05 ނޮވެމްބަރ

November 05, 2017 23
ޕްރިންސް ވަލީދާއެކު ސައުދީ ވަޒީރުންތަކެއް ހައްޔަރުކޮށްފި

ރިޔާޒް (ނޮވެމްބަރު 5) - ސައުދީ ޝާހީ އާއިލާގެ އެންމެ މުއްސަނދި އެއް ބޭފުޅާ ކަމަށްވާ ޕްރިންސް ވަލީދު ބިން ތަލާލާ އެކު ހަތަރު ވަޒީރަކު ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށްފި ކަމަށް ބައެއް ނިއުސް އެޖެންސީތަކުން ބުނެފި އެވެ.

03 ނޮވެމްބަރ

November 03, 2017 19
ދިއްފުށި ފަޅު އޮތީ ހާމިދަށް ކުއްޔަށް ދީފައި: އާއިލާ

ޓޫރިޒަމް މިނިސްޓްރީން ކުއްޔަށް ދޭން އިއުލާނުކޮށްފައިވާ ކ.ދިއްފުށި ފަޅަކީ ޖަލު ހުކުމެއްގައި ހުރި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލަށް ކުރިން ދީފައިވާ ތަނެއް ކަމަށާއި މިނިސްޓްރީން އެއްބަސްވުންތަކާ ހިލާފަށް އަމަލު ކުރަމުންދާތީ ހާމިދުގެ ކުންފުނިތަކަށް ފޫނުބެދޭވަރުގެ ގެއްލުންތަކާ ކުރިމަތިވަމުން އަންނަ ކަމަށް އޭނާގެ އާއިލާއިން...

02 ނޮވެމްބަރ

November 02, 2017 17
ސަރުކާރުގެ ކޮރަޕްޝަނަކީ ގައުމަށް ގޮންޖެހުމެއް: މައުމޫން

ސަރުކާރު ހިންގާ ޕީޕީއެމްގެ ހަރުދަނާ، ގައުމީ އަދި ދީނީ މިސްރާބު ގެއްލި ސަރުކާރުގައި ހީނުކުރާ މިންވަރަށް ކޮރަޕްޝަން ފެތުރިފައި އޮތުމަކީ ގައުމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިރޭ ވިދާޅުވެއްޖެ އެވެ.

November 02, 2017 58
32 މިލިއަން ހުށަހެޅި މީހެއް ފަލާހަކަށް ނޭނގެ:އޭސީސީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން އިނގުރައިދޫ ދާއިރާގެ މެމްބަރު އަހްމަދު ފަލާހަށް ރިޝްވަތު ހުށަހެޅީ ކާކު ކަމެއް އޭނާ އަށް...

November 02, 2017 58
ނުހައްގު މަހުޖަނުން، އެޅޭނެ ފިޔަވަޅެއް ނެތް!

ދައުލަތުގެ މުސާރަވެރިންގެ ތެރެއިން އެއް ބަޔަކު އަގުބޮޑު ކާރުތައް ގަނެފި އެވެ. އަނެއް ބަޔަކު ބޮޑެތި ވިޔަފާރި ފަށައިފި އެވެ. ބައެއް މީހުން މާލެއިން ބިން ގަންނަނީ ކަންމަތީ ފިހާރައަކުން...

01 ނޮވެމްބަރ

November 01, 2017 24
ރިޝްވަތު ދީގެން އުޅުނީ ސަރުކާރު ވައްޓާލަން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން، އިދިކޮޅު ސިޔާސީ ލީޑަރުން މަސައްކަތް ކުރެއްވީ ސަރުކާރު ވައްޓާލަން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

November 01, 2017 170
ރައީސަށް އެއް މިލިއަން ޑޮލަރު ޖަމާކުރި: އޭސީސީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތަކުން އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން...

November 01, 2017 16
ޝުޖޫނަށް ރިޝްވަތު ހުށަހެޅި މައްސަލާގައި ކޮރަޕްޝަން ނެތް

ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދަށް ރިޝްވަތުގެ ގޮތުގައި މީހަކު ފަސް މިލިއަން ޑޮލަރު ހުށަހެޅި ކަމަށް ބުނާ މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ފާހަގަނުވާ ކަމަށް...

20 އޮކްޓޯބަރ

October 20, 2017 37
"ނަޝީދުގެ ވެރިކަން ބަދަލުނުކުރި ނަމަ ދައުލަތް ދަރާނެ"

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ގައި ބަދަލު ނުކުރި ނަމަ ދިވެހި ދައުލަތް އޮންނާނީ އެތައް ބިލިއަން ރުފިޔާ އިން ދަރާފައި ކަމަށާއި އޭރުން މި ގައުމުގައި ވެރިކަން ކުރާނީ ވެސް ބޭރުގެ "ދޮން މީހުން" ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

18 އޮކްޓޯބަރ

October 18, 2017 3
ގިނައިން ބެލީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަ

އޭސީސީއިން މިއަހަރު ވެސް ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

October 18, 2017 39
ފްލެޓް ދިން ގޮތް ބަލަން އޭސީސީން ހައުސިން އަށް

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓްތައް ބެހީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ ހުށަހެޅި ޝަކުވާތައް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން...

17 އޮކްޓޯބަރ

October 17, 2017 1
ކޮރަޕްޝަނާ ދެކޮޅު ލިޔުންތެރިޔާ ކާރު ބޮމުގެ ހަމަލާގައި މަރު

ވަލެއްޓާ (އޮކްޓޯބަރު 17) - މޯލްޓާ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ލިޔަމުންދިޔަ ބްލޮގަރެއް ކަމަށްވާ ޑަފްނީ ކައުއަނާ ގަލިޒިއާ ކާރު ބޮމުގެ ހަމަލާއެއްގައި އިއްޔެ މަރުވެއްޖެ އެވެ.

12 އޮކްޓޯބަރ

October 12, 2017 28
މެމްބަރުންނަށް ތުހުމަތުކުރާ ކޮރަޕްޝަންތައް ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންނަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ނިންމާފައިވާ ކަމަށް، ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ...

October 12, 2017 25
އެފްޕީއައިޑީ އާއި އެއާ މޯލްޑިވްސްގެ މައްސަލަ ބަލަނީ

މީގެ 27 އަހަރު ކުރިން ސަރުކާރުގެ މަސް ކުންފުނި، ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ކޮރަޕްޝަނުގެ މައްސަލަ އާއި 1999 ގައި އެއާ މޯލްޑިވްސް ބަނގުރޫޓުވި...

28 ސެޕްޓެމްބަރ

September 28, 2017 65
މެމްބަރުންނަށް ބޮޑު ފައިދާ، ރައްޔިތުންނަށް ބޮޑު ބިލް!

ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނަށް ފައިދާ ލިބޭ ގޮތަށް އެކަމަކު އެސްޓީއޯއަށް ވުރެ ލިޓަރަކުން 1.50ރ ބޮޑުކޮށް، ފެނަކައިން ތެޔޮ ގަނެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވުމުން، އެ މެމްބަރުންގެ އަމިއްލަ އެދުން ކިހާ ބޮޑުކަން މިވަނީ އެނގިފަ އެވެ. ރަށްރަށުގައި ފެނަކައިން ހިންގާ އިންޖީނުގެތަކަށް ބޮޑު އަގުގައި ތެޔޮ ގަތުމުގެ މާނައަކީ...

25 ސެޕްޓެމްބަރ

September 25, 2017 4
ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ނުކުރުމުން ކޯޓަށް

ހިތުގެ އާލާސްކަންފުޅެއްގައި ސިންގަޕޫރުން ފަރުވާ ހޯއްދަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭރުގައި ހުންނެވުމުގެ މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިތުރުނުކޮށްދިން މައްސަލަ، ގާސިމްގެ ވަކީލުން ސިވިލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

September 25, 2017 29
ރޮޒައިނާ: މާލެއާ އެއްވަރަށް އަގުތައް ކުޑަކުރޭ!

ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތަކުގެ އަގު މާލެއަށް ވުރެ، ރަށްރަށުގައި ބޮޑުކޮށްފައިވާތީ އެ އަގުތައް ކުޑަކުރަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި އައްޑޫ...

September 25, 2017 76
ފެނަކަ "ދޮވެލީ" އެންމެންގެ ކުރިމަތީގައި!

ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ އިސް ވެރިންތަކެއް އެކި ފަރާތްތަކާ އެކު ޑީލްތައް ހަދައިގެން ޑޮލަރު ވިއްކުމާއި އެކި ޕްރޮޖެކްޓްތައް "ގާތް މީހުންނަށް" ފައިދާވާ ގޮތަށް ދޭކަމަށް ވާހަކަ...

21 ސެޕްޓެމްބަރ

September 21, 2017 40
ފެނަކައިގެ ގިނަ މައްސަލަތައް އަންނަނީ ބަލަމުން: އޭސީސީ

ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުގައި ފެންމަތިކޮށްފައިވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއްގެ ތަހުގީގު އެ ރިޕޯޓުގެ މާ ކުރިން ވެސް ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

18 ސެޕްޓެމްބަރ

September 18, 2017 11
ދިއްދޫން ދޫކުރި ގެތަކުގެ މައްސަލަ ވެސް އޭސީސީއަށް

ހއ. ދިއްދޫގައި ސަރުކާރުން އަޅައިދީފައިވާ 140 ރޯހައުސް ބެހުމުގައި އިންސާފެއް ނެތް ކަމަށް ބުނެ، އެ ރަށު ކައުންސިލުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.

15 ސެޕްޓެމްބަރ

September 15, 2017 1
ބްރެޒިލްގެ ރައީސް އަށް ކޮރަޕްޝަނުގެ އާ ތުހުމަތުތަކެއް

ބްރެސީލިއާ (ސެޕްޓެމްބަރު 15) - ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ކޮށްފައިވާ ބްރެޒިލްގެ ރައީސް މިޝޭލް ޓެމާގެ މައްޗަށް އަނެއްކާވެސް އާ ތުހުމަތުތަކެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޮށްފި އެވެ.

11 ސެޕްޓެމްބަރ

September 11, 2017 27
ހުޅުމާލޭ ހޮސްޕިޓަލާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް!

ހުޅުމާލޭ ހޮސްޕިޓަލާ ގުޅޭ ކޮރަޕްޝަންގެ ދެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

September 11, 2017 36
ބިދޭސީން ގެންނަން އިތުރަށް ފައިސާ ނުނަގާ:އިމިގްރޭޝަން

ބިދޭސީން ރާއްޖެ ގެނައުމަށް އިމިގްރޭޝަންގެ މުވައްޒަފުން އިތުރަށް ފައިސާ ނަގަމުންދާ ކަމަށް ބުނާ ވާހަކަތައް އިމިގްރޭޝަނުން ދޮގުކޮށްފި އެވެ.

10 ސެޕްޓެމްބަރ

September 10, 2017 3
ނަތަންޔާހޫގެ އަނބިކަނބަލުންނަށް ޚިޔާނާތުގެ ދައުވާކުރަނީ

ގުދުސް (ސެޕްޓެމްބަރު 10) - ޚިޔާނާތުގެ ތުހުމަތުތަކެއްގައި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރަން ވިސްނަވާ ކަމަށް އެ...

September 10, 2017 4
ރަނގަޅު ކަންކަން ކުރަން ސަރުކާރުން ބިރުގަނޭ: ފައިސަލް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ރަނގަޅު ކަންކަން ކުރަން ބިރުގަންނަ ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ، ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ރޭ...

08 ސެޕްޓެމްބަރ

September 08, 2017
ރާޖަޕަކްސާގެ އަރިސް ދެ އޮފިޝަލަކު ކޮރަޕްޝަނުގައި ޖަލަށް

ކޮލަމްބޯ (ސެޕްޓެމްބަރު 8) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރުގެ އިސް ދެ ބޭފުޅެއްގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލަށްލާން ކޮލަމްބޯގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

07 ސެޕްޓެމްބަރ

September 07, 2017 9
ބްރެޒިލްގެ ކުރީގެ މިނިސްޓަރެއް ގެއިން ފައިސާ ފޮށިތަކެއް

ބްރެޒިލްގެ ކުރީގެ މިނިސްޓަރެއްގެ ގެއިން ނަގުދު ފައިސާ އަޅާ ފުރާފައި ހުރި ފޮށިތަކެއް ފުލުހުން އިއްޔެ ހޯދައިފި އެވެ.

04 ސެޕްޓެމްބަރ

September 04, 2017 21
އަދީބުގެ ފަރުވާއަށް ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދެފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އަމުރަކަށް އޭނާގެ ފަރާތުން ސިވިލް ކޯޓުގައި އެދިއްޖެ އެެވެ.

27 އޯގަސްޓް

August 27, 2017 1
ހެކި ނެތިގެން 20 އަހަރުވީ މައްސަލަ ދޫކޮށްލައިފި

އިސްލާމްއާބާދު (އޮގަސްޓް 27) - ޕާކިސްތާނުގެ ކުރީގެ ރައީސް އާސިފް އަލީ ޒަރުދާރީގެ މައްޗަށް އުފުލާފައިވާ 20 އަހަރުވީ ކޮރަޕްޝަނުގެ މައްސަލާގައި އެކަށީގެންވާ ހެކި ނެތުމުން ކޯޓުން އެ މައްސަލަ ދޫކޮށްލައިފި އެވެ.