04 އޯގަސްޓް

August 04, 2019 40
އަދީބު މާލެ ގެނެސް ފުލުސް އޮފީހަށް ހާޒިރުކޮށްފި

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފިއްލެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކޮށްގެން ރާއްޖެ ގެނެސް ދާދި ދެންމެ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

31 ޖުލައި

July 31, 2019 18
އުޅުނީ 6 ކިލޯގެ ޑްރަގާ އެކަކު ހަވާލުވެ ސަލާމަތްވާން!

ޑްރަގުގެ ވަރުގަދަ ޑީލަރަކާ އެކު ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހައްޔަރުކުރި މީހުން އުޅުނީ އެކަކު އެ ތަކެއްޗާ ހަވާލުވެ އެހެން މީހުން ސަލާމަތްކޮށްދޭން ކަން...

July 31, 2019 4
6 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި މީހުންނަށް 15ދުވަސް

ހަ ކިލޯގެ ޑްރަގާ އެކު މާލެ އިން އިއްޔެ ހައްޔަރުކުރި ފަސް މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން 15 ދުވަސް މިއަދު ދީފި އެވެ.

14 ޖުލައި

July 14, 2019 46
ރަށުން ބޭރަށް ނުދެވޭ ގޮތަށް އަދީބު މިނިވަންވެއްޖެ

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތުކުރާ ކުރީގެ ނައިބު ރައީސް އަހްމަދު އަހްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ގޭ ބަންދު ހުކުމް މިދިޔަ ހަފުތާގައި ތަންފީޒުކޮށް ނިމިފައިވާތީ އޭނާ މިނިވަންވެއްޖެ އެވެ.

11 ޖުލައި

July 11, 2019 58
ޔާމީންގެ ޝަރީއަތެއް ނެތް، އޮތީ އިދާރީ ކަމެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން އޮތީ ޝަރީއަތުގެ އަޑުއެހުމެއް ނޫން ކަމަށާއި އެއީ އިދާރީ ކަމެއް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.

09 ޖުލައި

July 09, 2019 31
ޔާމީނާއި އާޒިމާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި

މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ހާޒިރުވާން އެ ބޭފުޅުންނަށް ޗިޓު ފޮނުވައިފި އެވެ.

06 ޖުލައި

July 06, 2019 9
ޝައިމް ފޮރުވި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

ކުޑަކުދިންގެ ހިޔާ އިން ފިލި ޝައިމް އަބްދުﷲ ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރަން ކްރިމިނަލް ކޯޓުން މުއްދަތު ދީފި އެވެ.

01 ޖުލައި

July 01, 2019 9
149 ކިލޯ ޑްރަގްސް މައްސަލައިގެ ދައުވާ ފަސް މީހަކަށް

ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ފަސް މީހަކަށް ދައުވާކޮށްފި އެވެ.

16 ޖޫން

June 16, 2019 13
އަންހެނަކަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި

އަންހެނަކަށް އަނިޔާކުރި އޭނާގެ ލޯބިވެރިޔަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

11 ޖޫން

June 11, 2019 13
ފޮށުނު މީހާ ޝަރީއަތް ނިމެންދެން ބަަންދަށް

މަގުމަތީގައި ހިނގާފައި ދިޔަ އަންހެނަކަށް ފުރައްސާރަކުރި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

06 ޖޫން

June 06, 2019 32
2 ކުދިންނާ ބެހުނުކަމަށް ތުހުމަތުކުރި މީހާ ދޫކޮށްލައިފި

ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ގަންހިންގަނިކޮށް ފުލުހުން ހައްޔަރުކުރި ފިރިހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދީ ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

05 ޖޫން

June 05, 2019 40
ބަންދަށް އެދުނީ މައްސަލަ ބަލާ އޮފިސަރު: ޕޮލިސް

ހުޅުމާލޭގެ ގެޔަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ހުޅުމާލޭ ކޯޓުން އިތުރުކޮށް ނުދިނީ އެ މައްސަލަ ތަހުގީގުކުރުމާ ހަވާލުވެފައިވާ ފުލުސް...

June 05, 2019 53
ހައްޔަރުކުރާއިރަށް ދޫކޮށްލަނީ، ދެކޮޅުން ވެސް އިހުމާލު!

ދެ ވަނަ ފަހަރަށް ދޫކޮށްލީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ފުލުހުން ބަންދުގެ މުއްދަތަށް އެދުމުން: ޑީޖޭއޭ

04 ޖޫން

June 04, 2019 52
3 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި ދެމީހުން ދޫކޮށްލައިފި

ހުޅުމާލޭގެ ގެ އަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ދެ މީހުންގެ ތަހުގީގު ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރު ހޯދަން ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ދެ މީހުން މިއަދު ދޫކޮށްލައިފި އެވެ.

01 ޖޫން

June 01, 2019 18
އަނބިމީހާ ދޫކޮށް ފުރަން އުޅުނު މީހާ ބަންދަށް 7ދުވަސް

އަނބިމީހާގެ ޕާސްޕޯޓު ހިފައިގެން ފިލަން އުޅެނިކޮށް ހިފެހެއްޓި ބަންގްލަދޭޝް ފިރިހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހައިފި އެވެ.

14 މެއި

May 14, 2019 6
ބަދަލު ނުލިބޭ މީހުންގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ

ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އަލްފަތުހު ހައްޖު ގްރޫޕުން ފައިސާ އަތުލި މީހުންގެ ތެރެއިން ބަދަލު ނުލިބޭ މީހުންގެ މައުލޫމާތު މި މަހުގެ ނިޔަލަށް ފުލުހަށް ހިއްސާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު އެދިއްޖެ އެވެ.

13 މެއި

May 13, 2019 69
ދައުވާ އުފުލި ގޮތާ މެދު އަނާރާ ކަންބޮޑުވެއްޖެ!

ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ ކުޑަ ކުއްޖެއް ކަމަށްވާ ރައުޝާން ޖިއާން މަރުވި މައްސަލައިގައި، އެ ކުންފުނީގެ އިސްވެރިންނާ ދެކޮޅަށް ދައުވާ އުފުލި ގޮތާ މެދު މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

11 މެއި

May 11, 2019 8
ޑްރަގު މައްސަލާގައި ހައްޔަރުކުރި މީހެއްގެ ބަންދު އިތުރުކޮށްފި

ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކެއްގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި އެވެ.

09 މެއި

May 09, 2019 9
ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި

މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ދުއްވާފައު ދިޔަ، އެމްޓީސީސީގެ ބަހެއްގެ ދަށުވެ މީހަކު މަރުވި މައްސަލައިގައި، އެ ބަސް ދުއްވަން އިން ޑްރައިވަރު އިތުރު ހަތް ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

08 މެއި

May 08, 2019 20
ފަޒީލްގެ ބަންދަށް 10 ދުވަސް

ލ. ގަމުގައި މީހަކު ރަހީނުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް ފަޒީލްގެ ތަހުގީގަށް 10 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

07 މެއި

May 07, 2019 5
އެކްސިޑެންޓުވި ބަހުގެ ޑްރައިވަރުގެ ބަންދަށް 3 ދުވަސް

ހުޅުމާލޭގައި އިއްޔެ ހެނދުނު އެކްސިޑެންޓުވި އެމްޓީސީސީގެ ބަސް ދުއްވަން އިން ޑްރައިވަރުގެ ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.