13 މާޗް

March 13, 2017 38
ކުރީގެ ފިލްމީ ތަރި އައްޔަ މަރުވެފައި އޮއްވާ ފެެނިއްޖެ

ކުރީގެ ފިލްމީ ތަރި އަލީ އަހުމަދު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ދެންމެ ފެނިއްޖެ އެވެ.

11 މާޗް

March 11, 2017 19
ނަހަލާލަށް ވިހޭ ދަރިއަކު ޖެންޑާއިން ގެންގޮސްފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނ. ވެލިދޫގައި އަންހެނަކު ނަހަލާލަށް ވިހޭ ދަރިޔަކު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

10 މާޗް

March 10, 2017 85
ލޫކަސް ޕޮލިހަށް ހާޒިރުކޮށް ފޯނު ހިފަހައްޓައިފި

ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދޭގޮތަށް ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާ ކަމުގެ ތުހުމަތުގައި ޝައްމޫން ޖަލީލް (ލޫކަސް) ޕޮލިހަށް ހާޒިރުކޮށް، އޭނާގެ...

March 10, 2017 15
އަދީބު ޖަލުން ފިއްލަވާކަށް ނޫޅުއްވާ: ވަކީލުން

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކު ރައްވަމުން ގެންދަވަނިކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މި ހަފުތާގައި ދޫނިދު އަށް ބަދަލުކުރީ ޖަލުން ފިއްލަވަން އުޅުއްވުމުން ނޫން ކަމަށާއި...

09 މާޗް

March 09, 2017 11
ބަނގުރާ ހޯދަން ސަފާރީއަކަށް އަރައި މާރާމާރީ ހިންގައިފި

ކ. މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއަކަށް، ބަނގުރާ ގަތުމަށް ކަމަށް ބުނެ ޒުވާނުންތަކެއް އަރައި، ރާ ނުވިއްކުމުން މާރާމާރީ ހިންގައިފި އެވެ.

08 މާޗް

March 08, 2017 2
ފޭކް މެޑިކަލް ރިޕޯޓު "ހެދި" މީހަކު އަލުން ބަންދަށް

ބިދޭސީންގެ ވިސާ ހެދުމަށް ބޭނުންވާ ހަދާ މެޑިކަލް ޗެކަޕްގެ ސައްހަ ނޫން ރިޕޯޓްތަކެއް ހެދި މައްސަލާގައި ހައްޔަރުކުރި އިންޑިއާ މީހަކު ދޫކޮށްލާފައި ވަނިކޮށް އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

05 މާޗް

March 05, 2017 2
21 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި

އެކި މައްސަލަތަކުގައި އަތުލައިގަނެ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 21 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.

02 މާޗް

March 02, 2017 2
ގާނޫނަކުން އެކަނި ހެކިވެރިޔާ ހިމާޔަތް ކުރެވިދާނެތަ؟

ހެއްކާ ބެހޭ ބިލު ދާދިފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، އެ ބިލުގެ މަސައްކަތް މަޖިލީހުން އަންނަނީ ކުރަމުންނެވެ. އެ ބިލުގެ އެންމެ ޚާއްސަ އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ހެކިވެރިންނަށް ހިމާޔަތް ދިނުމެވެ. ހެކިވެރިންނަށް ހިމާޔަތް ދިނުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް އެ ބިލުގައި ތަފްސީލުކޮށް ބުނެދީފައިވެ އެވެ.

01 މާޗް

March 01, 2017 6
ޕެޑަލްމަތިން ޑްރަގް ފެނިގެން މީހަކު ޖަލަށްލީ ރަނގަޅަށް

ދުއްވާފައި ދިޔަ ސައިކަލެއްގެ ޕެޑަލް މަތިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި، އެ ސައިކަލު ދުއްވި މީހާ އުމުރަށް ޖަލަށްލާން ހުކުމްކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2017 10
ކުށް މަދުކުރުމުގެ ބޮޑު ކެމްޕެއިނެއް ފުލުހުން ފަށައިފި

ރާއްޖެ އިން ކުށް މަދުކުރުމުގެ ބޮޑު ކެމްޕެއިނެއް، ރާއްޖޭގެ ބޮޑެތި ކުންފުނިތަކާ އެކު ފުލުހުން މިއަދު ފަށައިފި އެވެ.

26 ފެބުރުއަރީ

February 26, 2017 5
ޒައިދުގެ ތުހުމަތުތައް ބަލައިދޭން މަޖިލީހުގެ ކޮމެޓީއަށް

ބްލެކްމެއިލް ތުހުމަތެއްގައި ހައްޔަރުކޮށްފައިވާ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ފަރާތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ދެކޮޅަށް ބަޔާނެއް ހޯދަން މަސައްކަތް ކުރާ ކަމަށް ޒައިދުގެ ފަރާތުން ބުނެފައިވާތީ، އެކަން ބަލައިދޭން އެދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ...

22 ފެބުރުއަރީ

February 22, 2017 1
ދުވާފަރު މީހާގެ ލޮލަށް ބޮޑު ގެއްލުމެއް

ރ. ދުވާފަރުގައި އުމުރުން ދުވަސްވީ މީހެއްގެ މޫނަށް އިއްޔެ ކެމިކަލް ޖެހުމުން އޭނާގެ އެއް ލޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

21 ފެބުރުއަރީ

February 21, 2017 17
މީހެއްގެ މޫނަށް އަނެއްކާ ވެސް ކެމިކަލް ޖަހައިފި

ރ. ދުވާފަރުގައި އުމުރުން ދުވަސްވީ މީހެއްގެ މޫނަށް މިއަދު ކެމިކަލް ޖަހައި ޒަހަމްކޮށްލައިފި އެވެ.

19 ފެބުރުއަރީ

February 19, 2017 19
ފޭރިގަނެ ސައިކަލުން ޖައްސައި ފިލުމުން ހައްޔަރުކޮށްފި

ސ. ހިތަދޫ ބޭސް ފިހާރައެއްގައި ކޭޝިޔަރެއްގެ ގޮތުގައި އިން އަންހެނެއްގެ ފޯނު ފޭރިގަނެ ސައިކަލުން ޖައްސައި ޒަޚަމްކޮށްލުމަށް ފަހު ފިލި މީހަކު ފުލުހުން މިއަދު ހަވީރު ހައްޔަރުކޮށްފި އެވެ.

18 ފެބުރުއަރީ

February 18, 2017 13
ފިލި އެންމެން އަތުލައިގަނެވިއްޖެ: ޕޮލިސް

އާ ސަހަރާ ފުރަގަހުގައި ހުންނަ މާލޭ ކަސްޓޯޑިއަލް ގައި، ތަފާތު ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިއްބައި ފިލި މީހުން ހޯދާފައިވާ ކަމަށް ފުލުސް އޮފީހުން ރޭ ބުނެފި އެވެ.

17 ފެބުރުއަރީ

February 17, 2017 25
މާލޭ ކަސްޓޯޑިއަލް އިން ކުށްވެރިންތަކެއް ފިލައިފި

އާ ސަހަރާގެ ފުރަގަހުގައި ހުންނަ މާލޭ ކަސްޓޯޑިއަލް އިން މިދިޔަ ހަފުތާގައި ކުށްވެރިންތަކެއް ފިލައިފި އެވެ.

15 ފެބުރުއަރީ

February 15, 2017 19
ފިލްމީ ތަރި އައްޔަގެ މައްޗަށް ދައުވާކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ބުނެ ކުރީގެ ފިލްމީ ތަރި އަލީ އަހުމަދު (އައްޔަ) ގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.

12 ފެބުރުއަރީ

February 12, 2017 4
ޒައިދު އިތުރު 10 ދުވަހަށް ގޭ ބަންދަށް

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން އިތުރު 10 ދުވަހަށް ގޭ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

11 ފެބުރުއަރީ

February 11, 2017 78
ހިތާދޫއިން ފެންނަނީ އަދިވެސް ތެދުވެރިން އުޅޭކަމުގެ ހެކި

ވައްކަމާއި ފޭރުމާއި ޚިޔާނާއި މަކަރާއި ހީލަތުން ފައިސާ ހޯދުން އާންމުވެފައި ވިޔަސް ބ. ހިތާދޫއިން ފެންނަނީ އަދިވެސް ތެދުވެރިން އުޅޭ ކަމުގެ ވަރުގަދަ ހެއްކެކެވެ. އެކި ބާވަތުގެ ކާތަކެއްޗާއި މޭވާއި މިރުސް ފަދަ އެއްޗެހި ވިއްކަން އެ ރަށުގައި ބަހައްޓާފައި ހުންނަނީ މަގުމަތީގަ އެވެ. އަގު ޖަހާފައި ބެހެއްޓުމުން އެ ބޭނުންވާ މީހަކު ގެންދަނީ...

10 ފެބުރުއަރީ

February 10, 2017 17
މުޖުރިމުންނަށް ކައުންސިލަށް ވާދަކުރުމުގެ ދޮރު ހުޅުވިފައި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިންތިހާބުކުރާ ކައުންސިލަރުންނަކީ ރައްޔިތުންނާ ވީހާ ވެސް ކައިރިން މަސައްކަތް ކުރާ ބަޔެކެވެ. ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގެ ތެރެއިން ރައީސުލްޖޫމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ހިލާފަށް ރައްޔިތުންގެ ޝަކުވާތައް އަޑުއަހާނެ ބަޔަކަށް ތިބީ...