15 މާޗް

March 15, 2020 4
އަދީބުގެ ޝަރީއަތް މިއަދު ވެސް ކެންސަލްކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުން މިއަދު ވެސް ކެންސަލްކޮށްފި އެވެ.

08 މާޗް

March 08, 2020 14
އެސްކްރޯ އެކައުންޓް ހަދަން ލަފައެއް ނުދެން: އާޒިމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ބަހައްޓަން އެސްކްރޯ އެކައުންޓެއް ހުޅުވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ލަފާ ދެއްވާފައި ނުވާނެ ކަމަށާއި އެކަމުގެ ހެއްކެއް ނެތް ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

20 ޖެނުއަރީ

January 20, 2020
އަދީބަށް ކުރާ ދައުވާއެއްގެ ޝަރީއަތް މާދަމާ ފަށަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ ދައުވާއެއް ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.

26 ޑިސެމްބަރ

December 26, 2019 64
ޔާމީން ލޯންޑަކުރެއްވި ފައިސާ ދައުލަތަށް ނަގަން އެދެފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަކުރެއްވުމުގެ ކުށުގައި ހިމެނޭ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އާއި އެ ފައިސާ ބޭނުންކުރައްވައިގެން ލިބިވަޑައިގެންނެވި ފައިދާއެއް ވާ ނަމަ އެ ފައިދާ ވެސް، ދައުލަތަށް ނެގުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

28 ނޮވެމްބަރ

November 28, 2019 14
ޔާމީންގެ ހުކުމް އިސްތިއުނާފްކުރުމުގެ މަސައްކަތް ފަށައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތް...

November 28, 2019 211
ޔާމީން ކުށްވެރިވެ 5 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަަރިންގެ ދައުވާގެ ޝަރީއަތް ނިމި މިއަދު، ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ހުކުމް ކުރާނެ އެވެ. މިއީ...

06 ނޮވެމްބަރ

November 06, 2019 5
އަދީބަށް ކުރާ ހަތް ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

05 ނޮވެމްބަރ

November 05, 2019 5
ޔާމީންގެ ޝަރީއަތަށް ދެން ވާނީ ކިހިނެއް؟

މި ހަފުތާ ފެށިގެން އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އަންނާނެ ގޮތަކާ މެދު ކުރާ ބަހުސްތަކާ އެކުގަ އެވެ. ކުށް ސާބިތުވާނެތޯ އާއި ވާ ނަމަ އަންނާނީ ކޮން ހުކުމެއްތޯ އެވެ. އެކަމަކު މިއަދު ހުކުމް ކުރަން ތައްޔާރުވެފައި ވަނިކޮށް، ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު...

31 އޮކްޓޯބަރ

October 31, 2019 2
ޒިޔަތަށް ކުރާ 30 ދައުވާގައި އާ ހެކިން ހުށަހަޅައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ކުރާ ދައުވާތަކުގައި އާ ހެކިންތަކެއް ދައުލަތުން ހުށަހަޅައި، ކުރިން ސިއްރުކުރި ބައެއް ހެކިން ހާމަކުރަން...

01 އޮކްޓޯބަރ

October 01, 2019 16
ޔާމީންގެ ޝަރީއަތުގެ ޚުލާސާ ބަޔާން އަވަސްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަައުލަތުން ދައުވާކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ފަހު އަޑުއެހުން އަވަސްކޮށްފި އެވެ.

19 ސެޕްޓެމްބަރ

September 19, 2019 2
ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންނަ ހަފުތާގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް އަންނަ ހަފުތާގައި ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

22 އޯގަސްޓް

August 22, 2019 20
ފައިސާ އަށް ހަދަންވީ ގޮތް އެންގެވީ ޔާމީން: ޒިޔަތު

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ލިބުނު ފައިސާ އަމިއްލަ ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކުރައްވައި، ގާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް އަމަލުކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ކަމަށާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަންގަވާ ގޮތަށް ކަންތައް ކުރެއްވުމަށް އެންގެވި ކަމަށް...

07 އޯގަސްޓް

August 07, 2019 62
އަދީބުގެ އިއުތިރާފް: ޚިޔާނާތުގެ ބައިވެރިންނަށް ގުޑުން!

އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގެވި ކަަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފުރަތަމަ ފަހަރަށް ކޯޓުގައި އިއުތިރާފްވެވަޑައިގެން، އެ ފައިސާ ދައުރުވި ގޮތާއި މަންފާ ލިބުނު މީހުން ކިޔައިދެއްވާނެ ކަަމަށް ވިދާޅުވުމާ އެކު އެ ޚިޔާނާތުގެ ވަށައިގެން ތިބި އެންމެން ހާމަވާނެ ކަމުގެ އުއްމީދު އާވެއްޖެ އެވެ.

06 އޯގަސްޓް

August 06, 2019 76
ޚިޔާނާތް ހިންގެވި ކަމަށް އަދީބު އިއުތިރާފްވެވަޑައިގެންފި

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ފަޅުތަކާއި ރަށްތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާ އަށް ޚިޔާނާތްތެރިވެ އެ ފައިސާ ލޯންޑަކޮށް އެކަމުގައި މަންފާ ލިބުނު މީހުންގެ...

August 06, 2019 32
އަދީބަށް ދިން ލުޔާއި މުއައްސަސާތަކުގެ އިހުމާލު!

ދައުލަތް ފޫއަޅުވާލި ބޮޑެތި އެތައް ކުށެއްގެ ތުހުމަތު އެޅިފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، އަތްދަށުން ދޫނުވީ ހަމަ ކިރިޔާ އެވެ!

21 ޖުލައި

July 21, 2019 37
"އެހެން ފައިސާތަކެއް ޖަމާކުރީ ގާނޫނާ ޚިލާފް ނުވުމަށް"

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ދެމެދު އެކު ހެދި އެސްކްރޯ އެއްބަސްވުމުގެ ދަށުން ހުޅުވި އެކައުންޓަށް، ތުހުމަތުކުރެވޭ ފައިސާ ނޫން އެހެން ފައިސާތަކެއް ޖަމާކުރީ ތަހުގީގު ހިނގާ މައްސަލައަކަށް ވާތީ ގާނޫނާ ޚިލާފްވެ ވަޑައިނުގަތުމަށް ކަމަށް ޔާމީން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

14 ޖުލައި

July 14, 2019 46
ރަށުން ބޭރަށް ނުދެވޭ ގޮތަށް އަދީބު މިނިވަންވެއްޖެ

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތުކުރާ ކުރީގެ ނައިބު ރައީސް އަހްމަދު އަހްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ގޭ ބަންދު ހުކުމް މިދިޔަ ހަފުތާގައި ތަންފީޒުކޮށް ނިމިފައިވާތީ އޭނާ މިނިވަންވެއްޖެ އެވެ.

07 މާޗް

March 07, 2019 9
ޔާމީންގެ އިސްތިއުނާފް މައްސަލައިގެ ހުކުމް ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރި މައްސަލަައިގެ އިސްތިއުނާފްގެ ހުކުމް އިއްވުން ހައި ކޯޓުން މިއަދު ފަސްކޮށްފި އެވެ.

06 މާޗް

March 06, 2019 4
ޔާމީން އެކައުންޓުފްރީޒްކުރި މައްސަލައިގެ ހުކުމް އިއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރި މައްސަލަައިގެ އިސްތިއުނާފްގެ ހުކުމް އިއްވުން ހައި ކޯޓުގައި މާދަމާ އަށް ތާވަލްކޮށްފި އެވެ.

18 ފެބުރުއަރީ

February 18, 2019 40
ކުރީގެ ރައީސް ޔާމީން މާފުށީ ޖަލަށް ގެންގޮސްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި، ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކުރުމާ އެކު އެ މަނިކުފާނު ކ. މާފުށީ ޖަލަށް ގެންގޮސްފި އެވެ.

22 ޖުލައި

July 22, 2018 8
10 ރަށެއް ދިނުމުން އަދީބާ ދެކޮޅަށް ދައުވާކޮށްފި

ޓޫރިޒަމްގެ ބޭނުމަށް 10 ރަށެއް ގާނޫނާ ހިލާފަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާ މިއަދު އުފުލައިފި އެވެ.

04 ޖެނުއަރީ

January 04, 2018
"ޚިޔާނާތުގެ ތުހުމަތު ތަހުގީގުގައި ޒިޔަތަށް ނުކުރޭ"

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުވާ ކުރަނީ އެ މައްސަލާގައި އޭނާގެ މައްޗަށް ކުރިން ތުހުމަތު ކުރުމެއް ނެތި ކަމަށް ޒިޔަތުގެ ވަކީލް ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.