12 އޯގަސްޓް

August 12, 2020 36
ނަތީޖާ ނުނެރެވި އެސެޓް ރިކަވަރީ ކޮމިޝަން އުވާލަނީ!

ކުރީގެ ސަރުކާރުގައި ހިންގި ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަން އުވާލަން ނިންމައިފި ކަން "މިހާރު"އަށް އެނގިއްޖެ އެވެ.

22 ޖުލައި

July 22, 2020 26
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން 30 މީހެއްގެ ތަހުގީގު ބާރަށް ކުރިއަށް އެބަދާ ކަމަށާއި އެ މައްސަލަތައް ލިބުމާ އެކު ލަސްނުކޮށް ދައުވާ އުފުއްލަވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

20 ޖުލައި

July 20, 2020 21
ބޮޑު ހިޔާނާތް:އެއް އަހަރުން ވެސް މައްސަލަތައް ނުނިމޭނެ

ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެއެމްއެމްޕީއާރުސީގެ މައްސަލަތައް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ބަލައި ނުނިމޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ބުނެފި އެވެ.

14 ޖުލައި

July 14, 2020 11
އަދީބު ފުރުން މަނާކޮށްފި

ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސްގެ އަހުމަދު އަދީބުގެ މައްޗަށް ކުރި ހުރިހާ ދައުވާތަކެއް ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލުމުން އަދީބު މިނިވަން ވެފައި ވިޔަސް، ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން މިރޭ އަމުރެއް ނެރެފި އެވެ.

12 ޖުލައި

July 12, 2020 30
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު

ޚިޔާނާތުގެ މައްސަލައިގައި ކުށަށް އިއުތިރާފު ވުމުގެ އެއްބަސްވުމެއްގައި ދައުލަތާ އެކު ސޮއިކުރެއްވީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން އެއްބަސްވުމުން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

02 ޖުލައި

July 02, 2020 5
ހިޔާނާތުގެ ހެކި ހޯދަން ހިންގާ އޮޕަރޭޝަން އަދި ނުނިމޭ

އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތް ވި މައްސަލައިގައި ކަމާގުޅޭ އިދާރާތަކުން ގުޅިގެން ތަހުގީގު ކުރާ މައްސަލައަކަށް ހެކި ހޯދަން ރޭ ފެށި ބަލައި ފާސްކުރުމުގެ އޮޕަރޭޝަން އަދި ނުނިމޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

01 ޖުލައި

July 01, 2020 19
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ 4 ތަނެއް ފާސްކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން މާލެ ސަރަހައްދުގެ ހަތަރު ތަނެއް ބަލައި ފާސްކުރަން ފަށައިފި އެވެ.

28 ޖޫން

June 28, 2020 104
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަނެއްކާވެސް އިތުރު ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިއަދު އުފުލައިފި އެވެ.

25 ޖޫން

June 25, 2020 26
ބޮޑު ހިޔާނާތާ ގުޅިގެން 5 ފުލުހަކު ވަޒީފާއިން އެކަހެރި

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުން މަންފާ ލިބުނު ފަސް ފުލުހަކު މަސްއޫލިއްޔަތުން ދުރުކޮށް އެ މީހުންގެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

23 ޖޫން

June 23, 2020 28
ތަހުގީގަށް އަތް ނުލެވޭނެ މީހަކު ނުހުންނާނެ: ކޮމިޝަނަރު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ތެރޭގައި ދައުލަތުގެ މަތީ މަގާމްތަކުގައި ކުރިން އަދި މިހާރު ތިއްބެވި ބޭފުޅުންނާއި އެ ނޫން ވެސް ނުފޫޒާއި ބާރުގަދަ ފަރާތްތަކެއް ހިމެނުނަސް ތަހުގީގުގައި ވަކި ބައެއްގެ މައްސަލަ ދޫކޮށް ނުލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ...

21 ޖޫން

June 21, 2020 25
ހިޔާނާތުގެ ވަކި މައްސަލައެއް ނުބާލާކަށް ނާންގަން: ޕީޖީ

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ އެއްވެސް މައްސަލައެއް ނުބަލަައި ދޫކޮށްލަން އަންގާފައި ނުވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

09 ޖޫން

June 09, 2020 58
"ވައްކަން "ކުރި" ފުލުހުން ސަސްޕެންޑް ކުރަން ޖެހޭ"

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ ފުލުހުންތަކެއް މަގާމުތަކުގައި އެބަ ތިބި ކަމަށާއި އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރެވޭނީ އެ ފުލުހުން ސަސްޕެންޑް ކޮށްގެން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު...

05 ޖޫން

June 05, 2020 29
"ދައުވާ ކުރާނެ މީހުންނާއި އަދަދު ކަނޑައަޅާނީ ޕީޖީން"

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ އުފުލާއިރު ދައުވާ ކުރާނެ ގޮތާއި މީހުން ކަނޑައަޅާނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ކަމަށާއި އެކަމުގައި އެހެން ބައެއްގެ ލަފާ ހޯދަން ނުޖެހޭނެ ކަމަށް، ޕީޖީ ހުސަން ޝަމީމް މިއަދު...

14 މެއި

May 14, 2020 23
އެމްއެމްޕީއާރުސީގެ ތަހުގީގުގެ ބައްދަލުވުން އޮންލައިންކޮށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އެކި އިދާރާތައް ގުުޅިގެން ހިންގަމުންދާ ތަހުގީގާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށައިފި އެވެ.

27 ފެބުރުއަރީ

February 27, 2020 33
އާ މައްސަލައެއްގައި ޔާމީނާ ސުވާލެއް ނުކުރޭ: ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކުގައި މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް ތިން ގަޑިއެއްހާއިރު ވަންދެން ސުވާލު ކޮށްފި އެވެ.

25 ފެބުރުއަރީ

February 25, 2020 29
އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ޔާމީން ހާޒިރުކުރަނީ

އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހާޒިރުވާން ފުލުހުން އިއްޔެ އަންގާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

17 ފެބުރުއަރީ

February 17, 2020 19
އަލީވަހީދުގެ އޯޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަނީ

މި ސަރުކާރުގެ ވަޒީރުންތަކަކަށް ނިސްބަތް ކުރައްވައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަޑިހުތުރު ބަހުން ވާހަކަ ދައްކަވައި އަދި ކޮރަޕްޝަނާ ގުޅޭ ވާހަކަތަކެއް ދައްކަވާ އޯޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

21 ޖެނުއަރީ

January 21, 2020 1
އަދީބުގެ ވަކީލުގެ އެދިވަޑައިގަތުމަށް ޝަރީއަތް ކެންސަލް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ ތުހުމަތާ ގުޅިގެން މިއަދަށް ތާވަލް ކުރި ޝަރީއަތް، އޭނާގެ ގާނޫނީ ވަކީލްގެ އެދިވަޑައިގަތުމަށް ކެންސަލް ކޮށްފި އެވެ.

06 ޑިސެމްބަރ

December 06, 2019 22
އިބޫގެ ވާހަކަތައް ފިނޭންސުން ދޮގުކޮށްފި

ތިލަފުށި ފަޅުތެރެއިން ބޯޓު ނަގައި ނައްތާލަން ޕާކަވަން ކުންފުންޏާ ހަވާލުކުރީ ކޯޓުތަކުން ނެރުނު އަމުރުތަކާއި ފިނޭންސް މިނިސްޓްރީއާ އެކު ކުރި މުއާމަލާތްތަކާ އެއްގޮތަށް ކަމަށް ވިދާޅުވެ، ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އެކި ޕްލެޓްފޯމްތަކުގައި ތަކުރާރުކޮށް ދައްކަވާ ވާހަކަތައް ފިނޭންސް...

09 ނޮވެމްބަރ

November 09, 2019 20
ބޯޓު މައްސަލާގައި ކުންފުނީގެ އިހުމާލެއް ނެތް: އިބޫ

ތިލަފުށި ފަޅުގައި އެޅި ދަގަނޑު ބޯޓު ނަގަން ހަވާލުކުރި ޕާކަވަން ކުންފުނިން ހޯދަން އެދުނު މާލީ ބަދަލު، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ދޭން ޖެހޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ މަސައްކަތް ހުއްޓުވީ ފުލުހުން ކަަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) މިދިޔަ ހަފުތާގައި...