23 ޖުލައި

July 23, 2020 34
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ ތަހުގީގަށް ބޭނުންވާ މުހިއްމު ބައެއް މައުލޫމާތު ދައުލަތުގެ ބައެއް މުއަައްސާތަކުން ގެއްލުވާލާފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށް އެ މައްސަލަ ތަހުގީގުކުރާ އެސެޓް ރިކަވަރީ ކޮމިޝަނުން މިއަދު ބުނެފި އެވެ.

July 23, 2020 15
ޝަރީއަތް ނިމެންދެން އަދީބު ބަންދަށް

ކުރީގެ ނައިބު ރައީސް އަހުުމަދު އަދީބުގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

July 23, 2020 52
ރަށްތައް ވިއްކައިގެން 4 ބިލިއަން ރުފިޔާ ލިބެން ޖެހޭ

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ މާޒީން ތަޖުރިބާ ހޯދައިގެން ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށާއި އެ ހިޔާނާތް ހިންގިއިރު ދައުލަތުގެ މުޅި ސިސްޓަމް ވަނީ ފެއިލްވެފައި ކަމަށް...

22 ޖުލައި

July 22, 2020 10
"މާލީ އިދާރާތަކުން ޚިޔާނާތަށް ކަންކަން ތަރުތީބު ކުރި"

ނުބައި ނިޔަތަކާ އެކު މާލީ އިދާރާތަކުގެ ތެރެއިން އެެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގައިދޭން ކަންކަން ތަރުތީބުކުރި ކަން ތަހުގީގުން މިހާތަނަށް ފާހަގަވެފައިވާ ކަމަށާއި ތުހުމަތު...

July 22, 2020 26
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން 30 މީހެއްގެ ތަހުގީގު ބާރަށް ކުރިއަށް އެބަދާ ކަމަށާއި އެ މައްސަލަތައް ލިބުމާ އެކު...

20 ޖުލައި

July 20, 2020 28
ޕީޖީ ޝަމީމް އިސްތިއުފާ ދޭންޖެހޭ: އިދިކޮޅު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ މަސްލަހަތު ފުށުއަރާ ކަމަށާއި އޭނާ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.

08 ޖުލައި

July 08, 2020 57
ލިބުނީ ސިޔާސީ ކަންކަމަށް ހޯދި ފަސް މިލިއަން: ޔާމީން

ސިޔާސީ މަސައްކަތްތަކަށް ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށާއި އެކަމަކު އެއީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފައިސާ ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

02 ޖުލައި

July 02, 2020 5
ހިޔާނާތުގެ ހެކި ހޯދަން ހިންގާ އޮޕަރޭޝަން އަދި ނުނިމޭ

އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތް ވި މައްސަލައިގައި ކަމާގުޅޭ އިދާރާތަކުން ގުޅިގެން ތަހުގީގު ކުރާ މައްސަލައަކަށް ހެކި ހޯދަން ރޭ ފެށި ބަލައި ފާސްކުރުމުގެ އޮޕަރޭޝަން އަދި ނުނިމޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

28 ޖޫން

June 28, 2020 104
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަނެއްކާވެސް އިތުރު ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިއަދު އުފުލައިފި އެވެ.

25 ޖޫން

June 25, 2020 63
އެމްއެމްޕީއާރުސީ މައްސަލަ އަށް އިންސާފެއް ނުލިބޭނެ

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިމެނިވަޑައިގަންނަވާ ކަމަށް ތުހުމަތުކޮށް،...

June 25, 2020 26
ބޮޑު ހިޔާނާތާ ގުޅިގެން 5 ފުލުހަކު ވަޒީފާއިން އެކަހެރި

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުން މަންފާ ލިބުނު ފަސް ފުލުހަކު މަސްއޫލިއްޔަތުން ދުރުކޮށް އެ މީހުންގެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

23 ޖޫން

June 23, 2020 28
ތަހުގީގަށް އަތް ނުލެވޭނެ މީހަކު ނުހުންނާނެ: ކޮމިޝަނަރު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ތެރޭގައި ދައުލަތުގެ މަތީ މަގާމްތަކުގައި ކުރިން އަދި މިހާރު ތިއްބެވި ބޭފުޅުންނާއި އެ ނޫން ވެސް ނުފޫޒާއި ބާރުގަދަ ފަރާތްތަކެއް ހިމެނުނަސް ތަހުގީގުގައި ވަކި ބައެއްގެ މައްސަލަ ދޫކޮށް ނުލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ...

26 މެއި

May 26, 2020 7
ޚިޔާނާތުގެ މައްސަލަތަކަށް ވީގޮތް ބަލަން ޖޮއިންޓް ކޮމިޓީ

ރިޔާސީ ދެ ކޮމިޝަންގެ މަސައްކަތް ގޮސްފައިވާ ހިސާބު މަޖިލީހުން ބަލާނީ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ގުޅިގެން. މައްސަލަތަށް އަވަހަށް ނިންމަން މި ދެ ކޮމިޓީން މަސައްކަތް ކުރާނެ.

22 މެއި

May 22, 2020 169
ޔާމީން އެކަނި ޖަލަށްލުމުގެ އިންސާފެއް ނުވިސްނޭ: ނަޝީދު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށް ލައިގެން މާބޮޑު އިންސާފެއް ލިބޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ، ޔާމީނަށް ތައުރީފް ކުރައްވާފައިވާ ޓްވީޓްތަކެއް ރީޓްވީޓް ކުރެއްވި ސަބަބު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު...

14 މެއި

May 14, 2020 23
އެމްއެމްޕީއާރުސީގެ ތަހުގީގުގެ ބައްދަލުވުން އޮންލައިންކޮށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އެކި އިދާރާތައް ގުުޅިގެން ހިންގަމުންދާ ތަހުގީގާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށައިފި އެވެ.

05 މާޗް

March 05, 2020 30
ޔާމީނާ ސުވާލުކުރި ކުށާ މެދު ޚިޔާލު ތަފާތުވުމަކަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ހުކުމްކުރި މައްސަލައިގައި އެމަނިކުފާނާ ތަހުގީގުގައި ސުވާލުކުރި ކުށާ ގުޅޭގޮތުން، ދެ ފަރާތުގެ ވަކީލުންގެ ދެމެދުގައި ހައި ކޯޓުގައި މިއަދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެއްޖެ އެވެ.

12 ފެބުރުއަރީ

February 12, 2020 19
އެމްއެމްޕީއާރުސީގެ ލިސްޓާމެދު ގޮތެއް ނިންމަންޖެހޭ: ޕީޖީ

މޯލްޑިވްސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވަގަށް ނެގި 3.3 ބިލިއަން ރުފިޔާ އިން މަންފާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓާ މެދު ގޮތެއް ނިންމަން ޖެހިފައިވާ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

26 ޑިސެމްބަރ

December 26, 2019 64
ޔާމީން ލޯންޑަކުރެއްވި ފައިސާ ދައުލަތަށް ނަގަން އެދެފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަކުރެއްވުމުގެ ކުށުގައި ހިމެނޭ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އާއި އެ ފައިސާ ބޭނުންކުރައްވައިގެން ލިބިވަޑައިގެންނެވި ފައިދާއެއް ވާ ނަމަ އެ ފައިދާ ވެސް، ދައުލަތަށް ނެގުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

05 ޑިސެމްބަރ

December 05, 2019 29
ޚިޔާނާތުގެ ފައިސާ ނެގި އެންމެންނަށް ދައުވާކުރަން އެދެފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ މަންފާ ހޯދި މީހުން ރައްޔިތުންނަށް ސާފުކޮށްދީ، އެ މީހުންގެ މައްޗަށް ދައުވާކޮށް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

23 ނޮވެމްބަރ

November 23, 2019 53
"މި ސަރުކާރަށް އެމްއެމްޕީއާރުސީގެ މައްސަލަ ނުބެލޭނެ"

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ މައްސަލަ މިހާރުގެ ސަރުކާރަށް ނުބެލޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ގޮންޖައްސަވައިފި އެވެ.

25 އޮކްޓޯބަރ

October 25, 2019 25
ތަހުގީގީ އިދާރާތަކުން އަނިލްއާ ސުވާލު ކުރަނީ

އެމްއެމްޕީއާރުސީގެ ރަށްތައް ދޫކޮށްގެން ބޮޑު ޚިޔާނާތެއް ހިންގި އިރު އެކަން އެނގިވަޑައިނުގަންނަވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް ވިދާޅުވި ކުރީގެ ބަންޑާރަ...

October 25, 2019 35
ލުތުފީ ބިރުގަތީ "އޭނާ ފްރީޒްކޮށްފާނެތީ"!

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމުން، އެ އެކައުންޓް ފްރީޒް ކުރަން ނޭދުނީ، އޭނާ...

24 އޮކްޓޯބަރ

October 24, 2019 50
ފޮރުވި މަންޒަރާއި ހެކި ލިބިއްޖެ، އަދަދު 267 ގައި!

މުޅި ދައުލަތުގެ ތެރޭގައި އޮތީ ޚިޔާނާތުގެ މޫ ލައިފަ އެވެ! ރައްޔިތުންގެ 3.3 ބިލިއަން ރުފިޔާ ވަގަށް ނަގައި މަންފާ ލިބިގަތީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. އިންސާފު ގާއިމްކޮށްދެއްވަން ތިއްބެވި ފަނޑިޔާރުންނެވެ. ފުލުހުންނާއި ސިފައިންނެވެ. މިނިވަން...

23 އޮކްޓޯބަރ

October 23, 2019 17
ޚިޔާނާތުގައި ބައިވެރިވި ވަޒީރުން ދުރަށް ދާންޖެހޭ:އާޒިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގައި ބައިވެރިވި ކަމަށް ބުނާ ވަޒީރުން މަގާމުން ދުރަށް ދާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

October 23, 2019 29
ޚިޔާނާތުގެ ލިސްޓްގައި ގިނަވާނީ އެމްޑީޕީ މީހުން: ޝިޔާމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގެ "ހަގީގީ ތަހުގީގެއް" ކުރާ ނަމަ، ޚިޔާނާތުގެ ލިސްޓަށް އެންމެ...

October 23, 2019 14
ޚިޔާނާތުގެ ތަހުގީގު ހުއްޓުވަން ބަޔަކު އުޅޭ: އިލްޔާސް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ހުއްޓުވަން ބޭނުންވާ ބަޔަކު ފުލުހުންނާއި އެންޓި...

22 އޮކްޓޯބަރ

October 22, 2019 6
ޚިޔާނާތުގައި ތުހުމަތު ކުރެވޭ ފުލުހުންގެ މައްސަލަ ބަލަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހުންގެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފި އެވެ. މީގެ ތެރޭގައި ފުލުހުންގެ އިސް ބައެއް އޮފިސަރުން ވެސް ހިމެނެ އެވެ.