23 ނޮވެމްބަރ

November 23, 2016 11
ހިޔާނާތުގެ ރިޕޯޓް އަވަސްކުރެވޭތޯ އެބަ އުޅެން: އޭސީސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ތަހުގީގުކޮށް، ތައްޔާރުކޮށްފައިވާ ރިޕޯޓް ވީހާވެސް އަވަހަކަށް ނެރެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

20 ނޮވެމްބަރ

November 20, 2016 169
ބޮޑު ހިޔާނާތް ފަޅާއަރުވާލެވުނީތީ ފަހުރުވެރިވޭ: ގާސިމް

އޭނާގެ ދިރިއުޅުން ވަރަށް އާދައިގެ އެވެ؛ ވަރަށް ކުޑަކުޑަ، ހަމަ ވަރަށް އާދައިގެ އެޕާޓްމަންޓެއްގައި ތިން ކުދިންނާއި އަނބިމީހާއާ އެކު ދިރިއުޅެމުން ދަނީ، ހާސްކަމުގެ ތެރޭގަ އެވެ. ބީއެމްއެލްގެ މެނޭޖަރެއްގެ ވަޒީފާގައި ހުއްޓާ، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ފަޅާއަރުވާލަން ހިތަށް ގެނައިއިރު ވެސް، އެ އާއިލާ އަށް...

16 ނޮވެމްބަރ

November 16, 2016 67
އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯދާނެ: އަނިލް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ގެއްލުނު 1.2 ބިލިއަން ރުފިޔާ މި ސަރުކާރުން ހޯދާނެ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

14 ނޮވެމްބަރ

November 14, 2016 48
އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން އެވޯޑަށް ގާސިމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރެއްގެ މައުލޫމާތު އާއްމުކުރި ކަމަށް ބުނެ ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އެ ބޭންކުން ކުރީގެ މުވައްޒަފެއް ކަމަށްވާ ގާސިމް އަބްދުލްކަރީމް އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން އެވޯޑަށް ޝޯޓްލިސްޓްވެއްޖެ އެވެ.

02 ނޮވެމްބަރ

November 02, 2016 14
ޚިޔާނާތާ ހެދި ސަރުކާރުން އަތުލި ފަޅެއް ދޭން ޖެހިއްޖެ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދޫކުރި މާލެ އަތޮޅުގެ ފަޅެއް އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ސަރުކާރުން އަތުލާފައި ވަނިކޮށް އެ ފަޅު އެ ފަރާތާ ހަވާލު ކުރަން ދައުލަތުގެ މައްޗަށް ކޯޓުން އަމުރު ކޮށްފި އެވެ.

18 އޮކްޓޯބަރ

October 18, 2016 5
އެސްއޯއެފް ކޯޓަށް ހާޒިރު ނުވިޔަސް މައްސަލަ ހިންގަނީ

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުން އޮތްކަމުގެ ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނި އަތުން 160 މިލިއަން ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ކުރާ ދައުވާގެ ޝަރީއަތަށް އެސްއޯއެފް ހާޒިރުނުވެއްޖެ ނަމަ އެ މައްސަލަ ޣައިރު ހާޒިރުގައި ހިންގާނެ ކަން ކޯޓުން އިއުލާންކޮށްފި އެވެ.

11 އޮކްޓޯބަރ

October 11, 2016 24
ބޮޑު ވައްކަމުގެ ބަދަލު ތިން އަކުރުން ނުދެވޭނެ: ޖަމީލް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބިލިއަން ރުފިޔާގެ ވައްކަމަށް ތިން އަކުރުގެ "މައާފް" އަކުން ބަދަލު ނުދެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.

10 އޮކްޓޯބަރ

October 10, 2016 115
ބޮޑު ޚިޔާނާތާ ގުޅިގެން ރައީސް މާފަށް އެދިވަޑައިގެންފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ރައްޔިތުންގެ ކިބައިން ރައީސް އަބްދުﷲ ޔާމީން ދެންމެ މާފަށް އެދިވަޑައިގެންފި އެވެ. މިއީ، ރާއްޖޭގައި މިހާތަނަށް ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ފެންމަތިވިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު، ރައީސް އާންމުކޮށް މާފަށް އެދިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

02 އޮކްޓޯބަރ

October 02, 2016 19
ޑޮކިއުމެންޓްރީއާ ގުޅިގެން އަދީބާ އޭސީސީން ސުވާލު ކޮށްފި

ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން އާއްމު ކުރި ޑޮކިއުމެންޓްރީގައިވާ ކަންކަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ކޮރަޕްޝަންގެ ތަހުގީގު ތެރޭގައި ހިމަނައި އެ ތުހުމަތުތަކާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަދީބާ މިދިޔަ ބުރާސްފަތި ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން...

22 ސެޕްޓެމްބަރ

September 22, 2016 14
ގާސިމަށް ދައުވާ ނުކުރަން ގޮވާލައި ކެމްޕޭނެއް

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުން ހުރި މައުލޫމާތުތަކެއް އާންމުކުރި މައްސަލާގައި ބީއެމްއެލްގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ގާސިމް އަބްދުލްކަރީމާ ދެކޮޅަށް ކުރާ ޖިނާއީ ދައުވާ އަނބުރާ ގެންދަން ގޮވާލައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކެމްޕޭނެއް ފަށައިފި އެވެ.

20 ސެޕްޓެމްބަރ

September 20, 2016 30
ބޭނުންވާ މައުލޫމާތު ޑޮކިއުމެންޓްރީގައި އެބަހުރި: އޭސީސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި އެބަހުރި ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.

18 ސެޕްޓެމްބަރ

September 18, 2016 35
އެސްއޯއެފް އަތުން 160 މިލިއަން ހޯދަން ދައުވާކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނި އަތުން 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

08 ސެޕްޓެމްބަރ

September 08, 2016 140
ސްޓީލިން ޕެރެޑައިސް: ޖޯކު ޖަހާނީތަ؟

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދެ އަހަރެއްހާ ދުވަސް، ގާތްގަނޑަކަށް ފަންސާހަކަށް މިނެޓަށް ކުރުކޮށްލައިގެން އިއްޔެ، ބައިނަލްއަގުވާމީ ޓީވީ ސްޓޭޝަން އަލްޖަޒީރާއިން ދެއްކުމުން އެކި މީހުންގެ ތެރޭގައި ދެކެވުނީ އެކި ވާހަކަ އެވެ. އެއް ބަޔަކު މާޔޫސްވީ އެ ރިޕޯޓާ އެކު ސަރުކާރު ނުވެއްޓިގެންނެވެ. އޭގައި އިތުރު ވާހަކައެއް ނެތް ކަމަށް...

07 ސެޕްޓެމްބަރ

September 07, 2016 75
އޮޑިޓް އޮފީސް ރޯކޮށްލަން އަދީބު އުޅުނު ކަމުގެ ތުހުމަތު

އެމްއެމްޕީއާރުސީން ބިޑަކާ ނުލައި ރަށްތައް ދޫކުރި އިރު ކޮރަޕްޝަން ހިމެނޭ ކަމަށް 2014ގައި އޮޑިޓަރު ޖެނެރަލް އާންމު ކުރެެއްވި ރިޕޯޓާ އެކު، އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ވަރަށް ކޯފާ އިސްކުރައްވައި، އޮޑިޓް އޮފީސް ރޯކޮށްލަން ވިދާޅުވި އެސްއެމްއެސްތަކެއް އަލްޖަޒީރާއިން ލީކުކޮށްލައިފި އެވެ.

30 އޯގަސްޓް

August 30, 2016 23
ފައިސާ ބެހި މައްސަލައިގައި މެމްބަރާ ސުވާލުކޮށްފި

ފައިސާ ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އަރިހަށް ވަޑައިގެންނެވި ކަމަށް ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލް މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވުމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޭނާއާ މިއަދު ސުވާލުކޮށްފި އެވެ.

14 އޯގަސްޓް

August 14, 2016 26
ހިޔާނާތުގެ ރިޕޯޓް އޭސީސީ މެމްބަރުން ދިރާސާކުރަނީ

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތާ ގުޅިގެން އޭސީސީން ކުރި ތަހުގީގު ނިންމައި އެ ކޮމިޝަންގެ މެމްބަރުން ރިޕޯޓް ދިރާސާކުރަން ފަށައިފި އެވެ.

21 ޖުލައި

July 21, 2016 32
ރައީސް އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލާގައި އަދީބާ ސުވާލުކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ގިނަ އަދަދެއްގެ ފައިސާ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލުކޮށްފި އެވެ.

13 ޖޫން

June 13, 2016 97
ފަސް މިނެޓް: މި ފަހަރު ވެސް އަދީބުތޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތަކީ ރާއްޖޭގައި މިހާތަނަށް ހިންގި ކޮރަޕްޝަންގެ އެންމެ ބޮޑު ވައްކަން ކަމުގައި ބުނެވެ އެވެ. ދައުލަތުގެ ބަޖެޓަށް ވަންނަން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް، ބައެއްގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްގެން ބޭނުންކުރި މައްސަލައިގައި މިހާރު ވަނީ...

01 ޖޫން

June 01, 2016 9
"ފަސް މިލިއަން ޑޮލަރުގެ ބައެއް އަދީބާ ހަވާލުކުރިން"

ދެ މީހަކު ހެކިބަސް ދިން ގޮތުގައި ހާމިދުގެ ކުންފުންޏެއް ކަމަށްވާ އެމްސީއެމް އަށް ފަސް މިލިއަން ޑޮލަރު ޖަމާކުރި. އެ ފައިސާ ޖަމާކުރުމަށް ފަހު އަދީބަށް އެއިން ދިނުމުގެ ގޮތުން ކުންފުނިން ޗެކް ދޫކުރި ކަމަށާއި އެ ޗެކްތައް ލިޔެދިން ކަމަށް އެ ދެ މީހުން ބުނި.