29 ޖުލައި

July 29, 2020 3
ކުއްޖާގެ ރޭޕްގެ ތުހުމަތުގައި ޅިޔަނަށް ދައުވާ އުފުލައިފި

އުމުރުން 15 އަހަރުގެ ކުއްޖަކު އަންހެންކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ޅިޔަނުގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

15 ޖުލައި

July 15, 2020 2
އަދީބު މިނިވަންވި މައްސަލަ އިސްތިއުނާފްކޮށްފި

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތުކުރާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށް އޭނާ މިނިވަންވި މައްސަލަ ދައުލަތުން ހައި ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފި އެވެ.

14 ޖުލައި

July 14, 2020 11
އަދީބު ފުރުން މަނާކޮށްފި

ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސްގެ އަހުމަދު އަދީބުގެ މައްޗަށް ކުރި ހުރިހާ ދައުވާތަކެއް ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލުމުން އަދީބު މިނިވަން ވެފައި ވިޔަސް، ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން މިރޭ އަމުރެއް ނެރެފި އެވެ.

12 ޖުލައި

July 12, 2020 30
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު

ޚިޔާނާތުގެ މައްސަލައިގައި ކުށަށް އިއުތިރާފު ވުމުގެ އެއްބަސްވުމެއްގައި ދައުލަތާ އެކު ސޮއިކުރެއްވީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން އެއްބަސްވުމުން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

11 ޖުލައި

July 11, 2020 5
ގްރޫމްކޮށްގެން ޖިންސީގޯނާކުރި މައްސަލާގައި ދައުވާކޮށްފި

ކުޑަ އަންހެން ކުއްޖަކު ގްރޫމްކޮށްގެން މާލޭގެ ގެސްޓް ހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާކުރި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހާގެ މައްޗަށް ތިން ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލައިފި އެވެ.

04 ޖުލައި

July 04, 2020 9
ރޭޕްގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުކުރެވޭ މީހަކު، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މިއީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި، މިފަދަ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރި ދެވަނަ މީހާ އެވެ.

28 ޖޫން

June 28, 2020 104
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަނެއްކާވެސް އިތުރު ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިއަދު އުފުލައިފި އެވެ.

27 ޖޫން

June 27, 2020 19
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ

އުމުރުން 16 އަހަރުގެ ކުއްޖަކާ ރައްޓެހިވެ އެ ކުއްޖާގެ އާއިލާ އަށް އޮޅުވާލައިގެން، ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ މާލެ ގެނެސް އެ ކުއްޖާ އަށް ޖިންސީ ގޯނާކޮށް، ކުއްޖާގެ އާއިލާގެ އަތުން ފައިސާ އަތުލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އުނައިސް އަހްމަދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހަތަރު ދައުވާއެއް އުފުލައިފި އެވެ.

23 ޖޫން

June 23, 2020 19
ހައިލަމަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފި

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްޗަށް ފުލުހުން ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާއި ފަނޑިޔާރުކަމުގައި ހުންނަވައިގެން ވިޔަފާރިކުރެއްވި ކަމުގެ ތުހުމަތަށް އޭނާ އިންކާރު ކުރައްވައިފި އެވެ.

20 ޖޫން

June 20, 2020 17
ރޭޕްގެ ތުހުމަތުކުރެވޭ މީހާ ޝަަރީއަތް ނިމެންދެން ބަންދު

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

17 ޖޫން

June 17, 2020 5
އަށް ފުލުހަކަށް ނޮވެމްބަރު މަހު ވަނީ ދައުވާ އުފުލާފައި

ބިދޭސީއަކަށް އަނިޔާކުރި މައްސަލައިގައި އަށް ފުލުހެއްގެ މައްޗަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ދައުވާ އުފުލާފައިވާ ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

16 ޖޫން

June 16, 2020 8
ރޭޕްގެތުހުމަތު ކުރެވޭ މީހާގެ ބަންދު އިތުރުކުރަން އެެދެނީ

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަލުން އެދޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

13 ޖޫން

June 13, 2020 76
ރޭޕްގެ ތުހުމަތުކުރެވޭ މީހާގެ ބަންދަށް 7 ދުވަސް

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ހަތް ދުވަސް އިތުރުކޮށްފި އެވެ.

24 މެއި

May 24, 2020 25
61 ކިލޯ ޑްރަގް މައްސަލައިގައި 11 މީހަކަށް ދައުވާ

ރާއްޖެ އެތެރެކުރި 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 11 މީހެއްގެ މައްޗަށް މިއަދު ދައުވާ އުފުލައިފި އެވެ.

29 އެޕްރީލް

April 29, 2020 9
ރުސްތުމްގެ މައްޗަށް ދައުވާ ކޮށްފި

ގދ. ތިނަދޫން ހައްޔަރުކުރި ރުސްތުމް މުޖުތަބާގެ މައްޗަށް ދައުވާ ކޮށް، ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

09 އެޕްރީލް

April 09, 2020 8
އަރުޝަދާއެކު، 4 މީހެއްގެ ޝަރީއަތް ނިމެންދެން ބަންދު

މާލޭގެ 10 ގެއެއް ބަލައި ފާސްކޮށް ހޯދި ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

01 އެޕްރީލް

April 01, 2020 32
ބާރަށް ސައިކަލު ދުއްވި މީހަކު ހައްޔަރުކޮށް ބަންދަށް

ބިރުވެރިކަން އުފެދޭ ގޮތަށް ބާރަށް ސައިކަލު ދުއްވި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހައިފި އެވެ.

31 މާޗް

March 31, 2020 15
އަރުޝަދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުުގައި ހައްޔަރުކުރި އަރުޝަދު ހާލިދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ރިވިއު ކުރުމަށް ފަހު އޭނާ 10 ދުވަހަށް...

March 31, 2020 14
އަރުޝަދު ދޫކޮށްލި މައްސަލަ އަލުން ބަލަނީ

މާލޭގެ 10 ގެއެއް ބަލައި ފާސްކޮށް ހޯދި ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިކަމުގައި އިސްކޮށް ހުރިކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދު...

28 މާޗް

March 28, 2020 56
ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރު ފުރުން މަނާކޮށްފި

ކޮވިޑް-19 އަށް ޝައްކުކުރެވޭ ފަދަ އަލާމާތްތަކެއް ހުއްޓައި ކަމާބެހޭ އިދާރާތަކަށް ނާންގައި، އިޓަލީގެ ޓޫރިސްޓަކު ގައުމަށް ފުރުވާލި މައްސަލައިގައި އެ ރިސޯޓުގެ ބިދޭސީ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފި އެވެ.

23 މާޗް

March 23, 2020 7
ކޮވިޑް-19: ބަންދުގެ މުއްދަތުޖެހުން ވީޑިއޯލިންކުން

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނަށް ބަންދުގެ މުއްދަތު ޖެހުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.