18 ފެބުރުއަރީ

February 18, 2020 8
އަދުހަމްގެ ތުހުމަތުތައް ފުލުހުން ދޮގުކޮށްފި

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަންގެ މަރުގެ ދައުވާ ލިބޭ އަދުހަމް މުހައްމަދު ފުލުހުންނާ ބެހޭގޮތުން ކުރި ތުހުމަތުތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.

February 18, 2020 7
ހެއްކަށް ބިނާކޮށް އަދުހަމަށް ކުށް ސާބިތު ކުރެވޭނެ:ޕީޖީ

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަންގެ މަރުގެ ދައުވާ ލިބޭ އަދުހަމް މުހައްމަދު ފަހުން ދައުވާ އަށް އިންކާރު ކުރިޔަސް، ހެކީގެ މައްޗަށް ބިނާކޮށް، އޭނާގެ މައްޗަށް ކުށް ސާބިތު...

February 18, 2020 72
އަދުހަމްގެ ވާހަކަ ބަދަލުވެއްޖެ: ގާސިމެއް ނުމަރަން

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް ކުރިން އެއްބަސްވީ މަސްތުގެ ހާލުގައި ހުރެގެން ކަމަށާއި ނަމަވެސް އޭނާ މަރާލާފައި ނުވާނެ ކަމަށް އެ މައްސަލާގެ ދައުވާ ލިބޭ އަދުހަމް...

16 ފެބުރުއަރީ

February 16, 2020 11
ޒުހާ މަރާލި މައްސަލާގައި ސުމޮން 15 އަހަރަށް ޖަލަށް

މާލޭގެ މަގުމަތީގައި މަރާލާފައި އޮއްވާ ފެނުނު ހައްވާ ޒުހާގެ މަރުގެ ދައުވާލިބުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮން މިއާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އޭނާ 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

12 ފެބުރުއަރީ

February 12, 2020 33
ގާސިމް މަރާލިކަމަށް އެއްބަސްވެ، އަދުހަމް އެދެނީ މާފަށް

ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރައިލި ކަމުގެ ދައުވާ ލިބޭ އަދުހަމް މުހައްމަދު ކޯޓުގައި އެކަމަށް މިއަދު އެއްބަސްވެ، ގާސިމްގެ އާއިލާގެ ކިބައިން މާފަށް އެދިއްޖެ އެވެ.

11 ފެބުރުއަރީ

February 11, 2020
ގާސިމްގެ މަރުގެ މައްސަލައިގައި ބައެއް ހެކިތައް ސިއްރު

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިތައް ހާމަނުކޮށް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ކްރިމިނަލް ކޯޓުން މިއަދު ނެރެފި އެވެ.

10 ފެބުރުއަރީ

February 10, 2020
ގާސިމްގެ މަރުގެ ޝަރީއަތް މާދަމާ ފަށަނީ

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ އަދުހަމް މުހައްމަދު ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

30 ޖެނުއަރީ

January 30, 2020 1
ޔާމީން ރަޝީދުގެ މަރު: ފަހު އަޑުއެހުން އަންނަ މަހު

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދިފާއީ ހެކިންގެ ހެކިބަސް ނެގުން މިއަދު ނިމި، އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުން އަންނަ މަހު ބާއްވަން ކްރިމިނަލް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.

29 ޖެނުއަރީ

January 29, 2020
ގާސިމްގެ ގާތިލަށް އެހެން މައްސަލައެއްގައި ޖަލު ހުކުމެއް

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި ހައްޔަރު ކޮށްފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް އެހެން މައްސަލައެއްގައި އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

07 ޖެނުއަރީ

January 07, 2020
ޔާމީންގެ މަރު: އިތުރު ދިފާއީ ހެކިންތަކެއް ދޫކޮށްލައިފި

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުންނާ ދެކޮޅަށް ދައުލަތަށް އެކަށީގެންވާ ހެއްކެއް ހުށަހެޅިފައި ނެތް ކަމަށް ދައުވާލިބޭ ބައެއް މީހުންގެ ފަރާތުން ބުނެ ދިފާއީ އިތުރު ހެކިންތަކެއްގެ ހެކިބަސް ނުނަގަން ނިންމައިފި އެވެ.

20 ޑިސެމްބަރ

December 20, 2019 58
ގާސިމް މަރާލި މީހާ ކުށަށް އިއުތިރާފުވެއްޖެ: ސީޕީ

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ކުށަށް އިއުތިރާފުވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހަންމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

15 ޑިސެމްބަރ

December 15, 2019 7
ޔާމީން މަރުގެ: ދިފާއީ ހަތް ހެއްކެއްގެ ނަން ނަގައިފި

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާލިބޭ މީހުންގެ ތެރޭގައި ހިމެނޭ އިސްމާއިލް ރަޝީދުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ތެރެއިން ހަތް މީހެއްގެ ނަން އަނބުރާ ގެންގޮސް، އެ މީހުންގެ ހެކިބަސް ނުނަގަން ނިންމައިފި އެވެ.

27 ނޮވެމްބަރ

November 27, 2019 1
އިސްމާއިލްގެ މަރު: ފަހު އަޑުއެހުން އަންނަ ހަފުތާގައި

ހއ. އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި މަރާލި އިސްމާއިލް އުމަރު (އިއްސެ) ގެ މަރުގެ މައްސަލާގެ ހެކިބަސް ނަގައި ނިމި، އެ މައްސަލައިގެ ފަހު އަޑުއެހުން އަންނަ ހަފުތާގައި ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

25 ނޮވެމްބަރ

November 25, 2019 7
ޔާމީން ރަޝީދުގެ މަރު: ތިން މީހަކު ހެކިބަސްދޭން ދެކޮޅު

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ތިން ހެކިވެރިއަކު ހެކިބަސް ދޭން ދެކޮޅު ހެދުމުން ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަގައި ނިމި، އެ މައްސަލާގެ ހުކުމް އަންނަ ޖެނުއަރީ މަހު އިއްވަން ހަމަޖައްސައިިފި އެވެ.

19 ނޮވެމްބަރ

November 19, 2019
އިއްސެގެ މަރު ފޮރުވިކަމުގެ ދައުވާ ސާބިތެއް ނުވި

ހއ. އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި އިސްމާއިލް އުމަރު (އިއްސެ) މަރާލިކަން އެނގި ހުރެ އެކަން ފޮރުވި ކަމަށް ބުނެ ދައުލަތުން ދެ ބިދޭސީއަކަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

18 ނޮވެމްބަރ

November 18, 2019 9
އައްޔަގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ދަމަހައްޓައިފި

ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލައިގައި ވީބީ އަލީ ޝިޔާމް (ވީބީ އައްޔަ)ގެ ޕާސްޕޯޓު ހިފަހައްޓަން ދަށު ކޯޓުން ނެރުނު އަމުރު ހައި ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.

13 ނޮވެމްބަރ

November 13, 2019 7
"ޔާމީން ބޮލާއި ކަރާއި މޭގައި ބޮޑެތި ޒަހަމްތައް ހުރި"

މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ބޮލާއި ކަރާއި މޭގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

15 އޮކްޓޯބަރ

October 15, 2019 3
ކެމެރާއިން ނެގި ފިންގަޕްރިންޓާ ހައިޝަމާ ދިމާވޭ: ހެކި

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި، އޭނާ ދިރިއުޅުނު ގޭގެ ލިފްޓް ބޭރުގައި ހުރި ކެމެރާ އިން ފެނުނު ފިންގަޕްރިންޓާއި ދައުވާ ލިބޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ފިންގަޕްރިންޓް ދިމާވާ ކަމަށް ފުލުހަކު ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

10 އޮކްޓޯބަރ

October 10, 2019 17
ބައެއް ހެކިންނަށް ހަމަލާދީފި، ބައެއް ހެކި ދޫކޮށްލަނީ

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައި ތިބި ބައެއް މީހުންނަށް ހަމަލާދިން މައްސަލަތަކެއް ފެންމަތިވެ އަދި ބައެއް ހެކިން ހެކިބަސް ދޭން ދެކޮޅު ހަދާތީ އެ މީހުންގެ ބައި ދައުލަތުން މިއަދު އަނބުރާ ގެންގޮސްފި އެވެ.

17 ސެޕްޓެމްބަރ

September 17, 2019 1
ޝިހާބުގެ މަރުގެ ދައުވާ އިން ދެ މީހަކު ސަލާމަތްވެއްޖެ

ގއ. މާމެންދޫގައި މީގެ 12 އަހަރު ކުރިން ގްރޫޕަކުން ހަމަލާދީ މަރައިލި މުހައްމަދު ޝިހާބުގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައި ވަނިކޮށް މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

10 ސެޕްޓެމްބަރ

September 10, 2019 4
އެނަލިސިސް ހެދި ފުލުސް މީހާއަށް ގިނަ ސުވާލުތަކެއް

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ވީޑިއޯ އެނަލިސިސް ރިޕޯޓް ހެދި ފުލުސް މީހާއާ ދިފާއީ ވަކީލުން ގިނަ ސުވާލުތަކެއް ކްރިމިނަލް ކޯޓުގައި މިއަދު އަމާޒުކޮށްފި އެވެ.

06 ސެޕްޓެމްބަރ

September 06, 2019 55
"އިންޓެލް ދެ ފުލުހުން ހައްޔަރުކުރެވޭނެ ސަބަބެއް ނެތް"

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގާފައި ވަނިކޮށް، އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ދައްކަން ޕާސްޕޯޓެއް ހައްދަން އުޅުނު ކަމަށް ބުނާ އިންޓެލިޖެންސްގެ ދެ ފުލުހުން ހައްޔަރު ކުރަންޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަކަށް ނުދެކޭ ކަމަށް، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބަލަން އުފައްދާފައިވާ ކޮމިޝަނުން...