05 ސެޕްޓެމްބަރ

September 05, 2019 4
އޮޅުން ބޮޅުން: ބޭނުންވަނީ ޒިންމާދާރު ނޫސްވެރިކަމެއް

ނޫސްވެރިންނަށް އެ މީހުންގެ ގައުމީ މަސައްކަތައިގެން ކުރިއަށް ދިއުމުގެ މިނިވަންކަން މިހާރު ވަނީ ލިބިފަ އެވެ. ކަންކަމާ މެދު ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ވަނީ ލިބިފަ އެވެ. ކަންކަމުގައި ދެކޮޅު އޮންނަ ގޮތް ދެއްކުމުގެ ފުރުސަތު ވަނީ ކުރިއަށް ވުރެ ބޮޑަށް ތަނަވަސް ވެފަ އެވެ. މިނިވަންކަމަކީ ވެސް ވަކި ހުދޫދެއްގެ ތެރޭގައި އޮންނަ...

05 މެއި

May 05, 2019 11
ނޫސްވެރިކަން ނުބައި މިސްރާބެއްގައި

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިފަހަރު ފާހަގަކުރީ، މިނިވަންކަމުގެ މިންގަނޑުން ބޮޑު ކުރިއެރުމަކާ އެކުގަ އެވެ. ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަށް މި އަހަރު 22 ދަރަޖައިގެ ކުރިއެރުމެއް ލިބުނީ ސަރުކާރުން ނޫސްވެރިކަމަށް ކުރިމަތިކުރި ބޮޑެތި ފިއްތުންތައް ނިމުމަކަށް އައުމާ ވެސް އެކުގަ އެވެ. ނަމަވެސް ދިވެހި ނޫސްވެރިކަން...

03 މެއި

May 03, 2018 7
ވިސްނާ! ނޫސްވެރިން ބަސްއަހާނެ ކަމެއް ނެތް!

ވައިޓް ހައުސް އިން އާއްމުކޮށް ދުވާލަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ވަގުތުން ދެއްކުން މަނާކުރި ދުވަހެއްގައި އެމެރިކާގެ ޓީވީ ޗެނަލްތަކުން އެކަމާ ނުރުހުން ފާޅުކުރި އެވެ؛

26 އެޕްރީލް

April 26, 2018 7
ވިސްނާ! ނޫސްވެރިކަމުގެ ހައްގުގައި މޯދީ ހުއްޓުވި ފިޔަވަޅު

ދުނިޔެ އަށް މިހާރު ނަގައިގެން އުޅޭ "ފޭކް ނިއުސް"ގެ ބޮޑު ރާޅު ބަހަނާއަކަށް ހަދައިގެން މިނިވަން ނޫސްވެރިކަން ފިއްތަން ސަރުކާރުތަކުން ފޫގަޅަން ފަށައިފި އެވެ. ފިލިޕީންސާއި މެލޭޝިއާ އާއި ސިންގަޕޫރުން ހަރުކަށި ގާނޫނުތައް ތައާރަފްކުރަން އަމާޒު ހިފައިފައިވާ އިރު ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ އިންޑިއާ އިން ވެސް އެފަދަ ފިޔަވަޅެއް މި...

24 އޮކްޓޯބަރ

October 24, 2017 59
އަނެއްކާވެސް ދިވެހި އޮބްޒާވަރުގެ ޒަމާނަށް!

ކުޑަކުޑަ އަންދާޒާއަކަށް ބިނާކޮށް ލަފާކޮށްލިޔަސް އުމުރުން މިހާރު 30 އަހަރުގެ ދިވެހި ޒުވާނަކަށް ވިއްޔާ ދިވެހި އޮބްޒާވަރަކީ ކޮބައިކަން ނޭނގިއެއް ނުހުންނާނެ އެވެ. އެ އުމުރުގެ މީހަކަށް އެއީ ކޮން އެއްޗެއްކަން ފަހުމް ނުވާ ނަމަ އޭނާ ވާނީ 2004 އިން ފެށިގެން ރާއްޖެ ދެކެމުން މި އަންނަ ސިޔާސީ ބަދަލުތަކުގެ އެއްވެސް މައުލޫމާތެއް ނެތް މީހަކަށެވެ.

29 މެއި

May 29, 2017 2
އޮޅުންބޮޅުން- ނޫސްވެރިންގެ މިނިވަންކަން

ފާއިތުވި ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި ރާއްޖޭގައި އެއްވެސް ރަސްމިއްޔާތެއް ނުބާއްވަ އެވެ. ނޫސްވެރިކަމުގެ ބެލެނިވެރި ފަރާތުން ވެސް އޮތީ ހިމޭނުންނެވެ. ބަސް ހުއްޓިފަ އެވެ. ރާއްޖޭގެ ނޫސްވެރިންގެ ޙާލަތާ މެދު ސަހަރޯހީވެގެން ކަމަށް ވެސް ވެދާނެ އެވެ. މިނިވަން ނޫސްވެރިކަމަށް، ރައްކާތެރިކަމެއް ނެތް ތަނެއްގައި،...

23 މެއި

May 23, 2017 26
ކޮލަމް 27: މިއޮތީ ވަރުގަދަ ކައުންސިލެއް!

އިއްޔެ ހެނދުނު އިރުއެރުމާ އެކު މީޑިއާތައް ކައްކުވާލައި، ލޭ ހޫނުކޮށްލީ މީޑިއާގެ ބެލެނިވެރި ފަރާތުން ފޮނުވި ސިޓީތަކަކާ ގުޅިގެންނެވެ. ބައެއް މީޑިއާތަކަށް ނުސީދާކޮށް ވަރުގަދަ އިންޒާރުތަކެއް ދެމުންނެވެ. ރައީސް އޮފީހުން ކުރި ޝަކުވާތަކެއް ކައުންސިލްގެ އިސްނެގުމަކަށް ބަލާތީ އެއަށް ޖަވާބުދާރީ ވުމަށް މައްސަލަ ބޮނޑިވަރެއް ހަތަރު...

03 އެޕްރީލް

April 03, 2017 28
އޮޅުންބޮޅުން: ފަހަތަށް އެއް ފިޔަވަޅު

ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) އަށް 39 އަހަރު ފުރުނީ އެވެ. ފާއިތުވި 39 އަހަރުގެ ތެރޭގައި އެ ސްޓޭޝަނުން ވަނީ ރައްޔިތުންނަށް ޚަބަރު ގެނެސްދިނުމުގައްޔާއި މުނިފޫހިފިލުވައިދިނުމުގެ ގޮތުން ބަލައިގެނެވޭ ފަދަ މަސައްކަތްތަކެއް ކޮށްދީފަ އެވެ. ސަރުކާރުން ކުރާ ތަރައްޤީގެ މަސައްކަތްތަކުގެ ޚަބަރު ވަރަށް ރަނގަޅަށް ގެނެސްދީފައިވެ އެވެ....

21 އޯގަސްޓް

August 21, 2016 7
އަބުރު ހިމާޔަތްކުރަން ނިކުންނަ، ގޮތް ނޭނގޭ މީހާ

ކުރީގެ ރައީސް މުހައްމަދު ނަޝީގެ އަބުރަށް އަރައިގެންފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު، ނަޝީދަކަށް އަދި އެމަނިކުފާނުގެ ޕާޓީއަކަށް ވެސް އެ މައްސަލަ ހުށަހެޅި ކަމެއް އެނގިފައެއް ނުވެ އެވެ. އަބުރު ހިމާޔަތްކުރުމުގެ ނަމުގައި ހެދި ގާނޫނުގެ ދަށުން "އަމިއްލަ ފަރާތަކުން" ފުލުހުންނަށް މައްސަލަ...

30 ޖުލައި

July 30, 2016 48
ވަގަށް ގޮވުން ހުއްޓުވާލަނީ!

ޑިމޮކްރެޓިކް ނިޒާމްގެ ދެވަނަ މަޖިލީހުގެ ދައުރު މިހާތަނަށް އައި އިރު ކަންކަން މި އޮތީ ހައްދުން ނެއްޓިފަ އެވެ. ސަރުކާރަށް ލިބިފައިވާ ވަރުގަދަ އަޣުލަބިއްޔަތުން ގާނޫނުއަސާސީ އަށާއި ގާނޫނުތަކަށް ގެނައި އެތަކެއް ބަދަލުތަކަކީ، ދިފާއުގައި ކިތަންމެ ހުއްޖަތްތަކެއް ދެއްކިޔަސް، އެކަންކަން ކުރި ހާލަތްތަކަށް ބަލާއިރު، ސުލޫކީ ބޮޑެތި...

20 ޖޫން

June 20, 2016 46
ސައުދީ އަށް ޝުކުރިއްޔާ އެކަމަކު މިއީ ބެހޭ ކަމެއް ނޫން

ސައުދީ އަަރަބިއްޔާ އިން ރާއްޖެ އަށް ދިން ކަދުރުގެ ބައެއް ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ ޖަމިއްޔާއަކަށް ނަގައި، އެ ޖަމިއްޔާގެ ނަމުގައި ބަހަމުން ދިއުމުގެ މައްސަލަ "ފިނިކުރަން" ސައުދީ އެމްބަސީން މިދިއަ ހަފުތާގައި މަސައްކަތްކުރި އެވެ. އެ މަސައްކަތާ މެދު ދިވެއްސެއްގެ ހައިސިއްޔަތުން ސައުދީ އެމްބަސީ އަށް ބުނެލަން ޖެހެނީ މަންޒަރު...

30 މެއި

May 30, 2016 4
އާރެއް ބާރެއް ނެތް ހަތަރު ވަނަ ބާރު!

އެއްވެސް އާރެއް ބާރެއް ނެތް، އެއްވެސް ގާނޫނެއް އިއުތިރާފް ނުވާ ބާރެކެވެ. އެކަމަކު ވެސް އެއީ ދައުލަތުގެ ހަތަރު ވަނަ ބާރޭ ބުނެ އެވެ. ނޫސްވެރިކަމާއި ނޫސްވެރިންނެވެ. ނަމަވެސް މިއަދު ގައުމުގައި ކަންތައް ގޮސްފައި އޮތް ހިސާބަކީ ދައުލަތުގެ ތިން ބާރު ވެސް މީޑިއާއާ ދެކޮޅަށް ފިސާރި ރަނގަޅަށް ފައި ވިއްދާފައި ތިބުމެވެ. ސަބަބެއް ކަމަށް ބުނަނީ...