20 ޖޫން

June 20, 2019 31
ބޭއްވުނު ވޮލެޓަކުން ވިޔަފާރިކޮށް ވަގަށް ނަގައިފި

މާލޭގެ ފިހާރައެއްގެ ކޭޝް ކައުންޓަރުގައި މީހަކަށް ބޭއްވުނު ވޮލެޓަކުން ވިޔަފާރިކޮށް، އެ ވޮލެޓު ވަގަށް ނެގި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

19 ޖޫން

June 19, 2019 20
ސައިކަލް މަޑި ދަށުން ވައްކަންކުރުން އާންމު، ސަމާލުވޭ!

މާލޭގައި ސައިކަލްތަކުގެ މަޑިދަށުން ވައްކަން ކޮށްގެން މިދިޔަ މަހުގެ ނިޔަލަށް މި އަހަރު 105 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

18 ޖޫން

June 18, 2019 33
ރީކޯ މޫސަގެ ހޮޓަލުގެ ވޭން ގައި ރޯކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ލ. ގަމުގައި ހިންގާ ހޮޓަލުގެ ވޭން ވަގަށް ނަގައިގެން ގެންގޮސް އޭގައި ބަޔަކު ރޯކޮށްލައިފި އެވެ.

16 ޖޫން

June 16, 2019 13
އިތުރު ގައިދީން ދޫވި ކަން އެނގޭނީ ތަހުގީގަށް ފަހު

މާފު ނުދޭ އިތުރު ކުށްވެރިންތަކެއް ޖަލުން ދޫވިތޯ ބުނަން އެނގޭނީ ގައިދީއަކު ދޫވި މައްސަލައިގައި ކަމާގުޅޭ އިދާރާތަކުން ކުރަމުން އަންނަ ތަހުގީގު ނިމުމުން ކަމަށް ހޯމް މިނިސްޓްރީން...

June 16, 2019 18
ތިން އެކްސިޑެންޓަކާ ގުޅިގެން ލައިސަންސް ހިފަހައްޓައިފި

ސިނަމާލެ ބްރިޖާއި ހައިވޭގައި މި މަހު ހިނގި ބޮޑު ތިން އެކްސިޑެންޓްގައި އިހުމާލުވި ޑްރައިވަރުންގެ ލައިސަންސް ޓްރާންސްޕޯޓް އޮތޯރިޓީން ދިގު މުއްްދަތަކަށް ހިފަހައްޓައިފި އެވެ.

15 ޖޫން

June 15, 2019 59
ފްލައިޓްތެރޭ ޖިންސީ ފުުރައްސާރަކުރި މައްސަލައެއް ބަލަނީ

އައްޑޫން މާލެ އައި މޯލްޑިވިއަންގެ ފްލައިޓެއްގެ ތެރޭގައި ބިދޭސީއަކު ދިވެހި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

14 ޖޫން

June 14, 2019 19
ކުށްވެރިންގެ މުދާ ދައުލަތަށް، ކުށް ހުއްޓުވިދާނެތަ؟

ހަށިވިއްކުމުގެ ވިޔަފާރީގައި ބޭނުންކުރި ގެތަކެއް ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގަ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދައުލަތަށް ނެގި އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރިކަމުގެ ކުށް ސާބިތުވި މީހަކު މާލެއިން ގަނެފައިވާ ގެއެއް ވިއްކާލަން ނިންމި...

13 ޖޫން

June 13, 2019 22
މިނާފުށްލައްވާ ބަޑިއެއްް ގެންގުޅުނު ބަޔަކު ހައްޔަރުކޮށްފި

މިނާފުށް ލައްވާ ވައްތަރުގެ ކުޅޭ ކުޅޭ ބަޑިއެއް ގެންގުޅުނު މީހަކު ހައްޔަރުކޮށް ސުވާލުކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

11 ޖޫން

June 11, 2019 15
ގެއްލުނު ސައިކަލު ފެނުނީ ވިއްކާލަން އުޅެނިކޮށް

ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރި ސައިކަލެއް، 15،000ރ. އަށް ވިއްކާލަން ފޭސްބުކްގައި އިއުލާން ކޮށްފައިވަނިކޮށް ހޯދައިފި އެވެ.

June 11, 2019 13
ފޮށުނު މީހާ ޝަރީއަތް ނިމެންދެން ބަަންދަށް

މަގުމަތީގައި ހިނގާފައި ދިޔަ އަންހެނަކަށް ފުރައްސާރަކުރި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

10 ޖޫން

June 10, 2019 9
އަހަރެއް ކުރިން ވަގަށް ނެގި ތަކެތި ހޯދައިފި

ގދ. ތިނަދޫ އިސްލާމީ މަރުކަޒުގެ ސައިޓުން މިދިޔަ އަހަރުގެ ކުރީިކޮޅު ވަގަށް ނަގާފައިވާ ސާމާނުތަކެއް ފުލުހުން ހޯދައި އެ މައްސަލައިގެ ތުހުމަތަށް ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.

June 10, 2019 36
މަގުމަތިން ފޮށުނު ކަމަށް ބުނާ މީހާ ހައްޔަރުކޮށްފި

މާލޭ މަގުމަތިން މިދިޔަ ހޮނިހިރުދުވަހު އަންހެނަކަށް ފުރައްސާރަކޮށް، ފޮށި ހެދި ކަމުގެ ތުހުމަތުގައި މެދު އުމުރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.

09 ޖޫން

June 09, 2019 87
މަގުމަތިން ފޮށޭ މީހަކު ބޭޒާރުކޮށްލައިފި

މާލޭގެ މަގުމަތިން އަންހެނަކާ ފޮށެމުން ދިޔަ ކަމަށް ބުނާ މީހެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އިއްޔެ އާއްމުކޮށް، އޭނާ ބޭޒާރުކޮށްލައިފި އެވެ. އެ ވީޑިއޯ އާންމު ކުރުމާ އެކު، އެއީ އާއްމުކޮށް...

June 09, 2019 14
އަދީބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތުން...

06 ޖޫން

June 06, 2019 75
ޑްރަގްސް މައްސަލާގައި ޕީޖީގެ ވަކީލަކަށް ތުހުމަތުތަކެއް

ހުޅުމާލޭގެ ގެޔަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުން ކޯޓުން ދެ ފަހަރު ވެސް ދޫކޮށްލުމުން ހޯދި މައުލޫމާތުން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލާއެއްގެ މައްސަލަ ފެންމަތިވެއްޖެ އެވެ.

June 06, 2019 48
ދެ ގާޒީން ހައްޔަރުކުރަން ސުއޫދު ގޮވާލައިފި

ހުޅުމާލޭގެ ގެއަކުން ފުލުހުން ހޯދި ތިން ކިލޯގެ ޑްރަގާ އެކު ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައި ނުދިނުމުން އެކަމުގައި ފުލުހުން ހިނގި ދެ ކޯޓުގެ ދެ ފަނޑިޔާރުން...

June 06, 2019 34
ޑްރަގްގެ މައްސަލަ ޖެހޭނީ އިސްތިއުނާފުކުރަން: ކޯޓު

ހުޅުމާލޭގެ ގެއެއްގެ ތެރެއިން ފުލުހުން ހޯދި ތިން ކިލޯ ޑްރަގްގެ މައްސަލަ ދެން ކުރިއަށް ގެންދެވޭނީ އިސްތިއުނާފުކޮށްގެން ކަމަށް ބުނެ ކްރިމިނަލް ކޯޓުން ފުލުހުންނަށް ރައްދު ދީފި އެވެ.

05 ޖޫން

June 05, 2019 40
ބަންދަށް އެދުނީ މައްސަލަ ބަލާ އޮފިސަރު: ޕޮލިސް

ހުޅުމާލޭގެ ގެޔަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ހުޅުމާލޭ ކޯޓުން އިތުރުކޮށް ނުދިނީ އެ މައްސަލަ ތަހުގީގުކުރުމާ ހަވާލުވެފައިވާ ފުލުސް...

June 05, 2019 4
ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ފޮށިން ވައްކަންކޮށްފި

ތ. ތިމަރަފުށީގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ފޮށި ފަޅާލައި ވައްކަންކުރި މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ފައިސާ އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން...

04 ޖޫން

June 04, 2019 64
މަސްތުވުމުގެ ހުރިހާ ކަމެއް ކޮށްދޭ ގެއެއް ހޯދައިފި

ސަލާމަތީ ކަންކަން ވަރުގަދަކޮށްގެން ތިބެ، މަސްތުވާތަކެތީގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް، ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރާ ގެއެއް ހޯދައި 11 މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

June 04, 2019 15
އީދު ނަމާދަށް ދިޔަ ވަގުތު މާލޭގެ ގެއެއް ފަޅާލައިފި

މިއަދުގެ އީދު ނަމާދަށް ދިޔަ ވަގުތު މާލޭގެ ގެއެއް ފަޅާލައި 60،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

03 ޖޫން

June 03, 2019 11
ޒުވާނެއްގެ މަރުގައި ޝައްކު އުފެދޭތީ ތަހުގީގު ކުރަނީ

މާފަންނުގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ރޭ ފަތިހު މަރުވެފައި އޮއްވައި ފެނުނު ޒުވާނެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

June 03, 2019 6
ކުށުގެ ގާނޫނުތައް ގާނޫނުލްއުގޫބާތުގެ ތެރެއަށް ފެއްތުން

ޕީނަލް ކޯޑު، ނުވަތަ ޤާނޫނުލްޢުޤޫބާތަކީ، ކުށާއި އަދަބު ބަޔާންކުރާ ގާނޫނެވެ. ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަ ޕީނަލް ކޯޑު، ނުވަތަ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ...

01 ޖޫން

June 01, 2019 80
ފެން ކޭހެއް ވަގަށް ނެގުމުން މީހަކު ގަން ހިންގުވައިފި

މާލޭގެ ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި މީހަކު މިރޭ ގަން ހިންގުވައިފި އެވެ.

June 01, 2019 14
އަދީބުގެ ދެ މައްސަލައެއް ނުބަލާ އަނބުރާ ޕީޖީ އަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދެ މައްސަލައެއްގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވުމާ އެކު، އެ ދެ މައްސަލަ ނުބަލައި...

31 މެއި

May 31, 2019 22
ހިތަދޫ އެޕޯލޯ ފިހާރައިގެ ތިޖޫރި ވަގަށް ނަގައިފި

އައްޑޫ ހިތަދޫގެ އެޕޯލޯ ފިހާރަ ރޭ ދަންވަރު ފަޅާލައި، އެތަނުގެ ތިޖޫރި ވަގަށް ނަގައިފި އެވެ.

May 31, 2019 117
މަސްތުވާތަކެތީގެ ހާލި ދަގަނޑު ދޮރުތަކުގެ ފަހަތުގައި!

އެގޭގޭގައި ހުންނަނީ ފަލަ ދަގަނޑުން ހަދާފައި ހުންނަ ދޮރުތައް ހަރުކޮށްފަ އެވެ. ހުރިހާ ދޮރެއް ބަންދުކޮށްފައި ހުންނަނީ ދަގަނޑު ގޭޓްތަކުންނެވެ. އެއީ ފުލުހުން އެ ތަންތަން ރެއިޑް ކުރާއިރު...

30 މެއި

May 30, 2019 31
އޮއްތޮ އެކްސިޑެންޓްކޮށްލި މީހާގެ ޝަރީއަތް ކެންސަލްކޮށްފި

މިދިޔަ އަހަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ނުކުޅެދޭ ހާލަތަކަށް ދިޔަ އުމަރު ސަލީމް (އޮއްތޮ) ގެ ގައިގައި ސައިކަލުން ޖެއްސި މީހާގެ ޝަރީއަތް، އަހަރަކަށް ފަހު މިއަދު ހަމަޖެއްސިއިރު، އެ ޝަރީއަތް ވެސް ކެންސަލްކޮށްފި އެވެ.

May 30, 2019 7
ކުޑަހުވަދޫ މީރާ އޮފީހުން ޗެކްތަކެއް ވަގަށް ނަގައިފި

ދ. ކުޑަހުވަދޫގައި ހުންނަ މީރާގެ އޮފީހުގެ ތިޖޫރީގައި ހުރި 62،393ރ. ގެ ހަތަރު ޗެކާއި އިތުރު ފައިސާތަކެއް ވަގަށް ނަގައިފި އެވެ.

May 30, 2019 130
އަދީބަށް ކުރި ހުރިހާ ހުކުމަކުން ސަލާމަތްވެއްޖެ

ޚިޔާނާތުގެ ކުށުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ....