16 މެއި

May 16, 2017 3
"ރިޔާޒްގެ ފޯނު ހުޅުވަން ފުލުހުން ކޯޑު ޖެހި"

ޖުމްހޫރީ ޕާޓީގެ ލީޑަރު އަބްދުﷲ ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރު އެ ފޯނު ހުޅުވަން ފުލުހުން އަމިއްލަ އަށް މަސައްކަތް ކޮށްފައިވާ ކަމަށް ރިޔާޒްގެ ވަކީލުން ތުހުމަތުކޮށްފި އެވެ.

May 16, 2017 2
ރިޔާޒްގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.

May 16, 2017 2
ވަކީލް ޝާހު ގޭ ބަންދުގައި ބަހައްޓަން އަމުރުކޮށްފި

އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ގާނޫނީ ވަކީލް އަލީ ޝާހު ފަސް ދުވަހަށް ގޭ ބަންދުގައި...

15 މެއި

May 15, 2017 9
ގާސިމަށް ކުރި ޝަރުތުތައް ބާތިލްކޮށް ދިނުމަށް އެދިއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެންމެ ފަހުން އޮތް ޝަރީއަތުގައި ފުލުހުން ދޮގު ހެދި ކަމަށް ބުނެ، އޭނާ އަށް ކޯޓުން ކުރި ބޮޑު ހަތް ޝަރުތު ބާތިލްކޮށް ދިނުމަށް ގާސިމްގެ ވަކީލުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

11 މެއި

May 11, 2017 8
ގާސިމް ދޫކޮށްލުމަކީ ހިތްވަރެއް: ނަޝީދު

ޝަރުތުތަކަކާ އެކު ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލުގެ ކުޑަ ގޮޅިން ސަލާމަތްވުމަކީ ލިބިވަޑައިގެންނެވި ހިތްވަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެެވެ.

10 މެއި

May 10, 2017 128
ގާސިމްގެ "އަނގަ ބަންދުކޮށް" ދޫކޮށްލައިފި

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މައްޗަށް ބޮޑެތި ޝަރުތުތަކެއް ކޮށް، ކްރިމިނަލް ކޯޓުން އޭނާ ދެންމެ މިނިވަންކޮށްފި އެވެ.

03 މެއި

May 03, 2017 11
"ކޯޑް ނުޖަހާތީ ރިޔާޒްގެ ފޯނުން މައުލޫމާތެއް ނުބެލުނު"

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ ފޯނު ތަހުގީގަށް ހިފެހެއްޓިޔަސް އެ ފޯނުން އެއްވެސް މައުލޫމާތެއް ކުރިން ލިބިިފައިނުވާ ކަމަށް އެ ފޯނު ތަހުލީލުކުރި ފުލުސް މީހާ ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

01 މެއި

May 01, 2017 48
ޔާމީންގެ މަރުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މި ދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ، ބަޔަކު ތޫނު ހަތިޔާރުން ހަމަލާދީ މަރައިލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް އިތުރު ކޮށްފި އެވެ.

27 އެޕްރީލް

April 27, 2017 15
ރިޔާޒްގެ ފޯނު ނިވާލީ އޭނާ އަމިއްލައަށް: ހެއްކެއް

ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ ފޯނު ފުލުހުންގެ ތަހުގީގެއްގައި ހިފަހައްޓާފައި ވަނިކޮށް އެ ފޯނު ނިއްވާލީ ރިޔާޒް އަމިއްލަ އަށް ކަން އެނގިފައިވާ ކަމަށް ފުލުހަކު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

26 އެޕްރީލް

April 26, 2017 16
ރިޔާޒާ ދެކޮޅަށް ހުށަހެޅި ހެކިންގެ ބަހުގައި ފުށުއެރުން

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި މިއަދު އޮތީ ހެކިން ހާޒިރުކޮށް ހެކިބަސް ނެގުމެވެ. ހެކިވެރިން ދެއްކި ވާހަކަތަކަށް ބަލާއިރު އެކި...

April 26, 2017 5
ގާސިމް ފްރޭމްނުކުރާނެކަމުގެ ޔަގީންކަން ބޭނުން: ޖޭޕީ

ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ...

25 އެޕްރީލް

April 25, 2017 2
ޝަރީއަތް ނިމެންދެން ޒައިދު ބަންދަށް

ފަނޑިޔާރަކު ބްލެެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް، އެކަމަކު އެހެން މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލްއަމީން ޝަރީއަތް...

April 25, 2017 8
ޒައިދުގެ ޝަރީއަތް ސިއްރުކޮށްފި

ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް އެކަމަކު މުޅިން އެހެން ދައުވާތަކެއް އުފުލާފައިވާ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލްއަމީންގެ ޝަރީއަތް ކްރިމިނަލް...

24 އެޕްރީލް

April 24, 2017 7
ޒައިދުގެ މައްޗަށް ތިން ދައުވާއެއް އުފުލައިފި

ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ މައްޗަށް ތިން ދައުވާއެއް އުފުލައި އޭނާގެ ޝަރީއަތް މާދަމާ ފަށާ...

April 24, 2017 33
ރައްކާތެރިކަމެއް ނެތް، ހަދާނެ ގޮތް ހުސްވަނީ!

މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދު، ރަހުމް ކުޑަ ގޮތަކަށް ވަޅިން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ހަބަރު އިވުމުން ބިރުން ގައިން ހީބިހި ނެގި އެވެ. ރޭގަނޑު ދަންވަރު ގެ އަށް ވަންނަނިކޮށް...

23 އެޕްރީލް

April 23, 2017 13
ފޯނު ހުޅުވަން ކޯޓުތަކަށް އަމުރެއް ނުކުރެވޭނެ: ރިޔާޒް

މޮބައިލް ފޯނު ހުޅުވައިދޭން ކޯޓުތަކަށް އަމުރު ނުކުރެވޭނެ ކަމަށާއި އެއީ ހަނު ހުރުމުގެ ހައްގުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

22 އެޕްރީލް

April 22, 2017 3
ގާސިމް ބަންދު ކުރި މައްސަލަ އިސްތިއުނާފް ކުރަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، 15 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރަން...

April 22, 2017 31
ގާސިމް މިނިވަންކުރަން ހުރިހާ ކަމެއް ކުރާނަން: ނަޝީދު

ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިނިވަންކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު...

21 އެޕްރީލް

April 21, 2017 76
ގާސިމް 15 ދުވަހު ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ރޭ ހައްޔަރުކުރި ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، 15 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު އަމުރުކޮށްފި އެވެ.

April 21, 2017 115
ގާސިމް އަނެއްކާވެސް ހައްޔަރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަނެއްކާވެސް މިރޭ ހައްޔަރުކޮށްފި އެވެ.

20 އެޕްރީލް

April 20, 2017 23
ރިޔާޒްގެ ފޯނު ހުޅުވައި ދީފި، ކޯޓުން ގޮތެއް ނިންމަނީ

ފުލުހުންނަށް ފޯނު ހުޅުވައި ނުދިން ކަމަށް ބުނެ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒަށް ކުރާ ދައުވާގެ ޝަރީއަތް ހިނގަމުން ދަނިކޮށް، އެ ފޯނު ރިޔާޒް މިރޭ ހުޅުވައި ދިނުމުން އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

18 އެޕްރީލް

April 18, 2017 16
ގާސިމްގެ މައްސަލަ އާއްމު އުސޫލާ ވެސް ހިލާފު: ޝަމީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމަށް ތުހުމަތުކޮށްފައިވާ ރިޝްވަތުގެ މައްސަލާގައި ފުލުހުން ކަންތައް ކުރަނީ ރާއްޖޭގައި އާއްމުކޮށް އަމަލުކުރަމުންދާ އުސޫލުތަކާ މުޅިން ޚިލާފަށް ކަމަށް އޭނާގެ ވަކީލުންގެ ޓީމުގައި ހިމެނޭ، ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

16 އެޕްރީލް

April 16, 2017 4
ޒައިދު އަނެއްކާ ވެސް ގޭބަންދަށް ބަދަލުކޮށްފި

ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ގެއަށް ބަދަލުކޮށް، ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް މިއަދު...

April 16, 2017 14
ތޮއްޔިބު ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފި

ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތޮއްޔިބު ޝަހީމް ދޫކޮށްލުމަށް ހައި ކޯޓުން ދެންމެ އަމުރުކޮށްފި...

13 އެޕްރީލް

April 13, 2017 53
ހައްޔަރު ކުރެވުނީ "އޮޅިގެން"، ދެން ވާނީ ކިހިނެއް؟

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކުރުމުން، ބަޔަކު ފަޔަށް ހިނި އަރައިގެން އުޅޭހެން އުޅެން ފެށީ ކީއްވެ ހެއްޔެވެ؟ އިއްޔެ ހަތުރުންގެ ގޮތުގައި ތިބި އެންމެން، އެކައްޗެއް ކިޔައި ގާސިމްގެ ދިފާއުގައި ނުކުމެ ކޮންމެ ރެއަކު ސަރުކާރަށް އެވަރަށް "ބަވަނީ" ގާސިމް ނޫން...

12 އެޕްރީލް

April 12, 2017 51
ފުލުހުންނާއި ކޯޓުން ގާނޫނާ ހިލާފުވީ އޮޅިގެން: ގާސިމް

ރިޝްވަތުގެ ތުހުމަތުގައި ގާނޫނާ ހިލާފަށް އޭނާ ހައްޔަރުކޮށް ފަސް ދުވަހު ބަންދުކޮށްފައި ބެހެއްޓީ ފުލުހުންނާއި ކްރިމިނަލް ކޯޓަށް އޮޅިގެން ކަމަށާއި އެކަމުގައި އެ ދެ މުއައްސަސާއާ މެދު އެއްވެސް ހިތްބުރަކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

April 12, 2017 24
ގާސިމް ހައްޔަރުކުރި މައްސަލާގައި ޕީޖީ ހިމޭނުން!

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާ ހިލާފަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވާ އިރު ޕްރޮސިކިއުޓަ...

April 12, 2017 31
އަބްދުﷲ ރިޔާޒަށް ދައުވާކޮށް ކޯޓަށް ފޮނުވައިފި

ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް އިއްޔެ ފޮނުވައިފި އެވެ.

10 އެޕްރީލް

April 10, 2017 5
ގާސިމް ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ލީޑަަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށްޓަކައި ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. މީގެ އިތުރުން އެ މައްސަލަ ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ވެސް ހުށަހަޅައިފަ އެވެ.

09 އެޕްރީލް

April 09, 2017 4
ޒައިދުގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި

ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ހަތް ދުވަސް އިތުރުކޮށްދީފި އެވެ.

April 09, 2017 20
ގާސިމްގެ އިސްތިއުނާފް ބަލައެއްނުގަތް: ވަކީލުން

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ބާރުތަކުގެ ގާނޫނާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރި...

April 09, 2017 5
ގާސިމް ބަންދުކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން މިއަދު ހުށަހަޅައިފި އެވެ.