03 މާޗް

March 03, 2019 9
ޖަލްޕަރީ ފަޅާލައިގެން ވަގުންނަށް ލިބުނީ ވަކިލާރިކޮޅެއް!

މަޝްހޫރު ފޮތި ފިހާރަ، ޖަލްޕަރީއަށް އިއްޔެ ރޭ ވަގުން ވަދެ ވައްކަންކޮށްފި އެވެ. އެކަމަކު އެ މީހުންނަށް އަތުޖެހުނީ، ފިހާރައިގެ ވަތްގަނޑުގައި ހުރި ވަކި ލާރިކޮޅު އެކަންޏެވެ.

March 03, 2019 56
ވަޅި ހިފައިގެން ގެޔަކަށް ވަދެ ފޭރިއްޖެ

މާލޭގައި ބިދޭސީން އުޅޭ ގެޔަކަށް ވަޅި ހިފައިގެން ބަޔަކު ވަދެ ތިން ބިދޭސީއެއްގެ އަތުން ފައިސާތަކަކާއި ތިން ފޯނެއް، ރޭ ދަންވަރު ފޭރިގެންފި އެވެ.

March 03, 2019 38
ރިޔާސީ ކޮމިޝަން ވެސް "ވަގަށް ނަގައި މަރާލާނެ"

މީހުން މެރުމާއި ވަގަށް ނެގުމާއި ހިޔާނާތުގެ ތެރެއިން ހަގީގަތް ހޯދިފައި ނުވާ ކަންކަން ތަހުގީގު ކުރުމުގެ ވައުދު ފުއްދުން އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެކަނި ޒިންމާއެއް...

02 މާޗް

March 02, 2019 40
މަސްތުވާތަކެއްޗާ އެކު 20 ދިވެއްސަކު ހައްޔަރުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާ އެކު 20 ދިވެއްސަކު މިއަދު ހައްޔަރުކޮށްފި އެވެ.

01 މާޗް

March 01, 2019 27
ރާފުޅިތަކަަަަަކާ އެކު ބަޔަކު އަތުލައިގެންފި

ދަބަސްތަކަކަށް ބަނގުރާފުޅިތަކެއް އަޅައިގެން މިއަދު މާލޭގެ މަގުމަތީގައި އުޅުނު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2019 8
ތިޖޫރިއެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ގއ. ކޮލަމާފުށީ ގެއެއްގެ ތިޖޫރި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

February 27, 2019 23
ތަހުގީގު ފެށުމުން ލުތުފީ އޮފީހަށް ވަޑައެއް ނުގަންނަވާ!

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީގެ މަނީ ލޯންޑަރިން މައްސަލަ ތަހުގީގުކުރަން ފެށުމުން، އޭނާ އޮފީހަށް ނުނިކުންނަވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

26 ފެބުރުއަރީ

February 26, 2019 16
ޝިޕިން ޗާޖު ހޯދަން ކަމަށް ބުނެ މަކަރުން ފައިސާ ހޯދަނީ

ޕާރުސަލަކާ ހަވާލުވެ، އެ ގެންނަ މީހާއާ ޝިޕިން ޗާޖު ހަވާލުކޮށްދޭން އެދި މަކަރާއި ހީލަތުން ފައިސާ އަތުލުން އިތުރުވަމުން ދާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

25 ފެބުރުއަރީ

February 25, 2019 38
ޔާމީން ޖަލުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް: ސައީދު

ހެކި ނައްތާލާނެ ކަމުގެ ތުހުމަތާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބެހެއްޓެވުން ދެކޮޅު ނުޖެހޭ ކަމަށާއި ގާނޫނާ ޚިލާފު ބަންދުން އެމަނިކުފާނު ވީއްލަން ޖެހޭ ކަމަށް ކުރީގެ...

February 25, 2019 11
އައްޑޫގައި ޒަހަމްކޮށްލި ބިދޭސީއަކު އައިސީޔޫގައި

ރޭ ފަތިހު، އައްޑޫ ހިތަދޫގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ޒަހަމްކޮށްލައިފި އެވެ.

24 ފެބުރުއަރީ

February 24, 2019 6
އައްޑޫން ވަގަށް ނެގި ތިޖޫރީ ފެނުނީ ފުއްޓަރުފަރާތުން

އައްޑޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ޔުނިޓް ފަޅާލައިގެން މި މަހު ކުރީކޮޅު ވަގަށް ނެގި ތިޖޫރީ ސ. ހިތަދޫ ފުއްޓަރު ފަރާތު ވަލުތެރޭން ފެނިއްޖެ އެވެ.

February 24, 2019 135
ކަރަންޓް ދަންތުރަ ނުހެދޭނެ، އަދަބު ލިބެން ޖެހޭނެ!

ވަގުން ހިފުމަށް ކަރަންޓު ދަންތުރަ ފަދަ ތަކެތި ހެދުމަކީ ގާނޫނުގައި ކުށެއް ކަމަށާއި ގއ. ވިލިނގިލީގައި ދަންތުރައެއްގައި ޖެހި މިދިޔަ އާދިއްތަ ދުވަހު ހުސެއިން ސިމާދު މަރުވި...

22 ފެބުރުއަރީ

February 22, 2019 12
ސިމާދު މަރުވި މައްސަލައިގައި މީހެއްގެ ބަޔާން ނަގައިފި

ގއ. ވިލިނގިލީގައި ސަފާރީއެއް ބަނުމަށް ހަދާފައި ހުރި ހަރުގެ ތެރޭގައި ހުސެއިން ސިމާދު މަރުވި މައްސަލައިގައި، އެ ހަރުގެ ބަލަހައްޓާ މީހާގެ ބަޔާން ފުލުހުން ނަގައިފި އެވެ.

21 ފެބުރުއަރީ

February 21, 2019 44
ޕެޕާ ސްޕްރޭ ޖެހީ ގަދަކަމުން ވަންނަން އުޅުމުން:ޕޮލިސް

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ އައިޖީއެމްއެޗަށް ގެންދިއުމާ އެކު ހޮސްޕިޓަލަށް ޖަމާވި އެމަނިކުފާނުގެ ސަޕޯޓަރުންތަކެއްގެ...

February 21, 2019 7
އާޒިމާ އަށް އުފުލި ދައުވާގެ ލިޔުންތައް ހަވާލުކޮށްފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކުރި މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާއާ ގުޅޭ ލިޔެކިޔުންތައް އޭނާއާ މިއަދު ހަވާލުކޮށްފި...

20 ފެބުރުއަރީ

February 20, 2019 11
މާލޭގައި އަނެއްކާވެސް ފައިސާތަކެއް ފޭރިގެންފި

ތޫނު އެއްޗަކުން ބިރު ދައްކައިގެން މިއަދު މެންދުރު މާލޭގައި މީހަކު އަތުން ފައިސާތަކެއް ފޭރިގަތް ދެ މީހަކު ހައްޔަރުކޮށްފި އެވެ.

February 20, 2019 31
މަހްލޫފްގެ ބަޔާނެއް އޭސީސީން ނަގައިފި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ އެކައުންޓަށް ވަދެފައިވާތީ އެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ބަޔާނެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު...

19 ފެބުރުއަރީ

February 19, 2019 8
ޔާމީން ހައްޔަރުކުރުމުގެ އަމުރު އިސްތިއުނާފުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރު ހައި...

February 19, 2019 31
މާލޭގައި ވަޅިން ބިރުދައްކައި ބައި މިލިއަން ފޭރިގެންފި

މާލޭގައި ވަޅިން ބިރު ދައްކައި، 560،000 އަށް ވުރެ ގިނަ ރުފިޔާ މިރޭ ފޭރިގެންފި އެވެ.

18 ފެބުރުއަރީ

February 18, 2019 40
ކުރީގެ ރައީސް ޔާމީން މާފުށީ ޖަލަށް ގެންގޮސްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި، ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކުރުމާ އެކު އެ މަނިކުފާނު ކ. މާފުށީ ޖަލަށް ގެންގޮސްފި އެވެ.

February 18, 2019 76
ކުރީގެ ރައީސް ޔާމީން ކޯޓަށް ހާޒިރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުށަހަޅާފައިވާ މަނީ ލޯންޑެރިންގެ މައްސަލާގައި އެ މަނިކުފާނު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.

February 18, 2019 140
ސިމާދު މަރުވީ ކަރަންޓު ދަންތުރައެއްގައި ޖެހިގެން

ގއ. ވިލިނގިލީގައި ސަފާރީއެއް ބަނުމަށް ހަދާފައި ހުރި ހަރުގެ ތެރޭގައި ހުސެއިން ސިމާދު މަރުވީ އެތަނުން ވައްކަން ކުރާތީ، ވަގުން ހިފުމަށް ހަދާފައި ހުރި ކަރަންޓް ދަންތުރައެއްގައި...

17 ފެބުރުއަރީ

February 17, 2019 29
ޓެކްސީ ޑްރައިވަރަށް ޖިނާއީ ދައުވާ ކުރަނީ

ސެނަހިޔާ ހޮސްޕިޓަލު ކައިރިން ކަފިހިހުރަހަކުން މަގު ހުރަސްކުރަން އުޅެނިކޮށް އެކްސިޑެންޓުވި އުމުރުން 46 އަހަރުގެ އަންހެނެއްގެ ގައިގައި ކާރަކުން ޖެހުނު މައްސަލައިގައި ޑްރައިވަރަށް...

February 17, 2019 1
ސިމާދުގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

ގއ. ވިލިނގިލީ އޮޑިފަހަރު ބަންނަ ހަރުގެއެއް ކައިރީގައި މަރުވެފައި އޮއްވާ މިއަދު ފެނުނު ހުސެއިން ސިމާދުގެ މަރުގެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް...

13 ފެބުރުއަރީ

February 13, 2019 5
ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލަ މާދަމާ ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭންކް އެކައުންޓް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

February 13, 2019 115
ޔާމީނަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އުފުލައި ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

12 ފެބުރުއަރީ

February 12, 2019 20
ޖިނާއީ ކުށްތައް ހުއްޓުވަން އިންޑިއާގެ އެހީ ހޯދަނީ

ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެ އާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.

11 ފެބުރުއަރީ

February 11, 2019 12
ހަގީގަތާ ހަމައަށް ދެވޭނީ 155 މީހުން ހާމަ ކުރުމުން

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ހަގީގަތާ ހަމައަށް ވާސިލްވެވޭނީ ކޮރަޕްޝަންގެ ފައިސާ ލިބުނު 155 މީހުންގެ ނަން ހާމަކޮށްގެން ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފި އެވެ.

10 ފެބުރުއަރީ

February 10, 2019 9
ހޮރައިޒަންގެ 160،000 ރުފިޔާގެ ޗެކެއް ފޭރިގެންފި

ހޮރައިޒަން ފިޝަރީޒްގެ 160،000 ރުފިޔާގެ ޗެކެއް މިއަދު ފޭރިގެންފި އެވެ.

February 10, 2019 14
މުސްތަފާގެ ބަންދަށް 10 ދުވަސް ކޯޓުން އިތުރުކޮށްފި

މުލީއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

09 ފެބުރުއަރީ

February 09, 2019 55
ސައިކަލު ރޭސް ޖަހަން އުޅުނު ދެ ކުއްޖަކަށް އަނިޔާވެއްޖެ

ރޭ ދަންވަރު މާލޭގައި ސައިކަލު ރޭސް ޖަހަން އުޅުނު ދެ ކުޑަކުއްޖަކު އެކްސިޑެންޓުވެ ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

07 ފެބުރުއަރީ

February 07, 2019 6
ރިޔާސީ ކޮމިޝަންގެ ބިލެއް މައުމޫން އެކުލަވާލައްވައިފި

ރައީސުލް ޖުމްހޫރިއްޔާ އެކި ބޭނުންތަކަށް އުފައްދަވާ ރިޔާސީ ކޮމިޝަންތަކަށް ބޮޑެތި ބާރުތަކެއް ލިބިދެވޭ ގޮތަށް ރިޔާސީ ކޮމިޝަންތަކުގެ ބިލެއް ގާނޫނީ ވަކީލް މައުމޫން ހަމީދު ޑްރާފްޓް ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ފޮނުއްވައިފި އެވެ.

06 ފެބުރުއަރީ

February 06, 2019 30
ގޭންގުތަކާ ވާހަކަ ދެއްކުން މަހްލޫފް ދިފާއު ކުރައްވައިފި

ގޭންގުތަކާ ވާހަކަ ދައްކައިގެން، މާރާމާރީ އާއި ބޮޑެތި ކުށްތައް ހުއްޓުވުމުގެ މަސައްކަތް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް މިނިސްޓަރު އަހުމަދު މަހްލޫފް އިއްޔެ ދިފާއު ކުރައްވައިފި އެވެ.