11 އެޕްރީލް

April 11, 2017 55
ރައުދާގެ މަރުގައި އާދަޔާ ޚިލާފު ކަމެއް ފާހަގައެއް ނުވޭ

ބަނގްލަދޭޝްގެ ރާޖްޝާހީގެ އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖްގެ ހޮސްޓެލްގައި "ދަންޖެހިގެން" މަރުވެފައި ހުއްޓާ ފެނުނު ދިވެހި މޮޑެލް ރައުދާ އާތިފް، 20، ގެ މަރާ މެދު އާދަޔާ ޚިލާފު ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

10 އެޕްރީލް

April 10, 2017 4
މަރުވި ބިދޭސީ މީހާ އަތުގައި ލައްކައެއްހާ ރުފިޔާ ހުރި

ލ. ފޮނަދޫގައި ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވައި ފެނުނު ބަންގްލަދޭޝް މީހާގެ އަތުން 90،000 ރުފިޔާ ފެނުނު ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

09 އެޕްރީލް

April 09, 2017 121
ބިސްގަނޑު ލަސްވެގެން ވެއިޓަރުގެ ލޯ ކައިރި ފަޅާލައިފި

ހުޅުލޭގައި ހުންނަ ބުރުޒު ކެފޭގައި ދިވެއްސަކު އޯޑަރު ދިން ބިސްގަނޑެއް ގެނައުން ލަސްވެގެން، ބިދޭސީ ވެއިޓަރުގެ މޫނުމަތީގައި މީހަކު ތަށިން ޖަހައި ލޯ ކައިރި ފަޅާލައިފި އެވެ.

07 އެޕްރީލް

April 07, 2017 12
ފޯނު އަތުލުމަށް ފަހު އަފްރާތު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލާގައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅާ ކަމުގެ ތުހުމަތަށް ފުލުހުން މިރޭ ހައްޔަރުކުރި އިބްރާހިމް އަފްރާތުގެ ފޯނު އަތުލުމަށް ފަހު ދޫކޮށްލައިފި އެވެ.

06 އެޕްރީލް

April 06, 2017 10
ގާސިމް ހައްޔަރުކުރި ނަމަވެސް ހަރަކާތްތައް ނުހުއްޓާނެ

ޖޫމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކުރި ނަމަވެސް ގައުމު އިސްލާހުކުރުމަށް ފަށާފައިވާ ހަރަކާތްތައް ހުއްޓާނުލާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

05 އެޕްރީލް

April 05, 2017 19
ހަނީފްގެ ބަންދަށް 10 ދުވަސް ޖަހައިފި

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފްގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

April 05, 2017 14
ޝުޖާއު އަވަހާރަކޮށްލަން އުޅުނު މައްސަލައެއް ބަލަނީ

ބަޔަކަށް ފައިސާ ދީގެން، ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

April 05, 2017 5
ޝުޖާއު އަށް ހަމަލާދޭން އުޅުނު މައްސަލައެއް ބަލަނީ

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނަށް ހަމަލާދޭން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

04 އެޕްރީލް

April 04, 2017 9
"ގާސިމްގެ ތަހުގީގު ހިންގަނީ އިޖްރައާތުތަކާ ޚިލާފަށް"

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަމުންދަނީ ވަކި ގޮތަކަށް ތަރުތީބު ވެގެން ކަމަށާއި އެކަމުގެ ނިޔަތާއި މަގްސަދު ރަނގަޅު ނޫން ކަމަށް ގާސިމްގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.

03 އެޕްރީލް

April 03, 2017 8
ރައުދާގެ މައްސަލަ ބަލަން ދެ ފުލުހަކު ބަންގްލަދޭޝް އަށް

ބަންގްލަދޭޝްގައި މިދިޔަ ހަފުތާގައި މަރުވި ދިވެހި މޮޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ތަހުގީގަށް ރާއްޖޭގެ ދެ ފުލުހަކު ބަންގްލަދޭޝަށް މިއަދު ފުރައިފި އެވެ.

02 އެޕްރީލް

April 02, 2017 4
ރިޔާޒް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

April 02, 2017 58
ގާސިމްގެ ފޮޓޯ އާއި އޯޑިއޯ ސާމްޕަލް ފުލުހުން ނަގައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގާ ގުޅިގެން ގާސިމް މިއަދު ފުލުހަށް ހާޒިރުކޮށް އޭނާގެ ފޮޓޯ އާއި އޯޑިއޯ ސާމްޕަލް ފުލުހުން ނަގައިފި އެވެ.

30 މާޗް

March 30, 2017 11
ތޮއްޔިބު ހައްޔަރުކުރީ ބިރުވެރިކަން އުފައްދާތީ: ޕޮލިސް

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް ހައްޔަރުކުރީ އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ފަދަ މައުލޫމާތު ފެތުރުމުގެ ތުހުމަތުގައި ކަމަށް ފުލުހުން މިއަދު ބުނެފި...

March 30, 2017 1
ގެއްލިގެން ހޯދިި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ ފިރިހެނަކު ލ. ފޮނަދޫގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

29 މާޗް

March 29, 2017 17
ގާސިމް ހާޒިރުކުރަނީ ބިރުދައްކަން: ނަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ފުލުސް އޮފީހަށް ހާޒިރުކުރަނީ ސިޔާސީ ބޭނުމަށް، ބިރުދައްކަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

March 29, 2017 49
ދައުވާކުރަނީ ގަދަބާރުން ވެރިކަން ދަމަހައްޓަން:އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ބަރިބަރި އަށް ޓެރަރިޒަމްގެ ދައުވާ އުފުލަނީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ މަގްބޫލްކަމާއި ރައްޔިތުންގެ އިތުބާރު ގެއްލެމުންދާތީ،...

March 29, 2017 6
ޑްރަގާ އެކު ދިވެއްސަކު އިންޑިއާގައި ހައްޔަރުކޮށްފި

ބައި ކިލޯގެ މަސްތުވާތަކެެއްޗާ އެކު ދިވެއްސަކު އިއްޑިއާގައި އިއްޔެ ހައްޔަރުކޮށްފި އެވެ.

23 މާޗް

March 23, 2017 2
ތޮއްޔިބުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

އެމްޑީޕީީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު އިތުރު 15 ދުވަސް ޖަހައިދީފި އެވެ.

March 23, 2017 2
70 ގައި ގެއްލުނު ކުއްޖާގެ މައްސަލާގައި ހައްޔަރުކޮށްފި

އޮސްޓްރޭލިޔާގައި ހައްލެއް ނުލިބި އެންމެ ގިނަ ދުވަހަށް ދެމިގެންދިޔަ މައްސަލާގައި އެންމެ ފަހުން މީހަކު ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން މިއަދު ބުނެފި އެވެ.

22 މާޗް

March 22, 2017 2
ލަންކާގައި ހައްޔަރުކޮށްފައި ހުރި ދިވެއްސަކު ފިލައިފި

ސްރީ ލަންކާގެ އިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރެއްގައި ހައްޔަރުކޮށްފައި ހުރި ދިވެއްސަކު އެހެން ބަޔަކާ އެކު ފިލައިފި އެވެ.

19 މާޗް

March 19, 2017 34
ރައީސް އޮފީހުގެ ބިއްލޫރިގަނޑެއް ތަަޅާލި މީހަކު ފުލުހަށް

ރައީސް އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

March 19, 2017 21
ހުކުމެއް ނެތި، ވާނުވާ ނޭނގި ޖަލުގައި: އަނިޔާއެއް

ހައްޔަރުކުރީ ބޮޑެތި ކުށްތަކެއްގެ ތުހުމަތުގަ އެވެ. މީހުން މެރުމާއި މަސްތުވާތަކެތި އެތެރެކުރުން ފަދަ ބޮޑެތި ޖަރީމާތަކެވެ. އެކަމަކު ޖަލުގައި ތިބޭތާ ތިން އަހަރު، ހަތަރު އަހަރު، އަދި...

13 މާޗް

March 13, 2017 38
ކުރީގެ ފިލްމީ ތަރި އައްޔަ މަރުވެފައި އޮއްވާ ފެެނިއްޖެ

ކުރީގެ ފިލްމީ ތަރި އަލީ އަހުމަދު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ދެންމެ ފެނިއްޖެ އެވެ.

11 މާޗް

March 11, 2017 19
ނަހަލާލަށް ވިހޭ ދަރިއަކު ޖެންޑާއިން ގެންގޮސްފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނ. ވެލިދޫގައި އަންހެނަކު ނަހަލާލަށް ވިހޭ ދަރިޔަކު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

10 މާޗް

March 10, 2017 85
ލޫކަސް ޕޮލިހަށް ހާޒިރުކޮށް ފޯނު ހިފަހައްޓައިފި

ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދޭގޮތަށް ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާ ކަމުގެ ތުހުމަތުގައި ޝައްމޫން ޖަލީލް (ލޫކަސް) ޕޮލިހަށް ހާޒިރުކޮށް، އޭނާގެ...

March 10, 2017 15
އަދީބު ޖަލުން ފިއްލަވާކަށް ނޫޅުއްވާ: ވަކީލުން

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކު ރައްވަމުން ގެންދަވަނިކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މި ހަފުތާގައި ދޫނިދު އަށް ބަދަލުކުރީ ޖަލުން ފިއްލަވަން އުޅުއްވުމުން ނޫން ކަމަށާއި...

09 މާޗް

March 09, 2017 11
ބަނގުރާ ހޯދަން ސަފާރީއަކަށް އަރައި މާރާމާރީ ހިންގައިފި

ކ. މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއަކަށް، ބަނގުރާ ގަތުމަށް ކަމަށް ބުނެ ޒުވާނުންތަކެއް އަރައި، ރާ ނުވިއްކުމުން މާރާމާރީ ހިންގައިފި އެވެ.

08 މާޗް

March 08, 2017 2
ފޭކް މެޑިކަލް ރިޕޯޓު "ހެދި" މީހަކު އަލުން ބަންދަށް

ބިދޭސީންގެ ވިސާ ހެދުމަށް ބޭނުންވާ ހަދާ މެޑިކަލް ޗެކަޕްގެ ސައްހަ ނޫން ރިޕޯޓްތަކެއް ހެދި މައްސަލާގައި ހައްޔަރުކުރި އިންޑިއާ މީހަކު ދޫކޮށްލާފައި ވަނިކޮށް އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

05 މާޗް

March 05, 2017 2
21 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި

އެކި މައްސަލަތަކުގައި އަތުލައިގަނެ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 21 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.