11 ޑިސެމްބަރ

December 11, 2019 21
އިބޫ އަށް ފިޔަވަޅު ނާޅަނީ ޝަކުވާއެއް ނުލިބޭތީ: ހޫދު

ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާ ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އާ މެދުގައި ފިޔަވަޅު ނާޅައި އޮތީ މިހާތަނަށް އައި އިރު، އޭނާއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ރައީސް އޮފީހަށް ލިބިފައި ނުވާތީ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

09 ޑިސެމްބަރ

December 09, 2019 27
ޝަޒައިލް ސަސްޕެންޝަންގައި، އިބޫ އަށް ފިޔަވަޅެއް ނާޅާ!

ކޮރަޕްޝަން ހިންގެވި ކަމަށް ތުހުމަތުކޮށް، މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސެޕްންޑްކޮށްފައި ހުރި އިރު، ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާ ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އަށް އަދި ފިޔަވަޅެއް ނާޅަ އެވެ.

07 ޑިސެމްބަރ

December 07, 2019 16
ބޯޓުގެ މައްސަލާގައި އިހުމާލުވިމީހުންނަށް ފިޔަވަޅު އަޅަނީ

ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓު ނަގައި ނައްތާލަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ޕާކަވަން ކުންފުންޏާ ހަވާލުކުރުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އާއި އެ ތަނުގެ ވެރިން އަމަލު ކުރައްވާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަަށާއި އެހެންވެ މި މައްސަލާގައި އިހުމާލުވާ އެންމެންނާ...

06 ޑިސެމްބަރ

December 06, 2019 22
އިބޫގެ ވާހަކަތައް ފިނޭންސުން ދޮގުކޮށްފި

ތިލަފުށި ފަޅުތެރެއިން ބޯޓު ނަގައި ނައްތާލަން ޕާކަވަން ކުންފުންޏާ ހަވާލުކުރީ ކޯޓުތަކުން ނެރުނު އަމުރުތަކާއި ފިނޭންސް މިނިސްޓްރީއާ އެކު ކުރި މުއާމަލާތްތަކާ އެއްގޮތަށް ކަމަށް ވިދާޅުވެ، ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އެކި ޕްލެޓްފޯމްތަކުގައި ތަކުރާރުކޮށް ދައްކަވާ ވާހަކަތައް ފިނޭންސް...

09 ނޮވެމްބަރ

November 09, 2019 20
ބޯޓު މައްސަލާގައި ކުންފުނީގެ އިހުމާލެއް ނެތް: އިބޫ

ތިލަފުށި ފަޅުގައި އެޅި ދަގަނޑު ބޯޓު ނަގަން ހަވާލުކުރި ޕާކަވަން ކުންފުނިން ހޯދަން އެދުނު މާލީ ބަދަލު، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ދޭން ޖެހޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ މަސައްކަތް ހުއްޓުވީ ފުލުހުން ކަަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) މިދިޔަ ހަފުތާގައި...

02 އޮކްޓޯބަރ

October 02, 2019 5
ގުދަންތައް ހެދުން އިއުލާންކޮށްގެން ހަވާލުކުރަން ލަފާދީފި

ތިލަފުށީގައި ކެމިކަލް ގުދަންތައް ހެދުން ބަޔަކާ ހަވާލުކުރުން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އަށް ލަފާދީފި އެވެ.

26 ސެޕްޓެމްބަރ

September 26, 2019 34
ބީލަމަށް ނުލާތީ ފާޑުކިޔުން! "މިއީ ޒީރޯ ޓޮލަރެންސް؟"

ތިލަފުށީގައި ކެމިކަލް ގުދަންތައް ހެދުން ބީލަމަށް ނުލައި ބަޔަކާ ހަވާލުކުރުމަކީ ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރަން މި ސަރުކާރުން ގެންގުޅޭ "ޒީރޯ ޓޮލަރެންސް" ސިޔާސަތުތޯ ސުވާލު އުފައްދައި، ފާޑުކިޔުން އަމާޒުވެއްޖެ އެވެ.