03 ޑިސެމްބަރ

December 03, 2016 1
އެވޯޑަށް ވާދަކުރަނީ ރޮނާލްޑޯ، މެސީ އަދި ގްރިޒްމަން

ޒިއުރިކް (ޑިސެމްބަރު 3) – ފީފާ އިން އަލަށް ތައާރަފްކުރާ ބެސްޓް ފީފާ އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަދި އެތުލެޓިކޯ މެޑްރިޑުގެ އެންޓޮއިން ގްރިޒްމަން ނޮމިނޭޓްވެއްޖެ އެވެ.

22 ނޮވެމްބަރ

November 22, 2016
ރޮނާލްޑޯއާ ސްޕޯޓިން ވަތްކެއް ނުކުރެވޭނެ: ކޯޗު

ލިސްބަން، ޕޯޗުގަލް (ނޮވެމްބަރު 22) - ކްރިސްޓިއާނޯ ރޮނާލްޑޯ ކޮންމެ ކްލަބެއްގައި ހުއްޓަސް އޭނާ ފުޓްބޯޅަ ކެރިއަރު ފެށި ސްޕޯޓިން ލިސްބަންއާ ވަކި ނުކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ޖޯޖް ޖީސަސް ބުނެފި އެވެ.

20 ނޮވެމްބަރ

November 20, 2016 7
ރޮނާލްޑޯގެ ހެޓްރިކުން އެތުލެޓިކޯ ބަލިކޮށްފި

މެޑްރިޑް (ނޮވެމްބަރު 20) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާ އެކު ވާދަވެރި އެތުލެޓިކޯ މެޑްރިޑް 3-0 އިން ބަލިކޮށް ސްޕެނިޝް ލީގުގެ ތާވަލުގެ ކުރީގައި ރެއާލް މެޑްރިޑުން ތަފާތު ބޮޑުކޮށްފި އެވެ.

10 ނޮވެމްބަރ

November 10, 2016 2
"މެސީ އާއި ރޮނާލްޑޯގެ ޖާގަ ފުރާނީ ނޭމާ އާއި ޑީބަލާ"

މިއުނިކް (ނޮވެމްބަރު 10) – އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބެއްދޭނެ ފެންވަރު ބްރެޒިލްގެ ނޭމާ އާއި އާޖެންޓީނާގެ ޕައުލޯ ޑީބަލާގެ ކިބައިގައި އެބަހުރި ކަމަށް ބަޔާން މިއުނިކުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

08 ނޮވެމްބަރ

November 08, 2016 1
އިތުރު 10 އަހަރު ފުޓްބޯޅަ ކުޅެން ބޭނުން: ރޮނާލްޑޯ

މެޑްރިޑް (ނޮވެމްބަރު 8) – އިތުރު 10 އަހަރު ފުޓްބޯޅަ ކުޅެން ބޭނުންވާ ކަމަށް ރެއާލް މެޑްރިޑުގެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

07 ނޮވެމްބަރ

November 07, 2016 1
ރޮނާލްޑޯ 2021ގެ ނިޔަލަށް ރެއާލުގައި މަޑުކުރަނީ

މެޑްރިޑް (ނޮވެމްބަރު 7) – ރެއާލް މެޑްރިޑުގެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2021 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފި އެވެ.

30 އޮކްޓޯބަރ

October 30, 2016 2
ރޮނާލްޑޯ ހެޓްރިކާ އެކު ރެއާލަށް ދެ ޕޮއިންޓުގެ ލީޑެއް

މެޑްރިޑް (އޮކްޓޯބަރު 30) - ސްޕެނިޝް ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ހެޓްރިކާ އެކު 4-1 އިން އަލަވޭސް ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

28 އޮކްޓޯބަރ

October 28, 2016 6
"އެކުވެރިކަމެއް ނެތް، އެކަމަކު އިހުތިރާމް ކުރަން"

މެޑްރިޑް (އޮކްޓޯބަރު 28) - ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ އަކީ އެކުވެރިއެއް ނޫން ކަމަށާއި އެކަމަކު އޭނާ އަށް އިހުތިރާމްކުރާ ކަމަށް އޭނާގެ ވާދަވެރިޔާ ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

07 އޮކްޓޯބަރ

October 07, 2016
ރެއާލުގެ މައްސަލަ އަކީ ރޮނާލްޑޯ: ކަޕެއްލޯ

މެޑްރިޑް (އޮކްޓޫބަރު 7) - ރެއާލް މެޑްރިޑަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފިޓްނަސް ދަށްވުން ކަމަށް އެ ޓީމަށް ކުރިން ކޯޗުކޮށްދިން އިޓަލީގެ ފަބިއޯ ކަޕެއްލޯ ބުނެފި އެވެ.

18 ސެޕްޓެމްބަރ

September 18, 2016 11
ބޭލް އާއި ރޮނާލްޑޯ ނުލައި ރެއާލް މުހިއްމު މެޗަކަށް

މެޑްރިޑް (ސެޕްޓެމްބަރު 18) - ސްޕެނިޝް ލީގުގައި މިރޭ ރަށުން ބޭރުގައި އެސްޕަންޔޯލާ ދެކޮޅަށް ރެއާލް މެޑްރިޑް މުހިއްމު މެޗަކަށް ނުކުންނައިރު، އެ ޓީމުގެ ދެ ތަރިން ކަމަށްވާ ގަރެތު ބޭލް އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަނިޔާގެ ސަބަބުން ނުކުޅޭނެ އެވެ.

15 ސެޕްޓެމްބަރ

September 15, 2016 5
ފަހު ވަގުތު ރެއާލް ސަލާމަތްވެއްޖެ

މެޑްރިޑް (ސެޕްޓެމްބަރު 15) - ފަހު ދެ މިނެޓުގެ ތެރޭގައި ޖެހި ދެ ލަނޑާ އެކު، ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފް ގައި، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުން ޕޯޗުގަލްގެ ސްޕޯޓިން އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

14 ސެޕްޓެމްބަރ

September 14, 2016 3
ރޮނާލްޑޯ 90 މިނެޓު ކުޅޭނެ: ޒިދާން

މެޑްރިޑް (ސެޕްޓެމްބަރު 14) - ޗެމްޕިއަންސް ލީގުގައި މިރޭ ޕޯޗުގަލްގެ ސްޕޯޓިންއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުގައި އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ލައްވާ 90 މިނެޓު ކުޅުވަން ބޭނުންވާ ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

09 ސެޕްޓެމްބަރ

September 09, 2016
ރޮނާލްޑޯ ފިޓްވެއްޖެ، މާދަމާރޭ ކުޅޭނެ

މެޑްރިޑް (ސެޕްޓެމްބަރު 9) - އަނިޔާ އިން ސަލާމަތްވެއްޖެ ކަމަށާއި މާދަމާރޭ އަމިއްލަ ދަނޑުގައި އޮސަސޫނާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުގައި ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ކަމަށް ރެއާލުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

25 އޯގަސްޓް

August 25, 2016 2
ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރޮނާލްޑޯ އަށް

މޮނާކޯ (އޮގަސްޓް 25) - ޔުއެފާ އިން ހޮވާ ޔޫރަޕުގައި ކުޅޭ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ރެއާލް މެޑްރިޑާ އެކު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު އަދި ޕޯޗުގަލާ އެކު ޔޫރޯ ކާމިޔާބުކުރި ކްރިސްޓިއާނޯ ރޮނާލްޑޯ ހާސިލްކޮށްފި އެވެ.

23 ޖުލައި

July 23, 2016 6
މަޑެއިރާ އެއާޕޯޓްގެ ނަން ރޮނާލްޑޯގެ ނަމަށް ބަދަލުކޮށްފި

މަޑެއިރާ، ޕޯޗުގަލް (ޖުލައި 23) - މި ފަހަރުގެ ޔޫރޯގައި ޕޯޗުގަލް ހޯދި ކާމިޔާބީއާ ގުޅިގެން އެ ގައުމުގެ މަޑެއިރާ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަން "ކްރިސްޓިއާނޯ ރޮނާލްޑޯ އެއާޕޯޓް" އަށް ބަދަލުކުރުމަށް ނިންމައިފި އެވެ.

19 ޖުލައި

July 19, 2016 3
"ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި އަންނާނަން"

އިބީޒާ، ސްޕެއިން (ޖުލައި 19) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކަކުލަށް ސީރިއަސް އަނިޔާއެއް ލިބުނު ނަމަވެސް، އަނިޔާ އިން ސަލާމަތްވެ ކުރިއަށް ވުރެ ވަރުގަދަކަމާ އެކު، އާ ސީޒަނާ ކުރިމަތިލާނެ ކަމަށް ޕޯޗުގަލް އާއި ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

11 ޖުލައި

July 11, 2016 3
ޓީމުގެ ކުޅުންތެރިންނާ މެދު އިތުބާރު އޮތް: ރޮނާލްޑޯ

ޕެރިސް (ޖުލައި 11) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ކުރީކޮޅު އަނިޔާވެގެން ފައިބަން ޖެހުނު ނަމަވެސް، ޓީމުގެ އެހެން ކުޅުންތެރިން ޓީމު މޮޅުކޮށްދޭނެ ކަމުގެ އިތުބާރު އޮތް ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

July 11, 2016 3
މޮޅުވީ ރޮނާލްޑޯއަށްޓަކައި: ޕެޕޭ

ޕެރިސް (ޖުލައި 11) - ޔޫރޯގެ ފައިނަލުގައި ރޭ ފްރާންސް އަތުން ޕޯޗުގަލް މޮޅުވީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށްޓަކައި ކަމަށް އެ ޓީމުގެ ޑިފެންޑަރު ޕެޕޭ ބުނެފި އެވެ.

July 11, 2016 5
ފްރާންސް ބަލިކޮށް ޔޫރަޕުގެ ޗެމްޕިއަންކަން ޕޯޗުގަލަށް

ޕެރިސް (ޖުލައި 11) - ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރަތަމަ ހާފުގައި އަނިޔާވެ ބަދަލުކުރަން ޖެހުނު ނަމަވެސް، ބަދަލު ކުޅުންތެރިޔާ އެޑާ އިތުރު ވަގުތުގެ ތެރޭ ވައްދާލި ލަނޑާ އެކު...

10 ޖުލައި

July 10, 2016 5
ފައިނަލުން ބަލިވިޔަސް ރޮނާލްޑޯ ރިޓަޔައެއް ނުކުރާނެ

ލިޔޯން، ފްރާންސް (ޖުލައި 10) - މިރޭ ކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޕޯޗުގަލް ބަލިވިޔަސް އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމުން ރިޓަޔާނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.

07 ޖުލައި

July 07, 2016 1
ރޮނާލްޑޯގެ އުއްމީދަކީ ފައިނަލަށް ފަހު އުފަލުގެ ކަރުނަ

ލިޔޯން، ފްރާންސް (ޖުލައި 7) - އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށް ފަހު ލޮލުން އަންނަން ބޭނުންވަނީ އުފަލުގެ ކަރުނަ ކަމަށް ޕޯޗުގަލް ކެޕްޓަން...

July 07, 2016 4
ރޮނާލްޑޯގެ ލަނޑާ އެކު ޕޯޗުގަލް ފައިނަލަށް

ލިޔޯން، ފްރާންސް (ޖުލައި 6) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑާ އެކު 2-0 އިން ވޭލްސް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޕޯޗުގަލް ޖާގަ ހޯދައިފި އެވެ.

05 ޖުލައި

July 05, 2016
މިއީ ހަމައެކަނި އަހަންނާއި ރޮނާލްޑޯގެ ކުރިމަތިލުމެއް ނޫން: ބޭލް

ލިޔޯން، ފްރާންސް (ޖުލައި 5) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މާދަމާރޭ ޕޯޗުގަލާއި ވޭލްސް ކުޅޭ މެޗަކީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގަރެތު ބޭލްގެ ކުރިމަތިލުމެއް ނޫން ކަމަަށް ބޭލް ބުނެފި އެވެ.