07 ސެޕްޓެމްބަރ

September 07, 2020 8
ޝަރީއަތްތަކުގައި ފޯނާއި ލެޕްޓޮޕް ދެން ބޭނުން ކުރެވޭނެ

ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކުގައި ފޯނާއި ލެޕްޓޮޕް ބޭނުން ކުރުމުގެ ފުރުސަތު ވަކީލުންނަށް ދޭން އެ ކޯޓުން މިއަދު ނިންމައިފި އެވެ.

24 އޯގަސްޓް

August 24, 2020 19
އެންމެ ފަހުން ވަކީލުންނަށް ޔާމީންއާ ބައްދަލުވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނަށް، އެ މަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތަށް އެދި އާދޭސް ކުރާތާ ދުވަސްތަކެއް ފަހުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު އެކަން ފަހިކޮށްދީފި އެވެ.

16 އޯގަސްޓް

August 16, 2020 23
ވަކީލުންނަށް ޔާމީނާ ބައްދަލު ނުވާތީ ޝަރީއަތް ފަސްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަލަށް ކުރި ދެ ދައުވާގެ ޝަރީއަތް، އެ މަނިކުފާނަށް ވަކީލުންނާ ބައްދަލު ނުކުރެއްވޭތީ މިއަދު ފަސްކޮށްފި އެވެ.

26 ޑިސެމްބަރ

December 26, 2019 23
ފައިސާ ނަގަން އެދުމަކީ އިސްތިއުނާފަށް ހުރަސްއެޅުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަ ކުރުމުގެ ކުށުގައި ހިމެނޭ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އާއި އެ ފައިސާ ބޭނުން ކުރައްވައިގެން ލިބިވަޑައިގެންނެވި ފައިދާއެއް ވާ ނަމަ އެ ފައިދާ ވެސް، ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުމުން އެމަނިކުފާނުގެ ވަކީލުން މިއަދު...

01 ޑިސެމްބަރ

December 01, 2019 113
ޔާމީންގެ މާލީ ބަޔާން ވެސް އޮތީ ޔާމީނާ ދެކޮޅަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުގެ ފަސް އަހަރުގެ ޖަލު ހުކުމެއް އައުމާ ހަމަޔަށް ވެސް އަދި މިހާރު ވެސް އެއްބަޔަކު ބުނަމުން އަންނަނީ ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ޚިޔާނާތުގެ ފައިސާ ކަން ސާބިތު ނުވާ ކަމަށާއި އެހެންވެ ޔާމީން ކުށްވެރިވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ޝަރީއަތް ހިނގަމުން...

28 ނޮވެމްބަރ

November 28, 2019 14
ޔާމީންގެ ހުކުމް އިސްތިއުނާފްކުރުމުގެ މަސައްކަތް ފަށައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ބުނެފި އެވެ.

06 ޖޫން

June 06, 2019 48
ދެ ގާޒީން ހައްޔަރުކުރަން ސުއޫދު ގޮވާލައިފި

ހުޅުމާލޭގެ ގެއަކުން ފުލުހުން ހޯދި ތިން ކިލޯގެ ޑްރަގާ އެކު ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައި ނުދިނުމުން އެކަމުގައި ފުލުހުން ހިނގި ދެ ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކުރަން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ގޮވާލައްވައިފި އެވެ.

29 ނޮވެމްބަރ

November 29, 2018 9
ވަކީލުންގެ ކަންކަމަށް ބާ އެސޯސިއޭޝަން އުފައްދަނީ

ރާއްޖޭގައި މަސައްކަތް ކުރާ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ބާ އެސޯސިއޭޝަންގެ ނަމުގައި މުއައްސަސާއެއް އުފައްދަން، "ގާނޫނީ ހިދުމަތުގެ ބިލް"ގެ ނަމުގައި ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2018 3
ވަކީލް ސިރާޖު ބަންދުން ދޫކޮށްލައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލު، މޫސާ ސިރާޖު މިއަދު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

25 ސެޕްޓެމްބަރ

September 25, 2018 17
ހުސްނުއް ސުއޫދު ސަސްޕެންޑްކޮށްފި

ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވަކި މުއްދަތެއް ނެތި، ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ސަސްޕެންޑްކޮށްފި އެވެ.

21 ސެޕްޓެމްބަރ

September 21, 2018 3
ވަކީލް ސިރާޖްގެ ބަންދަށް ހަ ދުވަސް އިތުރުކޮށްފި

ކުރީގެ ރައީސް ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލް މޫސާ ސިރާޖް ހަ ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

20 ޖޫން

June 20, 2018 6
ފާރިސަށް ހުކުމް ކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވަން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހުކުމް ކުރަން އުޅެނީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

30 މެއި

May 30, 2018 16
ވަކީލުން ނެތި ޝަރީއަތް ހިންގާތީ މައުމޫންގެ ކަންބޮޑުވުން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޯނު ފުލުހުންނަށް ދިނުމަށް އިންކާރު ކުރެއްވި ބުނެ އެމަނިކުފާނަށް ކުރާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާގެ ޝަރީއަތް، މައުމޫންގެ ވަކީލުން މިރޭ ބޮއިކޮޓް ކުރުމުން އެ ބޭފުޅުންނާ ނުލައި ވެސް އަޑުއެހުން ކުރިއަށް ގެންދިއުމުން މައުމޫން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

20 މެއި

May 20, 2018 1
މަހްލޫފްގެ މައްސަލައެއް ބަލާ ގާޒީ ބަދަލުކޮށްދޭން އެދެފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާއަކާ ގުޅޭ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށް ދިނުމަށް އޭނާ މިއަދު އެދިވަޑައިގެންފި އެވެ.

10 މެއި

May 10, 2018 10
"ދެ ފަނޑިޔާރުންނަށް ހުކުމްކުރީ އަވަސް އަރުވާލައިގެން"

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށްލާން ހުކުމްކުރި މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދިޔައީ އަވަސް އަރުވާލައިގެން ކަމަށާއި އެ ބޭފުޅުން ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ވަކީލުން ބުނެފި އެވެ.

04 މެއި

May 04, 2018 9
ދެފަނޑިޔާރުންގެ ހައްގު ވަނީ ނިގުޅައިގެންފައި: ވަކީލުން

ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ގިނަ ހައްގުތައް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ކިބައިން ނިގުޅައިގެންފައިވާ ކަމަށް އެ ބޭފުޅުންގެ ވަކީލުން ރޭ ބުނެފި އެވެ.

03 މެއި

May 03, 2018 5
މައުމޫނަށް ސިއްހީ ނުރައްކަލެއްގެ ބިރު އެބައޮތް: ވަކީލު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ސީރިއަސް ކަމަށާއި އަވަހަށް އެކަށީގެންވާ ފަރުވާ ނުލިބިއްޖެ ނަމަ ސިއްހީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

25 އެޕްރީލް

April 25, 2018 2
ވަކީލުންގެ ބައްދަލުވުންތައް އެކަށީގެންވާ ގޮތެއްގައި ދެނީ

ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ބަންދު ކޮށްފައި ތިބޭ މީހުންނަށް ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު އެކަށީގެންވާ ގޮތެއްގައި ދިނުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އަމުރު ކުރަން ކްރިމިނަލް ކޯޓުން މިރޭ ނިންމައިފި އެވެ.

24 އެޕްރީލް

April 24, 2018 5
ވަކީލަކާ ނުލައި ކުރިއަށްދާން މަހުލޫފް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ ވަކީލުންގެ ޓީމުގެ އިސް ވަކީލް، ނާޒިމް ސައްތާރު މައްސަލައަކުން ސަސްޕެންޑް ކުރުމުން ވަކީލަކާ ނުލައި...

April 24, 2018 1
މަހުލޫފުގެ މައްސަލައަކުން ވަކީލް ނާޒިމް ސަސްޕެންޑްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ ވަކީލު، ނާޒިމް ސައްތާރަށް އެ މައްސަލާގައި ވަކާލާތު ނުކުރެވޭ ގޮތަށް...

18 އެޕްރީލް

April 18, 2018 2
ފާރިސް ޖަލުގައި ހުރީ ގޮތެއް ނެތިގެނެއް ނޫން: ވަކީލުން

ފުލުހުން ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ޖަލުގައި ހުންނަވަނީ އެނޫން ގޮތެއް ނެތިގެން ނޫން ކަމަށާއި ގާނޫނާ ހިލާފު ކަމަކަށް އެއްބަސްވުމަށް ބޭނުންފުޅު ނުވާތީ ކަމަށް ފާރިސްގެ ގާނޫނީ ވަކީލުން މިއަދު ބުނެފި އެވެ.