ކަރަޕްޝަން ހުއްޓުވުމަށް ރާއްޖޭގައި ކަމާ ބެހޭ ފަރާތްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. ވަރަށް ގިނަ ތަންތަނުން ނަޒާހަތްތެރިކަމުގެ ސޮއި ހޯދި އެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުންނަ ދޮރުތައް ބަންދުކުރާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ގެންދިޔަ އެވެ. އަދި ކޮބައިތޯ އެވެ. ތިމާ ކުރާ...

25 ޑިސެމްބަރ

December 25, 2018 103
1.4 ބިލިއަން ރުފިޔާގެ ވަައްކަމާ އެކު ލަދެއް ނެތި!

ރާއްޖޭގައި އަލަށް އުފައްދާ ސިޔާސީ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)، ގެ އާންމު ފުރަތަމަ ޖަލްސާ، ކުރީގެ ނައިބު ރައީސް އަދި ދިވެހި ރައްޔިތުންގެ 1.4 ބިލިއަން ރުފިޔާއަށް ހިޔާނަތްތެރިވުމުގެ އިސް އެކެއް ކަމަށް ޔަގީންކުރެވޭ އަހުމަދު އަދީބަށް ހާއްސަކުރުމުން، ރާއްޖެ މި ދަނީ ކޮން ދިމާލަކަށް ކަމާ މެދު، އާންމު ދިވެހިންގެ...

28 ޖޫން

June 28, 2018 49
ޖަޒީރާތަ؟ ސިޓީތަ؟

މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ބޮޑު މައުލޫއުއެއް ކަމަށް ބައެއް މީހުން މިހާރު ވެސް ލަފާކޮށްފާނެ އެވެ؛ ފުރުސަތު ބަންދުކޮށްފައި އޮތަސް، ވަގުތު ޖެހޭ އިރު އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ "ޖަޒީރާ ރާއްޖެ"އެއްގެ "ޖަޒީރާ ރައީސް" އަށް...

26 އެޕްރީލް

April 26, 2018 7
ވިސްނާ! ނޫސްވެރިކަމުގެ ހައްގުގައި މޯދީ ހުއްޓުވި ފިޔަވަޅު

ދުނިޔެ އަށް މިހާރު ނަގައިގެން އުޅޭ "ފޭކް ނިއުސް"ގެ ބޮޑު ރާޅު ބަހަނާއަކަށް ހަދައިގެން މިނިވަން ނޫސްވެރިކަން ފިއްތަން ސަރުކާރުތަކުން ފޫގަޅަން ފަށައިފި އެވެ. ފިލިޕީންސާއި މެލޭޝިއާ އާއި ސިންގަޕޫރުން ހަރުކަށި ގާނޫނުތައް ތައާރަފްކުރަން އަމާޒު ހިފައިފައިވާ އިރު ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ އިންޑިއާ އިން ވެސް އެފަދަ ފިޔަވަޅެއް މި...

07 ޖޫން

June 07, 2017 26
އަޅުގަނޑަށް ނުވިސްނުނު ކަމެއް!

ގަތަރާ އެކު މީގެ 33 އަހަރު ކުރިން ރާއްޖެ އިން ގާއިމްކުރި ސިޔާސީ ގުޅުން މިދިޔަ ހޯމަދުވަހު ކަނޑާލުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. ރާއްޖެ އާއި އީރާނާ ދެމެދު އޮތް ސިޔާސީ ގުޅުން މިދިޔަ އަހަރުގެ މޭ 17 ގައި ރާއްޖެ އިސްވެ ކަނޑާލާފައިވާއިރު މިފަދަ ކަންކަން މި ސަރުކާރުން ނުކުރާނެ ކަމަށް ބެލުމަކީ މިހާރު ކުށްހީއެކެވެ. އީރާނާ އެކު...

10 މެއި

May 10, 2017 72
ގޮތް ދޫކުރުމުގެ ހަމަ އެއްވެސް ވިސްނުމެއް ނެތީތަ؟

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބު ވަރަށް ފުރިހަމަ ނަތީޖާއަކުން ކާމިޔާބު ކުރީ ސަރުކާރާ ދެކޮޅު ފަރާތްތަކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރަން ބަލާއިރު ވެސް، މިހާރު ފެންނަން އޮތް ނަތީޖާ އަކީ އެއްވެސް ފޯމިއުލާއަކުން ސަރުކާރަށް އެއްވެސް ވަރެއްގެ އުންމީދެއް އޮތް ނަތީޖާއެއް...

01 މާޗް

March 01, 2017 76
ހަ ފުށް ކީއްކުރަން، ދެ ފުށް ވެސް ނުފެނެ އެވެ!

މި ސަރުކާރުގެ މަޝްރޫއުތައް ހިންގަނީ ވަރަށް ހާމަކަން ބޮޑު ގޮތަކަށް ކަން ސިފަކުރައްވަމުން ރައީސް އަބްދުﷲ ޔާމީން މިދިޔަ ބުދަ ދުވަހު އިދިކޮޅު މީހުންނަށް ވަރަށް ބޮޑަށް ޖޯކު ޖެއްސެވި އެވެ. ވަރަށް އުފާވެރި މޫޑެއްގައި ހުންނަވައި، އަދި ބައެއް ފަހަރު ހިނިފުޅުވަޑުވަމުން، ޕީޕީއެމްގެ ހަފުލާއެއްގައި ވިދާޅުވަނީ އެމަނިކުފާނުގެ ސަރުކާރުގެ...

07 ޖެނުއަރީ

January 07, 2017 69
މޫސަގެ ކޮލަމް: ދުންޔާގެ އުނބަށް ޖެހުން

ފޮރިން މިނިސްޓަރުކަމުން ދުންޔާ މައުމޫން، މިދިއަ ޖުލައި މަހު އިސްތިއުފާ ދެއްވީ ކީއްކުރަން ހެއްޔެވެ؟ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށްޓަކައި ހެއްޔެވެ؟ އާއިލާއަށް ޓަކައި ހެއްޔެވެ؟ ނުވަތަ ބޮޑުބޭބޭފުޅު، އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުޅުއްވުމަށް ވުރެ ސިޔާސީ ގޮތުން ބޮޑު ފައިދާއެއް...

02 ޖެނުއަރީ

January 02, 2017 6
އޮޅުންބޮޅުން: ލިބޭ އާމްދަނީގެ ފަރަގު ކުޑަކުރުން

ސަރުކާރުގެ މާލީ ސިޔާސަތު އެކަށައަޅުއްވާ ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި ދިވެހިންގެ މެދުގައި އޮތް އާމްދަނީގެ ފަރަގު ކުޑަކުރެވޭނީ ލިބޭ އާމްދަނީން ޓެކްސް ނަގައިގެންނެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ އިންކަމް ޓެކްސް ނަގައިގެންނެވެ. ކޮންމެވެސް ދުވަހަކުން ރާއްޖޭގައި ވެސް އިންކަމް ޓެކްސް ނަގަން ޖެހޭނެ ކަމާ މެދު އެއްވެސް...

16 ނޮވެމްބަރ

November 16, 2016 54
މޫސަގެ ކޮލަމް: ޖީއެމްއާރުގެ ވާހަކަ ނިމިއްޖެ!

އެންމެ ފުރަތަމަ ބުނެލަން އޮތީ ޖީއެމްއާރުގެ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އެމްޑީޕީގެ އިސް ވެރިންނަށް ދެއްކެވޭނެ ގައުމަށް ފައިދާ ހުރި ވާހަކައެއް ނެތް ކަމެވެ. ދެ ވަނަ އަށް ބުނެލަން ބޭނުންވަނީ އެމްޑީޕީން ދިން ގޮތަށް ބޭރުގެ އެއްވެސް ކުންފުންޏަކަށް ރާއްޖޭގެ މައި އެއާޕޯޓް ދޫކޮށްލަން އަބަދުވެސް ދެކޮޅުހަދާ ދިވެހިންގެ...

10 ނޮވެމްބަރ

09 ނޮވެމްބަރ

November 09, 2016 58
ނަޝީދުގެ ޚިޔާލު: އެއާޕޯޓެއް ނުހެދޭނެ، ބޮޑުވީ ދަރަނި

ދިވެހި ސަރުކާރާއި ބޭރުގެ ކުންފުންޏަކާ ކުރި އެންމެ ބޮޑު އެގްރީމަންޓަކީ ޖީއެމްއާރާއި ސަރުކާރާ އެކު ވީ އެގްރީމަންޓެވެ. ހުޅުލޭ އެއާޕޯޓް ތަރައްގީ ކުރުމަށެވެ. އަޅުގަނޑުގެ ކުރީގެ ނައިބް ރައީސް، ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި، ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އުސޫލްތަކާ ހިލާފަށް އެ އެއްބަސްވުން ރުޅާލީ އެވެ. މިއަދު މިވަނީ އެ...

08 ނޮވެމްބަރ

November 08, 2016 52
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!

މިދިޔަ ހުކުރު ދުވަހުގެ ރޭ ރައީސް ޔާމީންގެ ޕީޕީއެމް ފެކްޝަނުން، ބޭއްވި ޖަލްސާ އަށް އެތައް ފާޑުކިޔުމެއް އަމާޒުވި އެވެ. އެންމެ ފުރަތަމަ، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން އެ ޖަލްސާ އަށް ދާން އެންގުމުންނެވެ. އަދި ދެ ވަނަ ކަމެއްގެ ގޮތުން އެ ޖަލްސާ އަށް އެކި ރަށްރަށުން ގެނައި މީހުންނަށް...