03 އެޕްރީލް

April 03, 2018 67
އަދީބު 74 މިލިއަން ރުފިޔާ ދައްކަން އަންގައިފި

ނަސަންދުރަ ޕެލަސް ހޮޓަލް ހިންގަން އެންޕީއެޗް އިންވެސްޓްމަންޓަށް ދިން މައްސަލާގައި ހަތް ދުވަސް ތެރޭގައި 74 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

30 ޖެނުއަރީ

January 30, 2018 7
ކޯޓުގެ ހުރުމަތް ކެނޑުމުން އަދީބަށް އިތުރު ހުކުމެއް

ތަފާތު ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް، ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި މިއަދު އިތުރު 15 ދުވަހުގެ ހުކުމެއް އިއްވައިފި އެވެ.

25 ޖެނުއަރީ

January 25, 2018 16
އަދީބުގެ އަނބިކަނބަލުން އެޗްއާރުސީއެމަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއިން މަހްރޫމް ކޮށްފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއި ގާނޫނީ ވަކީލުން، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ރައީސް އައިމިނަތު އީނާސް އާއި އެހެން މެމްބަރުންނާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

10 ޖެނުއަރީ

January 10, 2018 8
ފޯނެއް އޮތްތޯ ބަލަން އަދީބުގެ ގޮޅި ފާސްކޮށްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފޯނެއް ގެންގުޅުއްވާ ކަމަށް ތުހުމަތުކޮށް، އެމަނިކުފާނު ދޫނިދޫގައި އޮންނެވި ގޮޅި ބަލައި މިދިޔަ ހޯމަ ދުވަހު ފާސްކޮށްފި އެވެ.

05 ޖެނުއަރީ

January 05, 2018 36
އަދީބަށް ބޭސްފަރުވާގެ ހައްގު ފޯރުކޮށްދީ: ގާސިމް

ބޭސްފަރުވާގެ ފުރިހަމަ ހައްގު ލިބުން ލަސްވުމުގެ ހިތްދަތިކަން ތަޖުރިބާކުރައްވާފައިވާާ ކަމަށާއި އެ ހައްގު، ޖަލުގައި މިހާރު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވެސް ލިބެން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

22 ނޮވެމްބަރ

November 22, 2017 20
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ހޯދޭނެތަ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ފަޅާއެރި އެންމެ ބޮޑު ޚިޔާނާތެވެ. ލިޔެ ކިޔުމުން ފެންނަން އޮތް އަދަދަށް އެކަނި ބެލިޔަސް، އެ ޚިޔާނާތުގައި ދައުލަތަށް ގެއްލުނު އަދަދު 1.22 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ރާއްޖެ ފަދަ ގައުމަކާ އަޅާބަލާއިރު...

04 ސެޕްޓެމްބަރ

September 04, 2017 21
އަދީބުގެ ފަރުވާއަށް ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދެފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އަމުރަކަށް އޭނާގެ ފަރާތުން ސިވިލް ކޯޓުގައި އެދިއްޖެ އެެވެ.

23 އޯގަސްޓް

August 23, 2017 13
ދައުލަތުން އުޅެނީ ސިޔާސީ ގޮތުން ފްރޭމް ކުރަން: އަދީބު

ދައުލަތުން ގިނަ އަދަދެއްގެ ދައުވާތަކެއް އޭނާއާ ދެކޮޅަށް ކުރަނީ ސިޔާސީ ގޮތުން ފްރޭމް ކުރުމުގެ ބޭނުމުގައި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

17 އޯގަސްޓް

August 17, 2017 17
ފަނޑިޔާރަށް އަދީބުގެ ޝަކުވާތަކެއް އޮއްސާލައިފި

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އާ ދައުވާތަކުގެ ޝަރީއަތް މިއަދު ފެށިއިރު، ހިނިތުން ވެވަޑައިގެން ހުންނަވައި ނަމަވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަނޑިޔާރަށް ޝަކުވާގެ ފުނިވަރެއް އޮއްސާލައްވައިފި އެވެ.

16 އޯގަސްޓް

August 16, 2017 23
ރައީސް ޔާމީން އެ ހުންނެވީ އަޒުލްވެފައި: ޖަމީލް

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އެމަނިކުފާނު އިއުތިރާފުވުމާ އެކު، މިހާރު އެ ހުންނެވީ މަގާމުން އަޒުލްވެފައި ކަމަށާއި ރައީސްގެ ނަމުން މުޚާތަބު ކުރުން ވެސް އެކަށީގެން ނުވާ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ރޭ ވިދާޅުވެއްޖެ އެވެ.

15 އޯގަސްޓް

August 15, 2017 85
ރައީސްގެ ވާހަކަފުޅުގެ މާނަ ދަނީ އޮޅުވާލަމުން: ޕީޕީއެމް

"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލަމުން ދާ ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ބުނެފި އެވެ.

14 އޯގަސްޓް

August 14, 2017 333
"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލެއް ނޫން"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެނގޭ އިރު "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށާއި އޭގެ އިތުރުން އެ ފައިސާ އިން އިންތިހާބުވި މެމްބަރުން ވެސް މަގާމުން ދުރުވާން ޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

24 ޖުލައި

July 24, 2017 4
އަދީބުގެ ބޭސްފަރުވާގެ މައްސަލަ ބަލައި ނުނިމޭ

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އިން މަހްރޫމް ކޮށްފައިވާ ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލައި ނުނިމޭ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

17 ޖުލައި

July 17, 2017 17
އަދީބަށް ނުރައްކަލެއް ވެދާނެތީ ނަޝީދު ކަންބޮޑުވެއްޖެ

ބޮޑު ތިންކުށެއްގައި 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު އާއްމު ކުރައްވަމުން ގެންދަވާ މައުލޫމާތުތަކުގެ ސަބަބުން އެ މަނިކުފާނަށް ނުރައްކަލެއް ވެދާނެތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

06 ޖުލައި

July 06, 2017 4
ޚިޔާނާތުގެ ނުވަ ރަށެއްގެ ޑިއުޓީ ޕްރޮސެކިއުޝަން ނިމިއްޖެ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭ މައްސަލައިގެ ތަހުގީގުގައި، އެ ކޯޕަރޭޝަނުން ދޫކުރި ނުވަ ރަށެއްގެ މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން ނިމިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނެފި އެވެ.

20 ޖޫން

June 20, 2017 27
އަދީބު ފިއްލަވާކަށް ނޫޅުއްވާ: ވަކީލުން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވިޔަސް ފިއްލެވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

June 20, 2017 171
އަދީބު ބޭރަށް ފޮނުވައިފި ނަމަ ފިލާފާނެ: ސަރުކާރު

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވައިފި ނަމަ ފިއްލެވުމުގެ ފުރުސަތު ބޮޑު ކަމަށާއި...

17 ޖޫން

June 17, 2017 27
އަދީބަށް ފަރުވާ ނުދޭ މައްސަލަ އދ. އަށް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސިއްހީ ފަރުވާ އިން މަހްރޫމްކޮށްފައިވާ މައްސަލަ އދ. އަށް ހުށަހަޅައިފި އެވެ.

15 ޖޫން

June 15, 2017 68
މީޑިއާނެޓް 500،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާ އިން ތައްޔާރުކުރި ތަހުގީގީ ރިޕޯޓު، ރީބްރޯޑްކާސްޓް ކުރި މައްސަލާގައި 500،000 ރުފިޔާ އިން މީޑިއާނެޓް ޖޫރިމަނާ ކޮށްފި އެވެ.

01 ޑިސެމްބަރ

December 01, 2016 40
ޚިޔާނާތުގެ ފައިސާ ހޯދަނީ ކޮން ގޮތަކުން؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިވެގެން، ރާއްޖޭގެ ފަޅުރަށްތަކާއި ފަޅުތަކާއި ފަރުތައް އެކި މީހުންނަށް ވިއްކައިގެން ހިންގި ޖަރީމާއަކީ ރާއްޖޭގެ ތާރީޚް ދުށް އެންމެ ބޮޑު ޚިޔާނަތާއި ކޮރަޕްޝަންގެ މައްސަލަ އެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުރެ އެހެން ބަޔަކާ ގުޅިގެން...

10 ސެޕްޓެމްބަރ

September 10, 2016 81
އަދީބު ހޮން ކޮންގުގައި އޮފްޝޯ ކުންފުންޏެއް ހެއްދެވި!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޮން ކޮންގްގައި އޮފްޝޯ ކުންފުންޏެއް ހެއްދެވިކަން ހާމަވެއްޖެ އެވެ.