10 ޑިސެމްބަރ

December 10, 2016 12
ނިޔާޒް ހައްޔަރުކުރީ ޕާޓީގެ ހިންގުމަށް ހުރަސް އެޅުމަށް

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީ އަލީ ނިޔާޒް އިއްޔެ ހައްޔަރުކުރީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެ ޕާޓީން ވަމުން އަންނަ ތައްޔާރީތައް ހުއްޓުވައި، ޗެއާޕާސަނަކު ނެތް މި ދަނޑިވަޅުގައި ޕާޓީ ހިންގުމަށް ސަރުކާރުން ހުރަސް އެޅުމަށް ކަމަށް އެމްޑީޕީން ރޭ ބުނެފި އެވެ.

09 ޑިސެމްބަރ

December 09, 2016 15
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ހަތް ދުވަހަށް ގޭބަންދަށް

ލޯކަލް ކައުންސިލްގެ އިންތިހާބު ފަސްކުރުމާ ގުޅިގެން އެމްޑީޕީ ހަރުގެ ކުރިމަތީގައި މިއަދު ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުން ހައްޔަރުކުރި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު މާލީ އަލީ ނިޔާޒް ހަތް ދުވަހަށް ގޭގައި ބަންދުކުުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

06 ޑިސެމްބަރ

December 06, 2016 12
"ތިން ނޫސްވެރިންނަށް ކުރަނީ އަސްލެއް ނެތް ދައުވާއެއް"

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ތިން ނޫސްވެރިއެއްގެ މައްޗަށް ކުރާ ދައުވާއަކީ އަސްލެއް ނެތް ދައުވާއެއް ކަމަށާއި އެ މައްސަލާގައި އިންސާފުވެރި ހުކުމެއް އަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ ތިން ނޫސްވެރިންގެ ވަކީލް މިއަދު ވިދާޅުވެއްޖެ އެވެ.

24 ނޮވެމްބަރ

November 24, 2016 5
ނުހައްގު އަދަބުން ނޫސްވެރިން ސަލާމަތްކޮށްދީ: ރާއްޖެޓީވީ

ނުހައްގު އަދަބުން ރާއްޖެ ޓީވީގެ ޒުވާން ދެ ނޫސްވެރިން ސަލާމަތްކޮށްދޭން އެ ސްޓޭޝަނުން މިއަދު ގޮވާލައިފި އެވެ.

23 ނޮވެމްބަރ

November 23, 2016 16
ހެކި ހޯދި ގޮތުން ޓެރަރިޒަމްގެ ދައުވާ ސާބިތެއް ނުވި

ހަނގުރާމަވެރި ހަތިޔާރު އަމިއްލަ އަށް އުފެއްދި ކަމަށް ބުނެ ދައުލަތުން ދައުވާކުރި ދެ މީހުންގެ މައްޗަށް، ގާނޫނު އަސާސީއާ ޚިލާފަށް ހެކި ހޯދާފައި ވާތީ އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

15 ނޮވެމްބަރ

November 15, 2016 22
ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނުނު މައްސަލަ ނުބެލި!

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނުނު މައްސަލަ ފުލުހުން ތަހުގީގު ނުކުރަން ނިންމާފައިވާ ކަން ނާޒިމްގެ އާއިލާ އަށް އަންގައިފި އެވެ.

07 ނޮވެމްބަރ

November 07, 2016 17
ރިޔާޒުގެ ފޮޓޯތަކެއް ހެދި މީހެއްގެ ފޯނު އަތުލައިފި!

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދަށް ނިސްބަތްކޮށް، ހަޑިހުތުރު ފޮޓޯތަކެއް ހެދި ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

31 އޮކްޓޯބަރ

October 31, 2016 6
މަހްލޫފަށް ފަރުވާ ނުދިނުމަކީ އަނިޔާއެއް: ނަޝީދު

ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގައި ޖަލަށް ލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އާލާސްކަންފުޅާ އުޅުއްވާއިރު އޭނާ އަށް ފަރުވާ ނުދިނުމަކީ ދޭ އަނިޔާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

24 ސެޕްޓެމްބަރ

September 24, 2016 19
ފެބްރުއަރީ 8 ގައި ހަމަނުޖެހުން ހިންގި މީހަކު ޖަލަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާ ގުޅިގެން ފެބްރުއަރީ، 8، 2012 ގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށާއި އެތަނުގައި ތިބި ފުލުހުންނާ ދިމާލަށް ގާ އުކި މީހަކު ހަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

20 ސެޕްޓެމްބަރ

September 20, 2016 16
އަށް ކިލޯގެ މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއް ފާސްކޮށް، އަށް ކިލޯގެ މަސްތުވާތަކެއްޗާއެކު އުމުރުން 23 އަހަރުގެ ދިވެހިި ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.

09 ސެޕްޓެމްބަރ

September 09, 2016 23
ހައްޔަރު ކުރި އެމްޑީޕީގެ މީހުންގެ ބަންދަށް 13 ދުވަސް

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ރޭ މާލޭގައި ބޭއްވި އެއްވުމުގައި ހައްޔަރު ކުރި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ތިން މެމްބަރުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 13 ދުވަސް ޖަހައިދީފި އެވެ.

29 އޯގަސްޓް

August 29, 2016 13
ލޫކަސްގެ ބަންދަށް މިފަހަރު ވެސް 15 ދުވަސް ޖަހައިފި

ސަލާމަތީ ބާރުތަކާ މެދު ނަފްރަތު އުފައްދަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް...

August 29, 2016 5
ސްނައިޕަރު މައްސަލާގައި ދައުވާ ސާފުނުވާ ކަމަށް ބުނެފި

ބަޑި ޖަހައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާވައި، ސްރީ ލަންކާގެ ސްނައިޕަރެއް ރާއްޖެ ގެނައި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ކުރާ...

24 އޯގަސްޓް

August 24, 2016 1
ލަންކާގެ "ސްނައިޕަރު" ވެސް ދައުވާއަށް އިންކާރުކޮށްފި

ބަޑި ޖަހައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާއްޖެ އައި ސްރީ ލަންކާގެ ސްނައިޕާ ޝޫޓަރެއް ކަމަށް ތުހުމަތު ކުރާ މީހާ އޭނާގެ މައްޗަށް ކުރާ ދައުވާއަށް މިއަދު އިންކާރުކޮށްފި އެވެ.

23 އޯގަސްޓް

August 23, 2016 16
ހިބަޅިދޫ މައްސަލާގެ ހުކުމް އޮތީ ލިޔެނިމިފައި: އަދީބު

ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލައިގެ ހުކުމް މިިހާރު އޮތީ ލިޔެ ނިމިފައި ކަމަށާއި އިއްވާލީމަ ނިމުނީ ކަމަށް އަދީބު މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.

10 އޯގަސްޓް

August 10, 2016 1
މަހްލޫފަށް އިއްވި ދެވަނަ ހުކުމް ވެސް އިސްތިއުނާފަށް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވި ދެވަނަ ޖަލު ހުކުމް ވެސް އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

07 އޯގަސްޓް

August 07, 2016 10
މޭޑޭގައި ފުލުހަކަށް ހަމަލާދިން ދެ މީހަކު ޖަލަށް

މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލާގައި އިތުރު ދެ މީހަކު ހަތް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

01 އޯގަސްޓް

August 01, 2016
ވިސާމާއި ލީވާން ވެސް ހެކިން ހުށަހަޅައިފި

ފުލުހުންނަށް ހުރަސްއެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން ނަސީރުގެ މައްޗަށް ކުރާ ދައުވާގެ ދިފާއުގައި އެ ދެ ނޫސްވެރިންގެ ފަރާތުން ވެސް މިއަދު ޝަރީއަތަށް ހެކި ހުށަހަޅައިފި އެވެ.

30 ޖުލައި

July 30, 2016 24
ލޫކަސްގެ ބަންދަށް 15 ދުވަސް ޖަހައިފި

ފުލުހުންނާއި ސިފައިންނާ މެދު ނަފުރަތު އުފައްދައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ކަމަށް ބުނެ ރޭ ހައްޔަރުކުރި ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ގެ ބަންދަށް ކްރިމިނަލް ކޯޓުން ދެންމެ 15 ދުވަސް ޖަހައިފި އެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ޝަމްއޫން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރޭ 10 ޖަހާކަންހާއިރު އެވެ. އޭނާ...

27 ޖުލައި

July 27, 2016 3
މޮނިކޮން އަމުރަކާ ޚިލާފްވި މީހަކަށް ދައުވާ އުފުލައިފި

މޮނިކޮން އަމުރަކާ ޚިލާފްވެގެން ފުރަތަމަ ފަހަރަށް މީހަކަށް ދައުވާ އުފުލައިފި އެވެ.

25 ޖުލައި

July 25, 2016 59
މަހުލޫފު އިތުރު ހަ މަހަށް ޖަލަށްލާން ހުކުމްކޮށްފި

ޖަލަށް ލާފައިވާ މަޖިލިސް މެމްބަރު އަހުމަދު މަހުލޫފަށް ކުރާ ދެ ވަނަ ދައުވާ ވެސް ސާބިތުވެ އޭނާ އިތުރު ހަ މަސް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

July 25, 2016 16
ލަބާނާއެކު އިތުރު ފަސް މީހަކު ފަސް އަހަރަށް ޖަލަށް

މިދިޔަ އަހަރުގެ މެއި އެކެއްގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއެއްގައި ފުލުހަކަށް ހަމަލާ ދިން ކަމުގެ ކުށް ސާބިތުވެ އީގަލްސްގެ ކުރީގެ ކީޕަރު އިބްރާހިމް ލަބާން...