09 ޖުލައި

July 09, 2018 3
އަނިޔާކުރި މަންމަގެ ބަންދަށް އިތުރު 10 ދުވަސް

މާލޭގައި ފަސް އަހަރުގެ ފިރިހެން ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ކޮށްގެން ހައްޔަރު ކުރި މަންމަގެ ބަންދަށް ދިހަ ދުވަސް އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

24 ޖޫން

June 24, 2018 31
އަޅުގަނޑު މިހުރީ ބޭސްފަރުވާގައި: ގާސިމް

ރާއްޖެ ވަޑައިގަތުމަށް ފުލުހުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް މިދިޔަ އަންގާރަ ދުވަހު އެންގެވުމުން، ހުންނެވީ ބޭސްފަރުވާގައި ކަމަށް ވިދާޅުވެ މިއަދު ޖަވާބުދެއްވައިފި އެވެ.

18 ޖޫން

June 18, 2018 1
ފައިސަލް ނަސީމްގެ ޕާސްޕޯޓު ވެސް ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށް ފަހު، ދޫކޮށްލައިފި އެވެ.

June 18, 2018 3
އަމީތާއި އިންތިގެ ޕާސްޕޯޓް ދޫކޮށްލައިފި

ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ގޮވައިލި މައްސަލައިގައިި މީގެ ތިން މަސް ކުރިން ޕާސްޕޯޓް ހިފެހެއްޓި، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން...

14 ޖޫން

June 14, 2018 5
މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

12 ޖޫން

June 12, 2018
ވަކީލުން އެދުމުން ފާރިސްގެ އަޑުއެހުން ފަސްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށް ދިނުމަށް އޭނާގެ ވަކީލުން މިއަދު އެދިވަޑައިގަތުމުން އަޑުއެހުން ފަސްކޮށްފި އެވެ.

04 ޖޫން

June 04, 2018
އަރީފަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް

ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.

02 ޖޫން

June 02, 2018 13
ކާފަގެ ޖަނާޒާއަށް އަމީތު ފުރުމުގެ ހުއްދަ ނުދިން

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ކާފަގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ލަންކާ އަށް ވަޑައިގަތުމުގެ ހުއްދަ ކްރިމިނަލް ކޯޓާއި ފުލުހުންގެ ފަރާތުން ނުދިން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

31 މެއި

May 31, 2018 2
ސައިފްގެ ފޯނު ފޮރުވުމުން ތަޒްމީލާ ދެކޮޅަށް ދައުވާކޮށްފި

ފުލުހުންގެ ސްވޮޓް ޓީމުގެ ކުރީގެ ކޮމާންޑާރ، ސައިފް ހުސެއިންގެ ފޯނު ފޮރުވި ކަމަށް ބުނެ، އޭނާ އާއި ހޯމް މިނިސްޓްރީގެ ކުރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުލް ސަމަދާއި ޓޫރިޒަމް މިނިސްޓްރީގެ ކޯޑިނޭޓަރު ޝަޒައިލް ސިޔާމާއި ކުރީގެ ފުލުހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

21 މެއި

May 21, 2018 6
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ގާނޫނާ ޚިލާފަށް ޖަލުގައި ބަންދުކޮށްފައި ހުންނަތާ 10 މަހަށް ވުރެ ގިނަ ދުވަސްވި އިރު، އޭނާގެ އަޒުމަށް ކުޑަވެސް ގުޑުމެއް ނާންނާނެ ކަމަށް، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ރޭ ބުނެފި އެވެ.

20 މެއި

May 20, 2018 2
މަހްލޫފަށް ކުރާ ދައުވާއެއްގެ އަޑުއެހުން ކެންސަލް

މުޒާހަރާއެއްގެ ތެރޭގައި މާސްކް ބެހި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކާ ގުޅިގެން މިއަދު ބާއްވަން ތާވަލު ކުރި ޝަރީއަތް ކެންސަލްކޮށްފި އެވެ.

14 މެއި

May 14, 2018 3
މަހްލޫފަށް ކުރި ތިން ދައުވާއެއްގެ އަޑުއެހުން މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފަށް ކޮށްފައިވާ ތިން ދައުވާއެއްގެ އަޑުއެހުން މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަން ޝެޑިއުލްކޮށްފި އެވެ.

13 މެއި

May 13, 2018 9
ޖަލުގައި މައުމޫނަށް އެކަށީގެންވާ ފަރުވާ ނުލިބޭ: ވަކީލް

ފުލުހުންގެ ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު އިއްޔެ ވެސް ގޯސްވެ، ފަރުވާދޭން ޖެހުނު ކަމަށާއި ޖަލުގައި އެމަނިކުފާނަށް އެކަށީގެންވާ ފަރުވާ ނުލިބޭތީ އާއިލާ އާއި ވަކީލުން ކަންބޮޑުވާ ކަަމަށް ވަކީލް މުުހައްމަދު ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

03 މެއި

May 03, 2018 5
މައުމޫނަށް ސިއްހީ ނުރައްކަލެއްގެ ބިރު އެބައޮތް: ވަކީލު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ސީރިއަސް ކަމަށާއި އަވަހަށް އެކަށީގެންވާ ފަރުވާ ނުލިބިއްޖެ ނަމަ ސިއްހީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

02 މެއި

May 02, 2018 53
ލީކުކޮށްލީ ތަހުގީގަށް ނެގި ސައްހަ ބަޔާންތަކެއް: ޕޮލިސް

ސޯޝަލް މީޑިއާގައި ލީކުކޮށްލައިގެން އުޅެނީ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ނެގި ސައްހަ ބަޔާންތަކެއް ކަމަށާއި އެ ބަޔާންތައް އާއްމުކުރި...

May 02, 2018 14
ފުލުހުންގެ ސިއްރު ބަޔާންތަކެއް ލީކުކޮށްލައިފި

ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުން ކުރި ތަހުގީގުގެ ބަޔާންތަކެއް ކަމަށް ބުނާ ސިއްރު ބަޔާންތަކެއް ސޯޝަލް މީޑިއާގައި އިއްޔެ ލީކުކޮށްލައިފި އެވެ.

29 އެޕްރީލް

April 29, 2018 6
"ޔާމީންގެ ޝަރީއަތް ހުޅުވާލާނެ ކަމަށް ޕީޖީން ވިދާޅުވި"

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތް އާންމުކޮށް ހުޅުވައިލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްއާ ހަވާލާދީ ޔާމީންގެ އާއިލާ އިން މިއަދު ބުނެފި އެވެ.

24 އެޕްރީލް

April 24, 2018 3
ހައްޔަރުކުރި އެސްއޯ ފުލުހުން ގޭބަންދަށް ބަދަލުކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޖަލު ބަންދުގައި ތިބި އަށް ފުލުހުން މިއަދު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

23 އެޕްރީލް

April 23, 2018 60
އާއިލާ އެކަހެރިކުރިޔަސް އިންސާފު ހޯދަން ސަލާން ޖަހާނެ!

"އެއީ، ހާދަ ލޯބިން ގެންގުޅުނު ކުއްޖެކޭ، ކޮށައި ކުދި ކުދިކޮށްލީއޭ،" ލިޔުންތެރިޔާ ޔާމީން ރަޝީދުގެ ނަން، އަޅުގަނޑަށް ބުނެ ނުނިމެނީސް މަންމަ، މަރިޔަމް ޝަފީގާގެ ދުލުން ބޭރުވީ މި ބަސްކޮޅެވެ.

22 އެޕްރީލް

April 22, 2018 5
މަހުލޫފްގެ މައްޗަށްކުރާ ޓެރަރިޒަމްގެ ދައުވާ ބުދަ ދުވަހު

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާއާ ގުޅިގެން އަންނަ ބުދަ ދުވަހު ޝަރީއަތުގެ އަޑުއެހުމެއް ބާއްވަން ޗިޓް ފޮނުވައިފި އެވެ.

19 އެޕްރީލް

April 19, 2018 7
ޔާމީންގެ ޝަރީއަތް ހުޅުވާލަން ގޮވާލައި މުއައްސަސާތަކަށް

ވަޅިން ހަމަލާދީ މަރާލި ލިޔުންތެރިޔާ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެ އާއިލާއިން މުއައްސަސާތަކުގައި މިއަދު އެދިއްޖެ އެވެ.

18 އެޕްރީލް

April 18, 2018 3
ކުރީގެ ފުލުހުން ބަންދު ކުރި މައްސަލަ އިސްތިއުނާފުކޮށްފި

ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބި ކުރީގެ ފުލުހުންގެ ބަންދުގެ މުއްދަތު އިތުރު ކުރި މައްސަލަ ހައި ކޯޓުގައި މިއަދު އިސްތިއުނާފު ކޮށްފި އެވެ.