11 ފެބުރުއަރީ

February 11, 2017 78
ހިތާދޫއިން ފެންނަނީ އަދިވެސް ތެދުވެރިން އުޅޭކަމުގެ ހެކި

ވައްކަމާއި ފޭރުމާއި ޚިޔާނާއި މަކަރާއި ހީލަތުން ފައިސާ ހޯދުން އާންމުވެފައި ވިޔަސް ބ. ހިތާދޫއިން ފެންނަނީ އަދިވެސް ތެދުވެރިން އުޅޭ ކަމުގެ ވަރުގަދަ ހެއްކެކެވެ. އެކި ބާވަތުގެ ކާތަކެއްޗާއި މޭވާއި މިރުސް ފަދަ އެއްޗެހި ވިއްކަން އެ ރަށުގައި ބަހައްޓާފައި ހުންނަނީ މަގުމަތީގަ އެވެ. އަގު ޖަހާފައި ބެހެއްޓުމުން އެ ބޭނުންވާ މީހަކު ގެންދަނީ...

10 ފެބުރުއަރީ

February 10, 2017 17
މުޖުރިމުންނަށް ކައުންސިލަށް ވާދަކުރުމުގެ ދޮރު ހުޅުވިފައި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިންތިހާބުކުރާ ކައުންސިލަރުންނަކީ ރައްޔިތުންނާ ވީހާ ވެސް ކައިރިން މަސައްކަތް ކުރާ ބަޔެކެވެ. ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގެ ތެރެއިން ރައީސުލްޖޫމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ހިލާފަށް ރައްޔިތުންގެ ޝަކުވާތައް އަޑުއަހާނެ ބަޔަކަށް ތިބީ...

05 ފެބުރުއަރީ

February 05, 2017 17
ކުރީގެ އަނބިމީހާ ގޮސް މިހާރުގެ އަނބިމީހާ ބޯފަޅާލަައިފި

މާލޭގައި މިރޭ އިރާކޮޅު ދެ އަންހެނަކު ހިންގި މާރާމާރީއެއްގައި އެކެއްގެ ބޯފަޅާލައިފި އެވެ.

03 ފެބުރުއަރީ

February 03, 2017 2
ބޮޑު ވަގެއް ފުލުހުންގެ ހާޒިރުގައި ކައިވެނިކޮށްފި

އިންޑިއާގެ މުމްބައިގެ ތާނޭ ޑިސްޓްރިކްޓްގައި މިދިޔަ ހަފުތާގައި "ވަގުންގެ" ކައިވެނީގެ ހަފުލާއެއް އޮތެވެ. މި ހަފުލާއަށް ހާހަކަށް ވުރެ ގިނަ މެހެމާނުން ދިޔައިރު މީގެ ތެރޭގައި ގިނައީ އެކި ކަހަލަ ވައްކަން ކުރުމަށް ނަން މަޝްހޫރު މީހުންނެވެ. މީގެ ތެރޭގައި މީހުންގެ ކަރުގައި އޮންނަ ފަށް ދަމައިގަތުމަށް މަޝްހޫރު މީހުންނާއި...

01 ފެބުރުއަރީ

February 01, 2017 4
ހެކިން ސިއްރުކުރުން އާންމު ކަމަކަށް ވިޔަ ނުދީ!

ޝަރީއަތުގައި ހެކިބަސް ނެގުމުގެ އާންމު އުސޫލަކީ ހެކިވެރިޔާއަކީ ކާކުކަން ނުވަތަ ކޮން ބައެއްކަން އެ މައްސަލައިގެ ދެ ފަރާތަށް ވެސް އެނގިގެން ހެކިބަސް ނެގުމެވެ. ބޭނުމަކީ ވީހާ ވެސް ބޮޑަކަށް ދެ ފުށް ފެންނަ ގޮތެއްގައި އަދި އިންސާފު ގާއިމްކުރެވޭކަން ކަށަވަރުކޮށް ދިނުމެވެ. ގާނޫނުން އިސްތިސްނާ ނުކުރާ ނަމަ މިއީ ރާއްޖޭގައި ވެސް އަދި ދުނިޔޭގެ...

31 ޖެނުއަރީ

January 31, 2017 3
އިބްރާހިމްގެ ބަންދާ މެދު ހައި ކޯޓުން ގޮތެއް ނުނިންމި

ސްރީލަންކާގައި މަރައިލި ހުސައިން ރަޒީން (ރަބަރޭ) މަރާލަން ފައިސާ ޚަރަދު ކުރި ކަމަށް ބުނެ ދައުލަތުން ދައުވާކުރާ މީހާގެ ގޭ ބަންދުގައި ހުރި މައްސަލާގައި އިތުރު ގޮތެއް ހައި ކޯޓަށް ނިންމެން ނެތް ކަމަށް އެ ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

25 ޖެނުއަރީ

January 25, 2017 6
އާއިލާ އިން ޖަލަށް ތަކެތި ގެންދިއުން މަނާކޮށްފި

ޖަލުގައި ތިބޭ މީހުންނާ ބައްދަލު ކުރުމަށް އެ މީހުންގެ އާއިލާއިން ދާއިރު، ގައިދީންނަށް އެއްޗެހި ގެންދިއުން ކަރެކްޝަނަލް ސާވިސަސް އިން މަނާކޮށްފި އެވެ.

January 25, 2017
ފުވައްމުލަކަށް ޑްރަގް އެތެރެކުރި މީހަކު އުމުރަށް ޖަލަށް

ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށްލައި، ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

23 ޖެނުއަރީ

January 23, 2017 4
ކުށްކުރިތާ އަށް އަހަރު ފަހުން އުމުރަށް ޖަލަށް

އައްޑު އަށް މަސްތުވާތަކެތި އެތެރެކުރި މީހަކު، އެ ކުށް ކުރިތާ އަށް އަހަރު ފަހުން އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

January 23, 2017 17
ވިސާމާއި ލީވާނަށް ދޭން އުޅެނީ ނުހައްގު އަދަބެއް

ރާއްޖެ ޓީވީގެ ނޫސްވެރިންތަކެއް ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން ނަސީރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި އެ މީހުންނަށް މާދަމާ އަދަބު ކަނޑައަޅާއިރު، ސަރުކާރުން މަސައްކަތް...

January 23, 2017 4
މިނިމަސް ކާތީ 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

ނުވަ އަހަރުގެ ފިރިހެންކުއްޖަކު މަރާލައި އެ ކުއްޖާގެ މިނިމަސް ކެއުމުގެ ތުހުމަތުގައި އިންޑިއާގެ ލޫދިއާނާގެ 16 އަހަރުގެ ފިރިހެންކުއްޖަކު ހައްޔަރު ކޮށްފި އެވެ.

22 ޖެނުއަރީ

January 22, 2017
ޝީނާގެ މަރުގެ ދައުވާ ލިބޭ އިންދިރާނީ ވަރިވަނީ

ޝީނާ ބޯރާ މަރާލިކަމުގެ ތުހުމަތުގައި، އިންޑިއާގެ މީޑިއާގެ ފުންނާބު އުސް މީހެއްކަމަށްވާ އޭނާގެ ދޮން ބައްޕަ ޕީޓާ މުކަރުޖީ އާއި މަންމަ އިންދިރާނީއާ ދެކޮޅަށް ކޯޓުގައި އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ފަށަން ތައްޔާރުވެފައި ވަނިކޮށް ޕީޓާ ކައިރިން ވަރިވާން އިންދިރާނީ ކޯޓުގައި އެދެފި އެވެ.

14 ޖެނުއަރީ

January 14, 2017 1
އޮފީހެއް ފަޅާލައި ފައިސާތަކެއް ނެގި މީހާ ހައްޔަރުކޮށްފި

ކުންފުންޏެއްގެ އޮފީސް ރޭ ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށް، ގެއްލުނު ފައިސާގެ ތެރެއިން ބޮޑު ބައެއް މިއަދު ހޯދައިފި އެވެ.

11 ޖެނުއަރީ

January 11, 2017 11
މަސް މަރާ ބަޑިތަކެއް އަތުލައިގެންފި

ރާއްޖެ އަށް ވަގަށް އެތެރެ ކުރި ގިނަ އަދަދެއްގެ މަސް މަރާ ބަޑި ކަސްޓަމްސް އިން ރޭ އަތުލައިގެންފި އެވެ.

January 11, 2017 10
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން އިހްތިޖާޖަށް

ގއ. ވިލިނގިލީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މީހަކު ކޯޓުން ދޫކޮށްލުމުން އެ ރަށު ރައްޔިތުން އެކަމާ ދެކޮޅަށް މިއަދު އިހްތިޖާޖް ކުރަން ފަށައިފި އެވެ.

10 ޖެނުއަރީ

January 10, 2017 26
ދައުވާކުރަން ފޮނުވީ ސިޔާސީ ބޭނުމަކަށް: ނަޝީދުގެ އޮފީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، މިހާރުގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވީ ސިޔާސީ މަގްސަދެއްގައި ކަމަށް ނަޝީދުގެ އޮފީހުން މިރޭ ބުނެފި އެވެ.

08 ޖެނުއަރީ

January 08, 2017 53
ގެއެއްގައި ދެމަފިރިއަކު މަރުވެފައި ތިއްބާ ފެނިއްޖެ

ތ. ވިލުފުށީ ދެމަފިރިއަކު މާލޭގެ ގެއެއްގެ ކޮޓަރިއެއް ތެރޭގައި މަރުވެފައި ތިއްބާ މިއަދު މެންދުރު ފެނިއްޖެ އެވެ.

04 ޖެނުއަރީ

January 04, 2017 3
ފައިސާ ފޭރުނު މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

ރެއިންބޯ ކުންފުނީގެ ހަ ލައްކައެއްހާ ރުފިޔާ ފޭރިގަތް މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

January 04, 2017 6
ޑްރަގް އޮޕަރޭޝަންގައި 62 މީހަކު ހައްޔަރުކޮށްފި

މާލެ އާއި މާލެ ހިމެނޭ ސަރަހައްދުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި 11 ދުވަހުގެ ހާއްސަ އޮޕަރޭޝަންގައި 62 މީހަކު ހައްޔަރުކޮށްފި އެވެ.

03 ޖެނުއަރީ

January 03, 2017 13
ޝުމްބާއާ ދޭތެރޭ އަމަލުކުރަނީ ބޭއިންސާފުން: އާއިލާ

މީގެ އަހަރެއްހާ ދުވަސް ކުރިން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހްމަދު އަޝްރަފް (ޝުމްބާ ގޮންގު) ގެ ޝަރީއަތް ކުރިއަށް ނުގެންގޮސް، އޭނާއާ ދޭތެރޭ ބޭއިންސާފުން އަމަލުކުރަމުން ދާ ކަމަށް ބުނެ އާއިލާ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

01 ޖެނުއަރީ

January 01, 2017 4
ސީރިއަސް ކުށްތައް މަދު، ކުދި ކުށްތައް އިތުރު: ޕޮލިސް

މިދިޔަ އަހަރު ހުށަހެޅުނު ސީރިއަސް ކުށްތަކުގެ އަދަދު މަދުވިޔަސް ކުދި ކުށްތައް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

31 ޑިސެމްބަރ

December 31, 2016 9
ގޮއްވައިލި ކަމަށް ބެލެވެނީ ބެޓެރީތަކެއް

މައްޗަންގޮޅީ ސަހަރާ ކައިރިން މިއަދު ހަވީރު ބާރުގަދަ އެއްޗެއް ގޮވި ކަމުގެ ރިޕޯޓް ލިބިގެން ބެލި އިރު ފެނުނީ "އަނދާފައި ހުރި ބެޓެރިތަކެއް" ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

30 ޑިސެމްބަރ

December 30, 2016 15
ރައީސްގެ އަމިއްލަފުޅު އިސްނެންގެވުމަށް މާފު ދެއްވަނީ

ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން، ކުށްވެރިންނަށް މާފު ދެއްވޭނެ ގަވައިދެއް އެކުލަވާލައި ހޯމް މިނިސްޓްރީން އިއްޔެ ގެޒެޓްކޮށްފި އެވެ.

December 30, 2016 1
ނިލަންދޫން ސްކޫލުން ވަގަށް ނެގި ފައިސާ ހޯދައިފި

‎ގއ. ނިލަންދޫ ސްކޫލުގެ ތިޖޫރި ފަޅާލައި ވަގަށް ނެގި ދެ ލައްކައެއްހާ ރުފިޔާ ހޯދައި، ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.