28 ސެޕްޓެމްބަރ

September 28, 2020 9
ހައި ކޯޓާއި ކްރިމިނަލް ކޯޓަށް އިސް ފަނޑިޔާރުން ހޯދަނީ

ހައި ކޯޓާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

21 ސެޕްޓެމްބަރ

September 21, 2020 6
އަދީބަށް ކުރި ދައުވާތައް އަލުން ބަލަން ހުކުމްކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

17 އޯގަސްޓް

August 17, 2020 2
ޔާމީންގެ ވަކީލުންގެ މައްސަލާގައި އަމުރެއް ނެތް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސަން ކްރިމިނަލް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އަށް އަމުރުކޮށްފައި ނުވާ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.

13 އޯގަސްޓް

August 13, 2020 3
ޖަލުގައި ޖާގަ ނެތިގެން މީހަކު ދޫކޮށްލީ ރަނގަޅަށް

މަސްތުވާތަކެތީގެ މައްސަލައެއްގެ ދައުވާ ލިބޭ މީހަކު ޖަލުގައި ޖާގަ ނެތިގެން ކޯޓުން ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

10 އޯގަސްޓް

August 10, 2020 2
ހަނގުރާމަ އަށް ދާންއުޅުނު މައްސަލައެއް އަލުން ބަލަނީ

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވާން އުޅުނު ކަމަށް ބުނެ ދައުލަތުން މީހަކަށް ކުރި ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

06 އޯގަސްޓް

August 06, 2020 10
ހައި ކޯޓުގެ މުވައްޒަފުންތަކެއް ނުރުހުމުގައި ބަދަލުކުރަނީ

ހައި ކޯޓުގެ މުވައްޒަފުންތަކެއް ނުރުހުމުގައި ކްރިމިނަލް ކޯޓަށް ބަދަލުކުރަން އުޅުނު މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަން ފަށައިފި އެވެ.

August 06, 2020 2
ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަނީ

ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.

05 އޯގަސްޓް

August 05, 2020 42
ޝީރީންގެ މަރުގެ މައްސަލާގައި ނަޖާހު 12އަހަރަށް ޖަލަށް

ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީން މަރައިލުމުގެ ކުށް ސާބިތުނުވާ ކަމަށާއި އެކަމަކު ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށް އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި، 12 އަހަރަށް ޖަލަށް ލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

23 ޖުލައި

July 23, 2020 19
އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫކޮޮށްލައިފި ނަމަ ފިއްލަވާފާނެ ކަމަށް ބުނެ އިސްތިއުނާފް ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް ދައުލަތުން ހައި ކޯޓުގައި މިއަދު އެދިއްޖެ އެވެ.

22 ޖުލައި

July 22, 2020 2
އަދީބުގެ މައްސަލާގެ އިސްތިއުނާފް މާދަމާ ފަށަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލުމުން އޭނާ މިނިވަންވި މައްސަލާގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ނިންމައިފި އެވެ.

20 ޖުލައި

July 20, 2020 7
ފަނޑިޔާރު ޝުޖާއުގެ މައްސަލާގައި އިންސާފުވެރިއެއްނޫން

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުލޫކީ މައްސަލަތައް ބެލުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިންސާފުވެރިކަމާއި ހަމަހަމަކަން ނުގެންގުޅޭކަން ސާފުވެފައިވާ ކަމަށް، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

19 ޖުލައި

July 19, 2020
ފަތުހުގެ ވެރިޔާއަށް ކުރާ ޚިޔާނާތުގެ ދައުވާ އަލުންބަލަނީ

ފައިސާ ނެގުމަށް ފަހު ހައްޖަށް ގެންގޮސް ނުދިން މައްސަލާގައި ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު މުސްތަފާ މުހައްމަދުދީދީގެ މައްޗަށް ކުރި އެއް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ތާއީދުކޮށް، އޭނާގެ މައްޗަށް ކުރި ޚިޔާނާތުގެ ދައުވާ ދަށު ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން މިއަދު...

23 ޖޫން

June 23, 2020 23
ކުއްޖަކާ ބެހުނު ކަމުގެ ހެކި ހުރެ ދޫކޮށްލަންޖެހިއްޖެ

ޖިނާއީ ބޮޑު ކުށަކަށް ނުވާ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން އިތުރު ކުރިޔަސް، 15 ދުވަހަށް ވުރެ އިތުރަށް ބަންދުގައި ނުބެހެއްޓޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައި ވާތީ، ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކު މިއަދު ބަންދުން ދޫކޮށްލަން ޖެހިއްޖެ...

03 މާޗް

March 03, 2020 20
މަލް ދޫކޮށްލި މައްސަލަ ހައި ކޯޓުން ބާތިލުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ އުފުލާފައިވާ ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

25 ފެބުރުއަރީ

February 25, 2020
"ނަދީމް ހައްޔަރުކުރި މައްސަލަ ބަލައިނުގަތީ ރަނގަޅަށް"

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ކުރީގެ ސަރުކާރުގައި ގާނޫނާ ޚިލާފަށް ހައްޔަރުކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަ ކްރިމިނަލް ކޯޓުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

02 ފެބުރުއަރީ

February 02, 2020 1
ޝަރީއަތް ލަސްވެފައިވާ މައްސަލަތަކުގެ ތަފްސީލް ހޯދަނީ

ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން ޝަރީއަތް ދިގުލައިގެން ގޮސްފައިވާ މައްސަލަތަކުގެ ތަފްސީލް ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

February 02, 2020 20
މުދިމު ޖިންސީ ގޯނާކުރި މައްސަލަ އަނބުރާ ނަގައިފި

ކްރިމިނަލް ކޯޓުގައި އޮންނަތާ 10 އަހަރު ފަހުން ސާބިތުނުވާ ކަމަށް ހުކުމް ކުރި ޖިންސީ ގޯނާގެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމަށް ފަހު، ގާނޫނީ ހުރަސްތަކާ ހެދި އެ...

28 ޖެނުއަރީ

January 28, 2020 40
ޔާމީންގެ ޝަރީއަތް ލައިވްނުކުރަނީ ޖެހިލުންވާތީ: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި މަނީ ލޯންޑްރިންގެ ހުކުމްގެ އިސްތިއުނާފް ޝަރީއަތް ލައިވް ނުކުރަނީ ސަރުކާރުން އެކަން ކުރަން ޖެހިލުންވާތީ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

12 ޖެނުއަރީ

January 12, 2020 26
ޔާމީނަކީ ކުށްވެރިއެއް، ކަފާލާތު ދޭނީ ކިހިނެއް؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން މިނިވަންކުރަން ހައި ކޯޓުގައި އެދިވަޑައިގަތުމުން އެކަން ލަސްވަމުން ދާތީ ކަންބޮޑުވުން ފާޅުކުރެއްވުމާ އެކު، ގާނޫނީ ބަހުސެއް މި ވަނީ އުފެދިފަ އެވެ.

18 ޑިސެމްބަރ

December 18, 2019 16
ޔާމީންގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބަލައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ މައްސަލައިގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފަށް އެދުމުން އެ މައްސަލަ ބަލައިގެންފައިވާ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.

05 ޑިސެމްބަރ

December 05, 2019 6
ޖިންސީގޯނާގެ ތުހުމަތު ކުރި ކޯޗަށް ނުވަ ދައުވާއެއް

ގިނަ ބަޔަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓައި ދޫވުމުން އަލުން ހައްޔަރުކުރި ގައުމީ ކްރިކެޓް ކޯޗް އާސިފް ޚާންގެ މައްޗަށް ނުވަ ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

30 ނޮވެމްބަރ

November 30, 2019 17
ޔާމީންގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ މައްސަލައިގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފި އެވެ.