27 ނޮވެމްބަރ

November 27, 2018 24
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ތޮއްޔިބު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ތޮއްޔިބު މުހައްމަދު މިއަދު ހަމަޖައްސައިފި އެވެ.

20 ނޮވެމްބަރ

November 20, 2018 50
ކޮރަޕްޝަންގެ މޫތައް އާ ކޮމިޝަނަށް ލުހެލެވޭނެ؟

އެއީ، ކޮރަޕްޝަނާއި ޚިޔާނާތުގެ ތުހުމަތު އެޅިފައިވާ ސިޔާސީ ބާރުވެރިންނެވެ. ގާނޫނީ އިމުގެ ތެރެއިން އެ މީހުންގެ ގައިގައި އަތްލެވޭނެ ގޮތެއް ނޯވެ އެވެ. އޭގެތެރޭގައި، ނިމިގެން ދިޔަ ސަރުކާރުތަކުގެ އެންމެ މަތީ ފަންތިން ފެށިގެން، ރައްޔިތުންގެ މަޖިލީހާއި މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އުޅުއްވި ބޭފުޅުން ހިމެނެ އެވެ....

03 ނޮވެމްބަރ

November 03, 2018 60
އަޒީމާ އޭސީސީއަށް ހާޒިރުވާން އަންގައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގަކަށް ކުރީގެ ގަވަރުނަރު އަޒީމާ އާދަމް އޭސީސީއަށް ހާޒިރުވާން އަންގައިފި އެވެ.

31 އޮކްޓޯބަރ

October 31, 2018 46
"ގާސިމަކީ ކުށްވެރިއެއް ނޫން، ބަތަލެއް"!

އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތް ފަޅާއަރުވައިލި ގާސިމް އަބްދުލްކަރީމާ މެދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެކޭ ގޮތާ މެދު ހިތްހަމަނުޖެހި އޭނާގެ ދިފާއުގައި، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ތެދުވެއްޖެ އެވެ.

29 އޮކްޓޯބަރ

October 29, 2018 103
ގާސިމާ ދޭތެރޭ އަމަލުކޮށްފައި ވަނީ އެކަން އޮންނަ ގޮތަށް

އެމްއެމްއާރުސީގެ ޚިޔާނާތާ ބެހޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް މައުލޫމާތުތަކެއް ލީކުކޮށްލުމާ ގުޅިގެން، އޭނާ އާ ދޭތެރޭ ބޭންކުން ކަންތައްތައް ކޮށްފައި ވަނީ އުސޫލުތަކުގެ ތެރެއިން އެކަން އޮންނަ ގޮތަށް ކަމަށް ބުނެ އެ ބޭންކުން މުވައްޒަފުންނަށް މައުލޫމާތުތަކެއް ދީފި އެވެ.

03 އޮކްޓޯބަރ

October 03, 2018 16
ދެ އަހަރު ފަހުން ނިޔާޒު ވެސް ރާއްޖެ ވަޑައިގަންނަވަނީ

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާ އަރުވައިލުމުން ލިބުނު އިންޒާރުތަކާ ގުޅިގެން ސްރީލަންކާ އަށް ދިރިއުޅުން ބަދަލުކުރެއްވި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވަން ނިންމައިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2018 48
އެމްއެމްޕީއާރްސީ ކޮރަޕްޝަނާ ބެހޭ އާ ރިޕޯޓެއް ނެރެފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާ ގުޅޭ އާ ރިޕޯޓެއް ބޭރުގެ ޖަމިއްޔާއަކުން ނެރެފި އެވެ.

17 ސެޕްޓެމްބަރ

September 17, 2018 83
ރައީސްގެ ވާހަކަފުޅަށް ނިޔާޒު ރައްދު ދެއްވައިފި

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތް، ނުހުއްޓުވުނީ ނިޒާމުގެ މައްސަލައަކުން ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅަށް، ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް މިއަދު ރައްދު ދެއްވައިފި އެވެ.

22 ޖުލައި

July 22, 2018 201
80 މިލިއަން ޑޮލަރު ގުނީ ރައީސްގެ ގެކޮޅުގައި: އަދީބު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 80 މިލިއަން ޑޮޮލަރު ގުނީ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ކަމަށް ތުހުމަތުކުރައްވައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގައި...

July 22, 2018 8
10 ރަށެއް ދިނުމުން އަދީބާ ދެކޮޅަށް ދައުވާކޮށްފި

ޓޫރިޒަމްގެ ބޭނުމަށް 10 ރަށެއް ގާނޫނާ ހިލާފަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައި...

26 މެއި

May 26, 2018 23
ނަޝީދުގެ މެސެޖް: އެކަނި އުޅެން ޖެހޭތީ ދެރަވޭ

އާއިލާގެ މެމްބަރުންނާއި ގާތް މީހުންނާ ދުރުގައި އުޅުއްވަން ޖެހިވަޑައިގަންނަވާތީ ދެރަވާ ކަމަށާއި އެކަމަކު "ދުލެއް" ނުދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

14 މާޗް

March 14, 2018 60
1 މިލިއަން ޑޮލަރު އޭސީސީގެ ބެލުމުގެ ދަށަކު ނެތް!

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށުގައި ހުރި ކަމަށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވި ނަމަވެސް އެ ފައިސާ އެ ކޮމިޝަނުގެ ބެލުމުގެ...

06 މާޗް

March 06, 2018 18
ލިބެން ޖެހޭ ފައިސާ ހަތަރު ބިލިއަނަށް ވުރެ މަތި

ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު ހަތަރު ބިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށް ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން ބުނެފި އެވެ.

22 ފެބުރުއަރީ

February 22, 2018 38
ރާއްޖެ، ކޮރަޕްޝަނާ ދެކޮޅު މަސައްކަތުގައި ފަހަތަށް!

ދުނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަން އޮތް މިންވަރު އަންގައިދޭން ޓްރާންސްޕޭރަންސީން ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި މިދިއަ އަހަރު އެއްވެސް ކުރިއެރުމެއް ނުލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.

01 ފެބުރުއަރީ

February 01, 2018 33
މޮހޯ އާއި އޭނާއާ "ގުޅުންހުރި" އެކައުންޓުތައް ފްރީޒް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާތަކެއްގެ މައްސަލާގައި 10 ކުންފުންޏަކާއި ދެ މީހެއްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށް، ހިއްސާ އާއި މިލްކުވެރިކަން ބަދަލުކުރުން ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

04 ޖެނުއަރީ

January 04, 2018
"ޚިޔާނާތުގެ ތުހުމަތު ތަހުގީގުގައި ޒިޔަތަށް ނުކުރޭ"

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުވާ ކުރަނީ އެ މައްސަލާގައި އޭނާގެ މައްޗަށް ކުރިން ތުހުމަތު ކުރުމެއް ނެތި ކަމަށް ޒިޔަތުގެ ވަކީލް ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

22 ނޮވެމްބަރ

November 22, 2017 20
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ހޯދޭނެތަ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ފަޅާއެރި އެންމެ ބޮޑު ޚިޔާނާތެވެ. ލިޔެ ކިޔުމުން ފެންނަން އޮތް އަދަދަށް އެކަނި ބެލިޔަސް، އެ ޚިޔާނާތުގައި ދައުލަތަށް ގެއްލުނު އަދަދު 1.22 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ރާއްޖެ ފަދަ ގައުމަކާ އަޅާބަލާއިރު...

11 ނޮވެމްބަރ

November 11, 2017 48
"1 މިލިއަން ޑޮލަރު މައްސަލަ ލަންޑަނުގައި ބަލަންޖެހޭ"

މޯލްޑިވްސް އިސްލާމިކް ބޭންކް ގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ޖަމާކުރުމުގެ ތަހުގީގު ފުރިހަމަނުކޮށް، މައްސަލަ ފައިލްކޮށްގެން ނުވާނެ ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ޓީމު ލަންޑަނަށް ގޮސްގެން ނަމަވެސް އެކަން އިތުރަށް ބަލަން...

02 ނޮވެމްބަރ

November 02, 2017 58
ނުހައްގު މަހުޖަނުން، އެޅޭނެ ފިޔަވަޅެއް ނެތް!

ދައުލަތުގެ މުސާރަވެރިންގެ ތެރެއިން އެއް ބަޔަކު އަގުބޮޑު ކާރުތައް ގަނެފި އެވެ. އަނެއް ބަޔަކު ބޮޑެތި ވިޔަފާރި ފަށައިފި އެވެ. ބައެއް މީހުން މާލެއިން ބިން ގަންނަނީ ކަންމަތީ ފިހާރައަކުން ވިޔަފާރި ކުރުންހާ ފަސޭހައިންނޭ، އާންމުންނަށް ހީވެދާނެ އެވެ. މިއީ މިއަދު ސަރުކާރާ ގުޅުން ހުރި ސިޔާސީ ބައެއް މީހުން އުޅޭ މުއްސަނދި ދިރިއުޅުމެވެ.

01 ނޮވެމްބަރ

November 01, 2017 170
ރައީސަށް އެއް މިލިއަން ޑޮލަރު ޖަމާކުރި: އޭސީސީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތަކުން އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ ކަމަށާއި އަދި އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

20 ސެޕްޓެމްބަރ

September 20, 2017 5
ޒިޔަތަށް ކުރި 33 ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ކުރާ ދައުވާތަކުގެ އަދަދު 33 އަށް ވުރެ މައްޗަށް އަރައި، އެ ހުުރިހާ މައްސަލަތަކުގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.