27 ޖޫން

June 27, 2020 127
ފްލެޓްތަކާ ގުޅޭ އަޑުތައް: އެއީ ވެސް ދިވެހިންނަށްޓަކައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި، މަޝްހޫރު ނަމުން ނަމަ "7،000 ފްލެޓް" ވެފައި މިވަނީ، އެއަށް ފާޑެއް ވެސް ނުކިޔޭވަރުގެ ތަނަކަށެވެ. އެތަނުގެ ޖާގަ ކުޑަ ވާހަކަ ބުންޏަސް، އެއިން އިމާރާތެއްގައި އެހާ ގިނަ ބަޔަކު އުޅުމަކީ ބޮޑު ތޮއްޖެއްސުމެއް ކަމަށް ބުންޏަސް، އެތަނުގައި ހުންނަނީ ތިން ލިފްޓޭ...

23 ޖޫން

June 23, 2020 48
ބައެއް ވުޒާރާތަކާއި މުއައްސަސާތައް އަތޮޅުތަކަށް!

ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ލޮކްޑައުންގައި ގައުމު ހިންގީ އޮންލައިންކޮށެވެ. ރައީސުލް ޖުމްހޫރިއްޔާ ކޮވިޑް-19ގެ ޓާސްކްފޯސްގެ މަސައްކަތްތައް ބެލެހެއްޓެވީ އޮންލައިންކޮށް މަސައްކަތް ކުރައްވައިގެންނެވެ. ކެބިނެޓް ބައްދަލުވުންތައް ބާއްވަވައި، ގައުމީ ނިންމުންތައް ނިންމެވީ އޮންލައިންކޮށެވެ.

14 އެޕްރީލް

April 14, 2020 20
އިކޮނޮމިކް ސްޓިމިއުލަސް އަކީ ކޮބާ؟

އިގްތިސޯދީ ހީނަރުކަމާ އެކު ވިޔަފާރިތަކުގެ އާމްދަނީ ދަށްވުމުން ގިނަ ބަޔަކު ވަޒީފާއިން އެކަހެރިކުރެ އެވެ. ނަތީޖާއެއްގެ ގޮތުން މީހުނަށް ލިބެންވާ އުޖޫރަތައް ނިލިބި، ކުލިތައް ނުލިބި، އިގްތިސޯދުގައި އާމްދަނީތައް (އިންކަމްސް) ދަށްވެގެންދެ އެވެ. އެކަމުގެ ސަބަބުން ގަނެވިއްކުމާއި ޚަރަދުކުރުން ދަށްވެ، އިގްތިސޯދުގައި ފައިސާ ދައުރުކުރުން...

20 ފެބުރުއަރީ

February 20, 2020 51
ހަޑިހުތުރު ވާހަކަތައް ރަނގަޅުވީތަ؟

މި ހަފުތާގައި ފުލުފުލުން ލީކު ކުރަމުން ދިޔަ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތަކާ އެކު، އަޅުގަނޑު ނިންމައިގެން މި ހުރީ އޯޑިއޯތަކުގައި އިވޭ ފަދަ ދަށު ދަރަޖައިގެ، ހަޑިހުތުރު ވާހަކަތައް އާންމު ތަންތާނގައި ދެއްކިޔަސް ދެން އޯކޭ ވީ ކަމަށެވެ. އެންމެން އެއްވެ އުޅޭ ތަންތަނުގައި ވެސް އަލީ ވަހީދު އެ...

17 ނޮވެމްބަރ

November 17, 2019 24
ޔާމީން ފުނޑާލެއްވި ނިޒާމް ހަމަ އެގޮތަށް؟!

އެއްވެސް ޝައްކެއް ނެތް ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ވަރުގެ ޚިޔާނާތްތަކެއް ރާއްޖޭގެ ފަހުގެ ތަރީޚު ދެކިފައެއް ނުވެ އެވެ. ނުވަތަ ޚިޔާނާތުގެ ތެރެއިން އެ މިންވަރުގެ ގެއްލުމެއް ދައުލަތަށް ލިބުނު ކަން އެނގޭނެ ސަފުހާއެއް، ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ތާރީޚުން ފެންނާކަށް އަދި ނެތެވެ.

16 އޮކްޓޯބަރ

October 16, 2019 3
އޮޅުން ބޮޅުން: އަނެއްކާވެސް މި ޖެހުނީ އެ ކަމާ

އެންމެ ފަހުން ރާއްޖޭގައި އޮތް ވެރިކަމުގައި ކަންތައް ހިނގާ ދިޔަ ގޮތް ހަނދާން ނެތޭނެހާ ގިނަ ދުވަހެއް ނުވެ އެވެ. އެ ވެރިކަމުގައި އެންމެ އޮޅުންއަރާ ގޮތަށް ވާހަކަ ދެކެވުނީ ތިން ބާރު ވަކިކޮށްފައި އޮތް ގޮތާ މެދުގަ އެވެ. އަދުލުއިންސާފް ގާއިމްކުރުމުގެ ބާރުން އެއިރު ދުށް ގޮތުގައި ހުރިހާ ކަމެއްގައި ވެސް ފަހު ބަސް ބުނުމުގެ ބާރު އޮތީ އެތަނުގަ...

29 އޯގަސްޓް

August 29, 2019 19
ރައީސާއި އެމްޑީޕީއަށް، ހަނދާން ނައްތާނުލާތި!

ރާއްޖޭގެ މިނިވަން މުއައްސަސާތަކަކީ، އޭރަކު ހުންނަވާ ރައީސަކު ވިދާޅުވާހާ ކަމެއް، ވިދާޅުވާ ގޮތަކަށް ކުރާ އިދާރާތަކެއް ނޫން ކަމަށް ހެއްދެވުމުގެ މަސްއޫލިއްޔަތު މިހާރު އެޅިފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގަ އެވެ. އެކަމަކު ރައީސްގެ ބާރުގެ ދަށުގައި އޮތް އެ ޒިންމާ އަދާކުރައްވަނީ އެންމެ ރަނގަޅަށްތޯ ސުވާލު...

28 އޯގަސްޓް

August 28, 2019 20
އޮޅުން ބޮޅުން: ވެރިކަން އޮތީ ކޮން ބައެއްގެ އަތުގައި؟

މިހާރު ވެރިކަމުގައި އޮތް ސަރުކާރަކީ ކޮބައިކަން އޮޅުންއަރާ ގޮތަށް ބައެއް ފަރާތްތަކުން ޚިޔާލު ފާޅުކުރާތަން މަދުން ނަމަވެސް ފެނެ އެވެ. އެ ގޮތަށް ބައެއް ފަރާތްތަކަށް ޚިޔާލު ފާޅުކުރެވެނީ ކުރީގައި އޮތް ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރެވިފައި އޮތް ގޮތުންނެވެ. ކުރިން ވެރިކަމުގައި އޮތް ޚުދުމުޚްތާރު، އަމިއްލަ އެދުމާއި ޚިޔާނާތާއި...

26 މެއި

May 26, 2019 91
އަމިއްލަ ޕާޓީގެ މީހާ "ހަވަރަށް"!

ޑިމޮކްރެސީއެއްގައި ބޭނުން ހިޔާލެއް ފާޅުކުރުމުގެ މާނަ އަކީ ވާދަވެރިޔާ "ހަވަރަށް" ދިނުން ހެއްޔެވެ؟ އެ މީހާގެ ފަތިފުށް މި ޒަމާނުގައި ނަމަ ސޯޝަލް މީޑިއާގައި ހާމަކޮށް، "އޮރިޔާން" ކުރުން ހެއްޔެވެ؟ ސިޔާސީ ހަރަކާތެއްގެ ތެރެއިން ތިމާގެ ވާދަވެރިޔާއާ މެދު ޚާއްސަކޮށް މާދަމާ ވެސް އަމިއްލަ ޕާޓީގައި ހުރެ، އެ ޕާޓީގެ އަސާސްތައް ދިފާއު ކުރުމަށް...

05 އެޕްރީލް

April 05, 2019 5
ފަނޑިޔާރުގެއަށް ޖޭއެސްސީގެ ހިޔަނި

ރާއްޖޭގެ ޝަރުޢީ ދާއިރާގެ ތާރީޚުން ތަންކޮޅެކެވެ. މުޙައްމަދު އަމީން، ދާޚިލީ ވަޒީރުކަމުގައި ހުންނެވި ދުވަސްވަރެވެ. މަޙްކަމަތުއްޝަރުޢިއްޔާގައި ފަނޑިޔާރުންނާއި ނައިބުންނާ އެކު ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ މުހައްމަދު އަމީން ދީދީ އެވެ.

18 ޖުލައި

July 18, 2018 15
އޮޅުންބޮޅުން: މި ކުރާ ކަމެއްގެ ބޭނުމަކީ ކޮބާ؟

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ބައެއް އިދިކޮޅު ޕާޓީތަކުން، ނުވިސްނޭ، ވިސްނަން ވަރަށް އުނދަގޫ ކަންތައްތަކެއް ކުރި އެވެ. ސަރުކާރުގެ ބަޔާންތަކުންނާއި ބައެއް މުސްތަޤިއްލު މުއައްސަސާތަކުގެ ވާހަކަތަކުން، ރިޔާސީ ރޭހުގައި ވާދަ ކުރުމަށް ފުރުސަތު ނުލިބޭނެ ކަން ކަށަވަރު ވެފައި ތިބި ކެންޑިޑޭޓުންނަށް އެންމެ ފަހު ވަގުތާ...