25 ފެބުރުއަރީ

February 25, 2020 23
މިނިވަން 50 ހޭވުމުން ފެނުނީ ހުދު ވަލެއް: އުމަރު

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ހިންގި މިނިވަން 50ގެ ހަރަކާތްތައް ކޮރަޕްޝަނާ ގުޅުވައި އޭނާ މަޅިއެއްގައި ބެއްދޭތޯ ދެ ސަރުކާރުން ބަލައި ހޭވުމުން ވެސް ފެނުނީ ހުދު ވަލެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

24 ފެބުރުއަރީ

February 24, 2020 29
މިނިވަން50 ކޮރަޕްޝަންގެ ހާއްޔަކަށްވެ 87 މައްސަލަ!

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ކުރީގެ ސަރުކާރުން ހިންގި މަޝްރޫއުގައި އެކި ފަރާތްތަކާ ހަވާލުކުރި މަސައްކަތްތަކާ ގުޅޭ ގޮތުން ޖުމްލަ 87 މައްސަލަ ހުށަހެޅި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

20 ފެބުރުއަރީ

February 20, 2020 21
ހުޅުމާލެ ޕްރީ ސްކޫލާ ގުޅޭ ޝަކުވާތަކެއް އޭސީސީއަށް

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީ ސްކޫލާ ގުޅޭ ޝަކުވާތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

18 ފެބުރުއަރީ

February 18, 2020 45
ޓީއެމްއޭ އުދުއްސަން އެމްއޭސީއެލްގެ ބޮޑެތި ގޯސްތައް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް 2017 ގައި އެމްއޭސީއެލުން ފެށީ ވެސް އެތަން ހިންގުން އޮޕަރޭޓަރުންނަށް ދޫކޮށްލުމުގެ ވިސްނުމާ އެކުގައި ކަމަށާއި މި ވިސްނުމުގައި ދައުލަތަށް ބޮޑު ގެއްލުމެއް ލިބި، ޓީއެމްއޭ އަށް ފައިދާވާ ގޮތަށް ގިނަ ކަންކަން ހިންގާފައިވާ ކަން ފާހަގަކުރެވޭ ކަމަށް އެންޓި ކޮރަޕްޝަން...

17 ފެބުރުއަރީ

February 17, 2020 18
މަޖިލީހުގައި އޮތީ ސިއްރު ރިޕޯޓެއް ނޫން: އޭސީސީ

އެމްއޭސީއެލުން ބޮޑު ހޭދައެއްކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ ސީޕްލޭން ޓާމިނަލް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޓީއެމްއޭ އަށް ދޭން އުޅޭ ކަމަށް ހުށަހެޅި...

February 17, 2020 38
އޭސީސީގެ އަމަލުތައް ގޯސް: އާޒިމް

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ދައްކަވާ ވާހަކަތަކުގެ ތަހުގީގު އަވަސްކޮށް، ކުރީގެ ސަރުކާރުގައި މިނިސްޓަރުންނާ ހިސާބުން ފެށިގެން ތަރުތީބުވެ ހިންގާފައިވާ ވައްކަމުގެ...

16 ފެބުރުއަރީ

February 16, 2020 83
އަލީ ވަހީދާއި އަަސްހަދު ކޮރަޕްޝަންގެ ސައްލާއެއްގައި؟

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ، ކޮރަޕްޝަންގެ ސައްލާއެއް ކުރައްވާ އަޑު އިވޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ލީކްކޮށްލައިފި އެވެ.

15 ފެބުރުއަރީ

February 15, 2020 70
ޓީއެމްއޭއަށް ލަފާދޭ ކުންފުނީގައި ޝައުނާގެ މަސްލަހަތު

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ލަފާދޭ ކުންފުންޏެއްގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާގެ ހިއްސާ ނެތަސް، އޭނާގެ ފިރިކަލުން އޭގައި އުޅުއްވާތީ އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ބުނެ ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.

14 ފެބުރުއަރީ

February 14, 2020 59
"އެއްބާރުލުން ދޭނަން، މައްސަލަ އަވަހަށް ނިންމައިދީ"

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ދޫކުރުމުގައި، އޭސީސީ އަށް ތުހުމަތު ކުރެވޭ ޖިނާއީ ކަންކަން ތަހުގީގު ކުރުމުގައި އެ ކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

13 ފެބުރުއަރީ

February 13, 2020 86
ޓާމިނަލް ދޭން އުޅުނީ ގެއްލުމުގައި، ޖިނާއީ ތަހުގީގެއް

އާ ސީ ޕްލޭން ޓާމިނަލުން ލައުންޖް ހަދަން ޖާގަ ކުއްޔަށް ދޫކުރަން އޮޕަރޭޓަރުންނާ އެކު އެމްއޭސީއެލް އިން މަޝްވަރާކުރަމުން އަންނަނީ މިހާރު ޖާގަ ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްގައި ކަމަށާއި އަކަ މީޓަރަކަށް މަހަކު 10.35 ޑޮލަރުގެ ރޭޓުން ދީފި ނަމަ އަހަރަކު 55 މިލިއަން ޑޮލަރުގެ ގެއްލުމެއް ދައުލަތަށް ވާނެ ކަމަށް އެންޓި...

12 ފެބުރުއަރީ

February 12, 2020 18
ޓީއެމްއޭއަށް ޓާމިނަލް ދޭން ނިންމި ގޮތާ އޭސީސީ ދެކޮޅު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލް، ޓީއެމްއޭ އަށް ދެ އަހަރުގެ މުއްދަތަށް ކުއްޔަށް...

February 12, 2020 19
އެމްއެމްޕީއާރުސީގެ ލިސްޓާމެދު ގޮތެއް ނިންމަންޖެހޭ: ޕީޖީ

މޯލްޑިވްސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވަގަށް ނެގި 3.3 ބިލިއަން ރުފިޔާ އިން މަންފާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓާ މެދު ގޮތެއް ނިންމަން...

05 ފެބުރުއަރީ

February 05, 2020 33
ޓާމިނަލް ދިނުން ގޯސް، މައްސަލަ ބަލަން ޖެހޭ: އުޝާމް

އެމްއޭސީއެލް އަށް ލިބެން އޮތް ބޮޑު ފައިދާއެއް ގެއްލޭ ގޮތަށް، އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް ޓީއެމްއޭ އަށް ދޭން ސަރުކާރުން ނިންމުމަކީ ގޯހެއް ކަމަށާއި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

February 05, 2020 9
ނިހާދު، އޭސީސީއަށް ގެންދާ މައްސަލައިގެ ކޮމިޓީ ސިއްރު

އައްޑޫ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އެންގި މައްސަލަ ބެލުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ...

February 05, 2020 9
މެމްބަރު ނިހާދު އޭސީސީ އަށް ހާޒިރު ކުރަނީ

ސ. ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން...

30 ޖެނުއަރީ

January 30, 2020 31
ޕެންޝަން އޮފީހަށް ސީއީއޯއެއް ހޯދުން މައްސަލައަކަށް!

ޕެންޝަން އޮފީހަށް ސީއީއޯއަކު އައްޔަންކުރުމުގައި ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހިމެނޭ ކަންތައްތަކެއް ހިނގާ ކަމަށް ތުހުމަތުކޮށް މައްސަލަ ބަލައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމިއްލަ މީހަކު އިއްޔެ ހުށަހަޅައިފި އެވެ.

21 ޖެނުއަރީ

January 21, 2020 13
ކަންބޮޑުވުންތަކާއެކު އޭސީސީ މެމްބަރުން ރައީސް އަރިހަށް

އޭސީސީ އަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުފޫޒު ނުފޯރުވުމަށް ރައީސް އެދިވަޑައިގެންފި އެވެ. އެމަނިކުފާނު މިހެން އެދިވަޑައިގަތީ އޭސީސީގެ މެމްބަރުންނާ އެކު ރައީސް މިއަދު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

16 ޖެނުއަރީ

January 16, 2020 10
ރައީސްގެ ކަންބޮޑުވުމާ ގުޅިގެން އޭސީސީން މަޝްވަރާ އަށް

މަޝްރޫއުތައް ލަސްވާ ގޮތަށް އަމަލު ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައިވާތީ އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ މިއަދު ވިދާޅުވެއްޖެ އެވެ.

15 ޖެނުއަރީ

January 15, 2020 28
އޭސީސީއާ ހެދި މަޝްރޫއު ލަސްވިޔަ ނުދޭން އެދިވަޑައިގެންފި

ކޮރަޕްޝަނާ ދެކޮޅަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ގާނޫނީ ޒިންމާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަދާކުރާ އިރު، މަޝްރޫއުތައް ލަސްވާނެ ގޮތަށް އަމަލު ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އެދިވަޑައިގެންފި އެވެ.

14 ޖެނުއަރީ

January 14, 2020 26
ބުންޔާމީނަށް ތުހުމަތުކުރާ 48 މިލިއަންގެ މައްސަލައެއް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ ސީއީއޯ އަހްމަދު ބުންޔާމީނަށް ތުހުމަތުކުރާ 48 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއްގެ މައްސަލައެއް ބަލައި ދިނުމަށް އެދި އެ ކުންފުނިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވައިފި އެވެ.

22 ޑިސެމްބަރ

December 22, 2019 20
9 އެއްބަސްވުމަކުން ބަދަލު ދިން ގޮތް އެބަބަލަން:އޭސީސީ

ގާނޫނާ ޚިލާފަށް އުވާލި ކަމަށް ބުނާ އެއްބަސްވުންތަކުން ބޮޑެތި ބަދަލުތަކެއް ދީފައިވާ ނުވަ މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

12 ޑިސެމްބަރ

December 12, 2019 22
އަނިލްގެ ރިޝްވަތުގެ މައްސަލައެއް އޭސީސީއަށް

އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކުރާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ ހުށަހަޅައިފި އެވެ.

11 ޑިސެމްބަރ

December 11, 2019 21
އިބޫ އަށް ފިޔަވަޅު ނާޅަނީ ޝަކުވާއެއް ނުލިބޭތީ: ހޫދު

ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާ ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އާ މެދުގައި ފިޔަވަޅު ނާޅައި އޮތީ މިހާތަނަށް އައި އިރު، އޭނާއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ރައީސް އޮފީހަށް ލިބިފައި ނުވާތީ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.