29 ޖުލައި

July 29, 2020 3
ކުއްޖާގެ ރޭޕްގެ ތުހުމަތުގައި ޅިޔަނަށް ދައުވާ އުފުލައިފި

އުމުރުން 15 އަހަރުގެ ކުއްޖަކު އަންހެންކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ޅިޔަނުގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

17 ޖުލައި

July 17, 2020 70
ބޮޑު ހިޔާނާތް: "މައްސަލަ ބެލޭނެ މާހައުލެއް ނެތް"

ރާއްޖޭގައި މިހާތަށް ހިންގާފައި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީ މައްސަލައިގެ އެންމެ ފުނަށް ގޮސް މައްސަލަ ބެލޭނެ ފަދަ މާހައުލެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށް ބުނެ އެފަދަ މާހައުލެއް ގާއިމު ކޮށްދިނުމަށް ދައުލަތުގެ ޕްރޮސެކިއުޓަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިއްޖެ އެވެ.

14 ޖުލައި

July 14, 2020 51
"އަދީބު 800 އަހަރަށް ޖަލަށް ލެވޭނެ ހެކި އެބަހުރި"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުށަށް އިއުތިރާފު ނުވިޔަސް، އޭނާގެ މައްޗަށް 800 އަހަރުގެ ޖަލު ހުކުމް އަންނަ ވަރަށް ދައުވާ ކުރެވޭނެ ހެކި އެބަހުރި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް...

July 14, 2020 25
ދައުވާތައް ބޭރުކޮށްލި މައްސަލަ އިސްތިއުނާފު ކުރާނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުން އެއްވެސް ގޮތަކަށް ބަލައިނުގަނެވޭނެ ކަމަށާއި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނުފް...

12 ޖުލައި

July 12, 2020 30
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު

ޚިޔާނާތުގެ މައްސަލައިގައި ކުށަށް އިއުތިރާފު ވުމުގެ އެއްބަސްވުމެއްގައި ދައުލަތާ އެކު ސޮއިކުރެއްވީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން އެއްބަސްވުމުން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

09 ޖުލައި

July 09, 2020 5
ޕީީޖީން މީހަކު ޕޮޒިޓިވް، އަދީބުގެ ޝަރީއަތް ކެންސަލް

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

28 ޖޫން

June 28, 2020 104
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަނެއްކާވެސް އިތުރު ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިއަދު އުފުލައިފި އެވެ.

27 ޖޫން

June 27, 2020 19
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ

އުމުރުން 16 އަހަރުގެ ކުއްޖަކާ ރައްޓެހިވެ އެ ކުއްޖާގެ އާއިލާ އަށް އޮޅުވާލައިގެން، ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ މާލެ ގެނެސް އެ ކުއްޖާ އަށް ޖިންސީ ގޯނާކޮށް، ކުއްޖާގެ އާއިލާގެ އަތުން ފައިސާ އަތުލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އުނައިސް އަހްމަދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހަތަރު ދައުވާއެއް އުފުލައިފި އެވެ.

20 ޖޫން

June 20, 2020 17
ރޭޕްގެ ތުހުމަތުކުރެވޭ މީހާ ޝަަރީއަތް ނިމެންދެން ބަންދު

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

16 ޖޫން

June 16, 2020 8
ރޭޕްގެތުހުމަތު ކުރެވޭ މީހާގެ ބަންދު އިތުރުކުރަން އެެދެނީ

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަލުން އެދޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

14 ޖޫން

June 14, 2020 56
ނޫމަޑީގެ މައްސަލައިގައި މުއިއްޒަށް ދައުވާކޮށްފި

ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން އުވައިލުމުން ދައުލަތުން ބަދަލުދޭން ޖެހުނު މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވައިފި އެވެ.

13 ޖޫން

June 13, 2020 76
ރޭޕްގެ ތުހުމަތުކުރެވޭ މީހާގެ ބަންދަށް 7 ދުވަސް

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ހަތް ދުވަސް އިތުރުކޮށްފި އެވެ.

29 އެޕްރީލް

April 29, 2020 9
ރުސްތުމްގެ މައްޗަށް ދައުވާ ކޮށްފި

ގދ. ތިނަދޫން ހައްޔަރުކުރި ރުސްތުމް މުޖުތަބާގެ މައްޗަށް ދައުވާ ކޮށް، ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

31 މާޗް

March 31, 2020 9
9 ކިލޯ ޑްރަގް މައްސަލާގައި 3.7 މިލިއަން ހޯދަނީ

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނުވަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ހައްޔަރުކުރި މީހުންގެ ތެރެއިން އަށް މީހަކަށް ދައުވާކޮށް، އަދި 3.7 މިލިއަން ރުފިޔާ ދައުލަތަށް ނަގައިދޭން އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

02 މާޗް

March 02, 2020 15
ލުތުފީއަށް ކުރީ ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ

ނޮވެމްބަރު، 3 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި އަބްދުﷲ ލުތުފީ ފިލައިގެން ރާއްޖެ އިން ބޭރުގައި އުޅުނު މައްސަލާގައި އޭނާގެ މައްޗަށް ކުރީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

18 ފެބުރުއަރީ

February 18, 2020 7
ހެއްކަށް ބިނާކޮށް އަދުހަމަށް ކުށް ސާބިތު ކުރެވޭނެ:ޕީޖީ

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަންގެ މަރުގެ ދައުވާ ލިބޭ އަދުހަމް މުހައްމަދު ފަހުން ދައުވާ އަށް އިންކާރު ކުރިޔަސް، ހެކީގެ މައްޗަށް ބިނާކޮށް، އޭނާގެ މައްޗަށް ކުށް ސާބިތު ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

12 ފެބުރުއަރީ

February 12, 2020 14
ޕީޖީ ހުށަހަޅުއްވަނީ އެކީއެކައްޗަކަށް މައްސަލަ ނިންމަން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ބޮޑެތި މައްސަލަތަކުގައި ތަހުގީގާއި ދައުވާ އުފުލުން އަވަސްކުރުމާ އެކު، ޝަރީއަތް ފަށާ ހިސާބުން އެކީއެކައްޗަކަށް ގެންގޮސް ދެތިން ދުވަހުގެ ތެރޭގައި ހުކުމާ ހަމައަށް ދާން މަސައްކަތް ކުރަން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ހުށަހަޅުއްވައިފި އެވެ.

31 ޑިސެމްބަރ

December 31, 2019 14
13 އަހަރުގެ ކުއްޖާގެ މައިންބަފައިންނަށް ދައުވާކޮށްފި

ރ. މަޑުއްވަރީގައި، އުމުރުން 13 އަހަރުގެ ކުއްޖާ ވިހެއި މައްސަލައިގައި އެ ކުއްޖާގެ މައިންބަފައިންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ދައުވާކޮށްފި އެވެ.

26 ޑިސެމްބަރ

December 26, 2019 64
ޔާމީން ލޯންޑަކުރެއްވި ފައިސާ ދައުލަތަށް ނަގަން އެދެފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަކުރެއްވުމުގެ ކުށުގައި ހިމެނޭ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އާއި އެ ފައިސާ ބޭނުންކުރައްވައިގެން ލިބިވަޑައިގެންނެވި ފައިދާއެއް ވާ ނަމަ އެ ފައިދާ ވެސް، ދައުލަތަށް ނެގުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

02 ޖޫން

June 02, 2019 31
އަދީބުގެ ބަންދުގެ މުއްދަތު ޖަހައެއް ނުދިން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުނު ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު އެ އަމުރެއް ނުދިނެވެ.

June 02, 2019 49
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ދެކޮޅަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވި 12 އަށް ވުރެ ގިނަ މައްސަލަ އަނބުރާ ފޮނުވާލަން އެ ކޯޓުން...

01 ޖޫން

June 01, 2019 14
އަދީބުގެ ދެ މައްސަލައެއް ނުބަލާ އަނބުރާ ޕީޖީ އަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދެ މައްސަލައެއްގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވުމާ އެކު، އެ ދެ މައްސަލަ ނުބަލައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބުދަ ދުވަހު ނިންމައިފި އެވެ.