08 ފެބުރުއަރީ

February 08, 2018 11
މައުމޫންގެ ހެބިއަސް ކޯޕަސް މައްސަލަ ބަލައިގެންފި

މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ހައްޔަރު ކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް މިނިވަން ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހެބިއަސްކޯޕަސްގެ މައްސަލަ އެ ކޯޓަށް ބަލައިގެންފައިވާ ކަމަށް އެ ބޭފުޅުންގެ ގާނޫނީ ވަކީލު މިރޭ ވިދާޅުވެއްޖެ އެވެ.

05 ފެބުރުއަރީ

February 05, 2018
ފާރިސް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދަށް 15 ދުވަސް އިތުރުކުރި އަމުރު ބާތިލްކޮށް އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން މިރޭ ފުލުހުންނަށް...

February 05, 2018
"މެމްބަރުންގެ މައްސަލަ ހިނގަނީ ސިޔާސީ މަގްސަދެއްގައި"

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ދެކޮޅަށް ފުލުހުން ތަހުގީގުކުރާ ރިޝްވަތާ ގުޅޭ މައްސަލަތައް ހިނގަނީ ސިޔާސީ މަގްސަދެއްގައި ކަން ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ފާހަގަ...

31 ޖެނުއަރީ

January 31, 2018 13
"ފާރިސަށް ކުރީ ދެސުވާލު، މައްސަލަ އޮތީ އުފައްދާފައި"

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، ހަ މަސް ދުވަހުގެ ބަންދުން ދޫކޮށްލިތާ 40 ގަޑިއިރުގެ ތެރޭގައި އަލުން ހައްޔަރުކޮށް، ތަހުގީގުގައި ފުލުހުން ކުރީ "ވަރަށް ތާކުންތާކު ނުޖެހޭ" ދެ ސުވާލު ކަމަށް ވިދާޅުވެ، އޭނާގެ ވަކީލުން މިރޭ ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

30 ޖެނުއަރީ

January 30, 2018 3
އަދީބަށް ކުރާ ދެ ދައުވާގެ ޝަރީއަތް ސިއްރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ސިއްރުކޮށްފި އެވެ.

29 ޖެނުއަރީ

January 29, 2018 1
އަދީބަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް މާދަމާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

21 ޖެނުއަރީ

January 21, 2018 23
ކަސްޓަމްސް ވަނީ ކޯޓު އަމުރާ ޚިލާފުވެފައި: ވިލާ

ފަން އައިލެންޑް ރިސޯޓުގައި ހުރި ބަނގުރަލާއި އޫރުމަސް ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރާ، ކަސްޓަމްސްއިން ޚިލާފުވެފައިވާ ކަމަށާއި އެ ރިސޯޓުގައި ހުރި ރާތައް ގެންދިޔައީ ގާނޫނާއި ގަވައިދުތަކުގެ ބޭރުން ކަމަށް ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

04 ޖެނުއަރީ

January 04, 2018 14
ރިޝްވަތު ދިނުމުގެ ދައުވާ އަދީބުގެ މައްޗަށް ކޮށްފި

ފުލުހުންގެ ބަޔަކަށް ރިޝްވަތު ދިން ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދެ ދައުވާއެއް ކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

27 ޑިސެމްބަރ

December 27, 2017 30
ސަފާރީން ހޯދި ބަނގުރާ ވެރިފަރާތާ ހަވާލުކުރަން ޖެހިއްޖެ

ފުލުހުން ހިންގި އޮޕަރޭޝަންގައި ސަފާރީއަކުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅުތަކަކީ ގާނޫނާ ޚިލާފަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތި ކަމަށް ވާތީ، އެ ތަކެތި އޭގެ ވެރިފަރާތާ ހަވާލު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

09 ޑިސެމްބަރ

December 09, 2017 4
މަހްލޫފްގެ ބައްޕަ ޝަރުތުތަކާ އެކު ކޯޓުން ދޫކޮށްލައިފި

އިސްލާމީ މަރުކަޒުގެ ބޭރުގައި ދުއާ ކުރަން ހުއްޓައި، ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ބައްޕަ މުހައްމަދު ހައްސާން ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

06 ޑިސެމްބަރ

December 06, 2017 3
ރައީސް އަވަހާރަކޮށްލަން ހިތްވަރު ދިން ކަމަށް އިންކާރު

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ހިތްވަރު ދިން ކަމަށް ބުނެ ކުރީގެ ފުލުހަކަށް ދައުލަތުން ކުރި ދައުވާ އަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ.

20 ނޮވެމްބަރ

November 20, 2017 44
ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބުގެ ފޯނު ހިފަހައްޓައިފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބް ޝަހީމަށް އެކި ކަންކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ މީހުން ހޯދުމަށް އޭނާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފި އެވެ.

05 ނޮވެމްބަރ

November 05, 2017 18
ކުޑަކުދިންނާ ބެހުނު 75 އަހަރުގެ މީހާ ގޭ ބަންދަށް

ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި 75 އަހަރުގެ ފިރިހެން މީހާ ގޭ ބަންދަށް އިއްޔެ ބަދަލުކޮށްފި އެވެ.

31 އޮކްޓޯބަރ

October 31, 2017 9
އިޖްރާއާތު ގޯސްވުމުން ޑްރަގްގެ ދެ ދައުވާއެއް ބާތިލް

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި އިޖްރާއާތު ގޯސްވުމުން، އެ މީހާގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކޮށްފި އެވެ.

30 އޮކްޓޯބަރ

October 30, 2017 2
ފިލައިގެން އުޅުނު އަފްރާހު ޝަރީއަތް ނިމެންދެން ބަންދަށް

އަނަސްގެ މަރާ ގުޅިގެން ހައްޔަރުކުރި އަފްރާހު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިރޭ އަމުުރުކޮށްފި އެވެ.

24 އޮކްޓޯބަރ

October 24, 2017
ނަދީމްގެ މަރުގެ ޝަރީއަތް މާދަމާ ފަށަނީ

މިދިޔަ ޖުލައި މަހު މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ތިން މީހުންގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފި އެވެ.

16 އޮކްޓޯބަރ

October 16, 2017 12
ގާޒީ އަހްމަދު ރަޝީދުގެ ސައިކަލްގައި ރޯކޮށްލައިފި

ސަސްޕެންޑްކޮށްފައި ހުރި، ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދުގެ ސައިކަލްގައި ރޭ ރޯކޮށްލައިފި އެވެ.

09 އޮކްޓޯބަރ

October 09, 2017 2
އަފްރާހުގެ ބަންދަށް 15 ދުވަސް

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި އަފްރާހު އަބްދުއްރައްޒާގުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

04 އޮކްޓޯބަރ

October 04, 2017 27
ލަންކާގައި ހުއްޓައި މަހްލޫފްގެ ޕާސްޕޯޓު ހިފަހައްޓައިފި

އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އަވައްޓެރި ސްރީ ލަންކާ އަށް ވަޑައިގެން ހުންނަވަނިކޮށް، ސަރުކާރުން އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

03 އޮކްޓޯބަރ

October 03, 2017 10
ފިއްލަވާފާނެތީ މެމްބަރު އަރީފްގެ ޕާސްޕޯޓު ހިފަހައްޓައިފި

ތަހުގީގު ނިމުމުގެ ކުރިން "ފިއްލަވާފާނެތީ" ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފްގެ ޕާސްޕޯޓު އިއްޔެ ހިފަހައްޓައިފި އެވެ.