23 ޖެނުއަރީ

January 23, 2019 14
ޖިއާންގެ މަރު: "ނިވިގެން އެދިޔައީ ހަޔާތުގެ އަލިކަން"

ބާރު އަޑަކާ އެކު މަތިން ވެއްޓުނު ސިމެންތި ބަސްތާގެ ސިމެންތިތަކުން ޑރ. ފަރުޒާނާ ހުސައިން ހުންނެވީ ސިފަ ވަކިނުވާ ވަރު ވެފަ އެވެ. ގައިން ސިމެންތި ފިލުވަން އުޅުނީ އަންހެން ދަރިފުޅު ރޯޝަން ޖިއާން އޭރު ހުންނާނީ ބައްޕަ މުހައްމަދު ކަމާލުއްދީން ޖާވީދާ އެކުގައި ކަމަށް ހީކުރެއްވުމުންނެވެ. އޭގެ ހަމަ ކުޑަ އިރުކޮޅެއް ކުރިން މަންމަގެ އަތުން...

22 ޖެނުއަރީ

January 22, 2019 55
ފުރައިގެން ދާނީ ދަރިފުޅަށް އިންސާފު ލިބުނީމަ: އާއިލާ

މާލޭގައި، ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް މަރުވި ބަންގްލަދޭޝްގެ ރައިޝަން ޖިއާނަށް އިންސާފު ލިބެންދެން ރާއްޖޭގައި ތިބޭނެ ކަމަށް އޭނާގެ މަންމަ އާއި ބައްޕަ މިއަދު ބުނެފި އެވެ.

15 ޖެނުއަރީ

January 15, 2019 4
އިމާރާތް ކުރުމާ ބެހޭ ގަވާއިދުތައް ހަދަން އަމުރުކޮށްފި

އިމާރާތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ބައެއް ގަވާއިދުތައް ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

13 ޖެނުއަރީ

January 13, 2019 44
ހުރަވީ ސްކޫލަކީ ބައިނަލްއަގްވާމީ ޑިޒައިނެއް:އާކިޓެކްޓް

ތައުލީމީ އާ އަހަރާ އެކު، މިއަދު ކިޔަވައިދޭން ފެށި ރާއްޖޭގެ އެންމެ ބޮޑު ސްކޫލް، ހުރަވީ ސްކޫލް ޑިޒައިން ކޮށްފައި ވާނީ މިހާރު ރާއްޖޭގައި ހުރި ސްކޫލްތަކާ ތަފާތުކޮށް، އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ މަސައްކަތް ކުރި "އާކްއެންޖް" ކުންފުނިން މިއަދު ބުނެފި އެވެ.

07 ޖެނުއަރީ

January 07, 2019 39
އިމާރާތަކުން ލަކުޑިގަނޑެއް ވެއްޓި މީހެއްގެ ބޯ ފެޅިއްޖެ

ހަދަމުންދާ އިމާރާތެއްގެ މަތިން ވެއްޓުނު ލަކުޑި ބުރިއަކުން ޖެހި ފިރިހެނެއްގެ ބޯ މިއަދު ފެޅިއްޖެ އެވެ.

January 07, 2019 17
ޑަބްލިއު ކޮންސްޓްރަކްޝަނަށް އަލުން ހުއްދަ ދީފި

ސިމެންތި ބަސްތާއެއް ވެއްޓި ރަވްޝާން ޖިއާން މަރުވި ހާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެއް ހުއްޓުވުމަށް ފަހު އެކުންފުންޏަށް އަލުން ހުއްދަދީފި އެވެ.

20 ޑިސެމްބަރ

December 20, 2018 3
ރައްކާތެރިކަމާ ބެހޭ ގަވައިދު އަންނަ ހަފުތާގައި ނިމޭނެ

ބިލްޑިން ކޯޑްގައި ހިމެނޭ ބައިތަކުގެ ތެރެއިން އިމާރާތްކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ހަދަން ޖެހޭ ގަވައިދު އަންނަ ހަފުތާފައި ނިންމައި، އެޓާނީ ޖެނެރަލްގެ ލަފާ ހޯދަން...

December 20, 2018 5
ތިން ތަނެއްގެ މަސައްކަތް ހުއްޓުވައިފި

ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާ ތިން ތަނެއްގެ މަސައްކަތް ހުއްޓާލަން ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އަންގައިފި އެވެ.

19 ޑިސެމްބަރ

December 19, 2018 33
ފުރާނައެއް ގެއްލުމުގެ ކުރިން ޒިންމާއެއް ނެތީތަ؟!

މި ހަފުތާ ފެށުނުތަނާ މުޅި ރާއްޖެ ސިއްސުވާލީ މާލޭގައި އިމާރާތް ކުރަމުން ދިޔަ ގެއަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ، ކުޑަކުއްޖަކު މަރުވި ޚަބަރުންނެވެ. އުމުރުން އެންމެ ހަތް އަހަރުގެ ރައުޝަން ޖިއާން އޭނާގެ މަންމައާ އެކު މަގުމަތިން ހިނގާފައި ވަނިކޮށް ދިމާވި އެ ހާދިސާއާ ގުޅިގެން ދައުލަތުގެ ހުރިހާ މުއައްސަސާއެއް އެލާޓަށް ގެނުވި...

18 ޑިސެމްބަރ

December 18, 2018 12
މަސައްކަތް ހުއްޓާލަން ޖެހޭ ސައިޓެއް ނެތް: ޕްލޭނިން

މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ތަންތަނުގެ ތެރޭގައި ވަގުތުން މަސައްކަތް ހުއްޓުވަން ޖެހޭ ފަދަ ހާލަތެއްގައި ހުރި އެއްވެސް ތަނެއް ނެތް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

17 ޑިސެމްބަރ

December 17, 2018 17
ޖިއާންގެ ހަށިގަނޑާ އެކު އާއިލާ ރާއްޖޭން ފުރައިފި

ހަދަމުންދާ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް މިއަދު ނިޔާވި ރަވްޝާން ޖިއާންގެ ހަށިގަނޑާ އެކު އޭނާގެ އާއިލާ މިރޭ ރާއްޖޭން...

December 17, 2018 48
ސައިޓުތައް ހުއްޓުވުމަކީ ހައްލެއް ނޫން: މަސީ

އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓުވާލުމަކީ ހައްލެއް ނޫން ކަމަށާއި އެހެން ނަމަވެސް މަސައްކަތްތައް ރިވިއު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މޯލްޑިވްސް ނޭޝަނަލް...

04 ނޮވެމްބަރ

November 04, 2018 1
ކުޑަކަމުދާ ނަޖިހުން ގައު އުފައްދަނީ

އިންސާނުންގެ ނަޖިސް ބޭނުންކޮށްގެން އެކި ކަހަލަ އެއްޗެހި ތައްޔާރު ކުރުމަކީ ހުއްޓުމެއް ނެތި އަބަދުވެސް ތަހުލީލުކުރަމުން އަންނަ ކަމެކެވެ. ބޭނުމަކީ ބޭކާރުވާ އެއްޗެހިން، ބޭނުންތެރި އެއްޗެއް އުފައްދައިގެން ދިރިއުޅުމަށް ލުޔެއް ހޯދައި، ތިމާވެއްޓަށް އެހީވުމެވެ.

04 އޮކްޓޯބަރ

October 04, 2018 21
އަމިން އަތުން 30 މިލިއަން ރުފިޔާ ހޯދަން ކޯޓަށް!

އަމިން ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އިމާރާތްކުރި "އަމިން އެވެނިއު"ގެ އެޕާޓްމަންޓް ގަތް 10 މީހަކު، 30 މިލިއަން ރުފިޔާގެ ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށައަޅައިފި އެވެ.

13 ސެޕްޓެމްބަރ

September 13, 2018 1
ސަނީ ވެހިކަލާ ބެހޭ މައުލޫމާތު ދޭން ސެމިނާއެއް ބާއްވައިފި

"ސަނީ" ބްރޭންޑްގެ ހެވީ ވެހިކަލާއި އިކުއިޕްމަންޓާ ބެހޭ މައުލޫމާތު ދިނުމަށް އިލާ މޯލްޑިވްސް އިން ސެމިނާއެއް މިއަދު ބާއްވައިފި އެވެ.

24 އޯގަސްޓް

August 24, 2018 22
ބޭރު ކުންފުނިތަކަށް އެކަނި މަޝްރޫއު ހަވާލު ނުކުރާނަން

އިދިކޮޅު އިއްތިހާދުގެ ސަރުކާރެއްގައި، ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދިވެހި ކުންފުންޏެއްގެ ބައިވެރިވުމެއް ނެތި ބޭރުގެ ބަޔަކާ ހަވާލު ނުކުރައްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

02 އޯގަސްޓް

August 02, 2018 22
ދުވަހުގެ ފޮޓޯ: އުމުރުން ދުވަސްވީ މީހެއްގެ ތަކުލީފު

ސޯޝަލް މީޑިއާގައި ދިވެހިން މި ވަގުތު އެންމެ ބޮޑަށް ޖެހިފައި ތިބީ ރިޔާސީ އިންތިޚާބުގެ ވާދަވެރިކަމުގެ އަވައިގައި ކަމަށް ވެދާނެ އެވެ. އެކަމަކު މިއަދު ގިނަ ބައެއްގެ ސަމާލުކަން ލިބުނު އަނެއް ކަމަކީ، އުމުރުން ދުވަސްވީ ފިރިހެނަކަށް މާލޭގެ މަގުމަތީގައި ޖެހުނު ދަތި ހާލެއްގެ މަންޒަރެވެ.

05 ޖުލައި

July 05, 2018 6
އެސްޖޭ: އަޑު މަޑު އެކަމަކު ބިޔަ ކުންފުންޏެއް!

އެސްޖޭ ކޮންސްޓްރަކްޝަންގެ ނަން އެހާ އާއްމެއް ނޫނެވެ. ނަމަވެސް މިއީ ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިމާރާތްކުރުމުގެ އިންޑަސްޓްރީގެ ޕަބްލިކް ސެކްޓަރުގައި ހަރަކާތްތެރިވާ ބޮޑު، ބިޔަ ކުންފުންޏެކެވެ.

13 ޖޫން

June 13, 2018 18
ބޮޑެތި މަޝްރޫއުތައް ދިވެހި ކުންފުނިތަކާ ދުރަށް!

ދިވެހި އިގުތިސާދުގައި އެންމެ ހަލުއިކޮށް ކުރިއަރަމުން މިދަނީ، ޢިމާރާތް ކުރުމުގެ ސިނާޢަތް - ކޮންސްޓްރަކްޝަން އިންޑަސްޓްރީއޭ ބުނުމުން އެކަކު ވެސް މިއަދު ހައިރާން ވާކަށް ނުޖެހެ އެވެ. ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ހާމަކުރާ ރަސްމީ އިދާރާތަކުން އެންމެ ފަހުން ލިބެން ހުރި ތަފާސްހިސާބަށް ބަލާއިރު 2014 ގައި 28.5 ޕަސެންޓް، 2015 ގައި 26.8...

24 އެޕްރީލް

April 24, 2018
އިފޮޕްކާގެ 45 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި

އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިފް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ)ގެ 45 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

22 އެޕްރީލް

April 22, 2018 12
ކޮންސްޓްރަކްޝަން ސައިޓަކުން ވައްކަން ކުރި ބަޔަކު ހޯދަނީ

މާލޭގެ ކޮންސްޓްރަކްޝަން ސައިޓަކުން ވައްކަން ކުރި ބަޔަކު ހޯދަން، އެ މީހުންގެ ފޮޓޯއާ އެކު ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

29 މާޗް

March 29, 2018
ނަލަހިޔާގެ 33 އަހަރު: ހަލުވި ދުވެލީގައި ކުރިޔަށް

އިމާރާތްކުރަން ބޭނުންވާ ސާމާނުގެ ވިޔަފާރީގައި ނަލަހިޔާ ޓްރޭޑިން އަކީ ރާއްޖޭގެ އެންމެ ކުރީ ސަފުގައި ގުނާލެވޭނެ ކުންފުންޏެކެވެ. މީގެ 33 އަހަރު ކުރިން އުފެދުނު ކުންފުނިން އަންނަނީ އިމާރާތްކުރަން ބޭނުންކުރަން ސާމާނު އެތެރެކޮށް، ފުޅާ ދާއިރާއެއްގައި ވިއްކަމުންނެވެ.