17 ސެޕްޓެމްބަރ

September 17, 2020 18
ވެންޓިލޭޓަރު މައްސަލާގެ ތަހުގީގު ލަހެއް ނުވާނެ: އޭސީސީ

ކޮވިޑް-19ގެ ފަރުވާ އަށް ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދުމުގައި ގޯސްކޮށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތަހުގީގު ވަރަށް އަވަހަށް ނިމޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

16 ސެޕްޓެމްބަރ

September 16, 2020 34
އޮޑިޓް ހަދާފައި އޮތީ ރަނގަޅަށް ނުބަލާ: އެންޑީއެމްއޭ

ކޮވިޑް-19އާ ގުޅިގެން ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރި ހަރަދުތައް ބެލުމަށް އޮޑިޓް އޮފީހުން އޮޑިޓް ހަދާފައި ވަނީ ރަނގަޅަށް ނުބަލާ ކަމަށާއި، އޭގައި...

September 16, 2020 39
އަގުބޮޑުކޮށް ގަތް މުދަލުގެ ފައިސާ އަނބުރާ ހޯދިން

ކޮވިޑް-19ގައި މާލޭގައި ހާލުގައި ޖެހުނު މީހުންނާއި ކަރަންޓީން ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ގަތް ތަކެތީގެ އިތުރުވި ފައިސާ އަނބުރާ ހޯދާފައިވާނެ ކަމަށް ނެޝެނަލް ޑިސާސްޓާ...

15 ސެޕްޓެމްބަރ

September 15, 2020 92
ކެއުމަށް ހޭދަކުރި 9 މިލިއަނާ މެދު ސުވާލުއުފައްދައިފި!

ކޮވިޑް-19ގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (ދަރުބާރުގެ) އާއި ބައެއް ފެސިލިޓީތަކުގެ ކެއުންބުއިމަށް މިދިޔަ ޖެނުއަރީން މިދިޔަ ޖޫންގެ ނިޔަލަށް 17 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު އޭގެ ތެރެއިން ނުވަ މިލިއަން ރުފިޔާ އަށް ވީ ގޮތަކާ މެދު އޮޑިޓަ ޖެނެރަލް ސުވާލު އުފައްދަވައިފި އެވެ.

06 ސެޕްޓެމްބަރ

September 06, 2020 13
ބޭރުގައިތިބި މީހުންނަށް ފައިސާ ފޮނުވީ އެންސްޕާ އެދިގެން

ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދު ކުރުމުން ބޭރު ގައުމުތަކުގައި ތާށިވި ދިވެހިންނަށް ފައިސާ ފޮނުވީ، އެންސްޕާ އިން އެދިގެން، އެ އެޖެންސީ އަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށް އާސަންދަ ކުންފުނިން ރޭ ބުނެފި އެވެ.

24 އޯގަސްޓް

August 24, 2020 22
ނިޝާމާ އާއި އަސްލަމް ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް

ކޮވިޑް-19ގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ހިންގާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފެންމަތިކޮށްފައިވާ މައްސަލަތައް ބަލަން އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ނިޝާމާ އާއި ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް ކޮމިޓީ އަށް ހާޒިރުކުރަން އަމުރެއް ނެރެން...

20 އޯގަސްޓް

August 20, 2020 82
ކުންފުނި ހޮވީ ވަޒީރާއި މާލީ ޒިންމާދާރުވެރިޔާގެ މައުލޫމާތަށް

ރާއްޖެ އަށް 75 ވެންޓިލޭޓަރު ގެންނަން، ގެރެންޓީއަކާ ނުލައި 30 މިލިއަން ރުފިޔާ އެޑްވާންސަށް ދޫކުރި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ހޮވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވި މައުލޫމާތާއި މާލީ ޒިންމާދާރުވެރިޔާ އަހްމަދު އަސްލަމް ހުށަހެޅުއްވި މައުލޫމާތަށް ބިނާކޮށް ކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބިޑް ކޮމިޓީގެ...

August 20, 2020 12
ހެލްތުގެ ޚިޔާނާތް: އޭސީސީން ޕީޖީ އޮފީހާ މަޝްވަރާކޮށްފި

ކޮވިޑް-19ގެ ފަރުވާއަށް 149 ވެންޓިލޭޓަރު ހޯދުމުގައި ހެލްތު މިނިސްޓްރީ މެދުވެރިކޮށް ހިންގި ކޮރަޕްޝަން މައްސަލައިގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން...

August 20, 2020 70
ޚަޒާނާ ހުސްކުރާ ވަގުން ހިފަން ނުކުންނަން ވެއްޖެ:އަދުރޭ

މި ސަރުކާރުން ވެރިކަމަށް އައިސް މިވީ ދޮޅު އަހަރުގެ ތެރޭގައި ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ވައްކަން ކުރާ މަންޒަރުކަން އޮޑިޓް ރިޕޯޓްތަކުން ފެންނަން އެބައޮތް ކަމަށާއި އެ...

18 އޯގަސްޓް

August 18, 2020 51
އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާޖަމާކުރަން އުޅުނު!

ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް ގެރެންޓީއަކާ ނުލައި އެއްބަސްވުމުގެ 90 ޕަސެންޓަށްވާ ފައިސާ މާލިއްޔަތު ގަވާއިދާ ޚިލާފަށް ދޫކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް، އޭގެ ކުރިން އެ ފައިސާ އަމިއްލަ މީހެއްގެ ބޭންކް އެކައުންޓަށް ޖަމާކުރަން އުޅުނު ކަމަށް އޮޑިޓަ ޖެނެރަލްގެ...

August 18, 2020 14
ވެންޓިލޭޓަރު މައްސަލަ: އޭސީސީން އަމަލުކުރި ގޮތް ބަލަނީ

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގެނައުމުގައި ތުހުމަތު ކުރެވޭ ކަންތައް ބަލައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމަލުކުރި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ...

August 18, 2020 81
އޮޑިޓަ ޖެނެރަލަށް ފެނުނު ކޮރަޕްޝަން އޭސީސީއަށް ނުފެނޭ؟

ކޮވިޑް-19ގެ ފަރުވާ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ އަޑު ގަދަވީ، ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯ ކަޓުވާލައި ވަކި ބަޔަކަށް ދިން ކަމުގެ...

23 ޖުލައި

July 23, 2020 10
ހިދުމަތުގެ ބަދަލަށް ރަށްރަށް ނުދޭން އަންގައިފި

އެކިއެކި ޚިދުމަތް ދޭން ޝަރުތުކޮށް، ކުންފުނިތަކާ ސަރުކާރުން ކަންކަން ހަވާލު ކުރާއިރު، އެ ޚިދުމަތުގެ އަގު ކުޑަކުރުމުގެ ބޭނުމުގައި ރިސޯޓު ހިންގަން ރަށްރަށް ދިނުން ހުއްޓާލުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ އަންގަވައިފި އެވެ.

22 ޖުލައި

July 22, 2020 45
ދީބާޖާ އަށް ބަދަލު ނުދޭން އޮޑިޓަ ޖެނެރަލް އަންގައިފި

ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ނިންމާފައި ވިޔަސް، އެ ކުންފުންޏަށް އެ އުސޫލުން އެއްވެސް ފައިސާއެއް ނުދޭން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު އަންގަވައިފި އެވެ.

24 ފެބުރުއަރީ

February 24, 2020 51
ޒިކުރާ މިސްކިތް ހަވާލުކުރީ ބިމުގެ ރަޖިސްޓްރީ ވެސް ނެތި

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އިރު އެ މިސްކިތް އިމާރާތްކުރާ ބިމުގެ ރަޖިސްޓްރީއެއް ވެސް ނެތް ކަމަށާއި މިސްކިތް އަޅަން ހުށަހެޅި ޕްރޮޕޯސަލާއި އެއްބަސްވުން ވެސް ދިމާނުވާކަން އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

23 ފެބުރުއަރީ

February 23, 2020 133
ފައިސަލްގެ އައިނު ހައްދަން ބަޖެޓުން 72،000ރ

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ދަރިފުޅު ފައިސަލް އިބްރާހިމް، މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މަސައްކަތް ކުރެއްވި ދުވަސްވަރު، އޭނާ އާއި އަނބިކަނބަލުންގެ އައިނު ހެއްދުމަށް އެމްބަސީގެ ބަޖެޓުން 72،438ރ. ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފި އެވެ.

23 އެޕްރީލް

April 23, 2019 8
އެމްއެމްޕީއާރްސީގެ 3 ބިލިއަންގެ މުއާމަލާތް ކަށަވަރުނުވޭ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން 2015 ގައި ކުރި މުއާމަލާތްތަކުގައި ހިމެނޭ 3 ބިލިއަން ރުފިޔާއަކީ ސައްހަ އަދަދުކަން ކަށަވަރު ނުވާ ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.

13 ޖުލައި

July 13, 2018 23
ފޯނު ބިލަށް ދައުލަތުން ކުރި ހަރަދު އަސްލަމް ދައްކައިފި

އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފޯނު ބިލަށް ދައުލަތުން ޚަރަދުކުރި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ އޭނާ ދައުލަތަށް އަނބުރާ އިއްޔެ ދައްކަވައިފި އެވެ.

22 ފެބުރުއަރީ

February 22, 2018 12
ޖަލުގައި ހުންނެވި މައުމޫނާ އޭސީސީން ސުވާލުކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގެ މައްސަލާގައި އަންނަ ހަފްތާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމަނިކުފާނާ އަލުން ސުވާލު ކުރަން ނިންމައި، އެކަން އަންގައިފި އެވެ.

01 ފެބުރުއަރީ

February 01, 2018 7
އެއްބަސްވުމެއް ނެތި 19 މިލިއަން ރުފިޔާގެ ތަކެތި ހޯދި

އެއްބަސްވުމެއް ނެތި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޚިދުމަތާއި ތަކެތި ހޯދާފައިވާކަން ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

February 01, 2018
ދާންދޫގައި 87 ގެ އެޅުމަށް އިތުރު ތިން މިިލިއަަން ނެގި

ގއ. ދާންދޫގައި 87 ހައުސިން ޔުނިޓް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިތުރު ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށް ހައުސިން...

31 ޖެނުއަރީ

January 31, 2018 10
ދަރުބާރުގޭ ކުލިން ދެ މިލިއަން ރުފިޔާ ނުލިބި އެބައޮތް

އެކި ބޭނުންތަކަށް ދަރުބާރުގެ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ދެ މިލިއަން ރުފިޔާ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

12 ޑިސެމްބަރ

December 12, 2017 18
ދަރުބާރުގޭ މަރާމާތަށް ސިވެކަށް އިތުރު ތިން މިލިއަން!

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާއާ ގުޅިގެން ދަރުބާރުގޭގައި ޖާފަތް ބާއްވަން ކުރި މަރާމާތަށް ސިވެކުން އިތުރު ތިން މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުން ހާމަވެއްޖެ އެވެ.

10 ޑިސެމްބަރ

December 10, 2017 52
މިނިވަން 50ގެ ގިނަ ހަރަދުތައް ކުރީ ގަވައިދާ ހިލާފަށް

ރާއްޖޭގެ މިިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މާލޭގައި ހިންގި ހަރަކާތްތަކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އިރު، އެއީ މާލިއްޔަތު ގާނޫނާއި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.