13 އޮކްޓޯބަރ

October 13, 2016 14
ކޮރަޕްޝަން ހާމަކުރާ މީހުންނަށް އޭސީސީގެ ހިމާޔަތް

ކޮރަޕްޝަންގެ ކަންކަމުގެ މައުލޫމާތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހިއްސާކުރާ ފަރާތްތައް ނުވަތަ ވިސްލް ބްލޯވާސް އަށް ހިމާޔަތް ދިނުމާ އެކު އެ ފަރާތްތަކަށް ދައުވާ ނުކުރާ ގޮތަށް ހަމަޖައްސައި، އެކަމުގެ އުސޫލަށް އަމަލުކުރަން ފަށައިފި އެވެ.

10 އޮކްޓޯބަރ

October 10, 2016 8
ފެނަކަ 17 މިލިއަން ރުފިޔާގެ މައްސަލަ އޭސީސީން ބަލަނީ

ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން ވެގެން ދިން 17 މިލިއަން ރުފިޔާ އަށް ވީ ގޮތް ނޭނގުމާއި ޑޮލަރު ވެސް ލިބޭ ގޮތް ނުވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އިން ތަހުގީގުކުރަން ފަށައިފި އެވެ.

02 އޮކްޓޯބަރ

October 02, 2016 19
ޑޮކިއުމެންޓްރީއާ ގުޅިގެން އަދީބާ އޭސީސީން ސުވާލު ކޮށްފި

ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން އާއްމު ކުރި ޑޮކިއުމެންޓްރީގައިވާ ކަންކަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ކޮރަޕްޝަންގެ ތަހުގީގު ތެރޭގައި ހިމަނައި އެ ތުހުމަތުތަކާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަދީބާ މިދިޔަ ބުރާސްފަތި ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން...

20 ސެޕްޓެމްބަރ

September 20, 2016 30
ބޭނުންވާ މައުލޫމާތު ޑޮކިއުމެންޓްރީގައި އެބަހުރި: އޭސީސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި އެބަހުރި ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.

02 ސެޕްޓެމްބަރ

September 02, 2016 20
ފައިސާ ދައްކަން ޖެހޭ ކަމަށް ޝަހީދު ގަބޫލެއް ނުކުރައްވާ

ފިނޭންސް މިނިސްޓްރީން އެންގި ގޮތަށް ދައުލަތަށް އަނބުރާ ފައިސާ ދެއްކެވި ނަމަވެސް އެއީ ދައްކަވަން ޖެހޭ ފައިސާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެމްޑީޕީގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

01 ސެޕްޓެމްބަރ

September 01, 2016 13
ފައިސާ ދެއްކީ ޑރ. ޝަހީދު އެކަނި: ފިނޭންސް

ދައުލަތަށް އަނބުރާ ފައިސާ ދައްކަން ފިނޭންސް މިނިސްޓްރީން އެންގި ހަތް ބޭފުޅުންގެ ތެރެއިން، މިހާތަނަށް ފައިސާ ދެއްކީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އެކަނި ކަމަށް އެ މިނިސްޓްރީން މިރޭ ބުނެފި އެވެ.

31 އޯގަސްޓް

August 31, 2016 1
އިފާޑް މަޝްރޫއަށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

އިންޓަނޭޝަލް ފަންޑް ފޯ އެގްރިކަލްޗާ ޑިވެލޮޕްމަންޓް (އިފާޑް) ގެ ލޯނު އެހީގައި ހިންގި ބައެއް މަޝްރޫއުތަކަށް ފިޝަރީޒް މިނިސްޓްރީން ފައިސާ ދެއްކުމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

29 އޯގަސްޓް

August 29, 2016 35
އީދަށް ޚަރަދުކޮށްފި ނަމަ ފިޔަވަޅު އަޅާނަން: އޭސީސީ

ހދ. ހަނިމާދޫގައި އަންނަ ބޮޑު އީދު ކުލަ ގަދަކޮށް ފާހަގަކުރަން ބޮޑު ހޭދައެއް ކުރަން ރަށު ކައުންސިލުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށާއި އެ ފައިސާ ޚަރަދުކޮށްފި ނަމަ ގާނޫނީ ފިޔަވަޅު...

August 29, 2016 4
"ބިތުފަންގި 2" ގެ ނިމުން ފާހަގަކޮށްފި

"ބިތުފަންގި 2" ގައި 29 މައުލޫއަކަށް އަލި އަޅުވާލައި، 13 އެޕިސޯޑް ގެނެސްދިން. މި ޑްރާމާގައި 108 އެކްޓަރުންނާއި 29 ކްރޫން މަސައްކަތް ކުރި.

27 އޯގަސްޓް

August 27, 2016 27
ހަނިމާދޫގައި އީދަށް އަނެއްކާ 9 ލައްކަ ކަނޑައަޅައިފި

އަންނަ ބޮޑު އީދަށް ހަނިމާދޫ ޒީނަތްތެރިކޮށް، ކުޅިވަރުތައް ކުޅުމަށް ކައުންސިލުން ނުވަ ލައްކަ ރުފިޔާ ކަނޑައެޅުމުން އެ ފައިސާ ހަރަދު ނުކޮށް މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވަނިކޮށް އަނެއްކާ ވެސް އިތުރު ނުވަ ލައްކަ ރުފިޔާ ހަރަދު ކުރުމަށް ކައުންސިލުން ފާސްކޮށްފި އެވެ.

25 އޯގަސްޓް

August 25, 2016 1
ނަޒީމަށް އަނެއްކާވެސް ދައުވާކުރަން ފޮނުވައިފި

ޖުމްހޫރީ މައިދާން ތަރައްގީ ކުރިއިރު އެތަނުގެ ބައެއް މަސައްކަތްތައް އަމިއްލަ ފަރާތަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ބުނެ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

22 އޯގަސްޓް

August 22, 2016 5
ބިމެއް ދިނުމުން ކުރީގެ ކައުންސިލަރަކަށް ދައުވާކުރަނީ

ގދ. ތިނަދޫން އެމްޑީޕީއަށް ބިމެއް ދޫކުރި މައްސަލާގައި އެ ރަށު ކައުންސިލްގެ ކުރީގެ ރައީސްގެ މައްޗަށް ޖިނާއީ ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

21 އޯގަސްޓް

August 21, 2016 1
މައުމޫން ދެއްވި ލޯނު ފަސްކުރުމުގައި ކޮރަޕްޝަނެއް ނެތް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ ޚާއްސަ އިނާޔަތުގެ ދަށުން އެކި ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ދިން މުއްދަތު އިތުރު ކުރުމުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

14 އޯގަސްޓް

August 14, 2016 26
ހިޔާނާތުގެ ރިޕޯޓް އޭސީސީ މެމްބަރުން ދިރާސާކުރަނީ

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތާ ގުޅިގެން އޭސީސީން ކުރި ތަހުގީގު ނިންމައި އެ ކޮމިޝަންގެ މެމްބަރުން ރިޕޯޓް ދިރާސާކުރަން ފަށައިފި އެވެ.

21 ޖުލައި

July 21, 2016 32
ރައީސް އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލާގައި އަދީބާ ސުވާލުކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ގިނަ އަދަދެއްގެ ފައިސާ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލުކޮށްފި އެވެ.

05 ޖުލައި

July 05, 2016 41
އޭސީސީގައި މައުމޫންގެ މައްސަލައެއް ނެތް

ކޮރަޕްޝަންގެ ތުހުމަތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވި ނަމަވެސް މައުމޫންގެ އެއްވެސް މައްސަލައެއް އޭސީސީން ބަލަމުން ނުދާކަން އެނގިއްޖެ އެވެ.

July 05, 2016 24
މައުމޫން އޭސީސީއަށް ހާޒިރުކުރެވިގެން ނުވާނެ: ނިހާން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގެ މައްސަލާގައި މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް...

July 05, 2016 96
މައުމޫން އޭސީސީއަށް ހާޒިރުކުރަން ނިންމައިފި

ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަން ނިންމައިފި އެވެ.

02 ޖުލައި

July 02, 2016 29
އޭސީސީ އަށް ބޮޑެތި ބާރުތަކެއް ހޯދަން ހުށަހަޅައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް އޭސީސީގެ ގާނޫނަށް އިސްލާހު ގެންނަން އެ ކޮމިޝަނުން އެޓާނީ ޖެނެރަލަށް ހުށަހަޅައިފި އެވެ.

28 ޖޫން

June 28, 2016 83
ރިޝްވަތުގެ ތަހުގީގު ކުރާތީ އޭސީސީ އަށް އިންޒާރު ދީފި

ރަށްްތައް ދޫކޮށްގެން ވަގަށް ނެގި ފައިސާ މަޖިލީހުގެ މެމްބަރުންނަށް ބެއްސެވި ކަމަށް ވިދާޅުވި މެމްބަރާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ސުވާލު ކުރަން ނިންމުމުން ޕީޕީއެމްގެ ބައެއް މެމްބަރުން ނުރުހުން ފާޅުކުރައްވައި އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ދެއްވައިފި އެވެ.

27 ޖޫން

June 27, 2016 18
"ބްރިޖާއި އެއާޕޯޓުގައި ކޮރަޕްޝަން ހިމެނޭތޯ ބަލާނަން"

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި މައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ހިނގާފައި ވޭތޯ ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބުނެފި އެވެ.

23 ޖޫން

June 23, 2016 20
ބިޑަށް ނުލާ މަޝްރޫއުތައް ނުހިންގަން އޭސީސީން ލަފާ ދީފި

ސަރުކާރުން ހިންގާ މަޝްރޫއުތައް ބިޑު ކުރުމެއް ނެތި ކުރިއަށް ގެންދެވޭ ގޮތަށް ގަވާއިދަށް ގެނެސްފައިވާ އިސްލާހު އުވާލައި، ވާދަވެރި ބީލަމަކަށް ގޮސްގެން ނޫނީ ބޮޑެތި މަޝްރޫއުތައް ނުހިންގޭނެ ގޮތް ހެދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ސަރުކާރަށް މިއަދު ލަފާ ދީފި އެވެ.

13 ޖޫން

June 13, 2016 97
ފަސް މިނެޓް: މި ފަހަރު ވެސް އަދީބުތޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތަކީ ރާއްޖޭގައި މިހާތަނަށް ހިންގި ކޮރަޕްޝަންގެ އެންމެ ބޮޑު ވައްކަން ކަމުގައި ބުނެވެ އެވެ. ދައުލަތުގެ ބަޖެޓަށް ވަންނަން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް، ބައެއްގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްގެން ބޭނުންކުރި މައްސަލައިގައި މިހާރު ވަނީ...