16 ސެޕްޓެމްބަރ

September 16, 2020 39
އަގުބޮޑުކޮށް ގަތް މުދަލުގެ ފައިސާ އަނބުރާ ހޯދިން

ކޮވިޑް-19ގައި މާލޭގައި ހާލުގައި ޖެހުނު މީހުންނާއި ކަރަންޓީން ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ގަތް ތަކެތީގެ އިތުރުވި ފައިސާ އަނބުރާ ހޯދާފައިވާނެ ކަމަށް ނެޝެނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.

15 ސެޕްޓެމްބަރ

September 15, 2020 92
ކެއުމަށް ހޭދަކުރި 9 މިލިއަނާ މެދު ސުވާލުއުފައްދައިފި!

ކޮވިޑް-19ގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (ދަރުބާރުގެ) އާއި ބައެއް ފެސިލިޓީތަކުގެ ކެއުންބުއިމަށް މިދިޔަ ޖެނުއަރީން މިދިޔަ ޖޫންގެ ނިޔަލަށް 17 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު އޭގެ ތެރެއިން ނުވަ މިލިއަން ރުފިޔާ އަށް ވީ ގޮތަކާ މެދު އޮޑިޓަ ޖެނެރަލް ސުވާލު އުފައްދަވައިފި އެވެ.

09 ސެޕްޓެމްބަރ

September 09, 2020 24
ވެންޓިލޭޓަރު މައްސަލަ: ތަހުގީގަށް ސުވާލު ކުރަނީ

ކޮވިޑް-19ގެ ފަރުވާ އަށް ތިން ކުންފުންޏަކާ ހަވާލުކޮށްގެން 149 ވެންޓިލޭޓަރު ހޯދުމާ ގުޅޭ އޮޑިޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން ހިންގާ ތަހުގީގަށް ސުވާލު ކުރަން ފަށައިފި އެވެ.

06 ސެޕްޓެމްބަރ

September 06, 2020 13
ބޭރުގައިތިބި މީހުންނަށް ފައިސާ ފޮނުވީ އެންސްޕާ އެދިގެން

ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދު ކުރުމުން ބޭރު ގައުމުތަކުގައި ތާށިވި ދިވެހިންނަށް ފައިސާ ފޮނުވީ، އެންސްޕާ އިން އެދިގެން، އެ އެޖެންސީ އަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށް އާސަންދަ ކުންފުނިން ރޭ ބުނެފި އެވެ.

24 އޯގަސްޓް

August 24, 2020 22
ނިޝާމާ އާއި އަސްލަމް ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް

ކޮވިޑް-19ގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ހިންގާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފެންމަތިކޮށްފައިވާ މައްސަލަތައް ބަލަން އެ މިނިސްޓްރީގެ ބިޑް...

August 24, 2020 84
އެގްޒެކިއުޓާސްއަށް ފައިސާ ދިނީ އެއްބަސްވުމެއް ނެތި؟

ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް 75 ޕަސެންޓް ފައިސާ ދޫކުރީ އެއްބަސްވުމެއް ނެތި ކަން އިތުބާރު ހުރި ފަރާތަކުން "މިހާރު"އަށް ކަށަވަރުކޮށްދީފި...

19 އޯގަސްޓް

August 19, 2020 20
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އިސްނަގަންޖެހޭ: ހަސަން

ކޮރަޕްޝަންގެ މައްސަލަތައް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނުވަތަ އެހެން އިދާރާއަކުން ހާމަކުރަންދެން މަޑުނުކޮށް ސަރުކާރުން އިސްވެ އެ މައްސަލަތަައް ބަލައި ހުއްޓުވަން...

August 19, 2020 40
ހެލްތުގެ ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑު: ޒިޔަތު

ކޮވިޑް-19ގެ ފަރުވާ އަށް ރާއްޖެ އަށް ބޭނުންވި 149 ވެންޓިލޭޓަރު ބޭރުން ގެންނަން ވަކި ކުންފުނިތަކެއް ހޮވައި ބޮޑު އަގުގައި، މާލިއްޔަތު ގަވާއިދާ ޚިލާފަށް ހަވާލުކޮށް މާލީ ބޮޑެތި...

18 އޯގަސްޓް

August 18, 2020 51
އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާޖަމާކުރަން އުޅުނު!

ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް ގެރެންޓީއަކާ ނުލައި އެއްބަސްވުމުގެ 90 ޕަސެންޓަށްވާ ފައިސާ މާލިއްޔަތު ގަވާއިދާ ޚިލާފަށް ދޫކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް، އޭގެ ކުރިން އެ ފައިސާ އަމިއްލަ މީހެއްގެ ބޭންކް އެކައުންޓަށް ޖަމާކުރަން އުޅުނު ކަމަށް އޮޑިޓަ ޖެނެރަލްގެ...

16 އޯގަސްޓް

August 16, 2020 35
32 މިލިއަން ހޭދަކުރި ސާމާނަށް ވީ ގޮތެއް ނޭނގެ!

ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމަނައިގެން 32 މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީން ހޭދަކުރި ސިއްހީ ސާމާނުތަކަށް ވީ ގޮތް އެ މިނިސްޓްރީ އަށް ނޭނގޭތީ އެ ތަކެއްޗަށް ވީ ގޮތް ބަލައި ހިސާބުތައް ބަލަހައްޓަން އޮޑިޓަ ޖެނެރަލް އަންގަވައިފި އެވެ.

August 16, 2020 29
ވެންޓިލޭޓަރު ގެންނަން މެޑްޓެކާއި ނާޑަށް ދިންގޮތް ގޯސް!

ކޮވިޑް-19ގެ ހާލަތު ގޯސްވެދާނެތީ ވަސީލަތްތައް ހޯދައި ތައްޔާރުވެ ތިބުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ވެންޓިލޭޓަރުތައް ހޯދުން ކުރިއަށް ގެންދިޔައީ ދައުލަތަށް ގެއްލުންވެ، ވަކި...

August 16, 2020 348
ދުބާއީ ކުންފުންޏާ އެކު ހެލްތުން ސީދާ މަކަރާއި ހީލަތް!

ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު...

26 ޖުލައި

July 26, 2020 14
ބަދަލު ދިނުމުގައި ތަފާތުކުރުން ގެންގުޅޭ: ދީބާޖާ

ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ނިންމާފައި ވިޔަސް، އެ ކުންފުންޏަށް އެ އުސޫލުން އެއްވެސް ފައިސާއެއް ނުދޭން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އެންގެވުމަކީ އެ މައްސަލައިގައި ތަފާތު ކުރުން ގެންގުޅުން ކަމަށް ދީބާޖާ އިންވެސްޓްމަންޓުން މިއަދު ބުނެފި އެވެ.

23 ޖުލައި

July 23, 2020 10
ހިދުމަތުގެ ބަދަލަށް ރަށްރަށް ނުދޭން އަންގައިފި

އެކިއެކި ޚިދުމަތް ދޭން ޝަރުތުކޮށް، ކުންފުނިތަކާ ސަރުކާރުން ކަންކަން ހަވާލު ކުރާއިރު، އެ ޚިދުމަތުގެ އަގު ކުޑަކުރުމުގެ ބޭނުމުގައި ރިސޯޓު ހިންގަން ރަށްރަށް ދިނުން ހުއްޓާލުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ އަންގަވައިފި އެވެ.

24 ފެބުރުއަރީ

February 24, 2020 51
ޒިކުރާ މިސްކިތް ހަވާލުކުރީ ބިމުގެ ރަޖިސްޓްރީ ވެސް ނެތި

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އިރު އެ މިސްކިތް އިމާރާތްކުރާ ބިމުގެ ރަޖިސްޓްރީއެއް ވެސް ނެތް ކަމަށާއި މިސްކިތް އަޅަން ހުށަހެޅި ޕްރޮޕޯސަލާއި އެއްބަސްވުން ވެސް ދިމާނުވާކަން އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

23 ފެބުރުއަރީ

February 23, 2020 133
ފައިސަލްގެ އައިނު ހައްދަން ބަޖެޓުން 72،000ރ

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ދަރިފުޅު ފައިސަލް އިބްރާހިމް، މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މަސައްކަތް ކުރެއްވި ދުވަސްވަރު، އޭނާ އާއި އަނބިކަނބަލުންގެ އައިނު ހެއްދުމަށް އެމްބަސީގެ ބަޖެޓުން 72،438ރ. ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފި އެވެ.

27 ޑިސެމްބަރ

December 27, 2018 96
ތިލަފުށި ނުހިއްކުނު އެކަމަކު ހެވީލޯޑް މުއްސަނދިކޮށްދީފި

ތިލަފުށީގެ ދެ ވަނަ ފޭސް ހިއްކަން ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީ ލޯޑަށް ދިން މަޝްރޫއު ކުރިއަށް ނުގެންދެވިގެން އެގްރިމެންޓް ބާތިލްކުރިޔަސް، ކުރީގެ ސަރުކާރުން، 162 މިލިއަން ރުފިޔާ ޖެހޭ ވަރުގެ ބަދަލުތަކެއް ހެވީ ލޯޑަށް ދީފައިވާކަން ހާއްސަ އޮޑިޓުން ހާމަވެއްޖެ އެވެ.

17 އޮކްޓޯބަރ

October 17, 2018 27
އެޗްޑީސީގެ ހާއްސަ އޮޑިޓެއް ކުރަން ނިންމައިފި

ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދިނުމަށް ކުރި ކެމްޕޭނަށް، ގަވާއިދާ ޚިލާފަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު ހޭދައެއް ކުރި މައްސަލަ ބެލުމަށް ހާއްސަ އޮޑިޓެއް ކުރަން އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައިފި އެވެ.

10 އޮކްޓޯބަރ

October 10, 2018 9
ފެނަކައިގެ ބިލްތަކަށް 113 މިލިއަން ރުފިޔާ ނުލިބޭ

ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ހިދުމަތް ދިނުމަށް 2012 ވަނަ އަހަރު އުފައްދާފައިވާ ފެނަކަ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ އަގަށް، މިދިޔަ އަހަރާ ހަމައަށް 113 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަ އޮތް ކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

30 ސެޕްޓެމްބަރ

September 30, 2018 42
ހެކި ނައްތާލާކަމުގެ އަޑުތައް!

ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވުމާ އެކު ސަރުކާރުގެ އެކި އިދާރާތަކުން ބައެއް ލިޔެކިޔުންތައް ނައްތާލާކަމުގެ އަޑު މިވަނީ ގަދަވެފަ އެވެ. ތުހުމަތުކުރަނީ އާ ސަރުކާރުން ހަވާލުވުމުގެ ކުރިން، މި ސަރުކާރުގެ ކޮރަޕްޝަނާއި ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާފައިވާ އަމަލްތަކުގެ ހެކިތައް ނައްތާލަނީ ކަމަށެވެ.

20 ސެޕްޓެމްބަރ

September 20, 2017 35
ފެނަކައިން ތެޔޮ ގަތުމުގައި ވެސް ބޮޑެތި ކޮރަޕްޝަންތަކެއް

އެކި ރަށްރަށުގެ އިންޖީނުގެތައް ހިންގުމަށް ފެނަކަ ކޯޕަރޭޝަނުން ޑީސަލް ގަތުމަށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

September 20, 2017 15
ފެނަކައިގެ ޑޮލަރު މުއާމަލާތުން ދައުލަތަށް ގެއްލުން!

ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ ޑޮލަރު ގަތުމަށް ހިންގާފައިވާ މުއާމަލާތުތަކުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދީ، ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް...

17 އޯގަސްޓް

August 17, 2017 3
މަޖިލީހުގެ ސެކިއުރިޓީންނަށް 5.2 މިލިއަން ރުފިޔާ!

ސާޖެންޓް އެޓް އާމްސްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓި 22 މީހަކު އެއްވެސް ޒިންމާއެއް އަދާނުކުރަނީސް މުސާރައިގެ ގޮތުގައި 5.2 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.

22 ޖޫން

June 22, 2017 23
މައުމޫން އޭސީސީ އަށް ހާޒިރުވާން އަންގައިފި

ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓަކާ ގުޅޭގޮތުން ސުވާލު ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވެ ވަޑައިގަތުމަށް އަންގައިފި އެވެ.

20 އެޕްރީލް

April 20, 2017 22
ނުހައްގު މުއްސަނދިކަމަށް ފިޔަވަޅު އެޅެން ޖެހޭ: ޒިޔަތު

ނުހައްގު މުއްސަނދިކަން ނުވަތަ އިލިސިޓް އެންރިޗްމަންޓަކީ ރާއްޖޭގައި ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅައި އެފަދަ މީހުންނަށް ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރުވެރިކަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދޭން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ގޮވާލައްވައިފި އެވެ.