27 އޮކްޓޯބަރ

October 27, 2020 23
ޝަޒައިލް ސަސްޕެންޝަންގައި ހުންނަތާ އަހަރެއް!

ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތާ އެކު މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސްޕެންޑް ކޮށްފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

26 އޮކްޓޯބަރ

October 26, 2020 47
ދަރުމަވަންތަ އިމާރާތުގެ މައްސަލަ އަލުން ތަހުގީގުކުރަނީ

ބީލަމަށް ނުލައި، ކުރީގެ ސަރުކާރުގައި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމި މައްސަލަ އަލުން ތަހުގީގު ކުރަން ފަށައިފި އެވެ.

21 އޮކްޓޯބަރ

October 21, 2020 11
ވަގުތު ޖެހިއްޖިއްޔާ ޕީސީސީއާރު އުވާލަންވީ: އަސްއަދު

ކުރީގެ ސަރުކާރުގައި ހިންގި ޚިޔާނާތްތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން (ޕީސީސީއާރު) އުވާލާ ވަގުތު ޖެހިއްޖެ ނަމަ، މަސައްކަތްތައް އެންޓި ކޮރަޕްޝަން ކޮމިޝަނާ ހަވާލުކޮށް އުވާލިޔަސް މައްސަލައެއް ނެތް ކަަމަށް ޕީސީސީއާރުގެ ރައީސް އަހްމަދު އަސްއަދު މިއަދު ވިދާޅުވެއްޖެ އެވެ.

20 އޮކްޓޯބަރ

October 20, 2020 62
އޭސީސީގެ މެމްބަރުން ވަކިކުރަން ހުށަހަޅަނީ

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން މަގާމުން ވަކިކުރަން މިއަދު ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) މިއަދު ވިދާޅުވެއްޖެ އެވެ.

19 އޮކްޓޯބަރ

October 19, 2020 27
މެމްބަރުންގެ ބަސް: ހިޔާނާތްތައް ބެލުމުގައި ފެއިލްވެއްޖެ

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އޭރުގެ އިދިކޮޅު، މިހާރު ސަރުކާރު ހިންގާ ކޯލިޝަނުން އެންމެ ބޮޑަށް ދެއްކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެންމެ ބޮޑު ވައުދަކަށް ވީ އެކަންކަން ބަލައި، ދައުލަތަށް ގެއްލުނު ފައިސާ ހޯދައިދިނުމާއި...

14 އޮކްޓޯބަރ

October 14, 2020 4
އޭސީސީން ތަހުގީގުކުރުމުގެ އާ ގަވައިދު ގެޒެޓްކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އިން ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވައިދު އިސްލާހުކޮށް އާ ގަވައިދެއް އެ ކޮމިޝަނުން މިއަދު ގެޒެޓްކޮށްފި އެވެ.

13 އޮކްޓޯބަރ

October 13, 2020 4
ދީބާޖާ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މާދަމާ

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ...

October 13, 2020 38
"އޭސީސީ އަށް ބަލަން އެނގެނީ ކުދިކުދި މައްސަލަތައް"

ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ނުބެލޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ މެދު މިއަދު...

11 އޮކްޓޯބަރ

October 11, 2020 20
މާލީ ކަންކަން ބަލަހައްޓަން ހާއްސަ މަގާމެއް އުފައްދައިފި

ސަރުކާރުގެ އޮފީސްތަކުގެ މާލީ ކަންކަން ބެލެހެއްޓުމަށްޓަކައި، "ޗީފް އެކައުންޓްސް އެގްޒެކެޓިވް" ގެ ނަމުގައި ހާއްސަ މަގާމެއް އުފައްދައިފި އެވެ.

06 އޮކްޓޯބަރ

October 06, 2020 17
އަދީބުގެ ހުކުމާއެކު އިމްރާން ދެއްކެވީ މޭޑޭގެ ވާހަކަ!

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިއުތިރާފާ އެކު އިއްޔެ އިއްވި ހުކުމުން، މެއި، 1، 2015 (މޭޑޭ) ގެ މުޒާހަރާގައި އޭރުގެ ރައީސް...

October 06, 2020 39
އިއުތިރާފަކީ ފައިދާއެއްތަ؟ ގެއްލުނު ފައިސާ ކޮބާ؟

މުޅި ދައުލަތް ކިލަނބުކޮށްލި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން، ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވާ ގޮތުގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިއުތިރާފް...

05 އޮކްޓޯބަރ

October 05, 2020 19
އޭސީސީ މެމްބަރުން ވަކިކުރަން ގޮވާލައިފި

ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ނުބަލައި ކަމަށް ތުހުމަތުކޮށް އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާޖް މިއަދު ގޮވައިލައްވައިފި އެވެ.

30 ސެޕްޓެމްބަރ

September 30, 2020 4
އެންޑީއެމްއޭގެ އޮޑިޓުން ފެންމަތިވި މައްސަލަތައް ބަލަނީ

ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮޑިޓުން ފެންމަތިވި މައްސަލަތައް ދިރާސާކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

27 ސެޕްޓެމްބަރ

September 27, 2020 24
ކޮރަޕްޝަނާ ދެކޮޅަށް ނަތީޖާ ނެރެވޭނެ: ރައީސް އޮފީސް

ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނާ އެކު ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންގިލާބީ ބަދަލެއް އަންނާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން މިއަދު ދީފި އެވެ.

24 ސެޕްޓެމްބަރ

September 24, 2020 26
ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރަން ބަދަލު ގެނެސްފި

މާލިއްޔަތު ގަވާއިދުން ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރަން، އެ ގަވާއިދު މި ސަރުކާރުގައި ދެ ވަނަ ފަހަރަށް އިސްލާހު ގެނެސް ގެޒެޓުކުރަން ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

23 ސެޕްޓެމްބަރ

September 23, 2020 17
ކޮރަޕްޝަނަށް ހުޅުވޭ މާއްދާ އުވާލަން އަނެއްކާވެސް އެދެފި

ބީލަމަށް ހުޅުވާ ނުލައި މަޝްރޫއުތައް ހިންގަން ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގެނައި އިސްލާހާ އެކު، ކޮރަޕްޝަނަށް ހުޅުވިފައި އޮތް މާއްދާ އުވައިލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަނެއްކާވެސް ސަރުކާރުގައި އެދިއްޖެ އެވެ.

21 ސެޕްޓެމްބަރ

September 21, 2020 16
"ވައްކަމެއް ނުކުރަން، އޭސީސީއަށް ދިއުމަކީ ރޭވުމެއް"!

ފެނަކައާ ގުޅުން ހުރި ގިނަ މައްސަލަތަކެއް އޭސީސީ އަށް ހުށަހަޅައި އޭނާގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައި ވިޔަސް މަގާމުގައި ހުންނަވައި މިހާތަނަށް ހިންގެވި ވައްކަމެއް، ކޮރަޕްޝަނެއް އަދި ރިޝްވަތުގެ އަމަލެއް ވެސް ނޯންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

16 ސެޕްޓެމްބަރ

September 16, 2020 34
އޮޑިޓް ހަދާފައި އޮތީ ރަނގަޅަށް ނުބަލާ: އެންޑީއެމްއޭ

ކޮވިޑް-19އާ ގުޅިގެން ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރި ހަރަދުތައް ބެލުމަށް އޮޑިޓް އޮފީހުން އޮޑިޓް ހަދާފައި ވަނީ ރަނގަޅަށް ނުބަލާ ކަމަށާއި، އޭގައި ބައެއް މައުލޫމާތުތައް ހިމަނާފައި ނުވާ ކަމަށް ބުނެ އެންޑީއެމްއޭއިން އޮޑިޓް ރިޕޯޓު ދޮގުކޮށްފި އެވެ.

08 ސެޕްޓެމްބަރ

September 08, 2020 45
ކޮރަޕްޝަން ނުހިންގާ ކަމުގެ ޔަގީންކަން ދެން: ފައްޔާޒު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަސައްކަތް ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ބޭނުންވާ ގޮތަށް ކަމަށާއި މަޝްރޫއުތަކުގައި ކޮރަޕްޝަން ހިންގާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގްރޫޕުގައި ތުހުމަތުކޮށް، އާއްމުކުރި މެސެޖުތަކުގައި ހުރި ވާހަކަތައް ފައްޔާޒު މިއަދު ދޮގުކުރައްވައިފި އެވެ.

07 ސެޕްޓެމްބަރ

September 07, 2020 34
ވެބްފޮންޓެއިނާ ހަވާލުކުރުމުގައި ގޯހެއް ނުހަދަން:ފިނޭންސް

އޭޝިއަން ޑިވެލޮޕްމަންޓު ބޭންކް (އޭޑީބީ) ގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ ސިންގަލް ވިންޑޯ މަޝްރޫއުގައި މިސް ޕްރޮކިއުމެންޓެއް ހިނގާފައި އޮތަސް ކޮރަޕްޝަނެއް ނުވަތަ އެ ބޭންކުގެ އެންޓި ކޮރަޕްޝަން ޕޮލިސީއާ ޚިލާފު ކަމެއް ހިންގާފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

06 ސެޕްޓެމްބަރ

September 06, 2020 115
100 މިލިއަން ރުފިޔާގެ މަޝްރޫއު އޭޑީބީން ހުއްޓުވައިފި

އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލަން ފެށި 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް، ޝަރުތު ހަމަނުވާ ކުންފުންޏަކާ ހަވާލުކުރި މައްސަލަ ބަލައި އެ މަޝްރޫއު އަލުން ހުޅުވާލައިގެން ކުރިއަށް ގެންދަން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް...

25 އޯގަސްޓް

August 25, 2020 15
ކޮރަޕްޝަނާ ދެކޮޅުކަން ޚާރިޖީ ޓީމުން ދައްކައިފި: ޝާހިދު

ކޮވިޑް-19ގައި ފޮރިން މިނިސްޓްރީން ޚަރަދުކުރުމުގައި ގޯހެއް ހަދާފައި ނުވާ ކަން ޚާއްސަ އޮޑިޓުން އެނގުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންގުޅުއްވާ "ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް" ސިޔާސަތުގެ މަތީގައި ދެމިތިބިކަން ބަހާއި އަމަލުން ޚާރިޖިއްޔާގެ ޓީމުން ދައްކައިދިނުން ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު...