12 އޮކްޓޯބަރ

October 12, 2020 6
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އިސްތިއުފާދީފި

މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނިކޮށް، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

07 އޮކްޓޯބަރ

October 07, 2020 13
ގާޒީ އިބްރާހިމް އަލީ ވަކިކުރަން މަޖިލީހަށް ފޮނުވަނީ

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމައި، އޭނާ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

28 ސެޕްޓެމްބަރ

September 28, 2020 9
ހައި ކޯޓާއި ކްރިމިނަލް ކޯޓަށް އިސް ފަނޑިޔާރުން ހޯދަނީ

ހައި ކޯޓާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

21 ސެޕްޓެމްބަރ

September 21, 2020 7
ސަސްޕެންޝަން ހަމަވެ ގާޒީ އިސްމާއިލް އަލުން ކޯޓަށް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކަމުގެ ތުހުމަތު އޮތް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތައް ބާތިލްކުރުމުން ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައި އެ މައްސަލާގައި ސަސްޕެންޑްކުރި ގާޒީ އިސްމާއިލް ރަޝީދު އަލުން ވަޒީފާ އަށް...

13 ސެޕްޓެމްބަރ

September 13, 2020 8
"ގާޒީ އާދަމްއާ ކޯޓު ހިންގުން ހަވާލުކުރީ ރަނގަޅަށް"

ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމް މުހައްމަދާ ވަގުތީ ގޮތުން ހަވާލުކުރީ އުސޫލުތަކާ އެއްގޮތަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

08 ސެޕްޓެމްބަރ

September 08, 2020 14
ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމް މުހައްމަދަށް

ކްރިމިނަލް ކޯޓު ހިންގުން އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ މިއަދު ހަވާލުކޮށްފި އެވެ.

02 ސެޕްޓެމްބަރ

September 02, 2020 21
ކްރިމިނަލް ކޯޓުގެ ފުރަތަމަ އަންހެން ގާޒީއަކަށް ދީބާނާޒް

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރި ފުރަތަމަ އަންހެން ފަނޑިޔާރަކަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ދީބާނާޒް ފަހުމީ މިއަދު އައްޔަން ކުރައްވައިފި އެވެ.

09 އޯގަސްޓް

August 09, 2020 2
ކްރިމިނަލް ކޯޓަށް އިތުރު ފަނޑިޔާރަކު ހޯދަނީ

ކްރިމިނަލް ކޯޓަށް ހޯދަން އިއުލާން ކޮށްފައިވާ ފަނޑިޔާރުންގެ އަދަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ދޭކަށް އިތުރުކޮށްފި އެވެ.

06 އޯގަސްޓް

August 06, 2020 20
ސުޕްރީމް ކޯޓަށް އަލީ ރަޝީދާއި މުހައްމަދު އިބްރާހިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓް ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިންނާއި ގާނޫނީ ވަކީލް ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރުމާމެދު ލަފައެއް...

August 06, 2020 2
ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަނީ

ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.

20 ޖުލައި

July 20, 2020 7
ފަނޑިޔާރު ޝުޖާއުގެ މައްސަލާގައި އިންސާފުވެރިއެއްނޫން

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުލޫކީ މައްސަލަތައް ބެލުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިންސާފުވެރިކަމާއި ހަމަހަމަކަން ނުގެންގުޅޭކަން ސާފުވެފައިވާ ކަމަށް، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

19 ޖުލައި

July 19, 2020 42
އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީ ސަސްޕެންޑުކޮށްފި

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތައް ބޭރުކޮށްލެއްވި، ގާޒީ އިސްމާއިލް ރަޝީދަށް ކުރާ ސުލޫކީ މައްސަލައިގެ ތުހުމަތާ ގުޅިގެން އޭނާ 60 ދުވަހަށް ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމައިފި އެވެ.

15 ޖުލައި

July 15, 2020 30
އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީގެ މައްސަލަ ބަލަނީ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތައް ބޭރުކޮށްލެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަން ނިންމައިފި އެވެ.

06 ޖުލައި

July 06, 2020 3
ކްރިމިނަލް ކޯޓުގެ ގާޒީ ނަޖީބު އިސްތިއުފާ ދެއްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު އިސްތިއުފާ ދެއްވައިފި އެވެ.

02 ޖުލައި

July 02, 2020 13
ގާޒީ ނަޖީބު ވަކިކުރަން މަޖިލީހަށް ހުށަހަހަޅަނީ

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަސީބަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލަ ސާވިސް ކޮމިޝަން (ޖޭއެސްސީ) ން އިއްޔެ ނިންމައިފި އެވެ.

01 ޖުލައި

July 01, 2020 8
ޝަރީއަތްތައް ލަސްވަނީ ހެކިނުނަގާތީ:ޖޭއެސްސީ

ޝަރީއަތްތައް ނުނިމި އިންސާފު ލިބުން ލަސްވަނީ ހެކި ނެގުމުގައި ކޯޓުތަކުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.

19 މެއި

May 19, 2020 9
ގާޒީ އިބްރާހިމް އަލީގެ މައްސަލައެއް ޖޭއެސްސީން ބަލަނީ

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިިމް އަލީ، އަމުރު ނެރުމުގައި ގާނޫނާ ޚިލާފަށް އަމަލުކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމައިފި އެވެ.

16 އެޕްރީލް

April 16, 2020 14
ގާޒީ ނަޖީބް ސަސްޕެންޑްކޮށް، މައްސަލަ ފޮލިހަށް

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑް ކުރަން ނިންމައި، އޭނާގެ މައްސަލައެއް ބަލަން ފުލުހުންނަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

16 ފެބުރުއަރީ

February 16, 2020 43
އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ބަލަނީ

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

02 ފެބުރުއަރީ

February 02, 2020 1
ޝަރީއަތް ލަސްވެފައިވާ މައްސަލަތަކުގެ ތަފްސީލް ހޯދަނީ

ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން ޝަރީއަތް ދިގުލައިގެން ގޮސްފައިވާ މައްސަލަތަކުގެ ތަފްސީލް ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

23 ޖެނުއަރީ

January 23, 2020 1
ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށް ފަނޑިޔާރުން ހޯދަނީ

ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށް އިތުރު ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.