03 ޖެނުއަރީ

January 03, 2018 13
ހެދޭ ކުޑަ ގޯހަކުން ވެސް ކުށްވެރިޔާ ދޫވެދާނެ!

ކުރިން ނަމަ ޖިނާއީ ތަހުގީގުތައް ހިންގުމާއި ދައުވާ ކުރުމާއި ޝަރީއަތް ހިންގަމުން އައީ ކަމާ ބެހޭ މުއައްސަސާތަކުން ހަދާފައިވާ ގަވާއިދުތަކެއްގެ ދަށުންނެވެ. އެކަމަކު މިދިޔަ ޖުލައި މަހު އަމަލު ކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނާ އެކު އެ ހުރިހާ ކަމެއް މިވަނީ ބަދަލުވެފަ އެވެ.

27 ޑިސެމްބަރ

December 27, 2017
ކުށްވެރިން އިސްލާހުވާން ލިބޭ ފުރުސަތު

ޖިނާއީ އަދުލުގެ ނިޒާމެއްގެ އެންމެ މުހިންމު އެއް ބޭނުމަކީ ކުށްކުރާ މީހުންނަށް އަދަބު ދިނުމާ އެކު، އެ މީހުން އިސްލާހުކޮށް އަނބުރާ މުޖްތަމައަށް ގެނައުމެވެ. އެކަމަކު ކުށަށް އަރައިގަންނަ ކޮންމެ މީހަކީ މިދެންނެވި ގޮތަށް އަދަބު ދޭން ޖެހޭ މީހެއް ކަމަށް ބަލައި، އެ މީހަކަށް އަދަބު ދިނުމަކީ އެކަމުން އިޖްތިމާއީ މައްސަލަތަކެއް ނިކުންނަ...

20 ޑިސެމްބަރ

December 20, 2017 6
ޖިނާއީ އިޖްރާއާތުގެ ގާނޫނުން ގެނައި މުހިންމު ބަދަލު

މިދިޔަ ޖުލައި މަހު އަމަލުކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނަކީ ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައި ގާނޫނެކެވެ. ކުރިން ރާއްޖޭގައި ތައާރަފްވެފައި ނެތް އެތައް ކަމެއް އެ ގާނޫނުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ވަނީ ތައާރަފްވެފަ އެވެ. ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެ މަތިން،...

29 ނޮވެމްބަރ

November 29, 2017 4
މުއްދަތު މަޖިލިސް އޯޑިއޯ މެދުވެރިކޮށް ނުގެންދެވޭނެ:ކޯޓް

ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

06 ނޮވެމްބަރ

November 06, 2017 20
ވަކީލަކު ހޯދޭނެކަން ނޭންގުމުން ޑްރަގް ދައުވާއެއް ބާތިލު

ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް، ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖެއްސުމުގެ ހައްގު ލިބިގެންވާ ކަން ބުނެ ނުދީ އޮތުމުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެވުނު މީހަކަށް ކުރި ދައުވާއެއް މެޖިސްޓްރޭޓް ކޯޓަކުން މިއަދު ބާތިލްކޮށްފި އެވެ.

11 އޮކްޓޯބަރ

October 11, 2017 33
ހައްޔަރުކުރާ ނަމަ ޔުނިފޯމް މަޖުބޫރު: ބޮޑު ހުރަހެއް

ޔުނިފޯމް ނާޅާ ތިބި ފުލުހުންތަކެއް ދެ މީހަކު ހައްޔަރު ކުރުމުން އެ މީހުން ދޫކޮށްލަން ކޯޓުން އަމުރުކުރި މައްސަލަ ފެންމަތިވެ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. ދޫކޮށްލަން ޖެހުނު ދެ މީހުންގެ ތެރޭގައި މަރުގެ ތުހުމަތެއްގައި ހައްޔަރުކުރި އެކަކު ހިމެނޭއިރު އެ މީހުން ދޫކޮށްލި ސަބަބު ގިނަ ބަޔަކު ހައިރާންކޮށްލި އެވެ.

08 އޮކްޓޯބަރ

October 08, 2017 5
ގަވާއިދު ނެތި ފާރިސްގެ ޝަރީއަތެއް ނުކުރެވޭނެ: ވަކީލް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ނުހެދޭތީ ކުރިއަށް ނުގެންދެވޭނެ ކަމަށް ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

02 އޮކްޓޯބަރ

October 02, 2017 6
މުއްދަތު ހަމަވިއިރު ގަވާއިދު ހެދީ ޕީޖީ އަދި އޭސީސީ

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ތަހުގީގު ކުރުމާއި ޝަރީއަތް ކުރުމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގަވާއިދުތައް ނުހެދި އޮއްވައި ގާނޫނުގައި އެ ކަމަށް ދިން މުއްދަތު މިއަދު ހަމަވެއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2017 9
ޔުނިފޯމް ނާޅާ ތިބެ، ހައްޔަރު ނުކުރެވޭތީ ލަފާ ހޯދަނީ

ފުލުހުން ޔުނިފޯމް ނުލައި ތިބޭ ގަޑީގައި، އެކި ކުށްކުށުގެ ތުހުމަތުގައި މީހުން ހައްޔަރު ނުކުރެވޭ މައްސަލާގައި ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

September 27, 2017 13
ތަހުގީގުތަކުގައި ޕީޖީގެ ދައުރު ފުޅާކުރަން ޖެހިފައި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ވަކި ފަރާތަކަށް ބުރަ ނުވާ، މިނިވަން މަގާމެއްގެ ގޮތުގައި ގާނޫނު އަސާސީގައި ހަމަޖައްސާފައި އޮންނަނީ މުހިންމު ސަބަބުތަކަށްޓަކަ އެވެ. އެއީ ޖިިނާއީ...

14 ސެޕްޓެމްބަރ

September 14, 2017 10
"ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގު ހަންޏެއް ނުކުރޭ"

ޖިނާއީ މައްސަލަތަކުގައި ދައުވާލިބޭ މީހާގެ ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގު ޖިނާއީ އިޖްރާއަތުގެ ގާނޫނުން ހަނިކޮށް ނުވަތަ ހިފަހައްޓާފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

29 އޯގަސްޓް

August 29, 2017 20
ޔުނިފޯމް ނާޅާ ތިބެ ހައްޔަރު ކުރި މީހަކު ދޫކޮށްލައިފި

ޔުނިފޯމްގައި ނާޅާ ތިބެ ފުލުހުން މީހަކު ހައްޔަރު ކޮށްފައިވާތީ އެ މީހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

22 އޯގަސްޓް

August 22, 2017 14
ޕީޖީން ފޮނުވި ބައެއް މައްސަލަތައް އަނބުރާ ފޮނުވާލައިފި

ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ބައެއް މައްސަލަތަކުގައި ދައުވާކުރަންޖެހޭ މުއްދަތު މިދިޔަ ހަފުތާގައި ހަމަވުމުގެ ކުރިން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުތަކަަށް ހުށަހެޅި ބައެއް މައްސަލަތައް ކޯޓުތަކުން އަނބުރާ ފޮނުވާލައިފި އެވެ.

16 އޯގަސްޓް

August 16, 2017 8
އާ ގާނޫނާ އެކު ދައުވާ އުފުލުމުގެ މުއްދަތު ހަމަވެއްޖެ

ޖިނާއީ އިޖްރާއަތުގެ ގާނޫނު އައިއިރު ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން ދައުވާ ނުކޮށް ތިބި ބައެއް މީހުންނަށް ދައުވާ އުފުލަން ދިން މުއްދަތު ރޭ ހަމަވެއްޖެ އެވެ.

05 ޖުލައި

July 05, 2017 13
އަދުލުގެ ނިޒާމަށް މުޅިން އާ ކަންތައްތަކެއް

އެކުލަވާލުމާއި ދިރާސާކުރުން ހިމެނޭ ގޮތަށް 10 އަހަރުގެ މަސައްކަތުން ގެނައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިދިއަ އާދިއްތަ ދުވަހު އަމަލްކުރަން ފެށި އިރު އޭގައި ރާއްޖެ އަށް މުޅިން އާ، އެކަމަކު ވަރަށް މުހިންމު އެތައް ބަދަލެއް ހިމެނެ އެވެ.

03 ޖުލައި

July 03, 2017 3
ރިޔާޒްގެ ދައުވާ އަނބުރާ ގެންދަން އޭނާ އެދިވަޑައިގެންފި

ފުލުހުންގެ ތަހުގީގަށް ފޯނެއް ހުޅުވައި ނުދިން ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒަށް ކުރާ ދައުވާ، ޖިނާއީ އިޖްރާއަތުގެ ގާނޫނާ އެކު ނުކުރެވޭނެ ކަމަށް ބުނެ އެ ދައުވާ އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ކިބައިން ރިޔާޒް މިއަދު އެދިވަޑައިގެންފި އެވެ.

02 ޖުލައި

July 02, 2017 3
ޖިނާއީ އިޖްރާއާތުގެ ގާނޫނުން ހެޔޮ ބަދަލެއް އަންނާނެ

ޖިނާއީ އިޖްރާއަތުގެ ގާނޫނަކީ ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ގާނޫނެއް ކަމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން މިއަދު ބުނެފި އެވެ.

July 02, 2017 6
ދައުވާ ނުކޮށް ދޫކޮށްލުމުގައި ލަފާ ދޭން އާ ކޮމެޓީއެއް

ކުދި ކުށްތައް ކުރާ ފަރާތްތަކުގެ ތެރެއިން ނަސޭހަތް ދިނުމަށް ފަހު، ދައުވާ ނުކޮށް ދޫކޮށްލާނެ މީހުން ކަނޑައެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ލަފާ ދޭން ޚާއްސަ ކޮމެޓީއެއް ޕީޖީ...

July 02, 2017 12
ޖިނާއީ އިޖުރައާތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު ވުޖޫދަށް ގެނައި ޖިނާއީ އިޖުރައާތުގެ ގާނޫނަށް ރޭ މެންދަމު 12:00 ޖެހުމާ އެކު އަމަލު ކުރަން ފަށައިފަ އެވެ.

29 ޖޫން

June 29, 2017 8
ޖިނާއީ އަދުލުގެ ބޮޑު ބަދަލަށް ވަގުތު ކުޑަތަންވެފައި

އާ ގާނޫނު އަސާސީއާ އެކު އެންމެ ބޮޑު އެއް ބަދަލެއް އައީ ޖިނާއީ އަދުލުގެ ނިޒާމަށެވެ. ތަހުގީގު މަރުހަލާގައިވާ އިއުތިރާފްގެ މައްޗަށް ބިނާކޮށްގެން ކުށް ސާބިތު ކުރަމުން އައި އައުން ނިމުމަކަށް އައިސް، ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރަން ޖެހުނެވެ. ކުށުގެ ތުހުމަތުކުރެވޭ މީހުންނަށް ކުރިން ނުލިބޭ އެތައް ހައްގެއް ދޭން...

14 ޖޫން

June 14, 2017 100
ޕީޕީއެމް މެމްބަރުންގެ ރުޅި ފަޅައިގެން ދިޔަ ދުވަސް

ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ އެއް މެމްބަރަކު ސިފަކުރެއްވި ގޮތުގައި އެ ޕާޓީގެ ހަޔާތުގައި ވެސް މަޖިލިހުގެ މެމްބަރުން އެންމެ ރުޅިގަދަވެ، ސަރުކާރާ ދެކޮޅަށް އަޑުއުފުލީ އިއްޔެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ކުއްލިއަކަށް އިސްލާހުތަކެއް ގެންނަން ސަރުކާރުން ހުށަހެޅި ބިލްގައި އޮތީ "މެމްބަރުންނަށް ވެސް މަކަރާއި ހީލަތް ހަދާފައި"...

13 ޖޫން

June 13, 2017 9
ޖިނާއީ އިޖްރައާތަށް ހުށަހެޅި އިސްލާހާ އެކު ކަންބޮޑުވުން

ޖިނާއީ އިޖްރައާތުގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ މެދު ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

June 13, 2017 58
ޖިނާއީ އިޖުރާއަތުގެ އިސްލާހުގެ ބިލް އަނބުރާ ނަގައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ބޮޑެތި އިސްލާހުތަކާ އެކު ސަރުކާރުން ހުށަހެޅި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އިސްލާހުގެ ބިލާ މެދު ޕީޕީއެމްގެ މެމްބަރުންގެ މެދުގައި...

12 ފެބުރުއަރީ

February 12, 2017 10
ގިނަ މައްސަލަތަކުގައި ކުށް ސާބިތުވަނީ ހެއްކަށް ބިނާކޮށް

ރާއްޖޭގައި ކުށް ސާބިތުވާ މައްސަލަތަކުގެ 97 ޕަސެންޓަކީ ހެއްކާއި ގަރީނާ އަށް ބިނާކޮށްގެން ކުށް ސާބިތު ކުރެވޭ މައްސަލަތައް ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ...

February 12, 2017 3
ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަނީ

އަންނަ ޖުލައި މަހު އަމަލުކުރަން ފަށާ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ބައެއް އިިސްލާހުތައް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ...