16 އޮކްޓޯބަރ

October 16, 2019 3
އޮޅުން ބޮޅުން: އަނެއްކާވެސް މި ޖެހުނީ އެ ކަމާ

އެންމެ ފަހުން ރާއްޖޭގައި އޮތް ވެރިކަމުގައި ކަންތައް ހިނގާ ދިޔަ ގޮތް ހަނދާން ނެތޭނެހާ ގިނަ ދުވަހެއް ނުވެ އެވެ. އެ ވެރިކަމުގައި އެންމެ އޮޅުންއަރާ ގޮތަށް ވާހަކަ ދެކެވުނީ ތިން ބާރު ވަކިކޮށްފައި އޮތް ގޮތާ މެދުގަ އެވެ. އަދުލުއިންސާފް ގާއިމްކުރުމުގެ ބާރުން އެއިރު ދުށް ގޮތުގައި ހުރިހާ ކަމެއްގައި ވެސް ފަހު ބަސް ބުނުމުގެ ބާރު އޮތީ އެތަނުގަ...

05 އެޕްރީލް

April 05, 2019 5
ފަނޑިޔާރުގެއަށް ޖޭއެސްސީގެ ހިޔަނި

ރާއްޖޭގެ ޝަރުޢީ ދާއިރާގެ ތާރީޚުން ތަންކޮޅެކެވެ. މުޙައްމަދު އަމީން، ދާޚިލީ ވަޒީރުކަމުގައި ހުންނެވި ދުވަސްވަރެވެ. މަޙްކަމަތުއްޝަރުޢިއްޔާގައި ފަނޑިޔާރުންނާއި ނައިބުންނާ އެކު ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ މުހައްމަދު އަމީން ދީދީ އެވެ.

15 މެއި

May 15, 2018 25
"ގިޔާމަތް ދުވަސް އަންނާނެކަން ހަނދާން ކުރަންވާނެ!"

އަޅުގަނޑުގެ އޮތީ ދެ ފިކުރެކެވެ. މި މައުލޫއުގެ މައްޗަށް ލިޔާނެތޯ އެވެ؟ ނުވަތަ ނުލިޔާނެތޯ އެވެ؟ އަޅުގަނޑު ނިންމީ ލިޔާށެވެ. ދުނިޔޭގައި މިހާރު އަންނަމުންދާ ބަދަލުތަކާއި ބައެއް ގައުމުތަކުގެ ފިކުރަށް އަންނަ ބަދަލުތަކަށް ބަލާފަ އެވެ. މިސާލަކަށް ނޯތު ކޮރެއާ ނަގަމާތޯ އެވެ. މުސްލިމުން ދެކެ ކޯފާވާ، އިސްލާމްދީން ދެކެ ބިރުފުޅު ގަންނަ...

28 މާޗް

March 28, 2018 10
އޮޅުންބޮޅުން: ކުށްވެރިންގެ އަދަބު

ޤާނޫނުގައި ކަނޑައަޅާފައި އޮންނަ އަދަބެއް ކުށް ކުރާ މީހުންނަށް ދޭންވާނެ އެވެ. ކުށް ކުރާ މީހަކީ ކިތަންމެ މަތީ މަގާމެއްގައި ހުރި މީހަކު ކަމުގައި ވިޔަސް މެ އެވެ. ކިތަންމެ ޤަދަރުވެރި މަގާމެއް އަދާކޮށްފައި ހުރި މީހަކު ކަމުގައި ވިޔަސް އެވެ. ކުށަކަށް ތުހުމަތު ކުރެވިގެން ބަންދުކުރެވޭ މީހަކާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެގެން...

13 ފެބުރުއަރީ

February 13, 2018 9
އޮޅުންބޮޅުން: ތަޙްލީލީ ނަޒަރަކުން

ފާއިތުވި ހަފުތާގައި ރާއްޖޭގައި ހިނގައިދިޔަ ކަންތައްތަކަށް ތަޙްލީލީ ނަޒަރަކުން ބަލައިލަމާތޯ އެވެ؟ ހިނގައިދިޔަ ކަންތައްތަކަށް އަޅުގަނޑު މި ބަލާލަނީ ކަންތައްތައް މަޑުމަޑުން ނިއުޅެމުން ދިޔަ ތަރުތީބަކުން ނޫނެވެ. އަޅުގަނޑު މަސައްކަތް ކޮށްފައި ވާނީ ކަންތައްތައް ހިނގައިދިޔަ ގޮތް ކަމަށް ޚަބަރުން ލިބުނު މަޢުލޫމާތުގެ އަލީގައި، ދެ...

07 ޖެނުއަރީ

January 07, 2017 69
މޫސަގެ ކޮލަމް: ދުންޔާގެ އުނބަށް ޖެހުން

ފޮރިން މިނިސްޓަރުކަމުން ދުންޔާ މައުމޫން، މިދިއަ ޖުލައި މަހު އިސްތިއުފާ ދެއްވީ ކީއްކުރަން ހެއްޔެވެ؟ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށްޓަކައި ހެއްޔެވެ؟ އާއިލާއަށް ޓަކައި ހެއްޔެވެ؟ ނުވަތަ ބޮޑުބޭބޭފުޅު، އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުޅުއްވުމަށް ވުރެ ސިޔާސީ ގޮތުން ބޮޑު ފައިދާއެއް...

08 ނޮވެމްބަރ

November 08, 2016 52
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!

މިދިޔަ ހުކުރު ދުވަހުގެ ރޭ ރައީސް ޔާމީންގެ ޕީޕީއެމް ފެކްޝަނުން، ބޭއްވި ޖަލްސާ އަށް އެތައް ފާޑުކިޔުމެއް އަމާޒުވި އެވެ. އެންމެ ފުރަތަމަ، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން އެ ޖަލްސާ އަށް ދާން އެންގުމުންނެވެ. އަދި ދެ ވަނަ ކަމެއްގެ ގޮތުން އެ ޖަލްސާ އަށް އެކި ރަށްރަށުން ގެނައި މީހުންނަށް...

01 ނޮވެމްބަރ

November 01, 2016 26
ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގެ ތެރޭގައި، ޕީޕީއެމާއި އެމްޑީއޭ ގުޅިގެން، އޮގަސްޓް 20، 2013ގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވި އެވެ؛ "މި ރިޔާސީ އިންތިހާބު މި އެނބުރެނީ އިތުބާރުގެ މައްޗަށް. ރައްޔިތުން އިތުބާރު ކުރަންވީ ކޮން ސިޔާސީ ލީޑަރަކަށްތޯ؟ ރައްޔިތުން އިތުބާރު...

12 އޯގަސްޓް

August 12, 2016 27
ކޮލަމް: އަބުރު ހިމާޔަތްކުރާ ގޮތުގެ ފުރަތަމަ ފިލާވަޅު

އަބުރު ހިމާޔަތްކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ގާނޫނަކީ ހިޔާލު ފާޅުކުރުން ހުއްޓުވައި އެތައް ބަޔަކަށް ނުހައްގުން ބޮޑެތި އަދަބުތަކެއް ލިބޭ ގޮތަށް އޮތް ގާނޫނެއް ކަމަށް ނޫސްވެރިންނާއި ސިޔާސީ އެކި ފަރާތްތަކުން އަދި ބައިނަލްއަގުވާމީ މުޖުތަމައުން ދެއްކި ވާހަކަ ދިފާއުކުރަން އައްޑަނަ ހިފައިގެން ނިކުތީ ދައުލަތުގެ...

01 ޖުލައި

July 01, 2016 30
ކޮލަމް: ޓިކެޓަކާ ހެދި ޕީޕީއެމަށް މިވަރު ވަނީ ކީއްވެ؟

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް ދޭން މަސައްކަތް ފެށި ހިސާބުން އެ ޕާޓީގެ އެތެރޭގެ ކޯޅުންގަނޑުގެ ހުޅުގަނޑު ފަޅައިގެން ހިނގައްޖެ އެވެ. ކޮންމެ ޕާޓީއެއްގައި ވެސް އޮންނާނެހެން، ޕާޓީގެ އެކި ލީޑަރުންނަށް ތަބާވާ ފެކްޝަންތައް ޕީޕީއެމްގައި ވެސް އޮވެ އެވެ. އެކަމަކު...

29 ޖޫން

June 29, 2016 60
ރައީސް ޔާމީނާއި މައުމޫންގެ ކޯޅުން ފޯރިގަދަ ހިސާބެއްގައި

މައުމޫން ފައުންޑޭޝަނުން މިދިޔަ ހަފުތާގެ ބުދަދުވަހުގެ ރޭ ބޭއްވި ރަމަޟާން މަސް އިހުޔާކުރުމުގެ ފޯރަމްގެ ތެރެއިން އެއް ބައެއްގެ ސަމާލުކަން ހުއްޓުނީ އޭގެ ކުރީ ރޭ ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އުމަރު ނަސީރަށެވެ. ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ޖެހިގެން ވާތް ފަރާތުން ދެ ވަނަ އަށް...

15 ޖޫން

June 15, 2016 25
ރައީސް ޔާމީނާއި މައުމޫނާ ދެމެދު އަނެއްކާ ކޮން ކަމެއް؟

ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެ ބޭފުޅުންގެ މެދުގައި ސިޔާސީ އެކި ކަންކަމުގައި ހިޔާލު ތަފާތުވެ، ބައެއް ކަންކަން ވަރަށް ގޯސް ހާލަތަކަށް ދާ ވާހަކަ އަބަދުވެސް ދެކެވެ އެވެ. އެއް އިރެއްގައި ރައީސް ޔާމީން އެންމެ އިތުބާރުކުރެއްވި އަހުމަދު އަދީބަށް، ނައިބު...