17 މެއި

May 17, 2018 20
މައުމޫން، ރޯދަ މަހަށް ގެއަށް ދޫކޮށްދިނުމަށް އެދިއްޖެ

މި ރޯދަ މަހަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި އެދިވަޑައިގެންފި އެވެ.

14 މެއި

May 14, 2018 108
އަމުރު ނެރުމުގައި 3ފަނޑިޔާރުންގެ ނުބައި ނިޔަތެއް ނެތް

ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ފެބްރުއަރީ 1 ގައި ނެރުނު އަމުރުގައި، ސުޕްރީމް ކޯޓުގައި މިހާރު މަސައްކަތް ކުރައްވާ ތިން ފަނޑިޔާރުން ސޮއި ކުރެއްވީ ނުބައި ނިޔަތެއް އޮވެގެން ނޫން ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

02 މެއި

May 02, 2018 49
އަމުރުތައް ނެރުނީ ދެ ފަނޑިޔާރުން އަންގާ ގޮތަށް!

ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ހަމަ އަށް، ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ބައެއް ނިންމުންތައް ނިންމާފައިވާނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަންގަވަމުން ގެންދެވި ގޮތަށް ކަމަށް އެ ދެ ކޯޓުގެ ދެ ގާޒީއަކު އެއްބަސްވެފައިވާ ކަން، ލީކުވެފައިވާ ތަހުގީގީ ބަޔާންތަކަކުން...

30 އެޕްރީލް

April 30, 2018 18
ފެބްރުއަރީ 1ގައި އަމުރު ނެރުނީ ގާނޫނީ އުސޫލުން ބޭރުން

އިދިިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީ އުސޫލުން ބޭރުން ނެރުނު އަމުރެއް ކަމަށް ދައުލަތުން މިރޭ ބުނެފި އެވެ.

29 އެޕްރީލް

April 29, 2018 6
"ޔާމީންގެ ޝަރީއަތް ހުޅުވާލާނެ ކަމަށް ޕީޖީން ވިދާޅުވި"

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތް އާންމުކޮށް ހުޅުވައިލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްއާ ހަވާލާދީ ޔާމީންގެ...

April 29, 2018 19
އިބްތިހާލްގެ މައްސަލަ ގާޒީ ހައިލަމަކަށް ނުބެލޭނެ: ޕީޖީ

ވ. ރަކީދޫގައި، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އިހުމާލުގެ ދައުވާ ލިބޭ މީހުންގެ މައްސަލަ ބެލުން ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު...

19 އެޕްރީލް

April 19, 2018 7
ޔާމީންގެ ޝަރީއަތް ހުޅުވާލަން ގޮވާލައި މުއައްސަސާތަކަށް

ވަޅިން ހަމަލާދީ މަރާލި ލިޔުންތެރިޔާ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެ އާއިލާއިން މުއައްސަސާތަކުގައި މިއަދު އެދިއްޖެ އެވެ.

21 މާޗް

March 21, 2018 43
"ޓެރަރިސްޓުންނަށް" ހަދާތީ ޕީޖީ ދެކެ ހިތްހަމަނުޖެހިއްޖެ

ދައުލަތުގެ އިސް މަގާމްތައް ފުރުއްވި ބޭފުޅުން ހިމެނޭ ގޮތަށް، ސިޔާސީ އެތައް ބަޔަކަށް ޓެރަރިޒަމްގެ ދައުވާ އުފުލައި އެންމެން "ޓެރަރިސްޓުންނަށް" ހަދަމުންދާ ކަމަށް ބުނެ، އިދިކޮޅު ޕާޓީތަކުން ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމަށް މިއަދު ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

19 މާޗް

March 19, 2018 5
ރިޔާޒް ބަންދުކުރަން އެދުނީ ހަގީގަތް އޮޅުވާލައިގެން

ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ޕްރޮސެކިއުޓަރުން ކްރިމިނަލް ކޯޓުގައި އެދުނީ ކަމުގެ ހަގީގަތް އޮޅިގެންދާނެ ގޮތަށް ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

13 ފެބުރުއަރީ

February 13, 2018 13
ޒައިދުގެ ދައުވާ އަނބުރާ ގެންދިޔައީ ދިރާސާކުރަން

މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު ޒައިދުލްއަމީނަށް ދައުލަތުން ކުރި ދައުވާތައް އަނބުރާ ގެންދިޔައީ އިތުރަށް ދިރާސާ ކުރުމަށްޓަކައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

04 ޖެނުއަރީ

January 04, 2018 14
ރިޝްވަތު ދިނުމުގެ ދައުވާ އަދީބުގެ މައްޗަށް ކޮށްފި

ފުލުހުންގެ ބަޔަކަށް ރިޝްވަތު ދިން ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދެ ދައުވާއެއް ކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

14 ނޮވެމްބަރ

November 14, 2017 3
ޖާނުންފިދާވެ ހަމަލާދޭން އުޅުނު ދެ ދިވެހިންނަށް ދައުވާ

ޖާނުންފިދާވެގެން ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެ ދިވެހިންގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

14 އޮކްޓޯބަރ

October 14, 2017 18
ޕީޖީން އެދިގެން މަސްތުވާތަކެތީގެ ބޮޑު ހުކުމެއް ބާތިލް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ، 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މީހެއްގެ މައްޗަށް ކުރި ބޮޑު ހުކުމެއް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އެދިގެން ހައި ކޯޓުން ބާތިލްކޮށްފި އެވެ.

25 ސެޕްޓެމްބަރ

September 25, 2017 30
އިދިކޮޅު މެމްބަރުންގެ ޝަރީއަތް މާދަމާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ގަދަކަމުން ވަތް މައްސަލާގައި އިދިކޮޅު 12 މެމްބަރަކަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

21 ސެޕްޓެމްބަރ

September 21, 2017 4
ރިލްވާން ވަގަށް ނެގި ދެ މީހަކު ދޫކުރުމުން ކަންބޮޑުވޭ

މީގެ ތިން އަހަރު ކުރިން ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާކޮށްފައިވާ ދެ މީހަކު މިނިވަންކަމާ އެކު މުޖުތަމައަށް ދޫކޮށްލާފައި ތިބުމުން އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

19 ސެޕްޓެމްބަރ

September 19, 2017 8
ޓެރަރިޒަމްގެ ދައުވާކުރި އިރު ސުއައިދު ވީތަނެއް ނޭނގެ!

މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާން ހުޅުމާލެ އިން ވަގަށް ނެގި މައްސަލައިގައި ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ދައުވާ ކޮށްފައިވާ އިރު އޭނާ ވީތަނެއް ނޭނގެ އެވެ.

17 ސެޕްޓެމްބަރ

September 17, 2017 33
ރިލްވާން މައްސަލާގައި ތިން މީހަކަށް ޓެރަރިޒަމް ދައުވާ

މީގެ ތިން އަހަރު ކުރިން މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާން ހުޅުމާލެ އިން ވަގަށް ނެގި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފި އެވެ.

26 އޯގަސްޓް

August 26, 2017 10
"ޕީޖީ އުޅެނީ ފުލުހުންގެ ބަޔާންތައް ބަދަލުކުރަން"

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މެމްބަރުން ވަން މައްސަލައިގަައި ދައުވާކުރަން ފޮނުވި އިރު އެކި ފުލުހުން ދީފައިވާ ބަޔާންތައް ތަފާތު ކަމަށާއި އެހެންވެ އެ ބަޔާންތައް އެއްގޮތްކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މަސައްކަތްކުރަމުން އަންނަ ކަމަށް ގުޅިފައިވާ ޕާޓީތަކުން މިއަދު ބުނެފި...

23 އޯގަސްޓް

August 23, 2017 35
އިދިކޮޅު މެމްބަރުންގެ ޝަރީއަތް ފަށަން ތައްޔާރުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 13 މެމްބަރަކަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށަން ތައްޔާރުވެއްޖެ އެވެ. މިއީ ފަހުގެ ތާރީޚުގައި ވެސް މަޖިލީހުގެ މިހާ...

August 23, 2017 23
އަދީބަށް ވަކި ގޮތެއް ހަދަން އިރުޝާދެއް ނެތް:ފަނޑިޔާރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ މެދު ވަކި ގޮތަކަށް އަމަލު ކުރަން އެއްވެސް މީހެއްގެ ފަރާތުން އިރުޝާދު ލިބިފައި ނެތް ކަމަށް ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު...

20 އޯގަސްޓް

August 20, 2017 49
އިދިކޮޅު 13 މެމްބަރަކަށް ދައުވާ އުފުލައިފި

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 13 މެމްބަރެއްގެ މައްޗަށް ދައުވާކޮށް، ދައުލަތުން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

01 އޯގަސްޓް

August 01, 2017 5
ދަރިވަރަކާ ބެހުނު ކަމަށް ބުނާ ލެކްޗަރާއަށް ދައުވާކޮށްފި

އަންހެން ދަރިވަރަކާ ބެހުނު ކަމަށް ތުހުމަތު ކުރެވިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ވަޒީފާ އިން ވަކިކޮށްފައި ހުރި ލެކްޗަރާގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.