01 ޖުލައި

July 01, 2020 19
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ 4 ތަނެއް ފާސްކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން މާލެ ސަރަހައްދުގެ ހަތަރު ތަނެއް ބަލައި ފާސްކުރަން ފަށައިފި އެވެ.

28 ޖޫން

June 28, 2020 103
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަނެއްކާވެސް އިތުރު ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިއަދު އުފުލައިފި އެވެ.

23 ޖޫން

June 23, 2020 28
ތަހުގީގަށް އަތް ނުލެވޭނެ މީހަކު ނުހުންނާނެ: ކޮމިޝަނަރު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ތެރޭގައި ދައުލަތުގެ މަތީ މަގާމްތަކުގައި ކުރިން އަދި މިހާރު ތިއްބެވި ބޭފުޅުންނާއި އެ ނޫން ވެސް ނުފޫޒާއި ބާރުގަދަ ފަރާތްތަކެއް ހިމެނުނަސް ތަހުގީގުގައި ވަކި ބައެއްގެ މައްސަލަ ދޫކޮށް ނުލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ...

19 މެއި

May 19, 2020 12
ކޮރަޕްޝަން މައްސަލަތައް އަވަސް ކުރަން ހުށަހަޅަނީ

ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ރޯގާ އިން ފުލުހުން ރައްކާތެރިވުމަށް އެކަށީގެންވާ ވަރަށް ޕްރޮޓެކްޓިވް އިކްއިޕްމެންޓް ފުލުހުންގެ އިދާރާގައި ނެތް. ކޮވިޑް-19 އަށް ހާއްސަ ކޮށްފައިވާ ފުލުހުން، އެހެން ފުލުހުންނާއެކު އެއް ބެރެކްސްއެއްގައި ދިރިއުޅެން ޖެހިފައިވުން ވެސް ފާހަގަކޮށްފައިވޭ.

14 މެއި

May 14, 2020 23
އެމްއެމްޕީއާރުސީގެ ތަހުގީގުގެ ބައްދަލުވުން އޮންލައިންކޮށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އެކި އިދާރާތައް ގުުޅިގެން ހިންގަމުންދާ ތަހުގީގާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށައިފި އެވެ.

17 ފެބުރުއަރީ

February 17, 2020 19
އަލީވަހީދުގެ އޯޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަނީ

މި ސަރުކާރުގެ ވަޒީރުންތަކަކަށް ނިސްބަތް ކުރައްވައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަޑިހުތުރު ބަހުން ވާހަކަ ދައްކަވައި އަދި ކޮރަޕްޝަނާ ގުޅޭ ވާހަކަތަކެއް ދައްކަވާ އޯޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

26 ޑިސެމްބަރ

December 26, 2019 23
ފައިސާ ނަގަން އެދުމަކީ އިސްތިއުނާފަށް ހުރަސްއެޅުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަ ކުރުމުގެ ކުށުގައި ހިމެނޭ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އާއި އެ ފައިސާ ބޭނުން ކުރައްވައިގެން ލިބިވަޑައިގެންނެވި ފައިދާއެއް ވާ ނަމަ އެ ފައިދާ ވެސް، ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުމުން އެމަނިކުފާނުގެ ވަކީލުން މިއަދު...

03 ޑިސެމްބަރ

December 03, 2019 14
ޓެގްތައް ގެނައީ މާލިއްޔަތު ގަވާއިދާ ޚިލާފަށް: އޮޑިޓް

އުމަރު ނަސީރުގެ ހޯމް މިނިސްޓަރު ކަމުގައި، ނުރައްކާތެރި ކުށްވެރިންގެ ފައިގައި އެޅުވުމަށް ޓެގް ގެންނަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރީ ގަވައިދާ ހިލާފަށް ކަމަށް އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ 2016 ވަނަ އަހަރުގެ ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.

17 ނޮވެމްބަރ

November 17, 2019 23
އާ ބެންޗާ އެކު ޔާމީންގެ މައްސަލާގެ ހުކުމް 28 ގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ބަލަން އަލަށް އެކުލަވައިލި ފަސް ފަނޑިޔާރުންގެ ބެންޗާ އެކު އެ މައްސަލައިގެ އަޑުއެހުންތައް މިއަދު އަނެއްކާ ވެސް ނިންމާލައި، މި މަހުގެ 28 ވަނަ ދުވަހު ހުކުމް އިއްވަން ހަމަޖައްސައިފި އެވެ.

12 ނޮވެމްބަރ

November 12, 2019 35
ޔާމީންގެ ޝަރީއަތަށް ބެންޗެއް އެކުލަވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

28 އޮކްޓޯބަރ

October 28, 2019 4
ޕީޖީ ބިޝާމަށް ތުހުމަތުކުރާ މައްސަލައެއް އޭސީސީ އަށް!

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިން ކަމުގެ ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

22 އޮކްޓޯބަރ

October 22, 2019 6
ޚިޔާނާތުގައި ތުހުމަތު ކުރެވޭ ފުލުހުންގެ މައްސަލަ ބަލަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހުންގެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފި އެވެ. މީގެ ތެރޭގައި ފުލުހުންގެ އިސް ބައެއް އޮފިސަރުން ވެސް ހިމެނެ އެވެ.

01 ސެޕްޓެމްބަރ

September 01, 2019 1
މިއަހަރު ބެލި މައްސަލަތަކުން 188 މިލިއަން ލިބެންޖެހޭ

މިއަހަރުގެ ފުރަތަމަ ހަ މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި މައްސަލަތަކުގައި 188 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

31 ޖުލައި

July 31, 2019 15
ބީއެމްއެލަކީ އިތުބާރު ހިފޭ ތަނަކަށް ވާން ބޭނުން:ނަޝީދު

ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އިތުބާރު ހިފޭ ތަނަކަށް ވާ ތަން ދެކެން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އެ ބޭންކްގެ އާ ބޯޑަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަރުހަބާ ދަންނަވައިފި އެވެ.

29 ޖުލައި

July 29, 2019 36
"ނޮޓް ނެގޯޝިއަބްލް" ހަ ޗެކެއް ބީއެމްއެލުން ޖަމާކުރި

އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއަބްލް" ހަ ޗެކް ބީއެމްއެލުން އެސްއޯއެފަށް ޖަމާކުރިކަން، ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލިހަށް އަންގާފައިވާ ކަމަށް މަޖިލިހުގެ ރައީސް...

28 ޖުލައި

July 28, 2019 42
މަޖިލީހުން ހުށަހެޅި ޝަރީފްގެ މައްސަލަ ބަލަން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް، މާލިއްޔަތު ކޮމިޓީ އަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުން ހުށަހެޅި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

11 ޖުލައި

July 11, 2019 58
ޔާމީންގެ ޝަރީއަތެއް ނެތް، އޮތީ އިދާރީ ކަމެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން އޮތީ ޝަރީއަތުގެ އަޑުއެހުމެއް ނޫން ކަމަށާއި އެއީ އިދާރީ ކަމެއް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.

09 ޖުލައި

July 09, 2019 31
ޔާމީނާއި އާޒިމާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި

މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ހާޒިރުވާން އެ ބޭފުޅުންނަށް ޗިޓު ފޮނުވައިފި އެވެ.

07 ޖުލައި

July 07, 2019 36
ސީ ލައިފް މައްސަލަ އަށް ކޯޓުން ބޭރުގައި ހައްލެއް!

ފްލެޓް ގަންނަން ސީ ލައިފަށް ފައިސާ ދައްކައި ހާލުގައި ޖެހުނު މީހުންގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމުގެ މަޝްވަރާތައް ސަރުކާރުން ފަށައިފި އެވެ.

26 ޖޫން

June 26, 2019 44
ޔާމީން މިނިވަންވާ ތަން ދެކެން ބޭނުން: އަސްލަމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ލިބި، މިނިވަންވާ ތަން ދެކެވަޑައިގަންނަވަން ބޭނުންވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.