30 މާޗް

March 30, 2017
ތޮއްޔިބުގެ ބަންދު އިތުރުކުރި މައްސަލަ އިސްތިއުނާފަށް

ހައްޔަރުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބް ޝަހީމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދެ ވަނަ ފަހަރަށް އިތުރުކުރަން ނިންމުމުން އެކަން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

23 މާޗް

March 23, 2017 2
ތޮއްޔިބުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

އެމްޑީޕީީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު އިތުރު 15 ދުވަސް ޖަހައިދީފި އެވެ.

20 މާޗް

March 20, 2017 5
ޒައިދުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް ކްރިމިނިލް ކޯޓުން 15 ދުވަސް މިއަދު އިތުރުކޮށްދީފި އެވެ.

17 މާޗް

March 17, 2017 17
ތޮއްޔިބުގެ ބަންދުގެ މުއްދަތަށް އަށް ދުވަސް ޖަހައިފި

ރޭ ހައްޔަރުކުރި، އެމްޑީޕީީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމްގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން މިއަދު އަށް ދުވަސް ޖަހައިފި އެވެ.

01 މާޗް

March 01, 2017 15
ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަށް ބިރު ދެއްކި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) މިއަދު ގޭބަންދަށް ބަދަލުކޮށްފި އެވެ. އެނގިފައިވާ ގޮތުގައި ޝުމްބާ ގޭބަންދަށް ބަދަލުކުރީ، އެ މައްސަލަ ބައްލަވާ ގާޒީގެ އެންގެވުމަކަށެވެ.

27 ފެބުރުއަރީ

February 27, 2017 6
ކެމެރާމަން ޒަރީރު 3،000ރ. އިން ޖޫރިމަނާކޮށްފި

ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރިކަން ސާބިތުވެ، އޭނާ 3،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

09 ފެބުރުއަރީ

February 09, 2017 1
ހެކިވެރިންގެ ހިމާޔަތާ އެކު ހެއްކާ ބެހޭ ބިލް މަޖިލީހަށް

ޖިނާއީ ޝަރީއަތްތަކުގައި ހެކިބަސްދޭ މީހުންނަށް ބޮޑެތި ހިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެއްކާ ބެހޭ އާ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުވަައިފި އެވެ.

06 ފެބުރުއަރީ

February 06, 2017 17
އުކުޅަހުން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

އެމްޑީޕީގެ އިސް އެކްޓިވިސްޓަކު ޕީޕީއެމަށް ސޮއި ކުރުމުން އއ. އުކުޅަހު މަގުމަތީގައި "މަހާނަ"އެއް ހެދި މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްދީފި އެވެ.

10 ޑިސެމްބަރ

December 10, 2016 12
ނިޔާޒް ހައްޔަރުކުރީ ޕާޓީގެ ހިންގުމަށް ހުރަސް އެޅުމަށް

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީ އަލީ ނިޔާޒް އިއްޔެ ހައްޔަރުކުރީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެ ޕާޓީން ވަމުން އަންނަ ތައްޔާރީތައް ހުއްޓުވައި، ޗެއާޕާސަނަކު ނެތް މި ދަނޑިވަޅުގައި ޕާޓީ ހިންގުމަށް ސަރުކާރުން ހުރަސް އެޅުމަށް ކަމަށް އެމްޑީޕީން ރޭ ބުނެފި އެވެ.

09 ޑިސެމްބަރ

December 09, 2016 15
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ހަތް ދުވަހަށް ގޭބަންދަށް

ލޯކަލް ކައުންސިލްގެ އިންތިހާބު ފަސްކުރުމާ ގުޅިގެން އެމްޑީޕީ ހަރުގެ ކުރިމަތީގައި މިއަދު ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުން ހައްޔަރުކުރި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު މާލީ އަލީ ނިޔާޒް ހަތް ދުވަހަށް ގޭގައި ބަންދުކުުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

06 ޑިސެމްބަރ

December 06, 2016 12
"ތިން ނޫސްވެރިންނަށް ކުރަނީ އަސްލެއް ނެތް ދައުވާއެއް"

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ތިން ނޫސްވެރިއެއްގެ މައްޗަށް ކުރާ ދައުވާއަކީ އަސްލެއް ނެތް ދައުވާއެއް ކަމަށާއި އެ މައްސަލާގައި އިންސާފުވެރި ހުކުމެއް އަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ ތިން ނޫސްވެރިންގެ ވަކީލް މިއަދު ވިދާޅުވެއްޖެ އެވެ.

24 ނޮވެމްބަރ

November 24, 2016 5
ނުހައްގު އަދަބުން ނޫސްވެރިން ސަލާމަތްކޮށްދީ: ރާއްޖެޓީވީ

ނުހައްގު އަދަބުން ރާއްޖެ ޓީވީގެ ޒުވާން ދެ ނޫސްވެރިން ސަލާމަތްކޮށްދޭން އެ ސްޓޭޝަނުން މިއަދު ގޮވާލައިފި އެވެ.

23 ނޮވެމްބަރ

November 23, 2016 16
ހެކި ހޯދި ގޮތުން ޓެރަރިޒަމްގެ ދައުވާ ސާބިތެއް ނުވި

ހަނގުރާމަވެރި ހަތިޔާރު އަމިއްލަ އަށް އުފެއްދި ކަމަށް ބުނެ ދައުލަތުން ދައުވާކުރި ދެ މީހުންގެ މައްޗަށް، ގާނޫނު އަސާސީއާ ޚިލާފަށް ހެކި ހޯދާފައި ވާތީ އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

15 ނޮވެމްބަރ

November 15, 2016 22
ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނުނު މައްސަލަ ނުބެލި!

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނުނު މައްސަލަ ފުލުހުން ތަހުގީގު ނުކުރަން ނިންމާފައިވާ ކަން ނާޒިމްގެ އާއިލާ އަށް އަންގައިފި އެވެ.

07 ނޮވެމްބަރ

November 07, 2016 17
ރިޔާޒުގެ ފޮޓޯތަކެއް ހެދި މީހެއްގެ ފޯނު އަތުލައިފި!

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދަށް ނިސްބަތްކޮށް، ހަޑިހުތުރު ފޮޓޯތަކެއް ހެދި ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

31 އޮކްޓޯބަރ

October 31, 2016 6
މަހްލޫފަށް ފަރުވާ ނުދިނުމަކީ އަނިޔާއެއް: ނަޝީދު

ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގައި ޖަލަށް ލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އާލާސްކަންފުޅާ އުޅުއްވާއިރު އޭނާ އަށް ފަރުވާ ނުދިނުމަކީ ދޭ އަނިޔާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

24 ސެޕްޓެމްބަރ

September 24, 2016 19
ފެބްރުއަރީ 8 ގައި ހަމަނުޖެހުން ހިންގި މީހަކު ޖަލަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާ ގުޅިގެން ފެބްރުއަރީ، 8، 2012 ގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށާއި އެތަނުގައި ތިބި ފުލުހުންނާ ދިމާލަށް ގާ އުކި މީހަކު ހަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

20 ސެޕްޓެމްބަރ

September 20, 2016 16
އަށް ކިލޯގެ މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއް ފާސްކޮށް، އަށް ކިލޯގެ މަސްތުވާތަކެއްޗާއެކު އުމުރުން 23 އަހަރުގެ ދިވެހިި ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.

09 ސެޕްޓެމްބަރ

September 09, 2016 23
ހައްޔަރު ކުރި އެމްޑީޕީގެ މީހުންގެ ބަންދަށް 13 ދުވަސް

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ރޭ މާލޭގައި ބޭއްވި އެއްވުމުގައި ހައްޔަރު ކުރި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ތިން މެމްބަރުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 13 ދުވަސް ޖަހައިދީފި އެވެ.

29 އޯގަސްޓް

August 29, 2016 13
ލޫކަސްގެ ބަންދަށް މިފަހަރު ވެސް 15 ދުވަސް ޖަހައިފި

ސަލާމަތީ ބާރުތަކާ މެދު ނަފްރަތު އުފައްދަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް...

August 29, 2016 5
ސްނައިޕަރު މައްސަލާގައި ދައުވާ ސާފުނުވާ ކަމަށް ބުނެފި

ބަޑި ޖަހައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާވައި، ސްރީ ލަންކާގެ ސްނައިޕަރެއް ރާއްޖެ ގެނައި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ކުރާ...