29 މާޗް

March 29, 2019 19
ގިނަ އަދަދެއްގެ ޑްރަގާ އެކު ބަޔަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއް ފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފި އެވެ.

28 މާޗް

March 28, 2019 38
އަތުލައިގަތް ބޯޓަކުން ރާއްޖެއަށް 175 ކިލޯގެ ޑްރަގްސް

އާދީއްތަ ދުވަހު ސްރީ ލަންކާ އިން މަސްތުވާތަކެއްޗާ އެކު އަތުލައިގަތް އީރާނުގެ މަސްބޯޓަކުން ރާއްޖޭގެ އުޅަނދުތަކަކަށް 175 ކިލޯގެ ހެރޮއިން އަރުވާފައިވާ ކަމަށް ލަންކާގެ ތަހުގީގު ޓީމާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

08 މާޗް

March 08, 2019 12
ޑްރަގްގެ މައްސަލައެއްގައި 17 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެ އިން 17 ދިވެއްސަކު މިއަދު ހައްޔަރުކޮށްފި އެވެ.

02 މާޗް

March 02, 2019 40
މަސްތުވާތަކެއްޗާ އެކު 20 ދިވެއްސަކު ހައްޔަރުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާ އެކު 20 ދިވެއްސަކު މިއަދު ހައްޔަރުކޮށްފި އެވެ.

22 ޖެނުއަރީ

January 22, 2019 20
ތުޅާދޫ ވިލު ތެރެއިން މަސްތުވާތަކެތި ފެނިއްޖެ

ބ. ތުޅާދޫ ވިލުގައި މިއަދު މަސް ބާނަން އުޅުނު ބަޔަކު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ އެވެ.

17 ޖެނުއަރީ

January 17, 2019 11
ކަނޑުމަގުން އެތެރެކުރި ދެ ކިލޯގެ ޑްރަގް އަތުލައިގެންފި

ރާއްޖެއަށް ކަނޑުމަގުން އެތެރެކުރި ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އިއްޔެ އަތުލައިގެންފި އެވެ.

13 ޖެނުއަރީ

January 13, 2019 4
ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް އަތުލައިގެންފި

އާއިލީ ބައްދަލުވުމަށް އިއްޔެ ގޮސް މާފުށީ ޖަލަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު އަތުލައިގެންފި އެވެ.

January 13, 2019 14
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

09 ޖެނުއަރީ

January 09, 2019 14
1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު

ބަންގްލަދޭޝް މަގުން 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅުނު އެ ގައުމުގެ މީހަކު އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

02 ޖެނުއަރީ

January 02, 2019 51
ޑްރަގް ނެޓްވޯކެއްގައި އުޅޭ 3 ދިވެއްސަކު ހައްޔަރުކޮށްފި

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައިނަލްއަގުވާމީ މާފިއާއަކަށް ނިސްބަތްވާ ތިން ދިވެއްސަކު އިންޑިއާގެ ކޮޗިން އިން ހައްޔަރުކޮށްފި އެވެ.

19 ޑިސެމްބަރ

December 19, 2018 17
ރާއްޖެއިން ހޮންކޮންގަށް ޑްރަގް އެެތެރެކުރަނިކޮށް ހޯދައިފި

ރާއްޖެ އިން ހޮންގް ކޮންގަށް އެތެރެކުރަން އުޅުނު އެއް މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގަނެ، އެ ގައުމުން ބަޔަކު ހައްޔަރުކޮށްފި އެވެ.

15 ޑިސެމްބަރ

December 15, 2018 1
ފަރުވާގައި ހުރެ، ކުށްކުރުމުން އަޅާ ފިޔަވަޅަށް ބަދަލެއް

ޑްރަގް ކޯޓުން ކަނޑައަޅާ ފަރުވާގެ މުއްދަތުގައި އިތުރު ކުށެއް ކުރުމުން އަމަލުކުރާ އުސޫލަށް އަންނަ އަހަރު ބަދަލު ގެންނަން ނިންމައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2018 30
ކިލޯއެއްގެ ޑްރަގް ފެނިގެން ޖަލަށް ލި ބަޔަކު މިނިވަން!

ރާއްޖެ ގެނައި މޭވާ ފޮށިގަނޑުތަކަކުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި އުމުރަށް ޖަލަށްލި ދެ މީހެއްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން އެ ދެ މީހުން މިއަދު މިނިވަން ކޮށްފި އެވެ.

18 ޖުލައި

July 18, 2018 26
ހުކުމުގެ ދެ ބައި ކުޅަ އެއް ބައި ނުނިމުނަސް ލުއިދެވޭނެ

މަސްތުވާތަކެތީގެ މައްސަލަތަކުގައި 10 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމް އައިސްފައިވާ މީހުންގެ ހުކުމުގެ ދެ ބައި ކުޅަ އެއް ބައި ތަންފީޒުކޮށް ނުނިމުނަސް ރައީސުލްޖުމްހޫރިއްޔާ އަށް އަދަބު ލުއިކޮށްދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

19 ޖޫން

June 19, 2018 12
ޑްރަގް ނަގާ ކުދިންގެ ފަރުވާ އަންގާރަ ދުވަހު ފަށަނީ

މަސްތުވާތަކެތި ބޭނުންކުރާ، އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ފަރުވާ ދޭ ހާއްސަ ކްލާސްތައް އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.

22 މެއި

May 22, 2018 4
ދެ މަސްތެރޭގައި 1 ކިލޯގެ ޕާޓީ ޑްރަގްސް އަތުލައިފި

މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ޕޯސްޓްގެ ޒަރީއާ އިން އެކި ފަހަރު މަތިން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.74 ކިލޯގެ ޕާޓީ ޑްރަގްސް އަތުލައިގެންފައިވާ ކަމަށް ކަސްޓަމުން މިއަދު ބުނެފި އެވެ.

14 މެއި

May 14, 2018 5
މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާ ދެނީ

މަސްތުވާތަކެތި ބޭނުންކުރާ، އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ފަރުވާ ދިނުމަށް ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

08 މެއި

May 08, 2018 4
ގިނަ އަދަދެއްގެ ޑްރަގާ އެކު ބަޔަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ތިން ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް މިއަދު ބުނެފި އެވެ.

30 އެޕްރީލް

April 30, 2018 4
ޑްރަގް މައްސަލައެއްގައި ނޫސްވެރިއަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ނޫސްވެރިއަކު ހައްޔަރުކޮށްފި އެވެ.

23 އެޕްރީލް

April 23, 2018 7
ދެ އޮޕަރޭޝަނެއްގައި ކިލޯއެއްގެ ޑްރަގް އަތުލައިގެންފި

މިދިޔަ ހަފުތާގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ކިލޯ އަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ބަޔަކު ހައްޔަރުކޮށްފި އެވެ.

03 އެޕްރީލް

April 03, 2018
ކޯޓަށް ހާޒިރު ކުރުމުގެ ގަވާއިދަށް އަމަލުކުރަން ފަށައިފި

ޑްރަގް ކޯޓުން ބަލާ މައްސަލަތަކާ ގުޅިގެން އެ ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި، މިއަދު އަމަލު ކުރަން ފަށައިފި އެވެ.