03 ޖެނުއަރީ

January 03, 2018 56
ފެނަކައިގެ ޑޮލަރު މައްސަލައިން ނިމާލް ސަލާމަތްވެއްޖެ

ގަވާއިދާ ޚިލާފަށް ފެނަކަ ކޯޕަރޭޝަނަށް ޑޮލަރު ގަތް މައްސަލާގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އެތަނުގެ އެހެން އިސްވެރިންތަކެއްގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައި އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގައިފި އެވެ.

31 ޑިސެމްބަރ

December 31, 2017 20
ފްލެޓް ހަވާލުކުރިއިރު ވެސް އޭސީސީގެ ތަހުގީގު ނުނިމުނު!

މި ސަރުކާރުން 2014 ގައި ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ދޫކުރި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށް އެތަނުގައި ދިރިއުޅެން ފަށާއިރު ވެސް، އެ ފްލެޓްތަކާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަތަކުގެ ތަހުގީގެއް ނުނިމެ އެވެ.

14 ޑިސެމްބަރ

December 14, 2017 36
އެމްއާރުޑީސީގެ އެންމެ މުއާމަލާތަކުން ފެންނަ މަންޒަރު!

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަކީ ވެސް ކޮރަޕްޝަންގެ ވަކި އިންތިހާ އަށް ހިއްޕާލާފައި އަދި އެކަމުން ސަލާމަތް ނުވެވިފައިވާ އެއް ތަނެވެ. އެ ކުުންފުނިން ހިންގާ އެކި މުއާމަލާތްތަކާ ގުޅޭ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ހިންގާ އެކިއެކި ތަހުގީގު ތަކުން...

11 ޑިސެމްބަރ

December 11, 2017 32
މިނިވަން 50 ކޮމެޓީގައި ނުތިބެން: އޭސީސީ، އޮޑިޓް

ރާއްޖޭގެ މިިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތައް ހިންގުމަށް އުފެއްދި އެއްވެސް ކޮމެޓީއެއްގައި މަސައްކަތްކޮށްފައި ނުވާނެ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

10 ޑިސެމްބަރ

December 10, 2017 4
ކޮރަޕްޝަނުން ދުރުވާން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު ގޯސް ކަމަށާއި ކަމަށާއި ކޮރަޕްޝަނުން ސަލާމަތްވާން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ

07 ޑިސެމްބަރ

December 07, 2017 23
ނިމާލާއި އިތުރު ބަޔަކަށް ދައުވާ ކުރަން ޕީޖީއަށް

ފެނަކަ ކޯޕަރޭޝަނަށް ގަވާއިދާ ޚިލާފަށް ޑޮލަރު ގަތް މައްސަލާގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އެތަނުގެ އިސްވެރިންތަކަކަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

03 ޑިސެމްބަރ

December 03, 2017 24
ޝިފާއަށް ރިޝްވަތެއް ހުށައެއްނާޅާ، އެއީ ލިޔާ ވާހަކައެއް

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ޕާޓީ ބަދަލުކުރާ މަތިން އޭނާ އަށް ބަޔަކު ރިޝްވަތު ހުށަހަޅާފައިނުވާ ކަމަށާއި އެކަމާ ބެހޭ ގޮތުން އޭނާ ކުރެއްވި ޓްވީޓަކީ އޭނާ ލިޔަމުން ދިޔަ ވާހަކައެއްގެ ބައެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

12 ނޮވެމްބަރ

November 12, 2017 7
ދިރާގު ޓީވީއަށް ލައިސަންސް ދިނުމުގައި ކޮރަޕްޝަނެއްނެތް

ދިރާގު ޓީވީއަށް ރީ ބްރޯޑްކާސްޓިން ލައިސަންސް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

11 ނޮވެމްބަރ

November 11, 2017 48
"1 މިލިއަން ޑޮލަރު މައްސަލަ ލަންޑަނުގައި ބަލަންޖެހޭ"

މޯލްޑިވްސް އިސްލާމިކް ބޭންކް ގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ޖަމާކުރުމުގެ ތަހުގީގު ފުރިހަމަނުކޮށް، މައްސަލަ ފައިލްކޮށްގެން ނުވާނެ ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ޓީމު ލަންޑަނަށް ގޮސްގެން ނަމަވެސް އެކަން އިތުރަށް ބަލަން...

08 ނޮވެމްބަރ

November 08, 2017 25
ވޯޓު ހޯދަން ފައިސާ ނެގުމުގައި ވެސް ކޮރަޕްޝަނެއް ނެތް!

ރައްޔިތުންގެ މަޖިލީހުގައި 2008 ވަނަ އަހަރުން ފެށިގެން ނެގި ބައެއް ވޯޓުތަކަށް މަޖިލީހުގެ ބައެއް މެމްބަރުން މިލިއަނުން ފައިސާ ނެންގެވި މަންޒަރު ފެނިވަޑައިގެންނެވި ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް ވިދާޅުވި މައްސަލަ ތަހުގީގު ކުރުމަށް ފަހު، އެކަމުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)...

02 ނޮވެމްބަރ

November 02, 2017 58
32 މިލިއަން ހުށަހެޅި މީހެއް ފަލާހަކަށް ނޭނގެ:އޭސީސީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން އިނގުރައިދޫ ދާއިރާގެ މެމްބަރު އަހްމަދު ފަލާހަށް ރިޝްވަތު ހުށަހެޅީ ކާކު ކަމެއް އޭނާ އަށް...

November 02, 2017 58
ނުހައްގު މަހުޖަނުން، އެޅޭނެ ފިޔަވަޅެއް ނެތް!

ދައުލަތުގެ މުސާރަވެރިންގެ ތެރެއިން އެއް ބަޔަކު އަގުބޮޑު ކާރުތައް ގަނެފި އެވެ. އަނެއް ބަޔަކު ބޮޑެތި ވިޔަފާރި ފަށައިފި އެވެ. ބައެއް މީހުން މާލެއިން ބިން ގަންނަނީ ކަންމަތީ ފިހާރައަކުން...

01 ނޮވެމްބަރ

November 01, 2017 170
ރައީސަށް އެއް މިލިއަން ޑޮލަރު ޖަމާކުރި: އޭސީސީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތަކުން އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން...

November 01, 2017 16
ޝުޖޫނަށް ރިޝްވަތު ހުށަހެޅި މައްސަލާގައި ކޮރަޕްޝަން ނެތް

ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދަށް ރިޝްވަތުގެ ގޮތުގައި މީހަކު ފަސް މިލިއަން ޑޮލަރު ހުށަހެޅި ކަމަށް ބުނާ މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ފާހަގަނުވާ ކަމަށް...

18 އޮކްޓޯބަރ

October 18, 2017 3
ގިނައިން ބެލީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަ

އޭސީސީއިން މިއަހަރު ވެސް ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

October 18, 2017 39
ފްލެޓް ދިން ގޮތް ބަލަން އޭސީސީން ހައުސިން އަށް

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓްތައް ބެހީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ ހުށަހެޅި ޝަކުވާތައް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން...

25 ސެޕްޓެމްބަރ

September 25, 2017 76
ފެނަކަ "ދޮވެލީ" އެންމެންގެ ކުރިމަތީގައި!

ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ އިސް ވެރިންތަކެއް އެކި ފަރާތްތަކާ އެކު ޑީލްތައް ހަދައިގެން ޑޮލަރު ވިއްކުމާއި އެކި ޕްރޮޖެކްޓްތައް "ގާތް މީހުންނަށް" ފައިދާވާ ގޮތަށް ދޭކަމަށް ވާހަކަ ދެކެވޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަންކަން ކުރަމުން ދިޔައިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް އެތަނުގެ އެތައް މައްސަލައެއް ހުށަހެޅި އެވެ....

21 ސެޕްޓެމްބަރ

September 21, 2017 40
ފެނަކައިގެ ގިނަ މައްސަލަތައް އަންނަނީ ބަލަމުން: އޭސީސީ

ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުގައި ފެންމަތިކޮށްފައިވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއްގެ ތަހުގީގު އެ ރިޕޯޓުގެ މާ ކުރިން ވެސް ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

18 ސެޕްޓެމްބަރ

September 18, 2017 11
ދިއްދޫން ދޫކުރި ގެތަކުގެ މައްސަލަ ވެސް އޭސީސީއަށް

ހއ. ދިއްދޫގައި ސަރުކާރުން އަޅައިދީފައިވާ 140 ރޯހައުސް ބެހުމުގައި އިންސާފެއް ނެތް ކަމަށް ބުނެ، އެ ރަށު ކައުންސިލުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2017 27
ހުޅުމާލޭ ހޮސްޕިޓަލާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް!

ހުޅުމާލޭ ހޮސްޕިޓަލާ ގުޅޭ ކޮރަޕްޝަންގެ ދެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

16 އޯގަސްޓް

August 16, 2017 15
ރައީސްގެ ގެކޮޅަށް "ފައިސާ ވަތް" މައްސަލަ ހުށަހަޅައިފި

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުން، ހަލާލު ނޫން ފައިސާ އެމަނިކުފާނުގެ ގެކޮޅު، ދޫވެއްސަށް ވަތް ކަމަށް ރައީސް އަބްދުﷲ ޔާމީން "އިއުތިރާފްވެވަޑައިގެންފައި"ވާ ކަމަށް ބުނެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިދިކޮޅު ފަރާތްތަކުން މިއަދު ހުށަހަޅައިފި...

13 އޯގަސްޓް

August 13, 2017 43
ޕީޕީއެމް ޖަގަހަ ހަދާ މައްސަލަ އޭސީސީން ބަލަން ފަށައިފި

މާލޭހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި އޮންނަ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހަދަމުން އަންނަ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

01 އޯގަސްޓް

August 01, 2017 11
މައުމޫންގެ ބަޔާން އޭސީސީން ނަގައިފި

ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގެ އަށް ކުރި ޚަރަދުތަކާ ގުޅޭ ގޮތުން ނެރެފައިވާ އޮޑިޓް ރިޕޯޓުގެ މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ބަޔާން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނަގައިފި އެވެ.